ކ. މާލެ
|
22 މެއި 2021 | ހޮނިހިރު 03:29
ޚުލްނާ ޕަވަރ ޕްލާންޓް
ޚުލްނާ ޕަވަރ ޕްލާންޓް
ދި ހިންދޫ
ކޮވިޑް-19، ބަންގްލަދޭޝްގެ ހާލަތު
ޗައިނާ މަސައްކަތްތެރީންގެ ސަބަބުން ބަންގްލަދޭޝް ރައްޔިތުން ކޮވިޑްގެ ނުރައްކަލަށް!
ޚުލްނާ ޕަވަރ ޕްލާންޓްގައި މަސައްކަތް ކުރާ ޗައިނާގެ 85 މަސައްކަތްތެރީން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައި
ޗައިނާ މުވައްޒަފުން އަންނަނީ މަސައްކަތަށް ނުކުންނަމުން

ބަންގްލަދޭޝްގެ ޚުލްނާ ޕަވަރ ޕްލާންޓުގައި މަސައްކަތް ކުރަމުންދާ ޗައިނާގެ މަސައްކަތްތެރީން ކޮވިޑަށް ޕޮޒިޓިވްވި ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަމަލު ކުރަމުން ނުދާކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓް ކޮށްފިއެވެ.

ބަންގްލަދޭޝްގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުން ޚުލްނާ ޕަވަރ ޕްލާންޓްގައި މަސައްކަތް ކުރާ ޗައިނާގެ 85 މަސައްކަތްތެރީން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެކަމަކު ކޮވިޑަށް ޕޮޒިޓިވްވި ނަމަވެސް އެ މުވައްޒަފުން މަސައްކަތަށް ނުކުތުމަށް ޕަވަރ ޕްލާންޓް ހިންގަމުން އަންނަ ޗައިނާ ކުންފުނިން އެދިފައިވުމުން އެ މުވައްޒަފުން އަންނަނީ މަސައްކަތަށް ނުކުންނަމުންނެވެ. އަދި މީގެ ސަބަބުން ޕަވަރ ޕްލާންޓްގައި މަސައްކަތް ކުރަމުން އަންނަ ބަންގްލަދޭޝް ރައްޔިތުން ބިރުވެރި ކަމެއްގައި ތިބި ކަމަށް އެގައުމުގެ މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

ޚުލްނާ ޕަވަރ ޕްލާންޓްގައި 185 ޗައިނާ މަސައްކަތްތެރީން މަސައްކަތް ކުރަމުން އަންނައިރު، އެ ޕްލާންޓަކީ 500 މުވައްޒަފުން މަސައްކަތް ކުރާ ތަނެކެވެ.

ޗައިނާ ސަރުކާރުން ވަނީ ބަންގްލަދޭޝްއަށް 5 ލައްކަ ޑޯޒު ވެކްސިން ހަދިޔާ ކޮށްފައެވެ. ބަންގްލަދޭޝް ސަރުކާރުން ބުނީ ޗައިނާއިން ފޯރު ކޮށްދިން ވެކްސިން އަވަސް މުސްތަގުބޮލެއްގައި ޖަހަން ފަށާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
- ކޮމެންޓް
22 މެއި 2021 | ހޮނިހިރު 09:24
ހަޖަމު ނުވާމީހާގެ ކާފަ
ރާއްޖެ އެމްވީއިން ލިޔެފަ ހުންނަ ހަަބަރު މުޅިންފެންނާނީ ޗައިނާ ގޯސްވާހަކަ ހީވާކަހަލަ ދިވެހިންނަކީ ގަމާރުންކަމައް