Raajje.mv

މަޖިލިސް 20

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން އާދީއްތަ ދުވަހުގެ ހެނދުނު 8:00ން ފެށިގެން ގޮސް 5:30ށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

21 އެޕްރީލު 2024
180082
އިންތިހާބެއްގެ ވޯޓުލުމުގެ ތެރެއިން

އިންތިހާބެއްގެ ވޯޓުލުމުގެ ތެރެއިން

21 އެޕްރީލު 2024 | 13:17

ބައެއް ވޯޓު ފޮށިތައް ބަންދުކޮށް ވޯޓު ގުނަން ފަށައިފި

ބައެއް ވޯޓު ފޮށިތައް ބަންދުކޮށް ވޯޓު ގުނަން ފަށައިފިއެވެ.

21 އެޕްރީލު 2024 | 12:24

5:30 ގައި ކިޔު ބަންދުކުރާނެ

މިހާރު ކުރިޔަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 5:30 ގައި ކިޔު ބަންދުކުރާނެކަމަށެވެ.

21 އެޕްރީލު 2024 | 11:52

4 ޖެހުމާ ހަމައަށް ވޯޓު ލާފައިވަނީ 63 އިންސައްތަ މީހުން

މިއަދު ކުރިޔަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހަވީރު 4 ޖެހުމާ ހަމައަށް 63 އިންސައްތަ މީހުން ވޯޓު ލާފައިވާކަމަށް އީސީން ބުނެފިއެވެ.

21 އެޕްރީލު 2024 | 11:51

ހަމަނުޖެހުން އުފައްދައިގެން 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

މިހާރު ކުރިޔަށްދާ ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ސެކިއުރިޓީ އޮޕަރޭޝަންގައި މިހާތަނަށް ޖުމުލަ 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

21 އެޕްރީލު 2024 | 11:37

56 އިންސައްތަ މީހުން ވޯޓު ލައިފި

މިހާރު ކުރިޔަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 56 އިންސައްތަ މީހުން ވޯޓު ލައިފިއެވެ.

21 އެޕްރީލު 2024 | 10:15

ކަނޑައެޅިފައިވާ ވަގުތު ކަމަށްވާ 08:00 ގައި ވޯޓުލާން ފެށިފައިވަނީ 77 އިންސައްތަ މަރުކަޒުގައި: އެޗްއާރްސީއެމް

21 އެޕްރީލު 2024 | 10:11

ވޯޓުލާ ސަރަހައްދުތަކުގައި ކެންޑިޑޭޓުން އާންމުންނާއި ބައްދަލު ނުކުރުމަށް އީސީން އިލްތިމާސްކޮށްފި

ވޯޓުލާ ސަރަހައްދުތަކާއި އާންމު ތަންތަނުގައި ކެންޑިޑޭޓުން އާންމުންނާއި ބައްދަލު ނުކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން އިލްތިމާސްކޮށްފިއެވެ.

އީސީން ބައެއް ކެންޑިޑޭޓުންގެ އެޖެންޓުންނަށް ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ އާންމު ތަންތަނާއި ވޯޓުލާ ސަރަހައްދުގައި ކެންޑިޑޭޓުން އާންމުންނާ ބައްދަލު ކުރާ ނަމަ އެކަން ބެލެވޭނީ ކެމްޕެއިން ކުރުމުގެ ގޮތުގައި ކަމަށެވެ.

ވޯޓުލާ ސަރަހައްދުތަކާއި އާންމު ތަންތަނުގައި ކެންޑިޑޭޓުން އާންމުންނާއި ބައްދަލު ނުކުރުމަށް އީސީން އިލްތިމާސްކޮށްފައިވާއިރު، ކެމްޕެއިން ކުރުމުގެ ބައެއް މައްސަލަތައް އެޗްއާރްސީއެމްއަށް ވެސް ވަނީ ލިބިފައެވެ.

އީސީން ބުނީ ކެންޕޭން ކުރުން މަނާވަގުތު ކެންޕޭން ކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.

21 އެޕްރީލު 2024 | 08:44

ވޯޓުލުމުގެ ކަންކަން އަމާންކަމާއެކު ކުރިއަށްދޭ - އެޗްއާރުސީއެމް

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024ގެ ވޯޓުލުން އޮބްޒަރވްކުރުމުގެ ތެރެއިން މިހާތަނަށް އެޗްއާރުސީއެމްއިން ފާހަގަކުރެވިފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި:

‏· ކަނޑައެޅިފައިވާ ވަގުތުގައި (08:00ގައި) ވޯޓުލާން ފެށިފައިވަނީ 77%މަރުކަޒެއްގައި. މައިގަނޑު ގޮތެއްގައި ވޯޓުލާން ފެށުން ލަސްވެފައިވަނީ އޮފިޝަލުން ވާން ޖެހޭ ތައްޔާރީތައް ވުމަށް ލަސްވުމުގެ ސަބަބުން.

‏· އޮބްޒާވް ކުރި ފޮށިތަކުގެ ތެރެއިން އެންމެ ލަހުން ވޯޓުލުން ފެށިފައިވަނީ 8:35 ގައި.

‏· ހުރިހާ ވޯޓުލާ ސަރަހައްދެއްގައިވެސް މަރުކަޒު ފާހަގަވާގޮތަށް ދާންވާ މަގު އަންގައިދިނުމަށް ރަގަޅު އިންތިޒާމްތަކެއް ހަމަޖެހިފައިވާކަން ފާހަގަކުރެވިފައިވޭ.

‏· މިހާތަނަށް މައްސަލަތަކެއް ފާހަގަކުރެވިފައެއް ނުވޭ. ވޯޓުލުމުގެ ކަންކަން އަމާންކަމާއެކު ކުރިއަށްދޭ.

21 އެޕްރީލު 2024 | 08:11

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވޯޓު ލައްވައިފި

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވޯޓު ލައްވައިފިއެވެ.

21 އެޕްރީލު 2024 | 08:08

12 ޖެހުމާ ހަމައަށް ވޯޓުލާފައިވަނީ 93،000 މީހުން

މިހާރު ކުރިޔަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މިއަދު 12 ޖެހުމާ ހަމައަށް ވޯޓުލާފައިވަނީ 93،224 މީހުންކަމަށް އީސީން ބުނެފިއެވެ.

މިއީ 32.75 އިންސައްތަ މީހުންނެވެ.

21 އެޕްރީލު 2024 | 07:10

މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވޯޓުލައްވައިފި

މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވޯޓުލައްވައިފިއެވެ.

މާލޭގެ މޭޔަރ އާޒިމް
މާލޭގެ މޭޔަރ އާޒިމް
21 އެޕްރީލު 2024 | 06:47

ތިން ގަޑިއިރު ތެރޭގައި ވޯޓު ލާފައިވަނީ 24 އިންސައްތަ މީހުން

ތިން ގަޑިއިރުގެ ތެރޭގައި ވޯޓުލާފައިވަނީ 24 އިންސައްތަ މީހުންކަމަށް އީސީން ބުނެފިއެވެ. އެއީ 70،949 މީހުންނެވެ.

21 އެޕްރީލު 2024 | 06:36

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވޯޓު ލައްވައިފި

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވޯޓު ލައްވައިފިއެވެ.

21 އެޕްރީލު 2024 | 06:27

ވޯޓުލާ މަރުކަޒު ތަކުގައި އޮބްޒަރވް ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުން: އެޗްއާރުސީއެމް

މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާއިރު ގްރޭޓާމާލޭގެ އިތުރުން 18 އަތޮޅެއްގެ 35 ރަށަކާއި، 1 ޖަލެއްގައި ބެހެއްޓިފައިވާ ވޯޓުފޮށިތައް އޮބްޒަރވްކުރުމަށް އެޗްއާރުސީއެމުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އެގޮތުން ޖުމްލަގޮތެއްގައި އަތޮޅުތެރޭގެ 93 މަރުކަޒަކާއި، ގުރޭޓާ މާލޭގެ 168 މަރުކަޒަކާއި، ޖަލުގައި ބެހެއްޓޭ 2 މަރުކަޒެއް ހިމެނޭގޮތުން ޖުމްލަ 263 މަރުކަޒެއްގައި ބަހައްޓާފައިވާ ވޯޓުފޮށިތައް ކޮމިޝަނުން އޮބްޒާވް ކުރާނެއެވެ.

21 އެޕްރީލު 2024 | 06:18

ކުރީގެ ރައީސް މައުމޫން އަބްދުލްޣައްޔޫމް ވޯޓު ލައްވައިފި

ކުރީގެ ރައީސް މައުމޫން އަބްދުލްޣައްޔޫމް ވޯޓު ލައްވައިފިއެވެ. މައުމޫން ވޯޓު ލައްވާފައިވަނީ އިސްކަންދަރު ސްކޫލްގައި ހުރި މައްޗަންގޮޅި އުތުރު 3 ނަންބަރު ވޯޓު ފޮއްޓަށެވެ.

21 އެޕްރީލު 2024 | 06:05

10 ޖެހުމާ ހަމައަށް ވޯޓު ލާފައިވަނީ 16 އިންސައްތަ މީހުން

މިއަދު ހެނދުނު 10 ޖެހުމާ ހަމައަށް ވޯޓު ލާފައިވަނީ 16.61 އިންސައްތަ މީހުންކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. މިއީ ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ 47،296 މީހުންނެވެ.

21 އެޕްރީލު 2024 | 06:02

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވޯޓު ލައްވައިފި

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވޯޓު ލައްވައިފިއެވެ. ނަޝީދު ވޯޓު ލައްވާފައިވަނީ އިސްކަންދަރު ސްކޫލްގައި ބެހެއްޓިފައިވާ ގަލޮޅު އުތުރުގެ އެއް ނަންބަރު ވޯޓު ފޮއްޓަށެވެ.

21 އެޕްރީލު 2024 | 06:01

އިންތިޚާބަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާކަމުގެ ޝަކުވާ ލިބޭ: ރައީސް ޞާލިހު

މިއަދު ކުރިޔަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ސަރުކާރުން ބިރު ދެއްކުމާއި ނުފޫޒު ފޯރުވުމުގެ ކަންކަން ކުރަމުންދާކަމުގެ ޝަކުވާ ލިބެމުންދާކަމަށް އެމްޑީޕީގެ އިސް އެޑްވައިޒަރ އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ވޯޓު ލެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ ކެމްޕެއިން ތެރޭގައި ވަރަށް ސާފުކޮށް ސަރުކާރުގެ ވަސީލަތްތައް ބޭނުންކޮށްގެން ކެމްޕެއިން ކުރަމުންދިޔަތަން ފެނިގެންދިޔަކަމަށެވެ. އަދި ވަކިން ޚާއްސަކޮށް ސަރުކާރުގެ ކުންފުނިތަކުގެ ބޭނުން އިންތިހާއަށް ކުރަމުންދިޔަތަން ފެނިގެންދިޔަކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

21 އެޕްރީލު 2024 | 05:55

ސާފު އަޣްލަބިއްޔަތު އެމްޑީޕީއަށް ލިބޭތަން ފެނޭ: ރައީސް ޞާލިހު

މިއަދު ކުރިޔަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސާފު އަޣްލަބިއްޔަތު އެމްޑީޕީއަށް ލިބިގެންދާތަން ފެނިވަޑައިގަންނަވާކަމަށް އެމްޑީޕީގެ އިސް އެޑްވައިޒަރ އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ވޯޓު ލެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ވިދާޅުވީ ބޮޑެތި ސިޓީތަކާއި ކުދިރަށްތަކުންވެސް އެމްޑީޕީއަށް ކާމިޔާބުވާތަން ފެނިވަޑައިގަންނަވާކަމަށެވެ. އަދި އުންމީދުކުރައްވަނީ ރަނގަޅު އަގްލަބިއްޔަތެއް އެމްޑީޕީއަށް ލިބިގެންދިޔުންކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ވީހާވެސް ގިނަ ބަޔަކު ވޯޓުލާން ވީހާވެސް އަވަހަށް ނިކުތުމަށް އިލްތިމާސްކުރެއްވިއެވެ.

21 އެޕްރީލު 2024 | 05:52

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވޯޓު ލައްވައިފި

ކުރީގެ ރައީސް އަދި އެމްޑީޕީގެ އިސް އެޑްވައިޒަރ އިބްރާހީމް މުހައްމަދު ޞާލިހު ވޯޓު ލައްވައިފިއެވެ.

ރައީސް ޞާލިހު ވޯޓުލައްވާފައިވަނީ ޖަމާލުއްދީން ސްކޫލަށެވެ. ވޯޓު ލެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް ޞާލިހު ވިދާޅުވީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުވާތަން ފެނިވަޑައިގަންނަވާކަމަށެވެ.

21 އެޕްރީލު 2024 | 05:36

ވޯޓުގެ ސިއްރުކަން ގެއްލިދާނެކަމަށް ބެލެވޭ 4 އިންސައްތަ މަރުކަޒު މިދަނީ ގާތުން ބަލަމުން: ޓްރާންސްޕޭރެންސީ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން މިއަދު ކުރިޔަށްދާއިރު 96 އިންސައްތަ ފޮށިތަކުގެ ވޯޓުގެ ސިއްރު ކަށަވަރުކުރުމަށް އެކަށީގެންވާ ފިޔަވަޅު ވަނީ އަޅާފައިކަމަށް ޓްރާންސްޕޭރެންސީން ބުނެއެވެ. ވޯޓުގެ ސިއްރުކަން ގެއްލިދާނެކަމަށް ބެލެވޭ 4 އިންސައްތަ މަރުކަޒު މިދަނީ ވަރަށް ގާތުންބަލަމުން ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެއެވެ.

21 އެޕްރީލު 2024 | 05:28

ފުރަތަމަ ގަޑިއިރު ވޯޓު ލާފައިވަނީ 24،703 މީހުން

މިއަދު ކުރިޔަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 9 ޖެހުމާ ހަމައަށް 24،703 މީހުން ވޯޓުލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

21 އެޕްރީލު 2024 | 05:26

އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު ވޯޓު ލައްވައިފި

އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލު ވޯޓު ލައްވައިފިއެވެ. ފައްޔާޒު ވޯޓު ލައްވާފައިވަނީ އަމީނިއްޔާ ސްކޫލަށެވެ.

21 އެޕްރީލު 2024 | 04:22

ހުރިހާ ވޯޓުލާ މަރުކަޒެއްގެ ވޯޓުނެގުން ވަނީ ފެށިފައި

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ގާއިމުކޮށްފައިވާ ހުރިހާ ވޯޓުލާ މަރުކަޒެއްގެ ވޯޓުނެގުން ވަނީ ފެށިފައި

21 އެޕްރީލު 2024 | 04:10

އިންތިޚާބާއި ގުޅިގެން ކެމްޕެއިންކުރުން މަނާ ވަގުތުތަކުގައި ކެމްޕެއިނާ ގުޅޭ ކޮންޓެންޓް ބްރޯޑްކާސްޓްނުކުރުމަށް އިލްތިމާސްކޮށްފި

21 އެޕްރީލު 2024 | 04:07

އިންސާފުވެރިކަމާއި ހަމަހަމަ ކަމާއެކު ބޭއްވޭ އިންތިޚާބަކަށް ހެދުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވޭ: އީސީގެ ކުރީގެ ނާއިބު ރައީސް

21 އެޕްރީލު 2024 | 04:04

ރައީސް ޑރ.މުހައްމަދު މުއިއްޒު ވޯޓުލައްވައިފި

ރައީސް މުއިއްޒު ވޯޓުލައްވަނީ- ރާއްޖެ އެމްވީ
ރައީސް މުއިއްޒު ވޯޓުލައްވަނީ- ރާއްޖެ އެމްވީ
ރައީސް މުއިއްޒު ވޯޓުލައްވަނީ- ރާއްޖެ އެމްވީ
ރައީސް މުއިއްޒު ވޯޓުލައްވަނީ- ރާއްޖެ އެމްވީ
ރައީސް މުއިއްޒު ވޯޓުލައްވަނީ- ރާއްޖެ އެމްވީ
ރައީސް މުއިއްޒު ވޯޓުލައްވަނީ- ރާއްޖެ އެމްވީ
21 އެޕްރީލު 2024 | 03:56

ހުރިހާ ރައްޔިތުން ވެސް ނުކުމެ އަވަހަށް ވޯޓުލުމަށް ރައީސް އިލްތިމާސްކުރައްވައިފި

ވޯޓުލުމަކީ ޒިންމާއެއް ކަމަށާއި، ހުރިހާ ރައްޔިތުން ވެސް ނުކުމެ އަވަހަށް ވޯޓުލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ.

ރައީސް ޑރ. މުއިއްޒު ތާޖުއްދީން ސްކޫލްގައި ބަހައްޓާފައި ހުރި މާފަންނު ދެކުނު ދާއިރާގެ ވޯޓު ފޮއްޓަށް ވޯޓުލެއްވުމަށް ފަހުގައި މީޑިއާތަކަށް ވިދާޅުވީ ވޯޓުލުމަކީ ކޮންމެ ރައްޔިތަކަށް ވެސް ގާނޫނީ އަސާސީ ލިބިދީފައިވާ ހައްގެއް ކަމަށާއި، އެ ހައްގުގެ ބޭނުން ހިފަންޖެހޭ ކަމަށެވެ.

އެހެންކަމުން ވޯޓުލުން ލަސްނުކޮށް އަވަހަށް ވޯޓުލުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

ވޯޓުލުން ކުރިއަށްދަނީ ހޮނިހިރު ދުވަހުގެ 5:30ށެވެ.

21 އެޕްރީލު 2024 | 03:45

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

21 އެޕްރީލު 2024 | 03:43

ކޮންމެ ވޯޓު ފޮށްޓަކަށް އެންމެ ގިނަވެގެން ވޯޓު ލާނީ 500 މީހުން: އީސީ

ވޯޓުލުން ފަށައިގެން ކުރިއަށް ގެންދާއިރު، ކޮންމެ ވޯޓު ފޮށްޓަކަށް އެންމެ ގިނަވެގެން ވޯޓު ލާނީ 500 މީހުންކަމަށް އިލެކްޝަން ކޮމިޝަން (އީސީ)އިން ބުނެފިއެވެ.

އީސީން ބުނީ މިފަހަރުގެ އިންތިޚާބުގައި ކޮންމެ ވޯޓު ފޮއްޓަކަށް ވޯޓުލާނީ އެންމެ ގިނަވެގެން 500 މީހުން ކަމަށެވެ. އަވަހަށް ވޯޓުލުމަށް އައުމަށް އީސީން އިލްތިމާސްކޮށްފައިވާއިރު، މިފަހަރުގެ އިންތިޚާބަކީ އެންމެ ގިނަ ދާއިރާތައް ކަނޑައަޅާފައިވާ ފަހަރެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހިމެނެނީ 87 ދާއިރާއެވެ. 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ވަނީ 6 ދާއިރާ އިތުރުވެފައެވެ.

އިތުރުވާ 6 ދާއިރާއަކީ

• މާލޭ ސިޓީއަށް 2 ގޮނޑި

• އައްޑޫ ސިޓީއަށް 1 ގޮނޑި

• މާޅޮސްމަޑުލު ދެކުނުބުރިއަށް 1 ގޮނޑި

• މާލެ އަތޮޅަށް 1 ގޮނޑި

• ހުވަދުއަތޮޅު އުތުރުބުރިއަށް 1 ގޮނޑި

މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ ދައުރު ހަމަވާނީ 30 މެއި 2024 އަށެވެ.

21 އެޕްރީލު 2024 | 02:59

ވޯޓުލާންޖެހޭ މަރުކަޒު ބެލުމަށް ވީއާރު ޖެހުމަށް ފަހު އައިޑީ ކާޑު ނަންބަރު ޖެހުމަށްފަހު 1414 އަށް މެސެޖުކޮށްލާ

21 އެޕްރީލު 2024 | 02:50

އަވަހަށް ވޯޓު ލުމަށް އައުމަށް އިލްތިމާސްކޮށްފައިވޭ: އީސީ

ރައްޔިތުން މަޖިލިސް އިންތިޚާބުގެ ވޯޓުލުމުގެ ވަގުތު އިތުރު ނުކުރާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ. އީސީން ވަނީ ވަގުތު އޮއްވައި ހުރިހާ ފަރާތްތަކުން ވޯޓުލުމަށް އައުމަށް އެދިފައެވެ.

އިންތިޚާބުގައި ޖުމްލަ 93 ދާއިރާއެއްގެ މެންބަރުން އިންތިޚާބު ކުރާއިރު، އެ ދާއިރާތަކަށް ޕާޓީތަކުން އަދި އަމިއްލަ ގޮތުން 368 ކެންޑިޑޭޓުން ވާދަކުރެއެވެ.

މަޖިލިސް އިންތިޚާބުގައި 93 ދާއިރާއަކަށް ޖުމްލަ 284،663 މީހަކަށް ވޯޓުލުމުގެ ހައްގު ލިބެއެވެ. މީގެ ތެރޭގައި ހިމެނެނީ 145،302 ފިރިހެނުންނާއި 139،361 އަންހެނުންނެވެ.

އިންތިޚާބުގައި ޖުމްލަ 602 ވޯޓު ފޮށި ބަހައްޓާއިރު، މާލޭގައި 181 ފޮށި، ވިލިމާލޭގައި 9 ފޮށި، ހުޅުމާލޭގައި 51 ފޮށި އަދި އަތޮޅުތަކުގައި 319 ފޮށި އަދި ރިސޯޓުތަކުގައި 34 ފޮށި ވަނީ ބަހައްޓާފައެވެ. މީގެ އިތުރުން ޖަލުތަކުގައި 5 ފޮށި އަދި ރާއްޖޭން ބޭރުގައި 3 ފޮށި ވަނީ ބަހައްޓާފައެވެ.

21 އެޕްރީލު 2024 | 02:44

ވޯޓުލުމަށް އިލެކްޝަނުން ވަނީ ފުރިހަމައަށް ތައްޔާރުވެފައި

21 އެޕްރީލު 2024 | 02:43

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން މަސައްކަތުގައި ހަރަކާތްތެރިވަނީ

21 އެޕްރީލު 2024 | 02:42

މަޖިލިސް އިންތިޚާބަށް ތައްޔާރުކުރުމުގެ މަސައްކަތުގެ ތެރެއިން

21 އެޕްރީލު 2024 | 02:40

ވޯޓުލާން ކިއޫގައި ޖެހެން ފަށައިފި

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުން ފަށާ ގަޑިއަކީ ހެނދުނު 8:00 އިން ފެށިގެން ހަވީރު 5:30 އަށެވެ. ވޯޓު ފޮށީގެ ކިޔޫގައި މީހަކު ނެތް ނަމަ 5:30 ގައި ފޮށި ބަންދުކުރުމަށް ފަހު، 30 މިނެޓު ފަހުން ވޯޓު ގުނަން ފަށާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)އިން ބުނެއެވެ.

އެހެން ގައުމުތަކުގައި ވޯޓުލާން ފަށާ ގަޑިއަށް ބަލާއިރު، (އެ ގައުމެއްގެ ގަޑިން) އިންޑިޔާގެ ޓްރިވެންޑްރަމްގައި ހެނދުނު 8:30 ސްރީލަންކާގެ ކޮލަމްބޯގައި ހެނދުނު 8:30 އަދި މެލޭޝިޔާގެ ކުއަލަލަމްޕޫރުގައި ހެނދުނު 11:00 ކަމަށް އީސީން ބުނެއެވެ.

21 އެޕްރީލު 2024 | 02:31

ހުރިހާ ތަނަކަށް ފުލުހުން ފޮނުވައި ނިމިއްޖެ: ކޮމާންޑަރ

21 އެޕްރީލު 2024 | 02:29

މިފަހަރުގެ އިންތިޚާބުގައި ވޯޓުކަރުދާސް ދައްކާ ފަރާތްތަކާމެދު ޖިނާއީ ތަހުގީގު ކުރެވި ދައުވާ އުފެލޭނެ

21 އެޕްރީލު 2024 | 02:20

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަކެއްޗާއެކު ވޯޓުލާ މަރުކަޒުތަކަށް ފޮނުވުމުގެ މަސައްކަތުގެ ތެރެއިން

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަކެއްޗާއެކު ވޯޓުލާ މަރުކަޒުތަކަށް ފޮނުވުމުގެ މަސައްކަތުގެ ތެރެއިން. އިންތިހާބުގެ ވޯޓުލުން ފެށޭނީ 8:00 ގައި.