ކ. މާލެ
|
18 މެއި 2017 | ބުރާސްފަތި 02:27
ވިލާ ގޭސް
ވިލާ ގޭސް
ރާއްޖެއެމްވީ
ވިލާ ގޭސް
ވިލާ ގޭހުގެ އަގުހެޔޮކޮށްފި
 
10 ކިލޯގެ ގޭސް ފުޅިއެއް ދެން ވިއްކަމުންދާނީ 175 ރުފިޔާއަށް

ވިލާ ގޭހުން ވިއްކާ ކައްކާ ގޭހުގެ އަގު، ގޭސް ފުޅިއަކުން 25ރ. ހެޔޮކޮށްފިއެވެ.

 

މި ބަދަލާއިއެކު ކުރިން 200 ރުފިޔާއަށް ވިއްކަމުން އައި 10 ކިލޯގެ ގޭސް ފުޅިއެއް ދެން ވިއްކަމުންދާނީ 175 ރުފިޔާއަށްކަމަށް ވިލާ ގޭހުން ވަނީ ހާމަކޮށްފަ އެވެ.

 

މިއީ ވަކި މުއްދަތަކަށް ގެނެސްފައިވާ ބަދަލެއް ނޫން ކަމަށްވެސް އެކުންފުނިން ބުންޏެވެ.

 

އެ ކުންފުނިން ބުނީ ބުދަ ދުވަހުން ފެށިގެން ހެޔޮކުރި އަގުގައި ގޭސް ގަންނަން ލިބޭނެ ކަމަށެވެ.

 

ވިލާ ގޭހުން ވިއްކާ 10 ލީޓަރުގެ ކައްކާ ގޭސް ފުޅި ވިއްކާ އަގު މިދިޔަ އަހަރުގެ ތެރޭގައި ވެސް ހެޔޮކޮށްފައިވެ އެވެ.



ވިލާ ގޭސް ވީހާވެސް އަވަހަށް އަދި ފަސޭހަގޮތަކަށް ރައްޔިތުންނަށް ފޯރުކޮށްޓަކައި މާލެއިން ޑެލިވަރީއަށް ގުޅުމަށްޓަކައި ވިލާގެ ހޮޓްލައިން އަކީ 3336633 ހުޅުމާލެއިން ވަނީ 3355588

ހަމަޖައްސާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
19 މެއި 2017 | ހުކުރު 04:10
މޯޑް
ހަރަދު ވަކިފަރުދުންނަށް ކުރުމުގެ ބަދަލުގައި މުޅި ރައްޔިތުންނަށް މަންފާ ލިބޭގޮތަށް ޤާސިމް އަމަލު ކުރުމަކީ ރަނގަޅު ކުރިއެރުމެއް. މީގެ މާކުރިންވެސް އަގުހެޔޮކޮށް ރައްޔިތުންނަށް އެއްވެސް އެއްޗެއް ފޯރުކޮށްދިނުމަށް ސަރުކާރުން ޤާސިމަށް ދަނީ ހުރަސް އަޅާ ފިއްތަމުން. ޤާސިމަށް ވީވަރަކުން ތަކެތީގެ އަގުހެޔޮކޮށްދީ މި އުދަގުލާ ތުރާލުން ރައްޔިތުން ސަލާމަށްކޮށް ދިނުމަށް އާދޭހާއެކު ދަންނަވަން. މިކަމަށް ވަކާލާތު ކޮށް ކުރިޔަށް ވަޑައިގަތުމަކީ އަބަދުގެ އަބަދަށް ރައްޔިތުންގެ ލޯތްބާއި އިހުތިރާމު މަނިކުފާނަށް ލިބޭނެ ކަމެއްކަން ޔަޤީން.