Advertisement
ކ. މާލެ
|
18 މެއި 2017 | ބުރާސްފަތި 03:37
އައްޑޫއަށް ނަގޫ ރޯޅިއެއް އެރުން
އައްޑޫއަށް ނަގޫ ރޯޅިއެއް އެރުން
ޓްވިޓަރ
އައްޑޫ ސިޓީ
އައްޑޫއަށް ނަގޫ ރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ
މިހާސިދާގައި ގެއްލުންތަކެއް ވަނީ ލިބިފައި

އައްޑޫ ސިޓީ ހިތަދޫއަށް ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.  

 

މިހާދިސާ ހިނގާފައިވަނީ މިރޭ 10:00 ޖަހާ އެހާކަންހާއިރު އެވެ. 

 

މި ހާދިސާގައި މީހަކަށް ގެއްލުމެއް ލިބިފައިވާ ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެ އެވެ.

 

އައްޑޫއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މަންޒަރު ދުށް މީހަކު "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެމުން ބުނީ ނަގޫ ރޯޅީގެ އަސަރުކޮށްފައިވަނީ ހިތަދޫ ބޮޑު މަގުގައި ހުންނަ ވޭލީ ގެއާއި އަދި އެގެއާއި އިންވެގެން ހުރި ގެއަށެވެ.

 

އެ ސަރަހައްދުން މައުލޫމާތު ދިން މީހަކު ބުނީ އެ ހިސާބުގެ ބައެއް ގޭގޭގެ ފުރާޅު އުކާލާފައިވާ އިރު އެއް ގެއެއްގެ ތެރޭގައި ހުރި ގަސްތައް ވަނީ ވެއްޓިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް