ކ. މާލެ
|
28 ޖޫން 2021 | ހޯމަ 00:24
އިނގިރޭސިވިލާތުގެ ހެލްތު މިނިސްޓަރު ސާޖިދު ޖާވިދު
އިނގިރޭސިވިލާތުގެ ހެލްތު މިނިސްޓަރު ސާޖިދު ޖާވިދު
ރޮއިޓަރސް
ކުރީގެ ހެލްތު މިނިސްޓަރަށް ތައުރީފު ކުރެއްވުން
މަގާމުން އިސްތިއުފާ ދެއްވި އިނގިރޭސިވިލާތުގެ ހެލްތު މިނިސްޓަރަށް، މިހާރުގެ ހެލްތު މިނިސްޓަރުގެ ތައުރީފު
ބަލި ކޮންޓްރޯލް ކުރުމަށް އަޅުއްވާފައިވަނީ ހަރުދަނާ ފިޔަވަޅުތަކެއް
ބަލި ކޮންޓްރޯލް ކުރުމަކީ ވަރަށް ޗެލެންޖިންގ މަސައްކަތެއް

މަގާމުން އިސްތިއުފާ ދެއްވި އިނގިރޭސިވިލާތުގެ ހެލްތު މިނިސްޓަރަށް، މިހާރުގެ ހެލްތު މިނިސްޓަރު ސާޖިދު ޖާވިދު ތައުރީފު ކުރައްވައިފިއެވެ.

ކުރީގެ ހެލްތު މިނިސްޓަރު މެޓު ހެންކޮކް މަގާމުން އިސްތިއުފާ ދެއްވީ ކޮވިޑް-19އާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކާ ޚިލާފުވެވަޑައިގެންނެވުމާއެކު އިނގިރޭސިވިލާތުގެ ރައްޔިތުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވުމާއި ގުޅިގެންނެވެ.

ނަމަވެސް މިހާރުގެ ހެލްތް މިނިސްޓަރު ސާޖިދު ވިދާޅުވީ މެޓު ހެންކޮކް އިޖްތިމާއީ ގައިދުރުކަމާއި ޚިލާފުވެވަޑައިގެންނެވި ނަމަވެސް، ބަލި ކޮންޓްރޯލް ކުރުމަށް އަޅުއްވާފައިވަނީ ހަރުދަނާ ފިޔަވަޅުތަކެއް ކަމަށެވެ.

މިހާރުގެ ގައުމުގެ ހާލަތާ ބެހޭ ގޮތުން ސާޖިދު ވިދާޅުވީ ބަލި ކޮންޓްރޯލް ކުރުމަކީ ވަރަށް ޗެލެންޖިންގ މަސައްކަތެއް ކަމަށެވެ. އެގޮތުން ކޭސްތައް މަތިވެ ހޮސްޕިޓަލްތައް ފުރިފައިވާ ކަމަށާއި، ބައެއް މީހުންނަށް ފަރުވާ ނުދެވޭކަމަށެވެ. އަދި ސިއްހީ ދާއިރާގެ މުވައްޒަފުންގެ މަސައްކަތް އިންތިހާއަށް ބުރަވެ، ވަރުބަލިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރުކަން ވެސް ކުރެއްވި ސާޖިދު ވިދާޅުވީ ޚާއްސަ އިސްކަމެއްދީގެން މަސައްކަތް ކުރައްވާނީ މިޕެންޑަމިކުން ސަލާމަތްވުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރެއްވުމަށް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް