ޝައިޚް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕް ފައިނަލް މެޗު
މި މެޗު ރާއްޖެޓީވީ އަދި ރާއްޖެއެމްވީންވެސް ވަގުން ފެންނާނެ
ޓީސީން ލަނޑު ޖަހައިފި
17' ޓީސީއަށް ކޯނަރެއް، އައްޒާމް ނަގައިދިން ކޯނަރުން ލަނޑު ޖަހާފައިވަނީ އަބްދުﷲ ޙަނީފް ބެންޖޯ
ޝެއިޚް ކަމާލް ކަޕް ފައިނަލް (ފުރަތަމަ ހާފް): ޓީސީ 0-0 ޕޮޗިއޮން
12' މެޗުގެ މިހާތަނަށް އައިއިރު ދެ ޓީމުގެ ފަރާތުންވެސް ފެންނަނީ ވަރަށް ވާދަވެރި ކުޅުމެއް، ދެޓީމުން ވެސް ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކޮށްފަ، ޓީސީގެ ފަރާތުން ފެންނަނީ ވަރަށް ވަރުގަދަ އަށް ހަމަލާތަކަށް އެރުމަށް މަސައްކަތް ކުރަމުން އަންނަތަން
ޝެއިޚް ކަމާލް ކަޕް ފައިނަލް (ފުރަތަމަ ހާފް): ޓީސީ 0-0 ޕޮޗިއޮން
06' ޓީސީ އަށް ރަނުގެ ފުރުސަތެއް، ފޭދޫ އިއްބެ އަށް ޕޮޗިއޮންގެ ހާފްތެރެއިން ލިބުނު ގޯލަށް ގާޮލާ ދިމާލަށް ފޮނުވާލި ނަމަވެސް ކުޑަތަންކޮޅެއް ބޭރުވީ، ބޯޅަ އަމާޒުވީ އަރިމަތީ ދާގަނޑަށް
ޝެއިޚް ކަމާލް ކަޕް ފައިނަލް (ފުރަތަމަ ހާފް): ޓީސީ 0-0 ޕޮޗިއޮން
04' ޕޮޗިއޮން އިން ހަމަލާއެއް އުފައްދަން މަސައްކަތްކުރި، އެކަމަކު މާ ނުރައްކާވާ ގޮތެއް ނުވި، ޓީސީއަށް ފުރުސަތެއް ވަނީ ލިބިފަ
ޝެއިޚް ކަމާލް ކަޕް ފައިނަލް: ޓީސީ - ޕޮޗިއޮން
02' ޕޮޗިއޮން އަށް ލިބިނު ކޯރެއް، މާ ނުރައްކާ ކުރެވޭ ގޮތެއް ނުވި، ކީޕަރު ކިރަން އެ ބޯޅަ ދިފާއު ކޮށްފި
ޝެއިޚް ކަމާލް ކަޕް ފައިނަލް: ޓީސީ - ޕޮޗިއޮން
މެޗު ފަށައިފި، މެޗު ފަށާފައިވަނީ ޓީސީން
ޝެއިޚް ކަމާލް ކަޕް ފައިނަލް: ޓީސީ - ޕޮޗިއޮން
މެޗު ފަށައިފި، މެޗު ފަށާފައިވަނީ ޓީސީން
މެޗު ފަށަން ދެޓީމުން ދަނޑަށް ނުކުމެއްޖެ
މެޗު ފެށުމަށްޓަކައި ދެޓީމުން ވެސް ވަނީ ދަނޑަށް ނުކުމެފައެވެ. މެޗު ބެލުމަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ދަނޑަށް ވަދެފަ، މެޗު ފަށަނީ ޓީސީ،
ޓީސީގެ ފުރަތަމަ އެގާރައަށް ބަދަލެއް
ޝައިޚް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕް ފައިނަލް މެޗުގެ ވާދަކުރާ ޓީސީގެ ފުރަތަމަ އެގާރައަށް ވަނީ ބަދަލެއް ގެނެވިފައެވެ. އެގޮތުން މި މުބާރާތުގެ ކުރިން ޓީމުން ކުޅެފައިވާ މެޗުތަކުގައި ފުރަތަމަ އެގާރައިން ފެންނަ ބިދޭސީ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް މިއަދު ފުރަތަމަ އެގާރައިގައި ހިމަނާފައެއް ނުވެއެވެ. އޭނާގެ ބަދަލުގައި މިއަދު ފުރަތަމަ އެގާރައިގައި ހިމަނާފައިވަނީ ސަމްވީލް ޤާސިމް ބޮންޑާއެވެ.
ދެޓީމުގެ ފުރަތަމަ އެގާރަ
ޓީސީ ސްޕޯޓްސް ކުލަބު
- ގޯލް ކީޕަރު ކިރަން ކުމާރު ލިންބޫ
- އަލް ސައިދު އީސާ އަލް މަޣްރަބީ
- އަބުދުﷲ ޙަނީފް (ބެންޖޯ)
- އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ)
- ޝަމްވީލް ޤާސިމް (ބޮންޑާ)
- އަލީ ނާފިއު (ކަޅޭ)
- އަހުމަދު ފައްރާހު
- ހަސަން ނާއިޒް (ދާދު)
- އައްޒާމް މުޙައްމަދު
- ހަސަން އިބްރާހިމް ވަހީދު
- މުޙައްމަދު އިމްޝާދު
ޕޮޗިއަން ސިޓިޒެން އެފްސީ
- ގޯލް ކީޕަރު ޗޮއި އާން ސިއޯން
- ލީ ސިއޯން ވޫ
- ލީ މިން ކޭ ޔޫ
- ޕާކް ޖުން ސޫ
- ޖޭން ޔަންގް
- ޖީ ކިޔޯންގް ޑިއުކް
- ޕާކް ސިއުންގް
- ކިމް ސިއޯން ޖިން
- ޝައު ޓާއި ވޫ
- ޝިން ސިއޯން ހިޔޫން
- ހުވާން ޖިން ސާން
ޝައިޚް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕް ފައިނަލް މެޗުގެ އެނަލިސްޓުން
ރާއްޖޭގެ ޓީސީ ސްޕޯސްޓްސް ކުލަބާއި ދެކުނު ކޮރެއާގެ ޕޮޗިއަން ސިޓިޒެން އެފްސީ ބައްދަލުކުރާ ފައިނަލް މެޗުގެ އެނަލިސްޓުންގެ ގޮތުގައި ބައިވެރިވާނީ ޓީސީ ސްޕޯޓްސް ކުލަބުގެ އެސިސްޓަންޓް ކޯޗު އާފިއު އަދި ކުލަބު ގްރީންސް ސްޓްރީޓްގެ ކޯޗު ސޮބާހުއެވެ. ޕްރީ ޝޯ ގެނެސްދޭނީ ރާއްޖެޓީވީގެ ރިޕޯޓަރ ނާފިއު މެޗުގެ ކޮމެންޓްރީ ގެނެސްދޭނީ ވާސިފްއެވެ.
ޓީސީ ފައިނަލަށް ދަތުރުކުރި މަގު
ޝައިހް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕްގެ ފައިނަލަށް ޓީސީން ދަތުރުކޮށްފައިވަނީ މުބާރާތުގެ ގްރޫޕް ސްޓޭޖްގެ އެއްވެސް މެޗަކުން ބަލި ނުވެއެވެ. މުބާރާތުގައި ޓީސީއަށް ވާދަކުރަން ޖެހުނީ އެންމެ ވަރުގަދަ ގްރޫޕްގައެވެ. އެގޮތުން ބަންގްލަދޭޝްގެ ލީގު ޗެމްޕިއަން ޑާކާ އަބަހާނީ އާ ކިރްގިސްތާންގެ އަލްގާ ބިޝްކެކް އަދި ފައިނަލްގައި މިއަދު ކުޅޭ ދެކުނު ކޮރެއާގެ ޕޮޗިއޮން ސިޓިޒަން އެފްސީ އާ ވާދަކުރަން ޖެހުނެވެ. ފުރަތަމަ މެޗުގައި ޑާކާ އަބަހާނީ އަތުން 1-0 އިން މޮޅުވެ، ދެ ވަނަ މެޗުގައި ފަހަތުން އަރައި 2-1 އިން ކިރްގިސްތާންގެ އަލްގާ ބިޝްކެކް ބަލިކުރިއެވެ. ގްރޫޕް ފަހު މެޗުގައި ޕޮޗެއޯން ސިޓިޒެންއާ އެއްވަރުވީ 1-1 އިންނެވެ. އެއަށްފަހު ސެމީގައި ޓީސީ ބައްދަލުކުރީ ނޭޕާލްގެ އެންމެ ކާމިޔާބު ޓީމު މަނަންގް މަޝްޔަންޑީއާ ދެކޮޅަށެވެ. އެ މެޗުން ޓީސީ މޮޅުވީ 1-0 އިންނެވެ.
ޓީސީއާ ދެކޮޅަށް ނުކުންނަ ޕޮޗިއޮން ސިޓިޒަން އެފްސީ
ފައިނަލްގައި ޓީސީއާ ދެކޮޅަށް ނުކުންނަށް ޕޮޗިއޮން ސިޓިޒަން އެފްސީ އަކީ ދެކުނު ކޮރެއާގެ ތިން ވަނަ ޑިވިޝަން ޗެމްޕިއަންކަން މިދިޔަ އަހަރު ހޯދި ޓީމެވެ. އެޓީމުން އަންނަނީ ރަނގަޅު ނަތީޖާތަކެއް ލީގުގައި ނެރެމުންނެވެ. އެހެންނަމަވެސް ބައިނަލްއަގުވާމީ ބޮޑު ތަށްޓެއް އެޓީމަށް ކާމިޔާބުކުރެވިފައިވާކަމަށް ތާރީހަކުން ނުދައްކަ އެވެ. ކޮރެއާ ތިންވަނަ ޑިވިޝަން އެޑްވާންސްގެ ކުޅުން މި މަހު ފަށާއިރު، މިއީ ޕޮޗިއޮން އަށް ލީގު ފެށުމުގެ ކުރިން ޓީމު އެކުލަވާލަން އަދި ކުޅުންތެރިން ޓެސްޓުކޮށްލަން ލިބޭ ރަނުގެ ފުރުސަތެކެވެ. ކޮރެއާގެ ފުޓުބޯޅަ ދުނިޔެއަށް 2007 ވަނަ އަހަރު އުފަންވި ޕޮޗެއިން ތިންވަނަ ޑިވިޝަނަށް ކޮލިފައިވީ ތިން އަހަރު ދުވަހުގެ މަސައްކަތުންނެވެ.
ޓީސީ ސްޕޯޓްސް ކުލަބު ކޯޗު
ޓީސީގެ ކޯޗަކީ މީގެ ކުރިން ކްލަބް ވެލެންސިއާ އަދި ޔޫތު ސްޕޯޓްސް ކުލަބުގެ އިތުރުން ރާއްޖޭގެ ބޮޑެތި ކުލަބުތައް ކުޅެ އަދި ޔޫތު ގައުމީ ޓީމުގެ ކޯޗުގެ ހައިސިއްޔަތުން ބައިނަލްއަގްވާމީ މުބާރާތްތަކުގެ ތަޖުރިބާ ހޯދާފައިވާ މުޙައްމަދު ނިޒާމް (ނިޒާމްބެ)އެވެ. މި މުބާރާތަކީ ނިޒާމްބެގެ ހަޔާތުގައިވެސް ވަރަށް މުހިތްމު މެޗެކެވެ. ދިވެހި ފުޓްބޯޅައާ މެދު ޒަމާނުއްސުރެ އޮތް ވިސްނުން ބަދަލުކޮށް، ކާމިޔާބީ ކުލަބުގެ ނަމަކުން ނުވަތަ ފައިސާކައުން ވާ ކަމެއް ނޫންކަން ނިޒާމްބެ ވަނީ ދައްކުވައިދީފައެވެ. ނިޒާމްބެގެ ހުވަފެނާއި ގާތަށް ޖެހިލަން މިވަނީ އެންމެ ފިޔަވަޅަކަށް ކައިރިވެފައެވެ. ފައިނަލުގެ ކުރިން ޓީސީގެ ކޯޗު ނިޒާމްބެ ބުނީ އެ ޓީމު ފައިނަލަށް ނުކުންނާނީ މުޅި ރާއްޖެ ފަހުރުވެރިކޮށްދިނުމަށް ކަމަށެވެ. މިދިޔަ އަހަރުގެ އެއް ވަނަ ކޯޗުގެ މަގާމު ހޯދި މުހައްމަދު ނިޒާމް (ނިޒާމްބެ) އެވެ.
ޓިސީގެ ހަޔާތަށް ކުރުނަޒަރެއް
މިމުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކުލަބަކީ ރާއްޖޭގެ ފުޓްބޯޅައިގައި ވަރަށް ޒުވާން ކުލަބެކެވެ. ނަމަވެސް 2014 ވަނަ އަހަރު ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައިގެން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވި ޓުރަސްޓް އެންޑް ކެއާ (ޓީސީ) އިންވަނީ ފާއިތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި އެކުލަބު ފެންވަރު ދައްކާލާފައެވެ.
ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަ ކުރި އަހަރު ޓީސީންވަނީ ލީގުގެ ދެވަނަ ހޯދާފައެވެ. ޕްރެޒިޑެންޓްސް ކަޕްގެ ސެމީގައިވެސް ޓީސީން ކުޅުނެވެ. މިދިޔަ އަހަރު އެޓީމުން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. ލީގުގެ ދެވަނަ އާއި އެފްއޭކަޕް އަދި ޕުރެސިޑެންޓްސް ކަޕްގެ ދެވަނަ ހޯދިއެވެ. އެފަހަރު ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ޓީސީގެ ހަސަން ނާއިޒު (ދާދު) އެވެ.
ފުރަތަމަ ޑިވިޝަނުގައި ހިފަހައްޓާލުމުގެ އަޒުމުގައި ފުރަތަމަ ފަހަރަށް ލީގުގައި ވާދަކުރި ޓީސީން 2015 ވަނަ އަހަރު ލީގަށް ނުކުތީ ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި ޓީމުގައި ތިބި ގިނަ ކުޅުންތެރިން ހިމަނައިގެންނެވެ. މިދިޔަ އަހަރު ތިބި ކުޅުންތެރިންގެ އިތުރުން މިފަހަރު ޓީމާއި ގުޅުނީ މަދު ކުޅުންތެރިއެކެވެ. މިދިޔަ އަހަރުގެ ޓީމުގައި ތިބި ބައެއް ކުޅުންތެރިން ވަނީ އެހެން ޓީމުތަކަށް ބަދަލުވެފައެވެ. އެގޮތުން އަލީފާސިރު (ސެންޓޭ) އާ އަހުމަދު އަބްދުﷲ (ލިލީ) ލިލީ ހިމެނެއެވެ. ޓީސީއާ އަލަށް ގުޅުނު ކުޅުންތެރިންގެ ގޮތުގައި ހިމެނެނީ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އާއި އަބްދުﷲ ހަނީފް (ބެންޖޯ) އެވެ. މި މުބާރާތުގައި މި މި ދެކުޅުންތެރިންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިފައިވެއެވެ. މީގެ އިތުރުން ބިދޭސީ ތިން ކުޅުންތެރިންވެސް ޓީސީއާ ވަނީ ގުޅިފައެވެ. މިސްރުގެ ޑިފެންޑަރު އީސާ މަގްރަބީ އާއި ނޭޕާލް ގައުމީ ޓީމުގެ ކިރަން ސެމްޝޮން އަދި ވިންސެންޓްގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓްގެ ކުޅުން ގިނަ ބަޔަކު އަންނަނީ ފާހަގަ ކުރަމުންނެވެ.
ޝައިޚް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕް ފައިނަލް މެޗު
ޝައިހް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕްގެ ފައިނަލްގައި ބައްދަލުކުރަނީ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބް އަދި ދެކުނު ކޮރެއާގެ ޕޮޗިއަން ސިޓިޒެން އެފްސީ އެވެ. މިއީ ބައިނަލް އަޤްވާމީ މިފަދަ މުބާރާތެއްގެ ފައިނަލަށް ދިވެހި ޓީމެއް ދަތުރުކުރި ފުރަތަމަ ފަހަރެވެ. ތަޖުރިބާކާރު މަދުކުޅުންތެރިން ކޮޅަކާއިއެކު ވާދަކުރާ ޓީސީން ވަނީ މުބާރާތުގައި އާދަޔާ ޚިލާފު މޮޅުކުޅުމެއްދާފައެވެ. އެގޮތުން މުބާރާތުގެ ފައިނަލާއި ހަމައަށް ޓީސީން ދަތުރުކުރީ އެއްވެސް މެޗަކުން ބަލިނުވެއެވެ. މާބޮޑު ތާރީޚެއް ނެތަސް މުބާރާތުގެ މިހިސާބަށް ޓީސީ ދަތުރުކޮށްފައިވަނީ އެޓީމުގެ ހިތްވަރާ މަސައްކަތުންނެވެ. މިއަދުގެ މެޗަށް ނުކުންނައިރު ޓީސީން އޮތީ ކުލަބާއި ގައުމަށް ރީތި ނަމެއް ހޯދައިދިނުމުގެ އުންމީދުގައެވެ.