ކ. މާލެ
|
3 ޖޫން 2021 | ބުރާސްފަތި 11:52
ރައްޔިތުންގެ މަޖްލީހުގެ އޮންލައިން ޖަލްސާއެއް ކުރިއަށްދަނީ
ރައްޔިތުންގެ މަޖްލީހުގެ އޮންލައިން ޖަލްސާއެއް ކުރިއަށްދަނީ
ރާއްޖެއެމްވީ
މެމްބަރުންގެ އޮންލައިން ޖަލްސާ
އިއްޒަތްތެރި މެމްބަރުންގެ އޮންލައިން ޖަލްސާއަށް ނަޒަރެއް
އޮންލައިންކޮށް ޖަލްސާތައް ކުރިއަށްގެންދާތާ ހަފްތާއެއް
މެމްބަރުންގެ ޝޮޓްތައް ރަނގަޅު ކުރަން ޖެހޭ

ކޮވިޑް19ގެ މިހާލަތުގައި ހުރިހާ އެއްމެން ވެސް މަސައްކަތް ކުރަން ޖެހިފައި މިވަނީ ތަފާތު ގޮތަކަށެވެ. ގޭގައި ތިބެގެން އޮންލައިންކޮށް މަސައްކަތް ކުރުމަށް މިވަނީ މަޖުބޫރުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަކީ ގިނަ ބަޔަކު އެއަށް ލޯހުއްޓައި ބަލަމުން އަންނަ ޖަލްސާތަކެކެވެ. ފަހަކާ ޖެހެންދެން ތަޅުމުގައި ޖަލްސާތައް ކުރިއަށް ގެންދިޔުމަށްފަހު މިހާރު ޖަލްސާތައް ކުރިއަށް ގެންދަނީ އޮންލައިން ކޮށެވެ. ތަޅުމުގައި ޖަލްސާތައް ކުރިއަށް ގެންދިޔައިރު ވެސް ފެންނަ މަންޒަރުތަކުން މުނިފޫހިފިލުވާ މީހުން މަދެއް ނޫނެވެ. މެމްބަރުން ތަޅުމުގައި އުޅޭ ގޮތުން ބައެއް ފަހަރު ހިނިވެސް އާދެއެެވެ. ނަރސަރީ ކްލާހެއްގައި ތުއްތު ކުދިން ފުރަތަމަ ދުވަހު އުޅޭ ކަހަަލަ ގޮތަކަށެވެ.

ކޮންމެއަކަސް މާލެ ސަރަހައްދުގެ ހާލަތު ދަށަށް ގޮސް އޮންލައިކޮށް ޖަލްސަތައް ބާއްވަން މިވަނީ ފަށާފައެވެ. ގަބޫލުކުރަން ބޭނުންވަނީ ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ "އިއްޒަތްތެރި" މެމްބަރުންނަކީ ޓެކްނޮލޮޖީއަށް ލޯ ހުޅުވިފައި ތިއްބަވާނެ ބޭފުޅުން ކަމަށެވެ. އޮންލައިކޮށް މުޅި ރާއްޖެއަށް ޖަލްސާ ލައިވްކުރަމުންދާއިރު ފެންނަ މަންޒަރު ވެސް ވަރަށް ތަފާތެވެ. ހިތަށް އަރަނީ ހަމަ އެ ބޭފުޅުންނަށް ފޯނުން ނުވަތަ އެ ގެންގުޅުއްވާ ޑިވައިސް އަކުން ކެމެރާ ސެޓް ކޮށްލަން ނޭނގެނީ ބާވައެވެ. އެހެން ނޫނީ ކޮންމެ ގޮތަކަށް ހުއްޓަސް ހަމަ ވަރިހަމައީ ބާވައެވެ.

ގާތްގަނޑަކަށް ހަފްތާއަކަށް އޮންލައިންކޮށް ޖަލްސާތައް ކުރިއަށް ދިޔައިރު ފާހަގަވި ބައެއް ކަންކަން ލިޔެލާނަމެވެ. އެއްގޮތަކަށް ވެސް މިދައްކަނީ ހުރިހާ މެމްބަރުންގެ ވާހަކައެއް ނޫނެވެ. ބައެއް މެމްބަރުން ވާހަކަ ދައްކަވާއިރު، ޓީވީއަށް ބަލަން އުދަނގޫވާ ހިސާބަށް ދެއެވެ. ކެމެރާ ލޯ އޭގަލްގައި ބާއްވައިގެން ވާހަކަ ދައްކަވާއިރު، ފެންނަން ހުންނަނީ ނޭފަތް އެކަންޏެވެ. "އިއްޒަތްތެރި" މެމްބަރުއެވެ. ކެމެރާ މޫނާ ސީދާ ވާގޮތަށް ނުވަތަ އައި ލެވެލްގައި ބަހައްޓަވާ ދެއްވާށެވެ. ބަލާ މީހުންނަށް ވެސް އަދި މެމްބަރަށް ވެސް ރީތިވާނެއެވެ.

މަޖްލިސް އޮންލައިން ޖަލްސާގައި މެމްބަރަކުން ވާހަކަ ދައްކަވަނީ

ބައެއް މެމްބަރުން ވާހަކަ ދައްކަވާއިރު ބަލަންވީ އޮށޯވެ އޮވެ ތޯ ނުވަތަ އިށީނދެގެންތޯވެސް އެބަ ނިންމަން ޖެހެއެވެ. މަންޒަރު ފެންނައިރު ފެންނަނީ މިފަދަ ގޮތަކަށެވެ. ބައެއް މެމްބަރުން އެއީ ކޮންބޭފުޅެއްކަން ނޭނގޭ މިންވަރަށް މަންޒަރު ނުސާފެވެ. މިއީ އިންޓަރނެޓްގެ މައްސަލައަކަށް ވެދާނެއެވެ.

މަޖްލިސް އޮންލައިން ޖަލްސާ ކުރިއަށްދަނިކޮށް ނަގާފައިވާ މަންޒަރެއް - ރާއްޖެއެމްވީ

މިހެން މި މަންޒަރުތައް ފެންނައިރު އޮންލައިންކޮށް ޖަލްސާ ކުރިއަށްގެންދަން ފަހަތުގައި ހަރަކާތްތެރިވާ ޓީމުން މެމްބަރުންނަށް އިރުޝާދު ނުދެނީ ބާވައެވެ. ޔަގީންވާ އެއްކަމަކީ މި މަންޒަރުތައް މިހެން ފެންނަން މެމްބަރުން ވެސް ބޭނުން ނުވާނެ ކަމެވެ. ގޭގައި ތިއްބަވައިގެން ވެސް ތިޔަ ކުރައްވާ މަސައްކަތަށް ޝުކުރުވެރިވަމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް
3 ޖޫން 2021 | ބުރާސްފަތި 12:09
ކަންނަންނޫޜު
އަދިވެސް މަޖިލިސް މެންބަރުންގެ މުސާރަ ބޮޑުކޮށްފަ ސިވިލް ސަރވެންޓުންގެ މުސާރަ ކުޑަކުރީމަ ތިކަން ހައްލުވާނެކަމަށް ފެނޭ