ކ. މާލެ
|
27 ޖުލައި 2021 | އަންގާރަ 11:15
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް،
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް،
ރައީސް އޮފީސް
ަރައީސްގެ ނުރަސްމީ ދަތުރުފުޅު
ރައީސް ޞާލިޙް އަމިއްލަ ދަތުރުފުޅެއްގައި ދުބާއީއަށް!
މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެއަށް ވަޑައިގަންނަވަން ހަމަޖެހިފައިވަނީ މި މަހުގެ 31 ވާ ހޮނިހިރު ދުވަހު
މި ދަތުރުފުޅުގައި ރައީސްގެ އަނބިކަނބަލުން ފަޒުނާ އަހުމަދު ބައިވެރިވެވަޑައިގަންނަވާކަން ހާމަކޮށްފައެއް ނުވޭ
ޖުލައި 20 ވަނަ ދުވަހު ރައީސްގެ ދެކަނބަލުން ނުރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާއަށް ވަޑައިގެންނެވި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް އަމިއްލަ ދަތުރުފުޅެއްގައި ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ދުބާއީއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ރައީސްގެ މިދަތުރުފުޅާ ބެހޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ އަންގާރަ ދުވަހުގެ ވަގުތެއްގައި ފުރާވަޑައިގަންނަވާނެ ކަމަށެވެ. އަދިި މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެއަށް ވަޑައިގަންނަވަން ހަމަޖެހިފައިވަނީ މި މަހުގެ 31ވާ ހޮނިހިރު ދުވަހުގެ ވަގުތެއްގައި ކަމަށެވެ. މި ދަތުރުފުޅުގައި ރައީސްގެ އަނބިކަނބަލުން ފަޒުނާ އަހުމަދު ބައިވެރިވެވަޑައިގަންނަވާކަން ހާމަކޮށްފައެއް ނުވެއެވެ.

އަމިއްލަ ދަތުރުފުޅެއްގައި ދުބާއީއަށް ވަޑައިގަންނަވާއިރު، އެމަނިކުފާނުގެ ކޮއްކޯފުޅު އަލްހާފިޒް އަހުމަދު މުހައްމަދު ޞާލިޙް އަވަހާރަވުމާ ގުޅިގެން ޖޫން 21 ގައި ވެސް ދުބާއީއަށް ވަޑައިގެންނެވިއެވެ. އަދި ޖުލައި 20 ވަނަ ދުވަހު ރައީސްގެ ދެކަނބަލުން ނުރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާއަށް ވަޑައިގެންނެވިއެވެ. ލަންކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންނެވީ ޖުލައި މަހުގެ 23 ވަނަ ދުވަހެވެ.

ރައީސް ޞާލިޙް ލަންކާއަށް ކުރެއްވި ދަތުރުފުޅުގައިވަނީ ލަންކާގެ ރައީސް ގޮތާބަޔާ ރާޖަޕަކްސަގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ. މި ބައްދަލުވުން އޮތީ، ކޮލަންބޯގައި ހުންނަ ޕްރެޒިޑެންޓަލް ސެކްރެޓޭރިއެޓްގައެވެ. މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ކޮވިޑް-19 ކޮންޓްރޯލްކުރުމަށް ކުރެވޭ މަސައްކަތާއި، އެ މަސައްކަތުގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން، ފެސިލިޓީތަކަށް ބުރަނުވާނެގޮތަށް އެޅި ފިޔަވަޅުތައް ފާހަގަކުރައްވައި މި ބަލިމަޑުކަމުން އަރައިގަތުމުގައި އެންމެ އިސްކަމެއް ދެއްވަނީ ވެކްސިން ފުރިހަމަކުރުމަށް ކަމުގައި ދެ ގައުމުގެ ވެރިން ވެސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޖުލައި މަހުގެ 16ން 18ށް ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްރަށަށް ވެސް ވަޑައިގަންނަވާފައެވެ.

- ކޮމެންޓް
27 ޖުލައި 2021 | އަންގާރަ 11:25
ހުސޭނު
ހާދަ އަމިއްލަ ދަތުރު ގިނަވާން ފަށައިފިއޭ ދޯ