ކ. މާލެ
|
9 ޖޫން 2021 | ބުދަ 09:01
އެމެރިކާގެ ކޮލޮރާޑޯގެ ޑެންވަރގެ އެއަރޕޯޓް
އެމެރިކާގެ ކޮލޮރާޑޯގެ ޑެންވަރގެ އެއަރޕޯޓް
ރޮއިޓަރސް
އެމެރިކާއަށް ދަތުރުކުރުމުގެ ލުއިތައް ދިނުން
އެމެރިކާއިން 110 ގައުމަކަށް އެގައުމަށް ދަތުރުކުރުމުގެ ލުއިދީފި
ލެވެލް 4 ގައި ހިމެނުނު 61 ގައުމެއް ވަނީ ލެވެލް 3ށް ބަދަލުކޮށްފައި
50 ގައުމެއް ވަނީ ލެވެލް 1، އަދި ލެވެލް 2ށް ބަދަލުކޮށްފައި
އަލަށް ގެނެވުނު ބަދަލުތަކުގައި 85 ގައުމަކަށް ވަނީ ލުއިދީފައި

އެމެރިކާގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް އިން އެގައުމަށް ދަތުރުކުރުމަށް އެކުލަވާލާފައިވާ އުސޫލަށް ބަދަލުގެނައުމާ އެކު 100ށް ވުރެ ގިނަ ގައުމަކަށް އެގައުމަށް ދަތުރުކުރުމުގައި ލުއިތައް ދީފިއެވެ.

ރޮއިޓާސްގައި ރިޕޯޓްކޮށްފައިވާގޮތުން ސީޑީސީން ވަނީ 110 ގައުމަކުން އެމެރިކާއަށް ދަތުރުކުރުމުގައި ލުއިތައް ދީފައެވެ. ލެވެލް 1، 2، 3 އަދި 4ށް ބަހާލައިގެން އެމެރިކާއަށް ދަތުރުކުރުމުގައި ލުއިތައް ދެމުން އަންނަ އިރު، ލެވެލް 4 ގައި ހިމެނުނު 61 ގައުމެއް ލެވެލް 3ށް ބަދަލުކޮށް، އެމެރިކާއަށް ދަތުރުކުރުމުގައި އެގައުމުތަކަށް ހުރި ފިޔަވަޅުތަކަށް ވަނީ ލުއިދީފައެވެ. އަދި އިތުރު 50 ގައުމެއް ވަނީ ލެވެލް 1، އަދި ލެވެލް 2ށް ބަދަލުކޮށްފައެވެ.

ލެވެލް 1 އަދި 2 ގައި ހިމެނެނީ ކޮވިޑް-19ގެ ހާލަތު އެންމެ ރަނގަޅުކަމަށް ފެންނަ ގައުމުތަކެވެ. އެގޮތުން އެމެރިކާގެ މި ލިސްޓުގައި ސިންގަޕޯރ، އިސްރާއިލް، ދެކުނު ކޮރިއާ، އައިސްލޭންޑް، ބެލީޒް އަދި އެލްބޭނިއާ ހިމެނެއެވެ. ލެވެލް 3ގައި މިވަގުތު ހިމެނޭ ގައުމުގުތަކުގެ ތެރޭގައި އިކުއިޑޯރ، ފިލިޕީންސް، ދެކުނު އެފްރިކާ، ކެނެޑާ، މެކްސިކޯ، ރަޝިއާ، ސްޕެއިން، ސްވިޒަލޭންޑް، ތުރުކީ، ޔޫކްރެއިިން، ހޮންޑޫރަސް، ހަންގޭރީ އަދި އިޓަލީ ހިމެނެއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓް އިން ވަނީ އެއިދާރާއިން ދޭ ލަފާ ބިނާ ވަނީ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ކަމަށް ބުނެފައެވެ. އަދި ގައުމުތައް އެކި ލެވެލްތަކަށް ބަހާއިރު، އެގައުމުތަކުން އެންމެ ލަސްވެގެން ތިން ދުވަހުގެ ތެރޭގައި ކޮވިޑް ޓެސްޓުގެ ނަތީޖާ ލިބުމާއި، ގައުމުތަކުގެ ކޮމާޝަލް ފްލައިޓްތަކުގެ ޝެޑިއުލްގެ އިތުރުން އެމެރިކާގެ ރައްޔިތުންނަށް އެގައުމުތަކަށް ދަތުރުކުރުމުގައި އަޅާފައިވާ ފިޔަވަޅުތަކަށް ބަލާފައިވާނެ ކަމަށް އެއިދާރާއިން ބުނެއެވެ.

މިފަހަރުގެ ލުއި ދިނުމުގައި ސްޓޭޓް ޑިޕާޓްމެންޓުން ވަނީ 85 ގައުމަކަށް ލުއިދީފައެވެ. އޭގެ ތެރޭގައި ޖަޕާން ހިމެނޭ އިރު، ޖަޕާންގެ ވެކްސިނޭޝަން ރޭޓް ދަށްނަމަވެސް އެގައުމުގައި ބާއްވާ މިއަހަރުގެ އޮލިމްޕިކް ގޭމްސްގައި އެމެރިކާގެ ކުޅުންތެރިންނަށް ބައިވެރިވުމުގެ ފުރުސަތު އާއި ވައިޓް ހައުސްގެ އެއްބާރުލުން ދިނުމަށް އެއިދާރާއިން ވަނީ ވައިޓް ހައުސްގައި އެދިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް