ކ. މާލެ
|
20 މެއި 2021 | ބުރާސްފަތި 19:29
ސަލްމާ ހައެކް - ކޮވިޑް ބަލިން ފަސޭހަވި ނަމަވެސް އަދިވެސް އުނދަގޫތައް އެބަހުރި
ސަލްމާ ހައެކް - ކޮވިޑް ބަލިން ފަސޭހަވި ނަމަވެސް އަދިވެސް އުނދަގޫތައް އެބަހުރި
ސްކައި ނިއުސް
ކޮވިޑް ބަލި ތަޖުރިބާކުރި ފިލްމީ ތަރިއެއް
ކޮވިޑް-19: ބަތަލާ ސަލްމާގެ ތަޖުރިބާ
7 ހަފުތާ ވަންދެން ކޮޓަރީގައި އެކަހެރިވެގެން ހުރި
ހޮސްޕިޓަލަށް ދިޔުމަށް ސަލްމާގެ ޑޮކްޓަރު އާދޭސްކުރި
މިހާރު ޝޫޓިންގ ތަކުގައި ބައިވެރިވެވޭ

އުމުރުން 54 އަހަރުގެ ބަތަލާ ސަލްމާ ހައެކަށް ކޮވިޑް-19 ތަޖުރިބާ ކުރަން ޖެހުނީ ޕެންޑަމިކްގެ ކުރީ ކޮޅުގައެވެ.

އެކި މަޖައްލާތަކަށް ސަލްމާ ދީފައިވާ އިންޓަރވިއުގައި ތަކުރާރުކޮށް ބުނެފައިވާ އެއްވާހަކައެއް ވެއެވެ. "އަހަރެންގެ ޑޮކްޓަރ އަހަންނަށް އާދޭސްކުރި ހޮސްޕިޓަލަށް ގޮސްގެން ފަރުވާ ހޯދުމަށް" ސަލްމާ ބުނެފައިވެއެެވެ. ސަލްމާގެ ހާލަތު އެހާވެސް ގޯސްވިއެވެ. ހޮސްޕިޓަލަށް ދިޔުމަށް ސަލްމާ ތަކުރާރުކޮށް އިންކާރު ކުރިއެވެ.

"ހޮސްޕިޓަލަށް ދިޔުމަށްވުރެ ގޭގައި އޮވެގެން މަރުވުންވެސް މާރަނގަޅު" ސަލްމާ އިތުރަށް ތަފްސީލް ކޮށްދިނެވެ.

ހަތް ހަފުތާ ވަންދެން ކޮޓަރީގައި އެކަހެރިވެގެން ހުރީ، އޭނައާ ފިރިމީހާ އަދި އަންހެން ދަރިފުޅާއެކު ލަންޑަންގައި ދިރިއުޅެމުން އަންނަ ގޭގައެވެ. ވަކި ހިސާބަކުން އޮކްސިޖަންގެ އެހީގައި ނޭވާލާން ޖެހުނު ކަމަށް ސަލްމާ ބުންޏެވެ. ބަލިން ފަސޭހަވި ނަމަވެސް އަދިވެސް މީހާ ހަމައަކަށް ނޭޅެއެވެ.

ސަލްމާ މިހާރު ޝޫޓިންގ ތަކުގައި ބައިވެރިވެއެވެ. އެހެންނަމަވެސް ކުރިން މަސައްކަތްކޮށް އުޅުނުހެން ނޫޅެވެއެވެ. ވަރުބަލިވުމުގެ ސަބަބުން ގިނައިރު ޝޫޓިންގ ގައި ނޫޅެވެއެވެ.

ސަލްމާ އަކީ ކޮވިޑް ބަލީގެ ތަޖުރިބާތައް މިގޮަތަށް ފޭނުންނާ ހިއްސާކުރި މަދު ތަރިންގެ ތެރެއިން ތަރިއެކެވެ. އެހެން ތަރިން ބުނެފައިވަނީ، ވަރަށް އާދައިގެ އުނދަގޫތައް ތަޖުރިބާ ކުރެވުނު ކަމަށެވެ. ސަލްމާ ވަނީ އޭާގެ އިންސްޓަގްރާމްގައިވެސް ފޭނުންނާ ކޮވިޑުގެ ތަޖުރިބާ ހިއްސާ ކޮށްފައެވެ.

ސަލްމާ ހޮލީވުޑަށް ތައާރަފްވީ، 1995ވަނަ އަހަރުއެވެ. ފިލްމީ ކެރިއަރު ފަށާފަައިވަނީ އުމުރުން 23 އަހަރުގައި މެކްސިކޯއިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް