މެޗު ފަށައިފި، މެޗުގެ ކުޅުން ފެށީ ފަލަސްތީނުން، މި ދެޓީމު ކުޅެމުންދާ އިރު މި މި ގްރޫޕްގައި ހިމެނޭ އަނެއް ދެޓީމުގެ މެޗުގެ ފުރަތަމަ ގާފު ވަނީ ނިމި, ދެވަނަ ހާފުގެ ކުޅުންވަނީ ފެށިފައި، އޮމާން އާއި ބޫޓާން ބައްދަލު ކުރާ މެޗުގެ ދެވަނަ ހާފު މިހާރު ކުރިއަށްދާއިރު އޮމާން - 7 - ބޫޓާން - 0
ރާއްޖޭގެ ޓީމުގެ ފުރަތަމަ 11
މުހައްމަދު ފައިސަލް -ގޯލްކީޕަރު- ޝާފިއު އަހްމަދު (ޝާފީ) އަމްދާން އަލީ (އެންޑީ) އަލީ ސަމޫހް (ސަމުއްޓޭ) އަހްމަދު އަބްދުﷲ (ލިލީ) އަސްހަދު އަލީ (އަޑޭ) -ކެޕްޓަން- އަހްމަދު އިމާޒު (އާއްކޮ) އިމްރާން ނަޝީދު މުހައްމަދު އުމޭރު އަލީ ފާސިރު (ސެންޓޭ) އަސަދުﷲ އަބްދުﷲ
ފަލަސްތީން ޓީމުގެ ފުރަތަމަ 11
ރަމީ ހަމާދީ -ގޯލްކީޕަރު- . ހައިސަމް ދީބް އަބްދުﷲ ޖާބިރު . މުސްއަބުލް ބަތޯތު ޖޮނަތަން ކެންޓިލާނާ އަބްދުލް ލަތީފް ބަހްދަރީ -ކެޕްޓަން- . ތައާމުރު ސިޔަމް . މުހައްމަދު ޔަމީން . މުހައްމަދު ދަރުވީޝް . ޝާދީ ޝައަބާން ޔާޝިރު ޕިންޓޯ އިސްލާމޭ
އޭޝިއަން ކަޕް ކޮލިފައިންގައި މިރޭ ދިވެހިރާއްޖެއާ ފަލަސްތީން ބައްދަލުކުރާ މެޗުގެ ލައިވް ބްލޮގަށް މަރުޚަބާ.
މިމެޗަކީ އެކުވެރި އަރަބި އިމާރާތުގައި 2019 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 17 ވަނަ އޭޝިއާ ކަޕަށް ކޮލިފައިވުމަށް ކުޅޭ ގުރޫޕް 'ޑީ' ގެ ކޮލިފައިން މެޗެވެ.
މި ގްރޫޕުގައި ރާއްޖެއާ ފަލަސްތީނުގެ އިތުރުން ހިމެނެނީ، އޮމާން އަދި ބޫޓާން.
މީ ދިވެހި ރާއްޖެއާ ފަލަސްތީން ބައްދަލުކުރާ 3 ވަނަ ފަހަރު، މީގެ ކުރިން ދެފަހަރަކު ބައްދަލުކޮށްފައިވޭ. ފުރަތަމަ 2012 ވަނަ އަހަރު ނޭޕާލުގައި ބޭއްވި އޭއެފްސީ ޗެލެންޖް ކަޕްގެ ގުރޫޕް ސްޓޭޖްގައި ބައްދަލުކުރި މެޗު ފަލަސްތީން ކާމިޔާބު ކުރީ 2-0 ގެ ނަތީޖާއިން ދެވަނަ މެޗަކީ، 2014 ވަނަ އަހަރު ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖްކަޕްގެ ގުރޫޕް ސްޓޭޖުގައި އެފަހަރުގެ މެޗު ނިމުނީ ލަނޑެއް ނުޖެހި ދެޓީމް އެއްވަރު އެއްވަރު ވެގެން.