Raajje.mv

ޝައިޚް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕް ފައިނަލް މެޗު

03 މާރިޗު 2017
29211
މި މެޗު ރާއްޖެޓީވީ އަދި ރާއްޖެއެމްވީންވެސް ވަގުން ފެންނާނެ

މި މެޗު ރާއްޖެޓީވީ އަދި ރާއްޖެއެމްވީންވެސް ވަގުން ފެންނާނެ

03 މާރިޗު 2017 | 20:32

ޓީސީން ޝައިހް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕް ކާމިޔާބު ކޮށްފި

ޝައިހް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕްގެ ފައިނަލުގައި ދެނުކު ކޮރެއާގެ ޕޮޗިއަން ސިޓިޒެން އެފްސީ ބަލިކޮށް މުބާރާތުގެ ތަށި ޓީސީން އުފުލާލައި ދިވެހިން ފަޚުރުވެރިކޮށްލައިފިއެވެ.

ބަންގްލަދޭޝްގައި ކުރިއަށްދިޔަ މި މުބާރާތުގެ ޗެމްޕިއަންކަން ޓީސީން ހޯދާފައިވަނީ ޕެނަލްޓީ ޖަހައިގެން 4-2 އިން މޮޅުވެގެންނެވެ. މި ޕެނެލްޓީ ކާމިޔާބުކޮށްދިނީ ރާއްޖޭގެ ގައުމީޓީމުން 2008 ވަނަ އަހަރުގެ ރަންމެޑަލް ހޯދިއިރު ކެޕްޓަނަކަށް ހުރި އައްސަދު އަބްދުލް ޣަނީގެ ދަރިފުޅު އަރާސް އެވެ.

03 މާރިޗު 2017 | 20:16

ޓީސީން ޝައިހް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕް ކާމިޔާބު ކޮށްފި

ޝައިހް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕްގެ ފައިނަލުގައި ދެނުކު ކޮރެއާގެ ޕޮޗިއަން ސިޓިޒެން އެފްސީ ބަލިކޮށް މުބާރާތުގެ ތަށި ޓީސީން އުފުލާލައި ދިވެހިން ފަޚުރުވެރިކޮށްލައިފި

03 މާރިޗު 2017 | 20:14

ޕެނަލްޓީ ޝޫޓް އައުޓް

ޕޮޗިއޮންގެ ހަތަރު ވަނަ ޕެނަލްޓީ ކިރަން ދިފާއު ކޮސްފި

03 މާރިޗު 2017 | 20:13

ޕެނަލްޓީ ޝޫޓް އައުޓް

ޓީސީގެ ތިން ވަނަ ޕެނަލްޓީ ޔާންބެ ކާމިޔާބު ކޮށްދީފި

03 މާރިޗު 2017 | 20:12

ޕެނަލްޓީ ޝޫޓް އައުޓް

ޕޮޗިއޮންގެ ތިން ވަނަ ޕެނަލްޓީ ފޮނުވާލީ ކިޔޮންގް ޑިއުކް ފޮނުވާލި ޕެނަލްޓީވެސް ކާމިޔާބު ކޮށްފި

03 މާރިޗު 2017 | 20:12

ޕެނަލްޓީ ޝޫޓް އައުޓް

ޓީސީގެ ދެވަނަ ޕެނަލްޓީ ފޮނުވާލީ ކޮނޮލިނިއަސް ފޮނުވާލި ޕެނަލްޓީ ކާމިޔާބު ކޮށްފި

03 މާރިޗު 2017 | 20:11

ޕެނަލްޓީ ޝޫޓް އައުޓް

ޕޮޗިއޮންގެ ދެ ޕެނަލްޓީ ކާމިޔާބު ކޮށްފި

03 މާރިޗު 2017 | 20:10

ޕެނަލްޓީ ޝޫޓް އައުޓް

ޓީސީގެ ޕެނެލްޓީ ފޮނުވާލީ އީސާ އަލް މަޣްރަބީ، ޕެނަލްޓީ ވަނީ ކާމިޔާބު ކޮށްފަ

03 މާރިޗު 2017 | 20:10

ޕެނަލްޓީ ޝޫޓް އައުޓް

ފުރަތަމަ ޕެނަލްޓީ ފޮނުވާލީ ޕޮޗިއަން އިން ކެޕްޓަން ކީޕަރު ކިރަން ވަނީ ޕެނަލްޓީ ދިފާއު ކޮށްފަ

03 މާރިޗު 2017 | 20:06

އިތުރު ވަގުތުގެ ދެ ވަނަ ހާފުގެ ކުޅުންވެސް ނިމިއްޖެ

ޝައިހް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕްގެ ފައިނަލްގައި ރާއްޖޭގެ ޓީސީ އަދި ދެކުނު ކޮރެއާގެ ޕޮޗިއަން ސިޓިޒެން އެފްސީ ބައްދަލުކުރާ ފައިނަލުގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު އިތުރު ވަގުތުގެ ދެ ހާފްވެސް މިހާރު ވަނީ ނިމިފައި، ނަތީޖާ ނެރޭނީ ޕެނަލްޓީ ޖަހައިގެން

03 މާރިޗު 2017 | 20:01

ޝެއިޚް ކަމާލް ކަޕް ފައިނަލް (އިތުރުވަގުތުގެ ދެވަނަހާފް): ޓީސީ 2-2 ޕޮޗިއޮން

+24' ޕޮޗިންއޮން އިން ޓީސީގެ ހާފް ތެރޭން އޭރިއާ ތެރެއަށް ވަދެ ގޯލަށް ހަމަލާއެއް ފޮނުވާލަން މަސައްކަތް ކުރި، ހުރަހަކަށްވީ ގޯލް ކީޕަރު ކިރަން

03 މާރިޗު 2017 | 19:57

ޝެއިޚް ކަމާލް ކަޕް ފައިނަލް (އިތުރުވަގުތުގެ ދެވަނަހާފް): ޓީސީ 2-2 ޕޮޗިއޮން

+20' ޕޮޗިއޮން ކުޅުން ތެރިއަކަށް ރީނދޫ ކާނޑެއް، އަދި ޓީސީ އަރާޝްއަށްވެސް ރީނދޫ ކާޑެއް ދައްކަައިފި، ޕޮޗިއަންގެ ކުޅުންތެރިއާއަށް ކާޑު ދެއްކީ ބޯޅަ ނެތިސް އަރާޝްއަށް ފައުލްކުރުމާ ގުޅިގެން

03 މާރިޗު 2017 | 19:51

ޝެއިޚް ކަމާލް ކަޕް ފައިނަލް (އިތުރުވަގުތުގެ ދެވަނަހާފް): ޓީސީ 2-2 ޕޮޗިއޮން

އިތުރު ވަގުތުގެ ދެވަނަ ހާފް ފަށައިފި

03 މާރިޗު 2017 | 19:48

ޝެއިޚް ކަމާލް ކަޕް ފައިނަލް (އިތުރުވަގުތުގެ ފުރަތަމަހާފް): ޓީސީ 2-2 ޕޮޗިއޮން

އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބެއް ނުކުރެވޭ

03 މާރިޗު 2017 | 19:43

ޝެއިޚް ކަމާލް ކަޕް ފައިނަލް (އިތުރުވަގުތުގެ ފުރަތަމަހާފް): ޓީސީ 2-2 ޕޮޗިއޮން

+10' ޕޮޗިއޮންގެ ވަރަށް ނުރައްކާތެރި ބޮޅައެއް، ޓީސީގެ ގޯލަށް ފޮނުވާލި ބޯޅަ ގޯލް ތެރެއަށް ވަދެވަދެ އޮއްވާ ދިފާއު ކުރީ އައްޒާމް، މިއީ ވަރަށް ހުޝިޔާރު ކަމާއިއެކު އައްޒާމް ދިފާއުކުރި ވަރަށް މޮޅު ސޭވެއް

03 މާރިޗު 2017 | 19:40

ޝެއިޚް ކަމާލް ކަޕް ފައިނަލް (އިތުރުވަގުތުގެ ފުރަތަމަހާފް): ޓީސީ 2-2 ޕޮޗިއޮން

+08' ޓީސީގެ އައްޒާމަށް އަނިޔާވެގެން ދަނޑު މަތީގައި ފަރުވާ ދެމުން ދަނީ،

03 މާރިޗު 2017 | 19:38

ޝެއިޚް ކަމާލް ކަޕް ފައިނަލް (އިތުރުވަގުތުގެ ފުރަތަމަހާފް): ޓީސީ 2-2 ޕޮޗިއޮން

އިތުރުވަގުތުގެ ފުރަތަމަ ހާފްގެ ކުޅުން ފެށީ ޓީސީން އިން، ޓީސީއަށް ކޯނަރެއްވެސް ލިބިފައިވޭ ކޯނަރު ދިފާއުކުރީ ޕޮޗިއޮންގެ ކީޕަރު .

03 މާރިޗު 2017 | 19:27

ޝެއިޚް ކަމާލް ކަޕް ފައިނަލް (ދެ ހާފް): ޓީސީ 2-2 ޕޮޗިއޮން

90+3 ދެވަނަ ހާފްގެ އިތުރު ވަގުތުގެ ކުޅުން ހަމަވުމާއި އެކު މެޗުގެ ކުޅުން ނިންމާލައިފި، ދެން އޮންނާނީ އިތުރުވަގުތުގެ 30 މިނެޓުގެ ކުޅުން

03 މާރިޗު 2017 | 19:24

ޝެއިޚް ކަމާލް ކަޕް ފައިނަލް (ދެ ހާފް): ޓީސީ 2-2 ޕޮޗިއޮން

90+1' މިހާރު ކުރިއަށްދަނީ އިތުރު ވަގުތުގެ ކުޅުން، އިތުރު ވަގުތަށް ދައްކާފައިވަނީ 3 މިނެޓު

03 މާރިޗު 2017 | 19:23

ޝެއިޚް ކަމާލް ކަޕް ފައިނަލް (ދެ ހާފް): ޓީސީ 2-2 ޕޮޗިއޮން

89' މެޗުގެ ފުރިހަމަ ވަގުތުގެ އެނެމް ފަހު ވަގުތު ކޮޅުގެ ކުޅުން ކުރިއަށްދަނީ، ޓީސީއަށް ކުޑަ އިރުކޮޅެއް ކުރިން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެގެން ގޮސްފަވޭ، އައްޔަ އަށް އޭރިއާ ތެރެއިން ހުސްކޮށް ލިބުނު ބޯޅައެއް، ފޮނުވާލީ ގޯލު ދަނޑި ކައރިން ބޭރަށް

03 މާރިޗު 2017 | 19:19

ޝެއިޚް ކަމާލް ކަޕް ފައިނަލް (ދެ ހާފް): ޓީސީ 1-2 ޕޮޗިއޮން

ޓީސީގެ ގޯލު ކާމިޔާބު ކުރީ ޔާންބެ ފޮނުވާލި ހިލޭ ޖެހުމެއް، ޕޮޗިއޮންގެ ކުޅުންތެރިން ދިފާއުކޮސް އޭރިއާ ބޭރަށް ފޮނުވާލި ބޯޅަ، އައްޒާމް ވަރަށް ބާރަށް ގޯލާ ދިމާއަށް ފޮނުވައިލައިގެން، އައްޒާމްގެ އެހަމަލާ ވަނީ ޕޮޗިއޮންގެ ކުޅުތެރިއެއްގެ ފައިގައި ވެސް ޖެހިފައ

03 މާރިޗު 2017 | 19:17

ޓީސީން ނަތީ ހަމަހަމަ ކޮށްފި

82' ޓީސީން މެޗުގެ ނަތީޖާ ހަމަހަމަކޮށްފި، ޔާންބެ ކުރިއަށް ފޮނުވާލި ހިލޭ ޖެހުމެއް ގޯލަކަށް ލަނޑަކަށް ބަދަލުކޮށް އައްޒާމް

03 މާރިޗު 2017 | 19:17

ޓީސީން ނަތީ ހަމަހަމަ ކޮށްފި

82' ޓީސީން މެޗުގެ ނަތީޖާ ހަމަހަމަކޮށްފި، ޔާންބެ ކުރިއަށް ފޮނުވާލި ހިލޭ ޖެހުމެއް ގޯލަކަށް ލަނޑަކަށް ބަދަލުކޮށް އައްޒާމް

03 މާރިޗު 2017 | 19:09

ޝެއިޚް ކަމާލް ކަޕް ފައިނަލް (ދެ ހާފް): ޓީސީ 1-2 ޕޮޗިއޮން

75' ޓީސީއަށް ބަދަލެއް، ބޮންދާގެ ބަދަލުގައި ކުޅެން ނުކުތީ ބިދޭސީ ފޯވާޑްކޮނޭލިއަސް ސްޓެވާޓް

03 މާރިޗު 2017 | 19:09

ޝެއިޚް ކަމާލް ކަޕް ފައިނަލް (ދެ ހާފް): ޓީސީ 1-2 ޕޮޗިއޮން

75' ޓީސީއަށް ބަދަލެއް، ބޮންދާގެ ބަދަލުގައި ކުޅެން ނުކުތީ ބިދޭސީ ފޯވާޑްކޮނޭލިއަސް ސްޓެވާޓް

03 މާރިޗު 2017 | 19:04

ޝެއިޚް ކަމާލް ކަޕް ފައިނަލް (ދެ ހާފް): ޓީސީ 1-2 ޕޮޗިއޮން

67' ޓީސީގެ ފޭދޫ އިއްބެ ޕޮޗިއޮންގެ އޭރިއާ ތެރެއަށް ވެދެ ދޮނުވާލި ބޯޅަށް ކުޅުންތެރިއެއްގެ ގައިގައި ޖެހިފައެއް ކޯނަރަކަށް، އޭގެ ފަހުން ލިބުނު ހިލޭ ޖެހުމެއް ޔާމިން ވަނީ ފޮނުވާލާފަ، އެބޯޅަ ދިޔައީ ދަނޑި މަތިން، ޔާމިން ކުޅެން ނުކުމެފައި މިވަނީ ދާދި ދެންމެ އަކު..

03 މާރިޗު 2017 | 19:00

ޝެއިޚް ކަމާލް ކަޕް ފައިނަލް (ދެ ހާފް): ޓީސީ 1-2 ޕޮޗިއޮން

65' ޕޮޗިއޮން ނުރައްކާތެރި ހަމަލާއެއް ޓީސީގެ ގޯލާށް އަމާޒްކޮސް ފޮނުވާލައިފި، އެކަމަކު ބެންޖޯގެ ފައިގައި ޖެހުމުން ގޯލާ އަމާޒްވާ ގޮތެއް، ޓީސީގެ ފަރާތުން ފެންނަނީ ވަރަށް ބޮަޑށް ދޫކޮށްލައިގެން ތިބޭތަން، ފުރަތަމަ ހާފާއި ޚިލާފަށް ޓީސީގެ ކުޅުން ދައްކަން ފާހަގަކުރެވޭ

03 މާރިޗު 2017 | 18:53

ޝެއިޚް ކަމާލް ކަޕް ފައިނަލް (ދެ ހާފް): ޓީސީ 1-2 ޕޮޗިއޮން

59' ޕޮޗިއޮން އަށް ކޯނަރެއް، އެޓީމުން ދެ ގޯލުވެސް ކަމިޔަބު ކޮށްފައިވަޏީ ލިބުނު ކޯނަރަކުން، ޕޮޗިއޮން އިން ވަރަށް ގާތްގާތުގައި ވަނީ ޓީސީގެ ގޯލަށް ނުރައްކާ ކުރުމަށް މަސައްކަތް ކޮސްފައި

03 މާރިޗު 2017 | 18:49

ޝެއިޚް ކަމާލް ކަޕް ފައިނަލް (ދެ ހާފް): ޓީސީ 1-2 ޕޮޗިއޮން

ޕޮޗިއޮންގެ މި ލަނޑަކީ ޓީސީގެ ދިފެންޑަރު ފައްރާހުގެ ބޮލުގައި ޖެހިފައި ބައިކޮޅަށް ވަތް ގޯލެއް

03 މާރިޗު 2017 | 18:48

ޝެއިޚް ކަމާލް ކަޕް ފައިނަލް (ދެ ހާފް): ޓީސީ 1-1 ޕޮޗިއޮން

54' ޕޮޗިއޮން އިން މެޗުގެ ލީޑު ނަގައިފި، މި ލަނޑު ކާމިޔާބު ކުރީ އެޓީމަށް ލިބުނު ކޯނަރަކުން

03 މާރިޗު 2017 | 18:41

ޝެއިޚް ކަމާލް ކަޕް ފައިނަލް (ދެވަނަ ހާފް): ޓީސީ 1-1 ޕޮޗިއޮން

ފުރަތަމަ ހާފާއި ޚިލާފަށް ކޮރެއާ ޓީމުން ފެންނަނީ މާ ބޮޑށް ކުރިއަށް ޖެހިގެން ކުލޭތަން، އެޓީމުގެ ކުޅުން ކުރީ ހާފާއި އަޅާ ބަލާއިރު، ވަރުގަދަ ކަމަށް ފެނޭ، ޓީސީން ފެންނަނީ ހަމަޖެހިގެން ކުޅެން މަސައްކަތްކުރާތަން،

03 މާރިޗު 2017 | 18:38

ޝެއިޚް ކަމާލް ކަޕް ފައިނަލް (ދެ ހާފް): ޓީސީ 1-1 ޕޮޗިއޮން

ޓީސީ އާއި ޕޮޗިއޮން ބައްދަލުކުރާ މެޗުގެ ދެވަަނަ ހާފް ފަށައިފި

03 މާރިޗު 2017 | 18:25

ޝެއިޚް ކަމާލް ކަޕް ފައިނަލް (ހާފްޓައިމް): ޓީސީ 1-1 ޕޮޗިއޮން

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1 ލަނޑުން ދެޓީމު އެއްވަރުވެގެން. ޓީސީއަށް ލަނޑު ޖަހައިދިނީ ބެންޖޯ، ޕޮޗިއޮންއަށް ލަނޑު ޖަހައިދިނީ ޖެންގް ޔޮންގް

03 މާރިޗު 2017 | 18:24

ޝެއިޚް ކަމާލް ކަޕް ފައިނަލް (ފުރަތަމަ ހާފް): ޓީސީ 1-1 ޕޮޗިއޮން

ޕޮޗިއޮން އިން ލަނޑު ޖަހާފައިވަނީ ޖީ ކިޔޯންގް ޑޫކް ނަގައިދިން ކޯނަރަކުން ޖެންގް ޔޮންގް، އޭނާ ލަނޑުޖެހި އިރު ހުރީ ރަނގަޅަށް މާކު ނުކުރެވިކަން ފާހަގަކޮށްލެވޭ

03 މާރިޗު 2017 | 18:20

ޝެއިޚް ކަމާލް ކަޕް ފައިނަލް (ފުރަތަމަ ހާފް): ޓީސީ 1-1 ޕޮޗިއޮން

43' ޕޮޗިއޮން އިން ނަތީޖާ ހަމަކޮށްފި، އެޓީމުން ލަނޑު ޖަހާފައިވަނީ ލިބުނު ކޯނަރަކުން.

03 މާރިޗު 2017 | 18:16

ޝެއިޚް ކަމާލް ކަޕް ފައިނަލް (ފުރަތަމަ ހާފް): ޓީސީ 1-0 ޕޮޗިއޮން

36' ޕޮޗިއޮން ވަރަށް ނުރައްކާތެރި ޙަމަލާއެއް، އެޓީމުގެ 20 ނަންބަރު ފޮނުވާލި ބޯޅަ ކީޕަރު ކިރަން ވަނީ ވަރަށް ހުޝިޔާރު ކަމާއިއެކު ދިފާއުކޮށްފައި

03 މާރިޗު 2017 | 18:11

ޝެއިޚް ކަމާލް ކަޕް ފައިނަލް (ފުރަތަމަ ހާފް): ޓީސީ 1-0 ޕޮޗިއޮން

34' ޓީސީގެ ނާއިޒް (ދާދު) ގެ ހަމަލާއެއް، ގޯލާ ދިމާލަށް ދާދު ފޮނުވާލި ބޯޅަައިގައި މާ ބާރެއްނެތް، ބޯޅަ ދިޔައީ އަރިަމތިން ބޭރަށް

03 މާރިޗު 2017 | 18:08

ޝެއިޚް ކަމާލް ކަޕް ފައިނަލް (ފުރަތަމަ ހާފް): ޓީސީ 1-0 ޕޮޗިއޮން

31' ޓީސީގެ ފޭދޫ އިއްބެ އަށް ވަރަށް ހުސް ފުރުސަތެއް، އެކަނިމާ އެކަނި ބޯޅަ ހިފައިގެން ޕޮޗިއޮން އޭރިއާ ތެރެއަށް ވަދެ ކީޕަރު ގައިން ނައްޓާލާން އުޅުމުގެ ތެރޭގައި ކީޕަރު ވަނީ އެ ބޯޅަ ސަލާމަތް ކޮށްފަ

03 މާރިޗު 2017 | 18:04

ޝެއިޚް ކަމާލް ކަޕް ފައިނަލް (ފުރަތަމަ ހާފް): ޓީސީ 1-0 ޕޮޗިއޮން

28' އަނެއްކާވެސް ޓީސީގެ ހަމަލާއެއް، މިފަހަރުއޭރިއާ ބޭރުގައި ހުރެފައި ވަހީދު ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރަށް

03 މާރިޗު 2017 | 17:59

ޝެއިޚް ކަމާލް ކަޕް ފައިނަލް (ފުރަތަމަ ހާފް): ޓީސީ 1-0 ޕޮޗިއޮން

20' ލީޑު ނެނގުމަށް ފަހު ޓީސީން ދަނީ މެޗު ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުން، ބެންޖޯ ކާމިޔާބު ކޮށްދިން ލަނޑަކީ ވަރަށް ރިތި ބަޮލުން ގޯލުގެ ކަނަށް ފޮނުވާލައިގެން ކާމިޔާބު ކުރި ގޯލެއް، އޭގެ ފަހުން ޕޮޗިއޮން އިން ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލުމަށް މަސައްކަތް ކޮށްފަ، ނަމަވެސް ޓީސީގެ ކީޕަރު ކިރަން ވަނި އެ ބޯޅަ ސަލާމަތްކޮށް، މި މެޗުގައި ޓީސީއަށް ސަޕޯޓް ކުރުމަށް ގިނަ ދިވެހިން ސްޓޭޑިއަމްގައި ތިބި ކަން ފާހަގަ ކޮށްލެވޭ

1 / 2