Raajje.mv

އޭޝިއަން ކަޕް ކޮލިފައިން: ދިވެހިރާއްޖެ – ފަލަސްތީން

28 މާރިޗު 2017
13628
ދިވެހިރާއްޖެ ފަލަސްތީނު ބައްދަލުކުރާމެޗު

ދިވެހިރާއްޖެ ފަލަސްތީނު ބައްދަލުކުރާމެޗު

28 މާރިޗު 2017 | 22:54

އޭޝިއަން ކަޕް ކޮލިފައިން: ދިވެހިރާއްޖެ – ފަލަސްތީން

މެޗު ނިންމާލައިފި

28 މާރިޗު 2017 | 22:53

އޭޝިއަން ކަޕް ކޮލިފައިން: ދިވެހިރާއްޖެ – ފަލަސްތީން

90+ ފަލަސްތީނުން ތިންވަނަ ލަނޑެއް ޖަހައިފި. ރާއްޖޭގެ އޭރިއާ ތެރެއިން އެންޑީ ކައިރިން ނައްޓާލުމަށްފަހު ފަލަސްތީނުގެ ލަނޑު ކާމިޔާބުކުރީ ބަދަލު ކުޅުންތެރިންގެ ގޮތުގައި ނިކުތް އަބޫ ނާހިޔާ

28 މާރިޗު 2017 | 22:50

އޭޝިއަން ކަޕް ކޮލިފައިން: ދިވެހިރާއްޖެ – ފަލަސްތީން

90+ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން މިހާރު ކުޅެމުން ދަނީ އިތުރު ވަގުތުގެ ކުޅުން

28 މާރިޗު 2017 | 22:44

އޭޝިއަން ކަޕް ކޮލިފައިން: ދިވެހިރާއްޖެ – ފަލަސްތީން

28 މާރިޗު 2017 | 22:39

އޭޝިއަން ކަޕް ކޮލިފައިން: ދިވެހިރާއްޖެ – ފަލަސްތީން

28 މާރިޗު 2017 | 22:37

އޭޝިއަން ކަޕް ކޮލިފައިން: ދިވެހިރާއްޖެ – ފަލަސްތީން

87+ ދެވަނަ ހާފުގެ މިހާ ހިސާބުން ރާއްޖެއަށް ލިބިފައިވާ ހިލެޭ ޖެހުމެއް، ސެންޓޭ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން

28 މާރިޗު 2017 | 22:24

އޭޝިއަން ކަޕް ކޮލިފައިން: ދިވެހިރާއްޖެ – ފަލަސްތީން

82' އަނެއްކާވެސް ފަލަސްތީނުން ލަނޑެއް ޖަހައިފި، މި ލަނޑުވެސް ޖެހީ ރިދާތު

28 މާރިޗު 2017 | 22:23

އޭޝިއަން ކަޕް ކޮލިފައިން: ދިވެހިރާއްޖެ – ފަލަސްތީން

78' ފަލަސްތީނުން ލަނޑެއް ޖަހައިފި: ފަލަސްތީނުން ލަނޑުޖަހާފައިވަނީ ރާއްޖޭން ހަމަލާއަކަށް ކުރިއަށް ޖެހިލި ވަގުތު ކައުންޓަރ އެތޭޚެއްގައި، ލަޑު ޖެހޭ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އަހްމަދު ރިދާތު، ރާއްޖޭގެ ޓީމުން ވެސް ވަނީ ކުޅުންތެރިއަކު ބަދަލުކޮށްފަ، އާއްކޮގެ ބަދަލުގައި ނުކުތީ ނާއިޒް

28 މާރިޗު 2017 | 22:20

އޭޝިއަން ކަޕް ކޮލިފައިން: ދިވެހިރާއްޖެ – ފަލަސްތީން

'59- ފަލަސްތީނުގެ ޓީމުން މިވަނީ ބަދަލެއް ގެސްފަ، މުހައްމަދު ޔާމިންގެ ބަދަލުގައި ކުޅެން ނުކުތީ އަހްމަދު ރިދާތު.

28 މާރިޗު 2017 | 22:18

އޭޝިއަން ކަޕް ކޮލިފައިން: ދިވެހިރާއްޖެ – ފަލަސްތީން

މިރޭގެ މެޗުގައި އެންމެ ނުރައްކާތެރި ޙަމަލާއެއް މި ފެނުނީ ފަލަސްތީނުގެ ފަރާތުން، ނަމަވެސް ފައިސަލް ވަނީ ވަރަށް ހުށިޔާރު ކަމާއިއެކު އެ ޙަމަލާ ދިފާޢުކޮށްފަ، މިރޭގެ މެޗުގައި ފައިސަލް އަންނަނީ އަދި ވަރަށް ރަނގަޅު ކުޅުމެއް ދައްކަމުން.

މެޗު ފެށުމުގެ ކުރިން ފައިސަލް ގައުމީ ސަލާމަށް ހުއްޓިގެން

28 މާރިޗު 2017 | 22:15

އޭޝިއަން ކަޕް ކޮލިފައިން: ދިވެހިރާއްޖެ – ފަލަސްތީން

70' ފަލަސްތީނުގެ ނުރައްކާތެރި ހަމަލާއެއް، ރާއްޖޭގެ އޭރިއާ ތެރެއިން ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ފޮނުވާލި ބޯޅަ ފައިސަލް ވަނީ ދިފާއުކޮށްފަ. ޝާފީ ކައިރިން ނައްޓާލުމަށްފަހު ހަމަލާ ފޮނުވާލީ ޖޮނަތަން ޒޮރިއްލާ.

މި ގްރޫޕްގެ އަނެއް މެޗު މިހާރު ވަނީ ނިމިފައި މި މެޗު އޮމާނުން ކާމިޔާބު ކުރީ 14-0 އިން،

28 މާރިޗު 2017 | 22:11

އޭޝިއަން ކަޕް ކޮލިފައިން: ދިވެހިރާއްޖެ – ފަލަސްތީން

68' ރާއްޖެއަށް ލިބުނު ހިލޭ ޖެހުން ސެންޓޭ ފޮނުވާލީ ސީދާ ކީޕަރުގެ އަތަށް

28 މާރިޗު 2017 | 22:08

އޭޝިއަން ކަޕް ކޮލިފައިން: ދިވެހިރާއްޖެ – ފަލަސްތީން

47' ރަނގަޅު ހަމަލާއެއް އުފެއްދުމަށް ރާއްޖޭ ޓީމުން މަސައްކަތް ކުރި، ސެންޓޭއަށް ދިނުމަށް އުމޭރު ފޮނުވާލި ބޯޅަ ލިބޭ ގޮތެއް ނުވި

28 މާރިޗު 2017 | 22:06

އޭޝިއަން ކަޕް ކޮލިފައިން: ދިވެހިރާއްޖެ – ފަލަސްތީން

ދެވަނަ ހާފް ކުޅުން ފަށައިފި، އެއްވެސް ޓީމަކަށް ބަދަލެއް އައިސްފައެއް ނެތް

28 މާރިޗު 2017 | 21:49

އޭޝިއަން ކަޕް ކޮލިފައިން: ދިވެހިރާއްޖެ – ފަލަސްތީން

45+' ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި، ނަތީޖާއަކީ ރާއްޖެ 0 - 0 ފަލަސްތީން. މި ގްރޫޕްގެ އަނެއް މެޗުގެ 88 މިނެޓުގެ ކުޅުން ވަނީ ނިމިފަ، އޮމާނުން ވަނީ ބޫޓާން ކޮޅަށް ލަނޑު ގޯންޏެއް އޮއްސާލާފައި، ނަތީޖާ އަކީ 12-0

28 މާރިޗު 2017 | 21:47

އޭޝިއަން ކަޕް ކޮލިފައިން: ދިވެހިރާއްޖެ – ފަލަސްތީން

28 މާރިޗު 2017 | 21:46

އޭޝިއަން ކަޕް ކޮލިފައިން: ދިވެހިރާއްޖެ – ފަލަސްތީން

45+' ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ، މިހާރު ކުރިއަށްދަނީ އިތުރު ވަގުތުގެ އެއް މިނެޓުގެ ކުޅުން، ރާއްޖެއަށް ފަަލސްތީނަށްވެސް ގޯލެއް ކާމިޔާބު ކުރެވިފައެއް ނުވޭ

28 މާރިޗު 2017 | 21:42

އޭޝިއަން ކަޕް ކޮލިފައިން: ދިވެހިރާއްޖެ – ފަލަސްތީން

ފަލަސްތީނުގެ ކުޅުންތެރިއެއް ކައިރިން ނައްޓާލުމަށް ސެންޓޭ މަސައްކަތްކުރަނީ

41' ރާއްޖޭގެ ޓީމުން ފެންނަނީ ވަރަށް ރަނގަޅަށް ޑިފެންސް ކުރަމުންދާތަން، އެއްވެސް ޓީމަކަށް މާ ރަނގަޅު ތަނަވަސް ފުރުސަތުތަކެއް ހޯދިފައެއް ނުފައެއް ނެތް، ލަނޑުޖަހާނެ މާ ރަނގަޅު ފުރުސަތެއް ވެސް އެއްވެސް ޓީމަކަށް ނުލިބޭ.

މި ގްރޫޕްގެ އަނެއް މެޗުގެ 78 މިނެޓުގެ ކުޅުން ވަނީ ނިމަފައި، ނަތީޖާއަކީ އޮމާން 11 - 0 ބޫޓާން

28 މާރިޗު 2017 | 21:33

އޭޝިއަން ކަޕް ކޮލިފައިން: ދިވެހިރާއްޖެ – ފަލަސްތީން

30' މިނެޓުގެ ކުޅުން ނިމުނު އިރު، އެއްވެސް ޓީމަކަށް އަދި ލަނޑެއް ނުޖެހޭ، މިރޭގެ މެޗު ކުރިއަށް ދާއިރު މީގެ ކުރިން ގައުމީ ޓީމުކުޅޭ މެޗުތަކަށް ދަނޑަށް ސަޕޯޓަރުން ވަންނަ ވަރަށްވުރެ މަދުކަން ފާހަގަ ކުރެވޭ، އެކަމަކު ސަޕޯޓަރުންގެ އަޑު ވަރަށް ވަރުގަދައަށް ގުގުމާލާފައިވާ ކަން ފާހަގަވޭ

މިރޭގެ މެޗު ކުރިއަށްދާއިރު ދަނޑަށް ވަދެހުރި ދިވެހި ސަޕޯޓަރެއް

28 މާރިޗު 2017 | 21:24

އޭޝިއަން ކަޕް ކޮލިފައިން: ދިވެހިރާއްޖެ – ފަލަސްތީން

23' ފަލަސްތީނުގެ ޓީމުގެ ފަރާތުން ރާއްޖޭގެ ގޯލަށް ހަމަލާއެއް ފޮނުވާލިނަމަވެސް ބޯޅަވަނީ އިރުމަތީ ފަރާތުން ބޭރުފަ. މި ހަމަލާ ފޮނުވާލާފައިވަނީ އިސްލާމް

28 މާރިޗު 2017 | 21:21

އޭޝިއަން ކަޕް ކޮލިފައިން: ދިވެހިރާއްޖެ – ފަލަސްތީން

19' ފަލަސްތީނުގެ ޓީމުން ކުރި ފައުލަކާއި ގުޅިގެން ރާއްޖެއަށް ހިލޭ ޖެހުމެއް ލިބިއްޖެ. ފަލަސްތީނުގެ ޓީމުން ފެންނަނީ ފުދޭ ވަރެއްގެ ފިޒިކަލް ގޭމެއް

28 މާރިޗު 2017 | 21:18

އޭޝިއަން ކަޕް ކޮލިފައިން: ދިވެހިރާއްޖެ – ފަލަސްތީން

17' ރާއްޖެއަށް ކޯނަރެއް، ހަމަލާއެއް އުފެއްދޭ ގޮތެއް ނުވި

28 މާރިޗު 2017 | 21:17

އޭޝިއަން ކަޕް ކޮލިފައިން: ދިވެހިރާއްޖެ – ފަލަސްތީން

15' ހިލޭ ޖެހުމަކުން ރަނގަޅު ފުރުސަތެއް ރާއްޖެއަށް ވަނީ ލިބިފައި، ރާއްޖޭގެ ކުޅުން އަންނަނީ ވަރަށް ރަނގަޅުވަމުން

28 މާރިޗު 2017 | 21:14

އޭޝިއަން ކަޕް ކޮލިފައިން: ދިވެހިރާއްޖެ – ފަލަސްތީން

ފަލަސްތީނަށްވެސް ރާއްޖެއަށް ވެސް ވަނީ ކޯނަރެއް ލިބިފައި، ނަމަވެސް އެއްވެސް ޓީމަކަށް ކޯނަރުން ރަނގަޅު ހަމަލާއެއް އުފެއްދިފައެއް ނެތް، އަނެއްކާވެސް ރާއްޖެއަށް ކޯނަރެއް، ނަގަން ގޮސް ހުރީ ސެންޓޭ، ކޯނަރު ވަނީ ފަަލަސްތީނުގެ ކުޅުންތެރިން ދިފާޢުކޮށްފަ

28 މާރިޗު 2017 | 21:10

އޭޝިއަން ކަޕް ކޮލިފައިން: ދިވެހިރާއްޖެ – ފަލަސްތީން

އެއްވެސް ޓީމަކަށް މާ ރަނގަޅު ހަމާއެއް އުފެއްދޭ ގޮތެއް ނުވޭއެކަމަކު އަދި ރަނގަޅަށް ކުޅެމުން ދަނީ ފަލަސްތީނުގެ ޓީމުން، ދޭތެރެއަކުން ރާއްޖޭގެ ހާފްތެރޭގައި ހަމަލާއެއް އުފެއްދޭތޯ ދަނީ މަސައްކަތް ކުރަމުން، ރާއްޖޭގެ ޑިފެންސްލައިން ފެންނަނީ ވަރަށް އޮގަނައިޒްކޮށް

28 މާރިޗު 2017 | 21:05

މެޗު ފަށައިފި

މެޗު ފަށައިފި، މެޗުގެ ކުޅުން ފެށީ ފަލަސްތީނުން، މި ދެޓީމު ކުޅެމުންދާ އިރު މި މި ގްރޫޕްގައި ހިމެނޭ އަނެއް ދެޓީމުގެ މެޗުގެ ފުރަތަމަ ގާފު ވަނީ ނިމި, ދެވަނަ ހާފުގެ ކުޅުންވަނީ ފެށިފައި، އޮމާން އާއި ބޫޓާން ބައްދަލު ކުރާ މެޗުގެ ދެވަނަ ހާފު މިހާރު ކުރިއަށްދާއިރު އޮމާން - 7 - ބޫޓާން - 0

28 މާރިޗު 2017 | 21:01

ދެ ޓީމުގެ ފުރަތަމަ އެގާރަ

ރާއްޖޭގެ ޓީމުގެ ފުރަތަމަ 11

މުހައްމަދު ފައިސަލް -ގޯލްކީޕަރު- ޝާފިއު އަހްމަދު (ޝާފީ) އަމްދާން އަލީ (އެންޑީ) އަލީ ސަމޫހް (ސަމުއްޓޭ) އަހްމަދު އަބްދުﷲ (ލިލީ) އަސްހަދު އަލީ (އަޑޭ) -ކެޕްޓަން- އަހްމަދު އިމާޒު (އާއްކޮ) އިމްރާން ނަޝީދު މުހައްމަދު އުމޭރު އަލީ ފާސިރު (ސެންޓޭ) އަސަދުﷲ އަބްދުﷲ

ފަލަސްތީން ޓީމުގެ ފުރަތަމަ 11

ރަމީ ހަމާދީ -ގޯލްކީޕަރު- . ހައިސަމް ދީބް އަބްދުﷲ ޖާބިރު . މުސްއަބުލް ބަތޯތު ޖޮނަތަން ކެންޓިލާނާ އަބްދުލް ލަތީފް ބަހްދަރީ -ކެޕްޓަން- . ތައާމުރު ސިޔަމް . މުހައްމަދު ޔަމީން . މުހައްމަދު ދަރުވީޝް . ޝާދީ ޝައަބާން ޔާޝިރު ޕިންޓޯ އިސްލާމޭ

28 މާރިޗު 2017 | 21:00

އޭޝިއަން ކަޕް ކޮލިފައިން: ދިވެހިރާއްޖެ – ފަލަސްތީން

އޭޝިއަން ކަޕް ކޮލިފައިންގައި މިރޭ ދިވެހިރާއްޖެއާ ފަލަސްތީން ބައްދަލުކުރާ މެޗުގެ ލައިވް ބްލޮގަށް މަރުޚަބާ.

މިމެޗަކީ އެކުވެރި އަރަބި އިމާރާތުގައި 2019 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 17 ވަނަ އޭޝިއާ ކަޕަށް ކޮލިފައިވުމަށް ކުޅޭ ގުރޫޕް 'ޑީ' ގެ ކޮލިފައިން މެޗެވެ.

މި ގްރޫޕުގައި ރާއްޖެއާ ފަލަސްތީނުގެ އިތުރުން ހިމެނެނީ، އޮމާން އަދި ބޫޓާން.

މީ ދިވެހި ރާއްޖެއާ ފަލަސްތީން ބައްދަލުކުރާ 3 ވަނަ ފަހަރު، މީގެ ކުރިން ދެފަހަރަކު ބައްދަލުކޮށްފައިވޭ. ފުރަތަމަ 2012 ވަނަ އަހަރު ނޭޕާލުގައި ބޭއްވި އޭއެފްސީ ޗެލެންޖް ކަޕްގެ ގުރޫޕް ސްޓޭޖްގައި ބައްދަލުކުރި މެޗު ފަލަސްތީން ކާމިޔާބު ކުރީ 2-0 ގެ ނަތީޖާއިން ދެވަނަ މެޗަކީ، 2014 ވަނަ އަހަރު ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖްކަޕްގެ ގުރޫޕް ސްޓޭޖުގައި އެފަހަރުގެ މެޗު ނިމުނީ ލަނޑެއް ނުޖެހި ދެޓީމް އެއްވަރު އެއްވަރު ވެގެން.