Raajje.mv

ހަލުވިކަމާއެކު، އެޗް1އެން1 ވައިރަސް ފެތުރުން

14 މާރިޗު 2017
23979
އެޗްޕީއޭއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

އެޗްޕީއޭއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

16 މާރިޗު 2017 | 14:25

އެޗްވަންއެންވަން ވައިރަސް

ބަލީގައި ދެމީހުން ވަނީ މަރުވެފަ އެވެ

އެޗްވަންއެންވަން އަށް ޕޮސިޓިވްވެފައިވަނީ 105 މީހުން

މިހާތަނަށް 335 މީޙުން މިބައްޔަށް ޓެސްޓް ކޮށްފައިވޭ

16 މާރިޗު 2017 | 10:54

އެޗްވަންއެންވަން ވައިރަސް

މިހާރު ފެތުރެމުންދާ ރޯގާ އެޗްވަންއެންވަން އަށް ޝައްކު ކުރެވޭ ދެ މީހަކު މަރުވެއްޖެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބ. އޭދަފުށީގައި މަރުވެފައިވަނީ 53 އަހަރުގެ އަންހެނެކެވެ.

ފ. ނިލަންދޫގެ އަންހެނަކު ވެސް މަރުވެފައިވާ އިރު އެމީހާ ވެސް މަރުވެފައި ވަނީ ރޯގާ ޖެހިގެން ކަމަށް ވަނީ މައުލޫމާތު ފެތުރިފައެވެ.

ރަސްމީ އެއްވެސް ފަރާތަކުން އެ ދެ މީހުންނަށް އެޗްވަންއެންވަން ޖެހިފައިވާ ކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ

16 މާރިޗު 2017 | 06:10

ވެކްސިން ޖެހުން

ސްވައިން ފްލޫއިން ރައްކާތެރިވުމުގެ ގޮތުން ވެކިން ޖަހައި ދެނީ ޑޮކްޓަރެއްގެ ލިޔުމަކާއެކު ދަމަނަ ވެށިންނެވެ. މާބަނޑު މީހުންނަށް އައިޖީއެމްއެޗާއި އޭޑީކޭން އިން ވެސް ވެކްސިން ޖަހައިދެ އެވެ. އައިޖީއެމްއެޗުން ވެކިސިން ޖަހައިދޭނީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ،

އޭޑީކޭ ހޮސްޕިޓަލުން، މާބަނޑު މީހުންނަށް ވެކްސިން ޖަހައިދޭނީ ކޮންމެ ދުވަހެއްގެ ހަވީރު 3:00 އިނ 6:00 އަށެވެ.

16 މާރިޗު 2017 | 06:00

ފްލޫ ކްލިނިކްތައް

  • އައިޖީއެމްއެޗްގެ ފްލޫ ކްލިނިކް (ތާޖުއްދީން ސްކޫލް): 24ގަޑިއިރު ހިދުމަތް ލިބޭނެ
  • އޭޑީކޭ ފްލޫ ކްލިނިކް (ސޯސަންގެ): ހެނދުނު 10 އިން ރޭގަނޑު 10 އަށް
16 މާރިޗު 2017 | 05:52

އޭޑީކޭ ފްލޫ ކްލިނިކަށް 300 އަށް ވުރެ ގިނަ މީހުން ޑޮކްޓަރަށް ދައްކައިފި

އޭޑީކޭ ފްލީ ކްލިނިކަށް 300 އަށް ވުރެ ގިނަ މީހުން ޑޮކްޓަރަށް ދައްކައިފި ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

ރާއްޖޭގައި އެޗްވަންއެންވަން ވައިރަސް ގަދައަށް ފެތުރެމުންދާތީ އޭޑީކޭ ހޮސްޕިޓަލްގައި ފްލޫ ކްލިނިކް ހުޅުވީ މާޗް 14 ގަ އެވެ. އެ ދުވަހު 118 މީހުން ފްލޫ ކްލިނިކުން ފަރުވާ ހޯދާފައިވާއިރު، މާޗް 15 ގައި 254 މީހުން ފަރުވާ ހޯދާފައިވެ އެވެ.

ފޮޓޯ ގެލަރީ: ރާއްޖޭގައި ހަލުވިކަމާއިއެކު އެޗްވަންއެންވަން ފެތުރުން

16 މާރިޗު 2017 | 05:41

އެޗްވަންއެންވަން އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 82 އަށް

އެޗްވަންއެންވަން އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 82 އަށް އަރައިފިއެވެ.

އެޗްޕީއޭ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ބައްޔަށް ޝައްކުކުރެވޭ 279 މީހަކު ވަނީ އެޗްވަންއެންވަން އަށް ޓެސްޓުކޮށްފައެވެ. މީގެ ތެރެއިން 82 މީހަކު އެޗްވަންއެންވަން އަށް ޕޮޒިޓިވް ވެފައިވާކަމަށް އެ އެތޯރިޓީ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކައެެވެ.

ތަފްސީލް

15 މާރިޗު 2017 | 12:27

އައިޖީއެމްއެޗް ފްލޫ ކްލިނިކް

  • ހޮނިހިރު ދުވަހު ހުޅުވި ފްލޫ ކްލިނިކުން އަންގާރަ ދުވަހުގެ ނިއަލަށް 1068 ބަލިމީހުން ޑޮކްޓަރަށް ދައްކާފައިވޭ
  • އިއްޔެ ވިލިމާލޭ ހޮސްޕިޓަލުގައި ފަސް އަހަރުންދަށުގެ 19 ކުދިން ޑޮކްޓަރަށް ދައްކާފައިވާ އިރު ފަސް އަހަރުން މަތީގެ 126 ބަލިމީހުން ބަލާފައިވޭ
  • އައިޖީއެމްއެޗުގެ ފްލޫ ކްލިނިކުން ޖުމްލަ 473 ބަލިމީހުން ބަލާފައިވޭ
15 މާރިޗު 2017 | 06:08

ރައްކާތެރިކަމުގެ ފިޔަވަޅު

ސްވައިން ފްލޫ ނުވަތަ އެޗް1އެން1 ވައިރަސް އިން ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތައް

  • ސައިބޯނި ލައިގެން ގިނައިން އަތް ދޮވުން
  • އަތް ނުދޮވެ މޫނުގައި އަތް ނުލުން، ހާއްސަކޮށް ލޮލާއި ނޭފަތާއި އަނގަތަށް އަތް ނުލުން
  • ސަލާންކުރުމާއި ބެއްދުން ފަދަ ކަންކަން ނުކުރުން
  • ކެއްސައި ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ނިވާކުރުން
  • ބޭނުންކުރާ ޓިޝޫ ފަދަ ތަކެތި ވަގުތުން ނައްތާލުން
  • ރޯގާގެ އަލާމާތެއް ފާހަވެއްޖެ ނަމަ އަވަހަށް ޑޮކްޓަރަށް ދެއްކުން
  • ރޯގާގެ އަލާމާތެއް ފާހަގަވެއްޖެނަމަ އެހެން މީހުންނާ ކައިރި ނުވުން
  • ރޯގާ ޖެހިއްޖެ ނަމަ، އެހެން މީހުންނަށް ބެލި ފެތުރުން ހުއްޓުވުމަށްޓަކައި ބޭރަށް ނިކުމެ ނޫޅުން އަދި އެހެން މީހުންނާ ދުރުގައި އުޅުން
15 މާރިޗު 2017 | 05:27

ހާލު ބޮޑުވި އަންހެން މީހާގެ ދަރިފުޅު ފަސް މަހުގައި ނަގައިފި

އެޗް1އެން1 އަށް ޖެހިގެން ހާލު ބޮޑުވި މާބަނޑު އަންހެން މީހާ ސިޒޭރިއަން ހަދައި ދަރިފުޅު ނަގައިފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ސިޒޭރިއަން ހަދައި ފަސް މަހުގެ ދަރިފުޅު ނަގާފައި ވަނީ އަންހެންމީހާގެ ހާލު ސީރިއެސްވުމުން ކަމަށެވެ. ދަރިފުޅު ނެގުމަށް ފަހު ވެސް އަންހެންމީހާއަށް ފަރުވާދެމުން ދަނީ އައިސޫގައި ވެންޓިލޭޓަރެއްގެ އެހީގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ތަފްސީލް ހަބަރު

15 މާރިޗު 2017 | 05:24

ނަމާދުގައި ގުނޫތު ކިޔަން ނިންމައިފި

މިހާރު ދިވެހިރާއްޖެއަށް ހަލުވިކަމާއެކު އެޗް1އެން1 ރޯގާ ފެތުރެމުންދާތީ ހުރިހާ މިސްކިތެއްގައި ބުދަ ދުވަހުގެ ރޭ މަޢްރިބް ނަމާދަށް ފަހު ގުނޫތު ކިޔަންޖެހޭ ގޮތަށް އިސްލާމިކް މިނިސްޓްރީން ނިންމާފިއެވެ.

އަންގާރަ ދުވަހުގެ ރޭ އިސްލާމިކް މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ އަޑުހަރުކޮށް ކިޔަވާ ނަމާދެއްގެ ފަހު ރަކްއަތުގެ އިއުތިދާލުގައި ގުނޫތު ކިޔުމަށް އަންގާ ކަމަށެވެ.

އިތުރު ތަފްސީލް

15 މާރިޗު 2017 | 01:04

އޭޑީކޭގެ ފްލޫ ކުލިނިކް ސޯސަން ގެއަށް

އޭޑީކޭ ހޮސްޕިޓަލްގެ ފަރާތުން ފްލޫ ކުލިނިކެއް ހުޅުވާ އެ ކުލިނިކްގެ ޚިދުމަތް ބުދަ ދުވަހުން ފެށިގެން ސޯސަންގޭގައި ދޭން ފަށާނޭކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

އޭޑީކޭ ހޮސްޕިޓަލުގެ އިސް އޮފިޝަލަކު ވިދާޅުވީ، އަންގާރަދުވަހު އޭޑީކޭގެ ލޮބީގައި މި ޚިދުމަތް ދޭން ފެށިނަމަވެސް ޖާގައިގެ ދަތިކަމާއި އެކު، ބުދަދުވަހުން ފެށިގެން ފްލޫކުލިނިކުގެ ޚިދުމަތްދޭނީ ސޯސަންގޭ ނުވަތަ ފެކަލްޓީ އޮފް ސައިންސްގެ އިމާރާތުގައި ކަމަށެވެ.

އިތުރު ތަފްސީލް: އޭޑީކޭގެ ފްލޫ ކުލިނިކް މާދަމާއިން ފެށިގެން ސޯސަން ގޭގައި

15 މާރިޗު 2017 | 01:03

ސްކޫލްތައް ބަންދު، އެކަމަކު ސައުދީ ރަސްގެފާނަށް ދެއްކުމަށް ނެށުން ކުރިއަށް!

ސްވައިން ފްލޫގައި އެކަކު މަރުވެ، މި ބައްޔަށް 51 މީހުން ޕޮޒިޓިވް ވުމާއެކު ރާއްޖޭގެ ހުރިހާ ސްކޫލްތައް ބަންދުކުރި ނަމަވެސް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ސައޫދީ ރަސްގެފާނަށް މަރުހަބާ ދެންނެވުމަށް ބާއްވާ ނެށުމުގެ ހަރަކާތްތަކަށް ފަރިތަކުރާ ސްކޫލު ކުދިންގެ ނެށުމުގެ ޕްރެކްޓިސް ހުއްޓާ ނުލައި ކުރިއަށް ގެންދާކަން ރާއްޖެ އެމްވީއަށް އެނގިއްޖެއެވެ.

އިތުރު ތަފްސީލް: ސްކޫލްތައް ބަންދު، އެކަމަކު ސައުދީ ރަސްގެފާނަށް ދެއްކުމަށް ނެށުން ކުރިއަށް!

15 މާރިޗު 2017 | 01:02

ފްލޫ ކްލިނިކަށް 600 މީހުން ދައްކައިފި

މިހާތަނަށް ފްލޫ ކްލިނިކުން 600 މީހުން ޑޮކްޓަރަށް ދައްކައި ފަރުވާ ހޯދާފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

އައިޖީއެމްއެޗުގެ މީޑިޔާ އޮފިޝަލް އަހްމަދު މައުސޫމު ވިދާޅުވީ، މިދިއަ ހޮނިހިރު ދުވަހު ހުޅުވި ފްލޫ ކްލިނިކަށް ގާތްގަނޑަކަށް 600 މީހުން ޑޮކްޓަރަށް ދެއްކުމަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ.

އިތުރު ތަފްސީލް: ފްލޫ ކްލިނިކަށް 600 މީހުން ދައްކައިފި

15 މާރިޗު 2017 | 01:01

ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން ކަންކުރުމުން މައްސަލަ ހޫނުވެއްޖެ

ސަރުކާރުގެ ވަރަށް އިސްބޭފުޅެއްގެ އާއިލީ ބޭފުޅަކު ނަރުހަކަށް ހުންނަވާ ވޯޑެއްގެ ނަރުހުންނަށް ފުލޫ ވެކްސިން ޖެހުމަށްފަހު އެހެން ވޯޑް ތަކުގެ ނަރުހުންނަށް ވެކްސިން ނުދިނުމުގެ ސަބަބުން އެވޯޑްތަކުގެ ނަރުހުން ނުރުހުންވެ މައްސަލަ ހޫނުވެއްޖެއެވެ.

ރާއްޖެ އެމްވީއަށް އެކަން ހިއްސާކުރި އައިޖީއެމްއެޗްގެ ބައެއް ނަރުހުން ބުނީ ފުލޫ ވެކްސިންއަކީ މިހާރު މިއުޅޭ ރޯގާ ޖެހިފައި ތިބޭ މީހުންނަށް ފަރުވާ ދިނުމުގައި ޚާއްޞަކޮށް އުޅޭ ނަރުހުންނަށް ޖެހުމަށް ގެނައި ވެކްސިނެއް ކަމަށެވެ. އެގޮތުން ވެކްސިން ދޭން އިސްކަން ދީފައިވާ ބަޔަކީ އީއާރު، އައިސީޔޫ އަދި ފްލޫ ކްލިނިކްގައި އުޅޭ ނަރުހުންނަށް ކަމަށެވެ.

އިތުރު ތަފްސީލް: ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން ކަންކުރުމުން މައްސަލަ ހޫނުވެއްޖެ

15 މާރިޗު 2017 | 01:00

އެޗްވަންއެންވަން ފެތުރުން: ކަންކަން ސިއްރުކުރުން، ދޮގު ހެދުން އިންތިހާ!

ބަލިވުމަކީ އިންސާނާގެ ތޮބީއަތުގައި ހިމެނޭ ކަމެކެވެ. ބަލިތައް ފެތުރި، ބަލިތައް ޖެހުމަކީ ދުނިޔެ ހިނގަމުން އަންނަ ބަދަލުވުމެއް ނެތް އުސޫލެކެވެ. އިންސާނުންނަށް އޮންނަނީ، ބަލިތަކުން ރައްކާތެރިވުމަށް ކުރެވެން އޮންނަހާ މަސައްކަތެއް ކުރުމެވެ. ބަލިތަކުން ރައްކާތެރިވުމަށް، ތިމާ ދިރިއުޅޭ މާހައުލުގައި އެ ބައްޔެއް ފެތުރެމުން އަންނަކަން އެނގުމަކީ ވަރަށް މުހިންމު ކަމެކެވެ.

އިތުރު ތަފްސީލް: އެޗްވަންއެންވަން ފެތުރުން: ކަންކަން ސިއްރުކުރުން، ދޮގު ހެދުން އިންތިހާ!

15 މާރިޗު 2017 | 00:59

ތާޖުއްދީން ސްކޫލުގައި ފްލޫ ކްލިނިކެއް ހުޅުވުމުގެ މަސައްކަތް ފަށަނީ

ތާޖުއްދީން ސްކޫލުގައި ފްލޫ ކްލިނިކެއް ހުޅުވުމުގެ މަސައްކަތް އައިޖީއެމްއެޗުން ފަށާއިފި އެވެ.

އައިޖީއެމްއެޗުން ބުނީ، އެ ހޮސްޕިޓަލުގައި ގާއިމް ކުރެވިފައިވާ ފްލޫ ކްލިނިކަށް ދެއްކުމަށް އަންނަ ފަރާތްތަކުން އިތުރުވުމާ ގުޅިގެން ބަލި މީހުންނަށް ލުއި ފަސޭހަތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން އެ ހޮސްޕިޓަލާ އިންވެގެން ހުންނަ ތާޖުއްދީން ސްކޫލުގައި ފްލޫ ކްލިނިކްގެ ބައެއް ގާއިމް ކުރުމަށްޓަކައި މަޝްވަރާތައް ކުރިއަށް ގެންދާ ކަމަށެވެ.

އިތުރު ތަފްސީލް: ތާޖުއްދީން ސްކޫލުގައި ފްލޫ ކްލިނިކެއް ހުޅުވުމުގެ މަސައްކަތް ފަށަނީ

14 މާރިޗު 2017 | 23:58

ލަންކާގައި ދިވެހި ކުއްޖާ ނިޔާވީ ސްވައިން ފްލޫ ޖެހިގެނެއް ނޫން: އާސީރީ ހޮސްޕިޓަލް

ލަންކާގެ އާސިރީ ހޮސްޕިޓަލުގައި ދިވެހި ކުޑަކުއްޖާ ނިޔާވީ ސްވައިން ފްލޫ ޖެހިގެން ނޫން ކަމަށާއި އެކުއްޖާ ނިޔާވެފައިވަނީ އިންފްލޫއެންޒާ އޭ އަށް ޕޮލިޓިވް ވެގެން ކަމަށް އާސީރީ ހޮސްޕިޓަލުން ބުނެފި އެވެ.

މިކަމާ ގުޅޭ ގޮތުން ރާއްޖެއެމްވީ އަށް މައުލޫމާތުދެއްވި، އާސީރީ މެޑިކަލްގެ މެޑިކަލް ޑިރެކްޓަރ ޑރ ހަސަންތީ އިއްޑަމަލްގޮޑާ ވިދާޅުވީ އެ ހޮސްޕިޓަލުގައި މަރުވި 10 އަހަރުގެ ދިވެހި ކުއްޖާގެ ފުރާނަ ސަލާމަތްކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްފައިވާ ކަމަށެވެ.

އިތުރު ތަފްސީލް: ލަންކާގައި ދިވެހި ކުއްޖާ ނިޔާވީ ސްވައިން ފްލޫ ޖެހިގެނެއް ނޫން: އާސީރީ ހޮސްޕިޓަލް

14 މާރިޗު 2017 | 23:56

ނުރައްކާތެރި ސްވައިން ފްލޫ ފެތުރޭކަން ސިއްރުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން: ޑރ. ޑީޑީ

ނުރައްކާތެރި ސްވައިން ފްލޫ ނުވަތަ އެޗް1އެން1 ފެތުރޭކަން ސިއްރުކުރުމަށް ސަރުކާރުން މަސައްކަތް ކުރަނީ ސިޔާސީ މަގުސަދެއް ހާސިލްކުރުމަށް ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަދި ރައީސް ނަޝީދުގެ ސަރުކާރުގެ ފިޝަރީޒް މިނިސްޓަރ ޑރ. އިބްރާހިމް ޑީޑީ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ޑރ. ޑީޑީ ވިދާޅުވީ، މިފަދަ ބަލިމަޑުކަމެއް ފެތުރެމުންދާއިރު އާއްމުންނަށް އެނގެން ބޭނުންވާ މައުލޫމާތު ސާފުކޮށްދިނުމަކީ، ކޮންމެހެން ކުރަންޖެހޭކަމެއް ކަމަށެވެ. އޭގެ ބަދަލުގައި ސަރުކާރުން އަމަލު ކުރަމުންދަނީ ރައްޔިތުންނަށް މައުލޫމާތު އޮޅުން އަރާ ގޮތަށް ކަމަށާއި، އެކަން އެހެން ކުރަނީ ސިޔާސީ މަގުސަދެއްގައި ކަމަށް ޑރ. ޑީޑީ ވިދާޅުވިއެވެ. ޑީޑީ ވިދާޅުވި ގޮތުގައި، އެކަން އެގޮތަށް ކުރުމުން ހުރިހާ ތަކުލީފެއް އުފުލަން ޖެހެނީ ދިވެހިރައްޔިތުންނަށެެވެ.

އިތުރު ތަފްސިލް: ނުރައްކާތެރި ސްވައިން ފްލޫ ފެތުރޭކަން ސިއްރުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން: ޑރ. ޑީޑީ

14 މާރިޗު 2017 | 23:55

އެޗް1އެން1 ވައިރަސްގެ ވާހަކަ ކުރިން ހާމަނުކުރީ، އެއީ އެހާ މުހިންމުކަމަކަށް ނުފެންނާތީ: އެޗްޕީއޭ

ހަލުވިކަމާއެކު ފެތުރެމުންދާ، އެޗް1އެން1 ވައިރަސަށް ޕޮޒިޓިވް ކޭސްތަކެއް ފެނުނު ވާހަކަ ކުރިން ހާމަކޮށް، އެކަން އާންމު ރައްޔިތުންގެ ސަމާލުކަމަށް ނުގެނެވުނީ، އެއީ އެވަގުތަށް އެހާ މުހިންމު ކަމަކަށް ނުފެނުމުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން ހާމަކުރި މައުލޫމާތުތަކަށް ބަލާއިރު، ޖެނުއަރީ މަހުގައިވެސް އެޗް1އެން1 ވައިރަސަށް ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވެއެވެ. އަދި ފެބުރުއަރީ މަހު ފެނުނު ކޭސްތަކުގެ އަދަދު ވަރަށް ބޮޑުތައް އިތުރުވެގެންގޮސްފައިވެއެވެ. މާރިޗު މަހު އެޗް1އެން1 ވައިރަސަށް ޕޮޒިޓިވް ކޭސްތަކުގެ އަދަދު އިންތިހާއަށް އިތުރުވެގެންދިޔައިރުވެސް، ކަމާބެހޭ އިދަރާތަކުން އެކަން އޮތީ ސިއްރުކޮށްފަ އެވެ.

އިތުރު ތަފްސީލް: އެޗް1އެން1 ވައިރަސްގެ ވާހަކަ ކުރިން ހާމަނުކުރީ، އެއީ އެހާ މުހިންމުކަމަކަށް ނުފެންނާތީ: އެޗްޕީއޭ

14 މާރިޗު 2017 | 23:54

އިންފްލުއެންޒާ ވެކްސިން ހުރީ ވަރަށް މަދުން: ހެލްތް މިނިސްޓްރީ

އެޗް1އެން1 ވައިރަސާއި ގުޅިގެން ބޭނުންކުރާ އިންފްލުއެންޒާ ވެކްސިން ހުރީ ވަރަށް މަދުންކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

އެޗް1އެން1 ވައިރަސްއަށް ޕޮޒިޓިވްވާ ކޭސްތައް އިތުރުވެ، ލެވްލަ ތިނެއްގެ އެލާޓް ނެރުމަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އޭޑިކޭގެ ޑޮކްޓަރ އަދި ޓާސްކް ފޯސްގައި އިސްކޮށް ހަރަކާތްތެރިވާ ޑރ. އަބްދުﷲ ނިޔާފް ވިދާޅުވީ އިންފްލުއެންޒާ ވެކްސިން ރާއްޖޭގައި ހުރީ ވަރަށް މަދުންކަމަށެވެ. ނުވަތަ ލިމިޓެޑް ސްޓޮކްއެއް ކަމަށެވެ. އަދި ވެކްސިންގެ "ބޮޑު އަދަދެއް ނެތުމުން" އެންމެ މުހިންމު އުމުރު ފުރާތަކަށް އެ ވެކްސިން ބޭނުންކުރުމުގެ މަޝްވަރާ ކުރަމުން އަންނަކަމަށް ޑރ. ނިޔާފް ވިދާޅުވި އެވެ.

އިތުރު ތަފްސީލް: އިންފްލުއެންޒާ ވެކްސިން ހުރީ ވަރަށް މަދުން: ހެލްތް މިނިސްޓްރީ

14 މާރިޗު 2017 | 23:53

ސްވައިން ފްލޫގައި އެކަކު މަރުވެ، ބައްޔަށް 51 މީހުން ޕޮޒިޓިވް ވުމާއެކު ރާއްޖޭގެ ހުރިހާ ސްކޫލްތައް ބަންދު

ސްވައިން ފްލޫގައި އެކަކު މަރުވެ، މި ބައްޔަށް 51 މީހުން ޕޮޒިޓިވް ވުމާއެކު ރާއްޖޭގެ ހުރިހާ ސްކޫލްތައް ބަންދުކޮށްފިއެވެ.

ސިއްހީ އިދާރާތައް ގުޅިގެން ހޯމަ ދުވަހުގެ ރޭ ބޭއްވި ނޫސްކޮންފަރެއްސެއްގައި ވިދާޅުވީ، ސްވައިން ފްލޫ ބަލީގައި މިހާތަނަށް އެކަކު މަރުވެފައިވާކަމަށެވެ. މިމަހުގެ 4 ވަނަ ދުވަހު މަރުވެފައިވަނީ، 26 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެޗް1އެން1އަށް ޓެސްޓްކުރި 251 މީހުންގެ ތެރެއިން 51 މީހުން ޕޮޒިޓިވް ވެފައިވާކަމަށް ސިއްހީ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.

އިތުރު ތަފްސީލް: ސްވައިން ފްލޫގައި އެކަކު މަރުވެ، ބައްޔަށް 51 މީހުން ޕޮޒިޓިވް ވުމާއެކު ރާއްޖޭގެ ހުރިހާ ސްކޫލްތައް ބަންދު

14 މާރިޗު 2017 | 23:52

އައިޖީއެމްއެޗަށް އެނގިގެން ރެޔާ ހަމައަށް އެޗް1އެން1 ވައިރަސްއާ ގުޅިގެން އެއްވެސް މީހަކަށް ފަރުވާދީފައެއް ނުވޭ!

އައިޖީއެމްއެޗަށް އެނގިގެން ރެޔާއި ހަމައަށް އެޗް1އެން1 ވައިރަސްގައި އެއްވެސް މީހަކަށް ފަރުވާދީފައި ނުވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހޮސްޕިޓަލަށް އެނގިގެން ރެޔާ ހަމައަށް އެޗް1އެން1 ވައިރަސްގައި އެއްވެސް މީހަކަށް ފަރުވާދީފައިނުވާ ކަމަށާއި، އެކަމުގެ ރިޕޯޓެއް ވެސް ލިބިފައިނުވާ ކަމަށެވެ.

އިތުރު ތަފްސީލް: އައިޖީއެމްއެޗަށް އެނގިގެން ރެޔާ ހަމައަށް އެޗް1އެން1 ވައިރަސްއާ ގުޅިގެން އެއްވެސް މީހަކަށް ފަރުވާދީފައެއް ނުވޭ!

14 މާރިޗު 2017 | 23:50

ސްވައިން ފުލޫ ނުފެތުރޭ، އެޗް1 އެން1 ވަނީ ފެނިފައި: އެޗްޕީއޭ

ރާއްޖެއިން އެޗް1އެން1 ޕޮސިޓިވް ކޭސްތަކެއް ފެނިފައިވާ ކަމަށާއި ނަމަވެސް އެއީ ސްވައިން ފްލޫއާ އެއްގޮތް ރޯގާއެއް ނޫން ކަމަށް ބުނެ ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން އާދީއްތަ ދުވަހުގެރޭ ދަންވަރު ކުއްލި ބަޔާނެއް ނެރެފިއެވެ.

އާދީއްތަ ދުވަހުގެ ރޭ މެންދަމު އެޗްޕީއޭއިން ބަޔާނެއް ނެރެފައި މިވަނީ ރާއްޖޭގައި, ހުމާއި އަރިދަފުސް ރޯގާ އިތުރުވަމުން ދާ ދަނޑިވަޅެއްގައި ސްވައިން ފްލޫ ފެނިފައިވާކަމަށް ސޯޝަލް މީޑިއާގައި ޚަބަރުފެތުރެމުންދަނިކޮށެވެ.

އިތުރު ތަފްސީލް: ސްވައިން ފުލޫ ނުފެތުރޭ، އެޗް1 އެން1 ވަނީ ފެނިފައި: އެޗްޕީއޭ

14 މާރިޗު 2017 | 23:49

ބަލި މީހުން ކައިރިއަށް ކުޑަކުދިން ނުގެންދިއުމަށް އައިޖީއެމްޗުން އެދިއްޖެ

އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފައިވާ ބަލި މީހުންގެ ކައިރިއަށް 12 އަހަރުން ދަށުގެ ކުޑަކުދިން މިދުވަސްވަރު ނުގެންދިއުމަށް އެދޭކަމަށް އެހޮސްޕިޓަލުން ބުނެފިއެވެ.

އައިޖީއެމްއެޗުން މިގޮތައް އެދިފައިމިވަނީ މާލޭގައި ހަލުވިކަމާއެކު ފެތުރެމުންދާ އަރިދަފުސް ރޯގާ އަދި ވައިރަލް ހުމާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

އިތުރު ތަފްސީލް: ބަލި މީހުން ކައިރިއަށް ކުޑަކުދިން ނުގެންދިއުމަށް އައިޖީއެމްޗުން އެދިއްޖެ

14 މާރިޗު 2017 | 23:48

އެއް ދުވަސްތެރޭގައި ކްލިނިކުން 38 ބަލިމީހުންނަށް ފަރުވާދީފި

އައިޖީއެމްއެޗްގައި ރޯގާ އާއި ހުމަށް ޚާއްސަކޮށްފައިވާ ކްލިނިކުން އިއްޔެ އެކަނި 38 ފަރާތަކުން ފަރުވާ ހޯދާފައިވާ ކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފި އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ބުނީ މިދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަރިދަފުސް ރޯގާ އާއި ވައިރަލް ހުން ހަލުވި ކަމާއެކު ފެތުރެމުންދާތީ، މާލޭގައި ޑޮކްޓަރަށް ދެއްކުން ފަހިކޮށްދިނުމުގެ ގޮތުން އައިޖީއެމްއެޗް ގައި "ފުލޫ ކްލިނިކު"ގެ ނަމުގައި ހޮނިހިރު ދުވަހުން ފެށިގެން ކްލިނިކެއް ހުޅުވާފައިވާ ކަމަށެވެ.

އިތުރު ތަފްސީލް: އެއް ދުވަސްތެރޭގައި ކްލިނިކުން 38 ބަލިމީހުންނަށް ފަރުވާދީފި

14 މާރިޗު 2017 | 19:17

އެއް ދުވަސްތެރޭގައި ކްލިނިކުން 38 ބަލިމީހުންނަށް ފަރުވާދީފި

އައިޖީއެމްއެޗްގައި ރޯގާ އާއި ހުމަށް ޚާއްސަކޮށްފައިވާ ކްލިނިކުން އިއްޔެ އެކަނި 38 ފަރާތަކުން ފަރުވާ ހޯދާފައިވާ ކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފި އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ބުނީ މިދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަރިދަފުސް ރޯގާ އާއި ވައިރަލް ހުން ހަލުވި ކަމާއެކު ފެތުރެމުންދާތީ، މާލޭގައި ޑޮކްޓަރަށް ދެއްކުން ފަހިކޮށްދިނުމުގެ ގޮތުން އައިޖީއެމްއެޗް ގައި "ފުލޫ ކްލިނިކު"ގެ ނަމުގައި ހޮނިހިރު ދުވަހުން ފެށިގެން ކްލިނިކެއް ހުޅުވާފައިވާ ކަމަށެވެ.

އިތުރު ތަފްސީލް: އެއް ދުވަސްތެރޭގައި ކްލިނިކުން 38 ބަލިމީހުންނަށް ފަރުވާދީފި

14 މާރިޗު 2017 | 19:16

ސްވައިން ފުލޫ ނުފެތުރޭ، އެޗް1 އެން1 ވަނީ ފެނިފައި: އެޗްޕީއޭ

ރާއްޖެއިން އެޗް1އެން1 ޕޮސިޓިވް ކޭސްތަކެއް ފެނިފައިވާ ކަމަށާއި ނަމަވެސް އެއީ ސްވައިން ފްލޫއާ އެއްގޮތް ރޯގާއެއް ނޫން ކަމަށް ބުނެ ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން އާދީއްތަ ދުވަހުގެރޭ ދަންވަރު ކުއްލި ބަޔާނެއް ނެރެފިއެވެ.

އާދީއްތަ ދުވަހުގެ ރޭ މެންދަމު އެޗްޕީއޭއިން ބަޔާނެއް ނެރެފައި މިވަނީ ރާއްޖޭގައި, ހުމާއި އަރިދަފުސް ރޯގާ އިތުރުވަމުން ދާ ދަނޑިވަޅެއްގައި ސްވައިން ފްލޫ ފެނިފައިވާކަމަށް ސޯޝަލް މީޑިއާގައި ޚަބަރުފެތުރެމުންދަނިކޮށެވެ. ދަންވަރުގެ ވަގުތެއްގައި އިނގިރޭސި ބަހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ 2009ގައި ފެތުރުނު ރޯގާއަށް ފަހު އެޗް1އެން1 އަކީ މޫސުމީ ރޯގާއެއްގެ ގޮތުގައި ކޮންމެ އަހަރަކު ވެސް ދުނިޔޭގައި ފެތުރެމުންދާ ރޯގާއެއް ކަމަށެވެ.

މީގެ އިތުރުން 2009 ވަނަ އަހަރު އެޗް1އެން1 ފުރަތަމަ ފެތުރެން ފެށިއިރު ގިނަ ބައެއްގެ ދިފާއީ ނިޒާމުވެސް ތައްޔާރު ނޫން ކަމަށާއި ނަމަވެސް މިހާރު މީހުންނަށް އެ ރޯގާ ޖެހި ރަނގަޅުވަމުން ދާއިރު އެހާ ބާރަށް ނުފެތުރޭކަމަށެވެ. އެޗް1އެން1 ރޯގާއަކީ މިހާރު މާ ނުރައްކާ އެއްޗެއް ނޫން ކަމަށާއި އެއީ އެހެނިހެން ރޯގާތަކެކޭ އެއްފަދަ ރޯގާއެއްކަމަށް އެޗްޕީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

މި ސަބަބުތަކާއެކު އެޗް1އެން1 މިފަހަރު ފާހަގަ ކުރެވިފައިވަނީ އާއްމުކޮށް އަރިދަފުސް ރޯގާއަށް އެޗްޕީއޭއިން ކުރަމުން ގެންދާ ޓެސްޓްގެ ތެރެއިންކަމަށް އެ އިދާރާގެ ބަޔާނުގައި ބުނެފައިވެއެވެ. ބަލިތައް ފެތުރުރުން ކޮންޓްރޯލް ކުރުމަށް އާއްމުކޮށް ފިޔަވު އަޅަމުންދާ އުސޫލުން އަރިދަފުސް ރޯގާފެތުރުން ކޮންޓްރޯލް ކުރުމަށްވެސް އެޗްޕީއޭއިން މިހާރު ފިޔަވަޅު އަޅަމުންދާކަމަށް ބުނެފައިވެއެވެ.

އައިޖީއެމްއެޗުން ވަނީ މިހާރު ފެތުރޭ ވައިރަލް ރޯގާ ތަކާއި ގުޅިގެން އައިޖީއެޗްގައި ކްލިނިކެއް ހުޅުވާފައެވެ. އަދި ބަލިމީހުންގެ ގާތައް ޒިޔާރަތް ކުރެވޭ ވަގުތު ކުޑަކޮށް ކުޑަކުދިން ބަލި މީހުން ކައިރިއަށް ނުގެންދިއުމަށްވެސް ވަނީ އެދިފައެވެ.

14 މާރިޗު 2017 | 19:14

ހަލުވިކަމާއެކު، އެޗްވަންއެންވަން ވައިރަސް ފެތުރުން

އެޗްޕީއޭ އިން ބުނި ގޮތުގައި، އިންފްލުއެންޒާއަށް ޓެސްޓްކުރުމުގެ ނިޒާމު ރާއްޖޭގައި 2015 ވަނަ އަހަރު ގާއިމުކޮށް މިހާތަނަށް ޓެސްޓްކުރި މީހުންގެ ތެރެއިން މިދިޔަ އަހަރުގެ ނިޔަލަށް 475 މީހަކު ޓެސްޓްކޮށް، ފެނިފައި ވަނީ އެޗް1އެން1 ހުރި އެންމެ 16 މީހެކެވެ. އިއްޔެ ހެނދުނު ބުނީ 208 މީހަކު ޓެސްޓްކުރި އިރު ވައިރަސް ފެނުނީ 27 މީހެއްގެ ހަށިގަނޑުން ކަމަށެވެ. އެކަމަކު އޭރުވެސް އިތުރު ސާމްޕަލްތައް ދިޔައީ ޓެސްޓް ކުރަމުންނެވެ. އަލަށް ލިބުނު ނަތީޖާތަކާ އެކު މި އަހަރުގެ މިހާތަނަށް ޓެސްޓްކުރި 251 މީހުންގެ ތެރެއިން 51 މީހަކު ޕޮޒިޓިވް ވެއްޖެ ކަމަށް ފަހުން ބުންޏެވެ.