ރައީސް ސޯލިޙުގެ 3 ވަނަ ރިޔާސީ ބަޔާން އިއްވެވުން

  • ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ނިންމަވާލައްވައިފި
  • ރިޔާސީ ބަޔާނަށް މައިނޯރިޓީ ލީޑަރު ޖަވާބު ދެއްވުމަށް ތައްޔާރުވުމަށް އެދިވަޑައިގެންފި
  • ރައީސް ޔާމީން މިނިވަން ކުރަން ގޮވާލައި އިދިކޮޅުން އިހުތިޖާޖު ކުރަމުން ގެންދަނީ
 
Writer Profile Picture
ލައިޝާ އަހްމަދު
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ނިންމަވާލައްވައިފި

ދެން ޖަލްސާއެއް އޮންނާނީ ހޯމަ ދުވަހުގެ ހެނދުނު 0900 ގައި ކަމަށް ރައީސް ނަޝީދު ވިދާޅުވި، ޖަލްސާ ނިންމަވާލެއްވި ނަމަވެސް، މަޖިލީހުގެ އާރކައިވް އަދި ލައިބްރަރީ ހުޅުވުން އޮންނާނެ

ރިޔާސީ ބަޔާން އިއްވެވި ޚާއްސަ ޖަލްސާގެ ތެރެއިން
4 ފެބްރުއަރީ 2021 | ބުރާސްފަތި 10:05
Writer Profile Picture
ލައިޝާ އަހްމަދު
ރިޔާސީ ބަޔާނަށް މައިނޯރިޓީ ލީޑަރު ޖަވާބު ދެއްވުމަށް ތައްޔާރުވުމަށް އެދިވަޑައިގެންފި

މަޖިލީހުގެ މައިނޯރިޓީ ލީޑަރަކީ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމްކަން ފާހަގަ ކުރައްވައި މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު ވަނީ ރިޔާސީ ބަޔާނަށް މައިނޯރިޓީ ލީޑަރު ދެއްވާ ޖަވާބު ތައްޔާރު ކުރެއްވުމަށް އެދިވަޑައިގަންނަވާފައި،

4 ފެބްރުއަރީ 2021 | ބުރާސްފަތި 10:00
Writer Profile Picture
ލައިޝާ އަހްމަދު
ރައީސް ޔާމީން މިނިވަން ކުރަން ގޮވާލައި އިދިކޮޅުން އިހުތިޖާޖު ކުރަމުން ގެންދަނީ
ރައީސް ޔާމީން މިނިވަން ކުރަން ގޮވާލައި އިދިކޮޅުން ކުރަމުންދާ އިހުތިޖާޖުގެ ތެރެއިން
ރައީސް ޔާމީން މިނިވަން ކުރަން ގޮވާލައި އިދިކޮޅުން ކުރަމުންދާ އިހުތިޖާޖުގެ ތެރެއިން
ރައީސް ޔާމީން މިނިވަން ކުރަން ގޮވާލައި އިދިކޮޅުން ކުރަމުންދާ އިހުތިޖާޖުގެ ތެރެއިން
4 ފެބްރުއަރީ 2021 | ބުރާސްފަތި 09:55
Writer Profile Picture
ލައިޝާ އަހްމަދު
ރާއްޖެ ތަރައްޤީ ކުރާނީ ޑިމޮކްރެސީގެ ހަމަތަކާ އެއްގޮތަށް، ހެޔޮވެރިކަމުގެ އުޞޫލުން: ރައީސް

ރައީސް ވިދާޅުވީ، ރާއްޖެ ތަރައްޤީ ކުރާނީ ޑިމޮކްރެސީގެ ހަމަތަކާ އެއްގޮތަށް، ހެޔޮވެރިކަމުގެ އުޞޫލުން ކަމަށް، އަދި އެ އުސޫލުން ރާއްޖެ ކުރިއަރުވައި ތަރައްޤީކުރުމަށް ބޭނުންވާ އިތުރު ޤާނޫނުތަކުގެ ބިލުތައް މިއަހަރުގެ ތެރޭގައިވެސް ހުށައަޅުއްވާނެކަން ރައީސް ފާހަގަ ކުރެއްވި،

4 ފެބްރުއަރީ 2021 | ބުރާސްފަތި 09:54
Writer Profile Picture
ލައިޝާ އަހްމަދު
ސަރކިޓް ކޯޓް ތަޢާރަފް ކުރުމާ ބެހޭ ބިލު މިއަހަރު މަޖިލީހަށް ހުށައަޅަނީ

ރައީސް ވިދާޅުވީ، ދައުލަތުގެ އެހެން ބާރުތަކު ގެ ނުފޫޒުން މިންޖުވެ، މައްސަލަތައް ނިންމުމުގެ މިނިވަންކަން ، އެންމެ މަތީ ކޯޓުން ފެށިގެން އެންމެ ދަށު ކޯޓާ ހަމައަށް، މިހާރު އެބައޮތް ކަމަށް، އަދި ޝަރުޢީ މަރުޙަލާ އަވަސްކޮށް، އިންޞާފު ލިބޭނެ އިންތިޒާމް ކަށަވަރު ކުރުމަށްޓަކައި، ސަރކިޓް ކޯޓް ތަޢާރަފް ކުރުމަށް ބޭނުންވާ ޤާނޫނުގެ ބިލު އެކުލަވާލައި، މިއަހަރުގެ ތެރޭގައި މަޖިލީހަށް ހުށައަޅުއްވަން ޤަސްތު ކުރައްވާ ކަމަށް ރައީސް ވިދާޅުވި

4 ފެބްރުއަރީ 2021 | ބުރާސްފަތި 09:52
Writer Profile Picture
ލައިޝާ އަހްމަދު
ލ. ކަޅައިދޫގައި ހަދާ ރިހެބިލިޓޭޝަން މަރުކަޒުގައި ތަޢުލީމާއި ހުނަރުގެ މުހިންމު ޕްރޮގްރާމްތައް ހިންގާނެ

ލ. ކަޅައިދޫގައި ހަދާ ރިހެބިލިޓޭޝަން މަރުކަޒުގައި ތަޢުލީމާއި ހުނަރުގެ މުހިންމު ޕްރޮގްރާމްތައް ހިންގާނެ ކަމަށް ރައީސް ސޯލިޙު ވިދާޅުވި، ރައީސް ވިދާޅުވީ، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށް، ޑްރަގް އޮފެންޑާޒް ރިމާންޑް ސެންޓަރެއް ހެދުމަކީ، 2011 ވަނަ އަހަރު ޢަމަލުކުރަން ފެށި، މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުން ލާޒިމްކޮށްފައި އޮތް ކަމެއް ކަމަށް، އަދި 10 އަހަރަށް ފަހު، މާލެ އަތޮޅު ގުޅީފަޅުގައި އެމަރުކަޒު ޤާއިމުކޮށް، އެތަނުގައި ބައެއް މީހުންނަށް ފަރުވާ ދިނުމުގެ މަސައްކަތް މިހާރު ފެށިފައިވާކަން ރައީސް ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ފާހަގަ ކުރެއްވި

މަސްތުވާތަކެތިން ޒުވާނުން ސަލާމަތްކުރުމަށް އެކުލަވާލާފައިވާ އެކްޝަން ޕްލޭންގެ ދަށުން، މިއަހަރު ކުރާނެ އެންމެ މުހިއްމު ކަމަކީ، އެފަދަ މީހުން އަނބުރާ މުޖްތަމަޢަށް ގެނައުމަށްޓަކައި، ވަށައިޖެ ހޭ ފަރުވާގެ ނިޒާމެއް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމްކުރުން. އޭގެ ތެރެއިންވެސް ލ. ކަޅައިދޫގައި ހަދާ މަރުކަޒުގައި ތަޢުލީމާއި ހުނަރުގެ މުހިންމު ޕްރޮގްރާމްތައް ހިންގާނެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު
4 ފެބްރުއަރީ 2021 | ބުރާސްފަތި 09:51
Writer Profile Picture
ލައިޝާ އަހްމަދު
މިއީ ރައީސް ސޯލިޙުގެ 3 ވަނަ ރިޔާސީ ބަޔާން
ފަރސްޓްލޭޑީ ފަޒްނާ އަޙުމަދު ރިޔާސީ ބަޔާން އިއްވަވާ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ
4 ފެބްރުއަރީ 2021 | ބުރާސްފަތި 09:48
Writer Profile Picture
ލައިޝާ އަހްމަދު
މަތީ ތަޢުލީމާއި ތަމްރީނުގެ 770 ލޯނަށް ކުރިމަތިލުމަށް އަންނަ ހަފްތާގައި އިއުލާނު ކުރަނީ
މިދިޔަ އަހަރު ގެ ތެރޭގައިވެސް، މަތީ ތަޢުލީމާއި ތަމްރީނަށް 550 ލޯނުގެ ފުރުޞަތު ހުޅުވައިލިން. މިހާރު އަޅުގަނޑުމެން ވާނީ އެ ޢަދަދު 770 އަށް އިތުރުކޮށްފައި. އަދި މި ލޯނުތަކަށް ކުރިމަތިލުމަށް މިއަންނަ ހަފުތާގައި އިޢުލާން ކުރެވޭނެ. މި އިތުރުކުރި ލޯނުގެ ފުރުޞަތުތަކަކީ، އިޤްތިޞާދު އާރާސްތުކުރުމަށްޓަކައި، ރާއްޖޭގެ ވަޒީފާގެ ބާޒާރަށް މީހުން ބިނާކުރަން ބޭނުންވާ ދާއިރާތަކުން ތަޢުލީމާއި ތަމްރީނު ދިނުމަށް އިސްކަންދީގެން ހުޅުވައިލާ ފުރުޞަތުތަކެއް. ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާ ތަމްރީނު ހޯދަން ބޭނުންވާ ޒުވާނުންނަށް، ދޭ ލޯނުގެ ތެރޭގައި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި ކުދިންނަށް ޚާއްޞަ ކެޓެގަރީއެއް މިހާރު ހިމަނާފައިވާނެކަން އަޅުގަނޑު ފާހަގަކޮށްލަން. މިއީ ޒުވާނުން ބިނާކުރުމުގަޔާއި ، ޤައުމު އާރާސްތުކުރުމުގައި ބައިވެރިވުމުގެ ހަމަހަމަ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން އަޅުގަނޑުމެން ނިންމި ނިންމުމެއް.
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު
4 ފެބްރުއަރީ 2021 | ބުރާސްފަތި 09:47
Writer Profile Picture
ލައިޝާ އަހްމަދު
އަމާޒަކީ، 2030 ވަނަ އަހަރުގެ ނިޔަލަށް، ދިވެހިރާއްޖޭގެ، ކާބަން އެމިޝަންސް، ނެޓް ޒީރޯއަށް ހެދުން: ރައީސް

ތިމާވެށީގެ ދާއިރާއިން ކުރައްވަން ނިންމަވާފައިވާ މުހިއްމު ކަންކަމަށް އަލިއަޅުވާލައްވާ ރައީސް ވިދާޅުވީ، އަމާޒަކީ، 2030 ވަނަ އަހަރުގެ ނިޔަލަށް، ދިވެހިރާއްޖޭގެ، ކާބަން އެމިޝަންސް، ނެޓް ޒީރޯއަށް ހެދުން ކަމަށް،

ތިމާވެށި ޙިމާޔަތްކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރާ މަސައްކަތުގައިވެސް، ރާއްޖޭން މިއަންނަނީ ވަރަށް ޙަރަކާތްތެރި ގޮތެއްގައި ބައިވެރިވަމުން. މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް އެކުލަވާލާފައިވާ ޕެރިސް އެގްރީމަންޓުގެ ދަށުން، ރާއްޖޭން އެކުލަވައިލި، އެކްޝަން ޕްލޭން ތަންފީޒުކުރުމަށް ބައިނަލްއަޤްވާމީ އެހީ ކަށަވަރުވެއްޖެނަމަ، އަޅުގަނޑުމެންގެ އަމާޒަކީ، 2030 ވަނަ އަހަރުގެ ނިޔަލަށް، ދިވެހިރާއްޖޭ ގެ، ކާބަން އެމިޝަންސް، ނެޓް ޒީރޯއަށް ހެދުން.
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު ރިޔާސީ ބަޔާން އިއްވަވަނީ
4 ފެބްރުއަރީ 2021 | ބުރާސްފަތި 09:46
Writer Profile Picture
ލައިޝާ އަހްމަދު
އެންމެ ގިނައިން ކުނި ޖަމާވެފައި ހުރި 20 ރަށުގެ ކުނިތައް، 7 މަސް ތެރޭގައި ނަގައި ސާފު ކުރަނީ

ރައީސް ވިދާޅުވީ، އެންމެ ގިނައިން ކުނި ޖަމާވެފައި ހުރި 20 ރަށުގެ ކުނިތައް، 7 މަސް ތެރޭގައި ނަގައި ސާފު ކުރުމަށް ވެމްކޯއާ ޙަވާލު ކުރެވިފައިވާ ކަމަށް، އަދި އެކަން ދާއިމީ ގޮތެއްގައި ޙައްލުކުރުމަށްޓަކައި، ރާއްޖޭގެ 3 ސަރަޙައްދެއްގައި ކުނި މެނޭޖްކުރާނެ ވަސީލަތްތައް ތަރައްޤީ ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި

އެންމެ ގިނައިން ކުނި ޖަމާވެފައި ހުރި 20 ރަށުގެ ކުނިތައް، 7 މަސް ތެރޭގައި ނަގައި ސާފުކުރުމަށް، ވެމްކޯއާ މިހާރު ވާނީ ޙަވާލުކޮށްފައި. މިކަން ދާއިމީ ގޮތެއްގައި ޙައްލުކުރު މަށްޓަކައި، ރާއްޖޭގެ 3 ސަރަޙައްދެއްގައި ކުނި މެނޭޖްކުރާނެ ވަސީލަތްތައް މިއަންނަނީ ތަރައްޤީކުރަމުން. މިދާއިރާއިން ކުރިއަށްއޮތް ތަނުގައި، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ ރަށު ފެންވަރުގައި ރައްކާތެރިކަމާއެކު ކުނި މެނޭޖްކޮށް، ކުނިން މަންފާ ހޯދޭ ނެ ނިޒާމެއް ޤާއިމްކޮށްދިނުމަށް.
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު
4 ފެބްރުއަރީ 2021 | ބުރާސްފަތި 09:44
Writer Profile Picture
ލައިޝާ އަހްމަދު
މިއަހަރު ނިމުމުގެ ކުރިން މަދުވެގެން 5000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް މާލޭ ސަރަޙައްދުގައި ފަށަނީ
ހުޅުމާލޭގައި ހަދާ އެފޯޑަބަލް ރޭންޖްގެ 2000 ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ އެއްބަސްވުމުގައި މިހަފުތާގައި ވާނީ ސޮއިކޮށްފައި. އަދި މިޔުނިޓްތަކުގެ އަމަލީ މަސައްކަތް މެއި މަހުގެ ތެރޭގައި ފެށޭނެ. މި ހައުސިން ޔުނިޓުތަކަކީ ކުރިން ތަރައްޤީކޮށްފައިވާ މި ގިންތީ ގެ ހައުސިން ޔުނިޓުތަކާ އަޅައި ބަލާއިރު، ސައިޒުގެ ގޮތުން ތަނަވަސް އަދި، ނިސްބަތުން އަގުވެސް ހެޔޮ ޔުނިޓުތަކަކަށްވާނެ. އަދި އިތުރު 2000 ހައުސިން ޔުނިޓާއެކު، މިއަހަރު ނިމުމުގެ ކުރިން މަދުވެގެން 5000 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް، މާލެ ސަރަޙައްދުގައި ފެށޭނެ. އޭގެ އިތުރުން މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް، އިތުރު މަޝްރޫޢެއް ފެށުމަށް މިއަންނަނީ ޕްލޭންކުރަމުން.
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު ރިޔާސީ ބަޔާން އިއްވަވަނީ
4 ފެބްރުއަރީ 2021 | ބުރާސްފަތި 09:41
Writer Profile Picture
ލައިޝާ އަހްމަދު
މ. މުލީގައި ތަރައްޤީކުރާ އެއަރޕޯޓުގެ މަސައްކަތް މި މަހު ބަޔަކާ ޙަވާލު ކުރަނީ

މ. މުލީގައި ތަރައްޤީކުރާ އެއަރޕޯޓުގެ މަސައްކަތް މި މަހު ބަޔަކާ ޙަވާލު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު ވިދާޅުވި،

އޭގެ އިތުރުން، ހދ. މަކުނުދުއާއި، ށ. ބިލެތްފަހި އަދި ބ. ތުޅާދުއާއި ތ. ވިލުފުށީގައި އެއަރޕޯޓް ހަދައިދޭނެ ބަޔަކު ހޯދަން މިހާރު ހުޅުވާލާފައިވާކަން ރައީސް ފާހަގަ ކުރެއްވި

4 ފެބްރުއަރީ 2021 | ބުރާސްފަތި 09:39
Writer Profile Picture
ލައިޝާ އަހްމަދު
އެންޓި- ޓްރެފިކިން އިން ޕާސަންސް އޮފީހެއް މިއަހަރު ޤާއިމު ކުރަނީ

އެންޓި- ޓްރެފިކިން އިން ޕާސަންސް އޮފީހެއް މިއަހަރު ޤާއިމު ކުރަން ނިންމަވާފައިވާކަން ދާދި ދެންމެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިޙު ވަނީ އިއުލާނު ކުރައްވާފައި،

ރިޔާސީ ބަޔާން އިއްވަވާ ޖަލްސާގެ ތެރެއިން
4 ފެބްރުއަރީ 2021 | ބުރާސްފަތި 09:37
Writer Profile Picture
ލައިޝާ އަހްމަދު
ބިދޭސީން ރެގިއުލަރައިޒް ކުރުމުގެ ޕްރޮގްރާމްގައި 41000ށް ވުރެ ގިނަ ބިދޭސީން ބައިވެރިވެފައިވޭ
ޞައްޙަ ލިޔެކިޔުންތައް ނެތި ރާއްޖޭގައި ގެންގުޅެމުން އަންނަ ބިދޭސީންގެ މައްސަލަ. ބަޔަކު ޤަޞްދުގައި ހިންގާފައި އޮތް މިބޮޑު ޖަރީމާ ތަކުރާރުވިޔަ ނުދިނުމަށް މިއަންނަނީ ފިޔަވަޅުތަކެއް އަޅަމުން. އެފަދަ ބިދޭސީން ޤަވާޢިދުގެ ތެރެއަށް ފެއްތުމަށް، ސަރުކާރުން ފެށި ޕްރޮގްރާމްގައި، މިހާތަނަށް 41000 ބިދޭސީއަކު ، އަމިއްލައަށް އެދިގެން ރެޖިސްޓްރީވެއްޖެ. އަދި ޞައްޙަ ލިޔެކިޔުމެއް ނެތި އުޅޭ ބިދޭސީންގެ ތެރެއިން، 8775 މީހަކު އަމިއްލައަށް އެދިގެން އެމީހު ންގެ ޤައުމަށް އެނބުރާ ފޮނުވަ އިދެވިއްޖެ. އަދި ލިޔެކިޔުންތައް ހުރި 8000 އަށް ވުރެ ގިނަ ބިދޭސީންވެސް، އެމީހުންގެ އެދުމުގެ މަތިން، މިދިޔަ އަހަރުގެ ތެރޭގައި ގައުމަށް ފޮނުވައިދެވިއްޖެ. މި ޕްރޮގްރާމް މިއަހަރުވެސް ކުރިއާށްދާނ
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު
4 ފެބްރުއަރީ 2021 | ބުރާސްފަތި 09:36
Writer Profile Picture
ލައިޝާ އަހްމަދު
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާގައި ބޭރުގެ ސަފީރުން ބައިވެރިވެވަޑައިގެންފައިވޭ
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާގައި ބޭރުގެ ސަފީރުން ބައިވެރިވެވަޑައިގަންނަވަނީ
4 ފެބްރުއަރީ 2021 | ބުރާސްފަތި 09:34
Writer Profile Picture
ލައިޝާ އަހްމަދު
މިއަހަރުގެ ތެރޭގައި، އިތުރު 42 ޕޮލިސް ސްޓޭޝަން ޤާއިމުކުރަނީ

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިޙު ވިދާޅުވީ، ލޯކަލް ޕޮލިސިންގް ޕްރައިއޯރިޓީގެ ދަށުން، މިއަހަރުގެ ތެރޭގައި، އިތުރު 42 ޕޮލިސް ސްޓޭޝަން ޤާއިމުކުރަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް، އަދި މިހާރު އައްޑޫގައި ހަދަމުން އަންނަ، ނޭ ޝަނަލް ކޮލެޖް އޮފް ޕޮލިސިންގް އެންޑް ލޯ އެންފޯރސްމަންޓް ސެންޓަރވެސް، މިއަހަރުގެ ތެރޭގައި ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފެށޭނެކަން ރައީސް ފާހަގަ ކުރެއްވި

4 ފެބްރުއަރީ 2021 | ބުރާސްފަތި 09:33
Writer Profile Picture
ލައިޝާ އަހްމަދު
ސައިބަރ ކްރައިމްގެ މައްސަލަތައް ބެލުމަށް ޚާއްސަ ޑިޕާރޓްމަންޓެއް ފުލުހުންގެ ޚިދުމަތަށް އިތުރު ކުރަނީ
ކުޑަކުދިންކުރާ ކުށްތަކާއި، ކުޑަކުދިންނަށް ކުރާ ގޯނާ ތަކާއި، ގެވެށި އަނިޔާ އާއި ޖިންސީ ގޯނާތަކާ ގުޅުންހުރި ކުށްތައް ބަލައި ތަހުޤީޤުކުރުމަށް، ފުލުހުންގެ ތެރޭގައި ޚާއްޞަ ވިންގެއް މިދިޔަ އަހަރު ވާނީ އުފައްދާފައި. އޭގެ އިތުރުން، ސައިބަރ ކްރައިމްގެ މައްސަލަތައް ބެލުމަށް ޚާއްސަ ޑިޕާރޓްމަންޓެއް، އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ފުލުހުންގެ ޚިދުމަތަށް އިތުރުވެގެންދާނެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު
4 ފެބްރުއަރީ 2021 | ބުރާސްފަތި 09:32
Writer Profile Picture
ލައިޝާ އަހްމަދު
މިދިޔަ އަހަރުގެ ތެރޭގައި، ގުރޫޕް މާރާމާރީއެއްގައި އެއްވެސް މީހެއްގެ ފުރާނަ ގެއްލިފައިނުވޭ: ރައީސް

ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ރައީސް ސޯލިޙު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތް ޕްރޮފެޝަނަލްކޮށް ، ނެއިބަރހުޑް ޕޮލިސިންގެ އުޞޫލުން ޚިދުމަތް ދިނުމަށް، މިދިޔަ އަހަރުގެ ތެރޭގައި މުހިންމު ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަ ކުރައްވާފައި، އަދި އޭގެ ނަތީޖާވެސް ރަނގަޅުކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، މިދިޔަ އަހަރުގެ ތެރޭގައި، ގުރޫޕް މާރާމާރީއެއްގައި އެއްވެސް މީހެއްގެ ފުރާނަ ގެއްލިފައިނުވާކަމަށް،

4 ފެބްރުއަރީ 2021 | ބުރާސްފަތި 09:31
Writer Profile Picture
ލައިޝާ އަހްމަދު
ފުރަތަމަ ފަހަރަށް ފަލަސްޠީނަށް "ނޮން - ރެސިޑެންޓް" ސަފީރެއް އައްޔަނު ކުރައްވަނީ

ޚާރިޖީ ސިޔާސަތުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، އިތުރު ޤައުމުތަކަށް "ނޮން-ރެސިޑެންޓް" ސަފީރުން ކަނޑައެޅުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް، އެގޮތުން ފުރަތަމަ ފަހަރަށް ފަލަސްޠީނަށް "ނޮން - ރެސިޑެންޓް" ސަފީރެއް މި އަހަރުގެ ތެރޭގައި އައްޔަންކުރުމަށް ޤަސްދު ކުރައްވާކަމަށް ރައީސް ވިދާޅުވި

4 ފެބްރުއަރީ 2021 | ބުރާސްފަތި 09:29
Writer Profile Picture
ލައިޝާ އަހްމަދު
ޑިސްއެބިލިޓީ މެނޭޖްމަންޓް އެންޑް ރިހިބިލިޓޭޝަން ސެންޓަރ މިއަހަރު ޤާއިމު ކުރަން ފަށަނީ

ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ރައީސް ވިދާޅުވީ، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި ކުދިންނަށް ބޭނުންވާ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ލިބިދިނުމަށްޓަކައި، ޑިސްއެބިލިޓީ މެނޭޖްމަންޓް އެންޑް ރިހިބިލިޓޭޝަން ސެންޓަރ ޤާއިމްކުރުމުގެ މަސައްކަތް މިއަހަރު ފައްޓަވާނެ ކަމަށް، އަދި އެކުދިންނަށް ބޭނުންވާ ތެރަޕީއާއި ފަރުވާ ލިބޭނެ ވަސީލަތްތަކާއެކު، ހުޅުމާލޭ ހޮސްޕިޓަލްގައި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރެއް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާކަންވެސް ރައީސް ފާހަގަ ކުރެއްވި

އޭގެ އިތުރުން، ފަޚުރުވެރިކަމާއެކު، ދިރިއުޅެވޭނެ މާޙައުލެއް ޤާއިމްކުރުމަށްޓަކައި، މުޅިންއަލަށް އެލްޑަރލީ ވިލެޖެއް، އައްޑު އަތޮޅުގައި ޤާއިމްކުރުމުގެ މަސައްކަތްވެސް މިއަހަރު ފެށޭނެކަން ރައީސް ފާހަގަ ކުރެއްވި

4 ފެބްރުއަރީ 2021 | ބުރާސްފަތި 09:28
Writer Profile Picture
ލައިޝާ އަހްމަދު
މުޖްތަމަޢު ބައިބައިކުރުމަށް، އެއްވެސް ބަޔަކަށް މިފަސްގަނޑުގައި އެއްވެސް ފުރުޞަތެއް ނުދެވޭނެ: ރައީސް

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިޙު ވިދާޅުވީ، ދީނުގެ ނަމުގައި، ކުޑަކުދިންނާއި އަންހެނުންނަށް ޖިންސީ އަދި ޖިސްމާނީ ގޯނާކޮށް، ޙައްޤުތަކުން މަޙްރޫމްކޮށް، މުޖްތަމަޢު ބައިބައިކުރުމަށް، އެއްވެސް ބަޔަކަށް މިފަސްގަނޑުގައި އެއްވެސް ފުރުޞަތެއް ނުދެވޭނެ ކަމަށް،

އޭގެ އިތުރުން، އަނިޔާ ލިބޭ ކޮންމެ މީހަކު އަނިޔާއިން ދުރުކޮށް، ރައްކާތެރި އަމާން ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމަކީ، ހެޔޮވެރިކަމުގެ އެންމެ މުހިންމު އަސާސް ކަމަށް ޤަބޫލު ކުރައްވާކަމަށް ރައީސް ވިދާޅުވި

4 ފެބްރުއަރީ 2021 | ބުރާސްފަތި 09:26
Writer Profile Picture
ލައިޝާ އަހްމަދު
ާ 45 ރަށެއް ގެ ދަނޑުވެރިންނާއެކު، ކުރިއަށް އޮތް 2 މަސް ދުވަހުގެ ތެރޭގައި އެއްބަސްވުން ޤާއިމު ކުރުމަށް ތައްޔާރުވަނީ

ރައީސް ވިދާޅުވީ، ރާއްޖޭގައި މުޅިން އަލަށް ފަށާ ކޮންޓްރެކްޓް ފާމިންގ އުޞޫލުން ދަނޑުވެރިކަން ކުރަން ކަނޑައަޅާފައިވާ 45 ރަށެއް ގެ ދަނޑުވެރިންނާއެކު، ކުރިއަށް އޮތް 2 މަސް ދުވަހުގެ ތެރޭގައި އެއްބަސްވުން ޤާއިމުކޮށް، ތިމާވެއްޓާ ރައްޓެހި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދަނޑުވެރިކަން ފެށުމަށް، އެގްރޯ ކުންފުނިން މިހާރު ތައްޔާރުވަމުންދާ ކަމަށް ، އަދި އެކަމުގެ މަޤްސަދަކީ ރާއްޖޭގައި ކާބޯތަކެތި އުފައްދާ މިންވަރު އިތުރުކޮށް، ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ މިންވަރު މަދުކޮށް، ކާނާގެ ޔަޤީންކަން ކަށަވަރުކޮށްދިނުން ކަމަށްވެސް ރައީސް ވިދާޅުވި

4 ފެބްރުއަރީ 2021 | ބުރާސްފަތި 09:24
Writer Profile Picture
ލައިޝާ އަހްމަދު
އިޤްތިޞާދީ ޙަރަކާތްތައް ހުއްޓިގެން ދިޔައިރުވެސް، ވިންދު ޖަހަޖަހައި އޮތީ ދިވެހި މަސްވެރިކަން: ރައީސް
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު
މަސްވެރިކަމުގެ ބޭނުންތަކަށް އިމްޕޯޓްކުރާ، ބައެއް ތަކެތިން ނަގަމުން އައި އިމްޕޯރޓް ޑިއުޓީވެސް މިދިޔަ އަހަރު ވާނީ ކަނޑާލާފައި. މީގެ އިތުރުން ބޮޑުކަންނެލި ގަނެ އެކްސްޕޯޓްކުރާ 6 ކުންފުންޏަކަށް 55.3މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާނެ. މިފްކޯއަށް މިދިޔަ އަހަރު، 49 ހާސް މެޓްރިކް ޓަނުގެ މަސް ގަނެ، މަސްވެރިންނަށް 879 މިލިއަން ރުފިޔާ ވާނީ ދީފައި. މިއީ މިދިޔަ 14 އަހަރުގެ ތެރޭގައި މިފްކޯއަށް އެންމެ ގިނައިން މަސް ގަތް އަހަރު. ފެލިވަރާއި ކޫއްޑޫ އަދި ކަނޑުއޮތްގިރީގެ ކޯލްޑް ސްޓޯރޭޖްގެ ކެޕޭސިޓީއަށް 8200 މެޓްރިކް ޓަނު، އިތުރުކުރުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މިއަހަރު ފެށޭ ނެ. މިމަސައްކަތް ނިމުމުން މިފްކޯއަށް މަސް ގަނެވޭ މިންވަރު ދުވާލަކަށް 61 އިން ސައްތަ އިތުރުވާނެ. މީގެ އިތުރުން، މ. މުލަކުގައި 500 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި، ގދ. ތިނަދޫގައި 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ހެދުމުގެ މަސައްކަތް ފެށުމަށް މިއަންނަނީ ތައްޔާރުވަމު ން.
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު
4 ފެބްރުއަރީ 2021 | ބުރާސްފަތި 09:22
Writer Profile Picture
ލައިޝާ އަހްމަދު
ިއަހަރުގެ ތެރޭގައި ޖުމްލަ 18 ރިސޯޓެއް މުޅިން އަލަށް ހުޅުވި 5062 އެނދު މާރކެޓަށް ނެރެވޭނެ: ރައީސް

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، މި އަހަރުގެ ތެރޭގައި ޖުމްލަ 18 ރިސޯޓެއް މުޅިން އަލަށް ހުޅުވި 5062 އެނދު މާރކެޓަށް ނެރެވޭނެ ކަމަށް އުއްމީދު ކުރެވޭ ކަމަށް، އެއާއެކު، ފަތުރުވެރިކަމުގެ ދާއިރާއިން އެކަނިވެސް، އިތުރު 9000 ވަޒީފާ މިއަހަރުގެ ތެރޭގައި އުފެދޭނެ ކަމަށް ލަފާކުރެވޭކަން ރައީސް ފާހަގަ ކުރެއްވި

އިޤްތިޞާދީ ޞިނާޢަތްތައް ފުޅާކުރާއިރު، އެ ޞިނާޢަތްތަކަށް ބޭނުންވާ މީހުން ބިނާ ކުރުމުގެ ގޮތުން، އަހަރަކު މަދުވެގެން 1200 ޒުވާނުން ތަމްރީން ކުރުމުގެ މަސައްކަތް މިހާރުވާނީ ފަށާފައި. މި ޕްރޮގްރާމްގެ ދަށުން މިވަގުތުވެސް، ފަތުރުވެރިކަމުގެ ދާއިރާއާއި، އެ ދާއިރާއާ ގުޅުން ހުރި ކޮންސްޓްރަކްޝަން ދާއިރާއާއި، އައިސީޓީ ދާއިރާއިން ޒުވާނުން ތަމްރީން ކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ.
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު
4 ފެބްރުއަރީ 2021 | ބުރާސްފަތި 09:20
Writer Profile Picture
ލައިޝާ އަހްމަދު
ޚިދުމަތް ދެމުން މިއައީ، ސިވިލް ސަރވިސްގެ އެންމެ މުވައްޒަފެއްގެ މުސާރަވެސް އުނިނުކޮށް: ރައީސް

ރައީސް ވިދާޅުވީ، ސަރުކާރުން ޚިދުމަތް ދެމުން އައިސްފައިވަނީ ސިވިލް ސަރވިސްގެ އެންމެ މުވައްޒަފެއްގެ މުސާރަވެސް އުނިނުކޮށް އަދި އެންމެ މުވައްޒަފަކުވެސް ވަޒީފާއިން ވަކިނުކޮށް ކަމަށް، އަދި އެތައް ދިވެހިންނެއްގެ ވަޒީފާ ސަލާމަތް ކުރައްވައި، ވިޔަފާރިތައް ބަނގުރޫޓުވިޔަ ނުދީ ހިފެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނުކަން ރައީސް ފާހަގަ ކުރެއްވި

4 ފެބްރުއަރީ 2021 | ބުރާސްފަތި 09:18