ހަލުވިކަމާއެކު، އެޗް1އެން1 ވައިރަސް ފެތުރުން

  • އެއް ދުވަސްތެރޭގައި ކްލިނިކުން 38 ބަލިމީހުންނަށް ފަރުވާދީފި
  • ސްވައިން ފުލޫ ނުފެތުރޭ، އެޗް1 އެން1 ވަނީ ފެނިފައި: އެޗްޕީއޭ
  • ހަލުވިކަމާއެކު، އެޗްވަންއެންވަން ވައިރަސް ފެތުރުން
 
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
އެއް ދުވަސްތެރޭގައި ކްލިނިކުން 38 ބަލިމީހުންނަށް ފަރުވާދީފި

އައިޖީއެމްއެޗްގައި ރޯގާ އާއި ހުމަށް ޚާއްސަކޮށްފައިވާ ކްލިނިކުން އިއްޔެ އެކަނި 38 ފަރާތަކުން ފަރުވާ ހޯދާފައިވާ ކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފި އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ބުނީ މިދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަރިދަފުސް ރޯގާ އާއި ވައިރަލް ހުން ހަލުވި ކަމާއެކު ފެތުރެމުންދާތީ، މާލޭގައި ޑޮކްޓަރަށް ދެއްކުން ފަހިކޮށްދިނުމުގެ ގޮތުން އައިޖީއެމްއެޗް ގައި "ފުލޫ ކްލިނިކު"ގެ ނަމުގައި ހޮނިހިރު ދުވަހުން ފެށިގެން ކްލިނިކެއް ހުޅުވާފައިވާ ކަމަށެވެ.

އިތުރު ތަފްސީލް: އެއް ދުވަސްތެރޭގައި ކްލިނިކުން 38 ބަލިމީހުންނަށް ފަރުވާދީފި

15 މާރޗް 2017 | ބުދަ 00:17
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ސްވައިން ފުލޫ ނުފެތުރޭ، އެޗް1 އެން1 ވަނީ ފެނިފައި: އެޗްޕީއޭ

ރާއްޖެއިން އެޗް1އެން1 ޕޮސިޓިވް ކޭސްތަކެއް ފެނިފައިވާ ކަމަށާއި ނަމަވެސް އެއީ ސްވައިން ފްލޫއާ އެއްގޮތް ރޯގާއެއް ނޫން ކަމަށް ބުނެ ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން އާދީއްތަ ދުވަހުގެރޭ ދަންވަރު ކުއްލި ބަޔާނެއް ނެރެފިއެވެ.

އާދީއްތަ ދުވަހުގެ ރޭ މެންދަމު އެޗްޕީއޭއިން ބަޔާނެއް ނެރެފައި މިވަނީ ރާއްޖޭގައި, ހުމާއި އަރިދަފުސް ރޯގާ އިތުރުވަމުން ދާ ދަނޑިވަޅެއްގައި ސްވައިން ފްލޫ ފެނިފައިވާކަމަށް ސޯޝަލް މީޑިއާގައި ޚަބަރުފެތުރެމުންދަނިކޮށެވެ. ދަންވަރުގެ ވަގުތެއްގައި އިނގިރޭސި ބަހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ 2009ގައި ފެތުރުނު ރޯގާއަށް ފަހު އެޗް1އެން1 އަކީ މޫސުމީ ރޯގާއެއްގެ ގޮތުގައި ކޮންމެ އަހަރަކު ވެސް ދުނިޔޭގައި ފެތުރެމުންދާ ރޯގާއެއް ކަމަށެވެ.

މީގެ އިތުރުން 2009 ވަނަ އަހަރު އެޗް1އެން1 ފުރަތަމަ ފެތުރެން ފެށިއިރު ގިނަ ބައެއްގެ ދިފާއީ ނިޒާމުވެސް ތައްޔާރު ނޫން ކަމަށާއި ނަމަވެސް މިހާރު މީހުންނަށް އެ ރޯގާ ޖެހި ރަނގަޅުވަމުން ދާއިރު އެހާ ބާރަށް ނުފެތުރޭކަމަށެވެ. އެޗް1އެން1 ރޯގާއަކީ މިހާރު މާ ނުރައްކާ އެއްޗެއް ނޫން ކަމަށާއި އެއީ އެހެނިހެން ރޯގާތަކެކޭ އެއްފަދަ ރޯގާއެއްކަމަށް އެޗްޕީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

މި ސަބަބުތަކާއެކު އެޗް1އެން1 މިފަހަރު ފާހަގަ ކުރެވިފައިވަނީ އާއްމުކޮށް އަރިދަފުސް ރޯގާއަށް އެޗްޕީއޭއިން ކުރަމުން ގެންދާ ޓެސްޓްގެ ތެރެއިންކަމަށް އެ އިދާރާގެ ބަޔާނުގައި ބުނެފައިވެއެވެ. ބަލިތައް ފެތުރުރުން ކޮންޓްރޯލް ކުރުމަށް އާއްމުކޮށް ފިޔަވު އަޅަމުންދާ އުސޫލުން އަރިދަފުސް ރޯގާފެތުރުން ކޮންޓްރޯލް ކުރުމަށްވެސް އެޗްޕީއޭއިން މިހާރު ފިޔަވަޅު އަޅަމުންދާކަމަށް ބުނެފައިވެއެވެ.

އައިޖީއެމްއެޗުން ވަނީ މިހާރު ފެތުރޭ ވައިރަލް ރޯގާ ތަކާއި ގުޅިގެން އައިޖީއެޗްގައި ކްލިނިކެއް ހުޅުވާފައެވެ. އަދި ބަލިމީހުންގެ ގާތައް ޒިޔާރަތް ކުރެވޭ ވަގުތު ކުޑަކޮށް ކުޑަކުދިން ބަލި މީހުން ކައިރިއަށް ނުގެންދިއުމަށްވެސް ވަނީ އެދިފައެވެ.

15 މާރޗް 2017 | ބުދަ 00:16
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ހަލުވިކަމާއެކު، އެޗްވަންއެންވަން ވައިރަސް ފެތުރުން

އެޗްޕީއޭ އިން ބުނި ގޮތުގައި، އިންފްލުއެންޒާއަށް ޓެސްޓްކުރުމުގެ ނިޒާމު ރާއްޖޭގައި 2015 ވަނަ އަހަރު ގާއިމުކޮށް މިހާތަނަށް ޓެސްޓްކުރި މީހުންގެ ތެރެއިން މިދިޔަ އަހަރުގެ ނިޔަލަށް 475 މީހަކު ޓެސްޓްކޮށް، ފެނިފައި ވަނީ އެޗް1އެން1 ހުރި އެންމެ 16 މީހެކެވެ. އިއްޔެ ހެނދުނު ބުނީ 208 މީހަކު ޓެސްޓްކުރި އިރު ވައިރަސް ފެނުނީ 27 މީހެއްގެ ހަށިގަނޑުން ކަމަށެވެ. އެކަމަކު އޭރުވެސް އިތުރު ސާމްޕަލްތައް ދިޔައީ ޓެސްޓް ކުރަމުންނެވެ. އަލަށް ލިބުނު ނަތީޖާތަކާ އެކު މި އަހަރުގެ މިހާތަނަށް ޓެސްޓްކުރި 251 މީހުންގެ ތެރެއިން 51 މީހަކު ޕޮޒިޓިވް ވެއްޖެ ކަމަށް ފަހުން ބުންޏެވެ.

15 މާރޗް 2017 | ބުދަ 00:14