އެމެރިކާގެ ރިޔާސީ އިންތިޚާބު 2020
އެމެރިކާގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ފަހުގެ މައުލޫމާތުތައް

އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަނީ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި، ޑިމޮކްރަޓިކް ކެނޑިޑޭޓް ޖޯ ބައިޑެން
ޓްރަމްޕުގެ ވެރިކަމުގައި އެމެރިކާއާ ގާތް ގުޅުމެއް ބޭއްވި ލީޑަރުންވެސް ބައިޑެންއަށް މަރުޙަބާ ވިދާޅުވަނީ
އިންތިޚާބީ ރައީސަކަށް ޖޯ ބައިޑެން ހޮވިވަޑައިގަތުމާއެކު އެމެރިކާގެ ގާތް ޤައުމުތަކުގެ ލީޑަރުން ވަނީ ބައިޑެން އަށް މަރުޙަބާ ވިދާޅުވެފައި، އޭގެ ތެރޭގައި ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމުގައި އެމެރިކާއާ ގާތް ގުޅުމެއް ބޭއްވި ލީޑަރުންވެސް ހިމެނޭ، އެގޮތުން ޖަރމަނީ، ކެނެޑާ، ފްރާންސް، ފަދަ ޤައުމުތަކުގެ ލީޑަރުން ވަނީ ބައިޑެން ކާމިޔާބުވެވަޑައިގަތުމާއެކު މަރުޙަބާ ވިދާޅުވެފައި،
އެމެރިކާގެ ފުރަތަމަ އަންހެން ނައިބް ރައީސް ކަމަލާ ހެރިސް: "ވަރަށް ގިނަ މަސައްކަތް އެބަހުރި، ފަށަމާ!"
ބައިޑެން އިންތިޚާބު ކާމިޔާބު ވުމާ ގާތަށް

ޕެންސިލްވޭނިއާގެ ވޯޓުން ކުރީގައި އުޅުއްވަނީ ބައިޑެން
ބީބީސީގައި ރިޕޯޓް ކޮށްފައިވާ ގޮތުން ޕެންސިލްވޭނިއާގެ ވޯޓުން ކުރީގައި އުޅުއްވަނީ ޖޯ ބައިޑެން، ބައިޑެން އަށް ޕެންސިލްވޭނިއާއިން ކުރި ހޯދިއްޖެނަމަ އިންތިޚާބު ކާމިޔާބުވާނެ ކަން ޔަޤީންވާނެކަމަށް ބީބީސީގައި ރިޕޯޓް ކޮށްފައިވޭ،
އޭގެ އިތުރުން، ޖޯޖިއާގެ ވޯޓުތަކުންވެސް ކުރި ހޯއްދަވާފައިވަނީ ބައިޑެން
ވޯޓުގެ ނަތިޖާ އަދާހަމަ: ބައިޑެން 264، ޓްރަމްޕް 214
އެންމެ ފަހުގެ ނަތީޖާތައް ދައްކާގޮތުން ބައިޑެން އަށް ވަނީ 264 އިލެކްޓޯރަލް ވޯޓު ލިބިވަޑައިގެންފައި، އަދި ޓްރަމްޕަށް ލިބިވަޑައިގެންފައިވަނީ 214 ވޯޓު.
އަލްޖަޒީރާގައި ރިޕޯޓް ކޮށްފައިވާ ގޮތުން އަލްސްކާ، ޖޯޖިއާ، ޕެންސިލްވޭނިއާ، ނެވަޑާ އަދި ނޯތް ކެރޮލީނާ ފަދަ ކީ ސްޓޭޓް ތަކުގެ ނަތީޖާތައް އަދިވެސް ދަނީ ގުނަމުން،
މިޗިގަން އާއި ވިސްކޮންސިންގެ ނަތީޖާތައްވެސް ބައިޑެންގެ ކޮޅަށް، ޓްރަމްޕް ރަތަށް!
ޓްރަމްޕަށް މިޗިގަންއާއި ވިސްކޮންސިންގެ ނަތީޖާ ކާމިޔާބު ކުރެވޭނެ ކަމަށް މީގެ ކުރިން އަންދާޒާ ކުރެވިފައިވޭ، އަދި އެމަނިކުފާނުގެ ކެމްޕޭން ޓީމުންވެސް ތިބީ އެގޮތަށް ޔަޤީން ކޮށްގެން،
އެހެން ނަމަވެސް ފަހުގެ ނަތީޖާތައް ދައްކާ ގޮތުން މިޗިގަންގެ ގިނަ ވޯޓު ކާމިޔާބު ކުރައްވަމުން ގެންދަވަނީ ބައިޑެން ކަމަށް ބީބީސީގައި ރިޕޯޓް ކޮށްފައިވޭ، އަދި އެމެރިކާގެ މީޑީއާތަކުން ރިޕޯޓް ކުރާ ގޮތުން ވިސްކޮންސިންގެ ނަތީޖާތައްވެސް ހުރީ ބައިޑެންއާ އެއްކޮޅަށް، އެއާއެކު، ޕެންސިލްވޭނިއާގެ ނަތީޖާތައް ކާމިޔާބުވެއްޖެނަމަ ބައިޑެންއަށް އިންތިޙާބު ކާމިޔާބު ވާނެކަން ޔަޤީން ކުރެވޭނެ ކަމަށް ބީބީސީގައި ވަނީ ރިޕޯޓް ކޮށްފައި،
އެހެން ނަމަވެސް ޓްރަމްޕް ވިދާޅުވީ، ނަތީޖާ ޤަބޫލު ނުކުރައްވާ ކަމަށް އަދި ވޯޓު އޮޅުވާލާފައިވާ ކަމަށް،
ޕެންސިލްވޭނިއާގެ ވޯޓު ކާމިޔާބުވެއްޖެނަމަ ޓްރަމްޕަށް ކާމިޔާބުވުމުގެ ފުރުސަތު ބޮޑު؟
ބީބީސީގަައި ރިޕޯޓް ކޮށްފައިވާ ގޮތުން ޕެންސިލްވޭނިއާގެ 20 އިލެކްޓޯރަލް ވޯޓް ޓްރަމްޕް ކާމިޔާބު ކުރައްވައިފިނަމަ އެމަނިކުފާނު އިންތިޚާބުން ކާމިޔާބުވުމަށް އޮތް ފުރުސަތު ބޮޑުވާނެ، ސަބަބަކީ މިހާރު ލިިބިފައިވާ ވޯޓުގެ އިތުރުން ޕެންސިލްވޭނިއާގެ 20 ވޯޓާއެކު، އިތުރު 3 ސްޓޭޓެއްޮގެ ވޯޓު ޓްރަމްޕަށް ލިބުން ގާތް ކަމަށް ވުމުން، އެއީ ޖޯޖިއާ، ނޯތް ކެރޮލީނާ، ނެވަޑާ ނުވަތަ އެރިޒޯނާގެ ވޯޓު ޓްރަމްޕަށް ލިބިވަޑައިގަންނަވާނެ ކަމަށް ބެލެވޭ ކަމަށް އެނެލިސްޓުން އަންދާޒާ ކުރޭ.
ބައިޑެން އަށް ބަލާއިރު، މިޗިގަންވެސް ކާމިޔާބު ކުރައްވާނީ ބައިޑެން ކަމަށް މިހާރުގެ އަދަދުތަކުން ދަނީ ފެންނަމުން. އެއާއެކު، ނެވަޑާ އަދި އެރިޒޯނާގައިވެސް މިހާތަނަށް ޓްރަމްޕާ ދާދި ގާތް އަދަދަކަށް ވޯޓު ލިބިފައިވާ ކަމަށް ފަހުގެ ނަތީޖާތަކުން ދައްކާ،
އޭގެ އިތުރުން، ވިސްކޮންސިންގެ ނަތީޖާވެސް ބައިޑެންއަށް ކާމިޔާބު ކުރެވިދާނެ ކަމަށް ބެލެވޭ ކަމަށް އެސޯސިއޭޓެޑް ޕްރެސް އިން އަންދާޒާ ކުރޭ، ވުމާއެކު، މި ސްޓޭޓްތަކުގައި ކުރި ހޯދިއްޖެނަމަ ބައިޑެންއަށް ފަސޭހަ ކަމާއެކު 270 ވޯޓު ހޯދުމުގެ ފުރުސަތު ބޮޑު.
އަހަރުމެންނަކީ ދުޝްމަނުންނެއް ނޫން: ބައިޑަން
ބައިޑަންގެ ސަޕޯޓަރުންނަށް ނަމޫނާ ދެއްކުމަށް ގޮވާލާ ބައިޑަން ވިދާޅުވީ ވޯޓު ގުނުން ކުރިއަށްދާއިރު ވެސް މަސްލަހަތު އިސްކުރަން ޖެހޭ ކަމަށެވެ. އަދި އިންތިޚާބު ނިމުމުން
އުފެދިފައިވާ ނުތަނަވަސްކަމާއި ދެކޮޅުވެރި ކަމަށް ނިމުމަކަށް ގެންނާނެ ކަމަށް ބައިޑަން ވިދާޅުވިއެވެ.
އިންތިޚާބު ކާމިޔާބު ކުރެވޭ މިންވަރަށް ނަތީޖާ ފެންނަމުންދޭ- ބައިޑަން
އިންތިޚާބު ކާމިޔާބު ކުރެވޭ މިންވަރަށް ނަތީޖާ ފެންނަމުންދާ ކަމަށް ބައިޑަން ވިދާޅުވެއްޖެއެވެ.
ބައިޑަން މިހެން ވިދާޅުވީ އިންތިޚާބު ކުރިއަށްދާ ގޮތާ މެދު ގައުމާ މުޚާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ބައިޑަން ވިދާޅުވީ އިންތިޚާބު ކާމިޔާބު ކުރުމަށް ބޭނުންވާ 270 އިލެކްޓޯރަލް ވޯޓު ލިބޭނެކަން ކަށަވަރު ކަމަށާއި ތާއީދު ވަރަށް ބޮޑު ކަމަށެވެ. ނަމަވެސް ވޯޓު ގުނުން ކުރިއަށްދާއިރު، އިންތިޚާބު ކާމިޔާބުވެއްޖެކަން އިއުލާން ކުރަން ބޭނުން ނުވާ ކަމަށް ވިދާޅުވިއެވެ. ސަޕޯޓަރުންނަށް އިޝާރާތް ކުރައްވާ ބައިޑަން ވިދާޅުވީ އިންތިޚާބު ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށާއި، ހުރިހާ ކަމެއް ސުލްހަވެރިކޮށް ކުރިއަށް ގެންދިއުމަށް އެދޭ ކަމަށެވެ.
އޮބާމާގެ ރިކޯޑް ބައިޑަން މުގުރާލައިފި
އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ދައްކާ ގޮތުން ކުރީގައި އޮތީގައި ބައިޑަންއެވެ. އެގޮތުން މިހާތަނަށް ބައިޑަންއަށް 70،427،609 ވޯޓު ލިބިފައިވެއެވެ. ނަމަވެސް 2018 ވަނަ އަހަރުގެ އިންތިޚާބުގައި އޮބާމާއަށް ލިބިފައިވަނީ 69،498،516 ވޯޓެވެ. މިއީ އެމެރިކާގައި އެންމެ ގިނަ މީހުން ވޯޓުލުމަށް ނުކުތް ފަހަރު ކަމަށް މީޑިއާތަކުގައި ބުނެފައިވެއެވެ.
ޕެންސަލްވޭނިއާގެ ވޯޓު ގުނުން ވަގުތީ ގޮތުން ހުއްޓާލުމުގެ އަމުރަކަށް އެދި ކޯޓަށް ހުށަހަޅައިފި
އިންތިޚާބުގައި ބޮޑެތި އޮޅުވާލުންތަކެއް ވާކަމުގެ ތުހުމަތުކޮށް، ޕެންސަލްވޭނިއާ ވޯޓު ގުނުން ވަގުތީ ގޮތުން ހުއްޓާލުމުގެ އަމުރަކަށް އެދި ސްޕްރިމްކޯޓަށް ހުށަހަޅައިފިއެވެ.
ޓްފަންޕްގެ ޑެޕިއުޓީ ކެންޕޭން މެނޭޖަރު ވިދާޅުވީ ޕެންސަލްވޭނިއާ ވޯޓު ގުނުން ކުރިއަށްދަނީ ހާމަކަން ކުޑަ ގޮތަކަށް ކަމަށާއި، ނަތީޖާ ގަބޫލު ނުކުރާ ކަމަށެވެ. ވޯޓު ގުނުން ކުރިއަށްދާ ގޮތާމެދު ވަނީ ސުވާލު އުފައްދަވާފައެވެ.
ވައިޓްހައުސް ކުރިމަތީގައި މުޒަހާރާ ކުރަން ފަށައިފި
އެމެރިކާގެ ރިޔާސީ އިންތިޚާބު ކުރިއަށްދާ ގޮތާ މެދު ހިތްހަމަ ނުޖެހިގެން ބައެއް މީހުން ވައިޓް ހައުސް ކުރިމަތީގައި މުޒަހާރާ ކުރަން ފަށައިފިއެވެ. ވައިޓްހައުސްގެ ކުރިމައްޗަށް އެއްވެފައިވަނީ ޓްރަންޕްގެ ސަޕޯޓަރުން ކަމަށް ބޭރުގެ ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ. މިމުޒާހަރާގައި ބައެއް މީހުންނަށް ވަނީ އަނިޔާ ވެސް ވެފައެވެ.
ވޯޓު އޮޅުވާލާކަމުގެ ތުހުމަތު ކުރައްވާ، މައްސަލަ ސުޕްރީމް ކޯޓަށް ވައްދާނެކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
އިންތިހާބުގައި ބޮޑެތި އޮޅުވާލުންތަކެއް ވާކަމުގެ ތުހުމަތުކޮށް، މައްސަލަ ސުޕްރީމް ކޯޓަށް ވައްދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެ
ވޯޓުގެ ނަތީޖާ އަދާހަމަ: ބައިޑެން އަށް 220، ޓްރަމްޕަށް 213
އެމެރިކާގެ 50 ސްޓޭޓް ގެ ތެރެއިން 40 ސްޓޭޓްގެ ނަތީޖާ މިހާރު ވަނީ އާންމު ކޮށްފައި، އެގޮތުން ބައިޑެން އަށް 220 ވޯޓު އަދި ޓްރަމްޕަށް 213 ވޯޓު ލިބިފައިވާ ކަމަށް ބީބީސީގެ އެންމެ ފަހުގެ މައުލޫމާތުތަކުން ދައްކާ
ބައިޑެން ވިދާޅުވަނީ އުއްމީދު ދޫކޮށް ނުލުމަށް
އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޖޯ ބައިޑެން ވިދާޅުވަނީ އުއްމީދު ދޫކޮށް ނުލުމަށް، އަދި އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް.
އެރިޒޯނާ ބެޓްލް ގްރައުންޑް ސްޓޭޓަކަށް؟
އެރިޒޯނާ ބެޓްލް ގްރައުންޑް ސްޓޭޓަކަށް ވެފައިވާ ކަމަށް ބީބީސީ އިން ވަނީ ބުނެފަ، އެގޮތުން 2016 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރިޕަބްލިކަން ސްޓޭޓެއްގެ ގޮތުގައި އޮތް އެރިޒޯނާއިން މިފަހަރު ޑިމޮކްރެޓް ބައިޑެން އަށް ވޯޓު ލިބިދާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ވެސް ވަނީ ބުނެފަ.
ވޯޓުގެ ނަތީޖާ އަދާހަމަ: ބައިޑެން އަށް 205، ޓްރަމްޕަށް 165
އެމެރިކާގެ 50 ސްޓޭޓް ގެ ތެރެއިން 35 ސްޓޭޓްގެ ނަތީޖާ މިހާރު ވަނީ އާންމު ކޮށްފައި، އެގޮތުން ބައިޑެން އަށް 205 ވޯޓު އަދި ޓްރަމްޕަށް 165 ވޯޓު ލިބިފައިވާ ކަމަށް ބީބީސީގެ އެންމެ ފަހުގެ މައުލޫމާތުތަކުން ދައްކާ
ވޯޓުގެ ނަތީޖާ އަދާހަމަ: ބައިޑެން އަށް 89، ޓްރަމްޕަށް 54
އެމެރިކާގެ 50 ސްޓޭޓް ގެ ތެރެއިން 16 ސްޓޭޓްގެ ނަތީޖާ މިހާރު ވަނީ އާންމު ކޮށްފައި، އެގޮތުން ބައިޑެން އަށް 89 ވޯޓު އަދި ޓްރަމްޕަށް 54 ވޯޓު ލިބިފައިވާ ކަމަށް ބީބީސީގެ އެންމެ ފަހުގެ މައުލޫމާތުތަކުން ދައްކާ
ފްލޮރިޑާ އަދި ޕެންސިލްވޭނިއާގެ ވޯޓު ނުލާވެސް އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް ޑިމޮކްރަޓުން ބުނެފި
އެމެރިކާގައި މިހާރު ކުރިއަށްދާ ރިޔާސީ އިންތިހާބުގައި ފްލޮރިޑާ އަދި ޕެންސިލްވޭނިއާގެ ވޯޓު ނުލާވެސް އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް ޑިމޮކްރަޓިކް ކެނޑިޑޭޓް ޖޯ ބައިޑަންގެ ކެމްޕެއިން އޮފީހުން ބުނެފިއެވެ.
ބައިޑަންގެ ކެމްޕެއިން އޮފީހުން ވަނީ ވޯޓު ލުމުގެ ދުވަސް އައުމުގެ ކުރިންވެސް އަރލީ ވޯޓިންގެ ސަބަބުން ބައިޑަން އޮތީ އަށް ޕޮއިންޓުގެ ފަރަގުން ކުރީގައި ކަމަށެވެ.
އަންނަ އަހަރު ވެގެންދާނީ އެމެރިކާގެ ތާރިހުގައިވެސް އިގްތިސާދީ ގޮތުން އެންމެ ރަނގަޅު އަހަރަށް: ޓްރަމްޕް
އެމެރިކާގެ ރައްޔިތުންނަށް ވޯޓުލުމަށް ގޮވާލާ ޑޮނާލްޑް ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވަނީ އެމަނިކުފާނުގެ ވެރިކަމުގައި އަންނަ އަހަރު ވެގެންދާނީ އެމެރިކާގެ ތާރީހުގައިވެސް އިގްތިސާދީ ގޮތުން އެންމެ ރަނގަޅު އަހަރުކަމަށް ވިދާޅުވެފައެވެ.
ޖޯ ބައިޑަން އަދި ކަމާލާ ހެރިސް އެމެރިކާގެ ރައްޔިތުންނަށް ވޯޓުލުމަށް ތަކުރާރުކޮށް ހަދާންކޮށްދެއްވަނީ!
މިހާރު ކުރިއަށްދާ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް އިންތިހާބުގެ ޑިމޮކްރަޓިކް ކެނޑިޑޭޓުން އެގައުމުގެ ރައްޔިތުންނަށް ވޯޓުލުމަށް ހަދާންކޮށްދީ ވޯޓުލުމަށް ގޮވާލާފައެވެ.
އެގޮތުން ޑިމޮކްރަޓިކް ކެނޑިޑޭޓްގެ ގޮތުގައި އެމެރިކާގެ ރައީސް ކަމުގެ މަގާމަށް ކުރިމަތިލައްވާ ޖޯބައިޑަން ވަނީ އެގައުމުގެ ޑިމޮކްރަސީ މިހާރު މިއޮތީ ނާޒުކު ފައްތަރެއްގައި ކަމަށާއި އަރލީ ވޯޓިން ގައި ވޯޓުނުލައްވާ ފަރާތްތަކުން މިހާރު ވޯޓުލުމަށް އިލްތިމާސް ކުރައްވާ މިއީ ވޯޓުލުމަށް ލިބޭނެ އެންމެ ފަހު ފުރުސަތުކަން ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ޑިމޮކްރަޓިކް ކެނޑިޑޭޓުގެ ގޮތުގައި އެމެރިކާގެ ނައިބު ރައީސް ކަމަށް ކުރިމަތިލައްވާ ކަމާލާ ހެރިސް ވަނީ އަދި ވޯޓު ލުމުގެ ދުވަސް ނުނިމޭ ކަމަށާއި ވޯޓު ނުލާ ހުރިހާ މީހުންވެސް ވޯޓުލުމަށް ގޮވާލާފައެވެ.
ޓްރަމްޕް އަކީ ކްރިމިނަލް ޖަސްޓިސް ރިފޯމްގެ ރައީސް: ވައިޓް ހައުސް
އެމެރިކާގެ މިހާރުގެ ރައީސް ޑޮނާލްޑް ޓްރަމްޕް އަކީ ކްރިމިނަލް ޖަސްޓިސް ރިފޯމްގެ ރައީސް ކަމަށް އެގައުމުގެ ވައިޓް ހައުސް އިން ބުނެފިއެވެ.
ވައިޓް ހައުސް އިން ބުދަ ދުވަހު ކޮށްފައިވާ ޓްވީޓްގައިވާ ގޮތުން ޓްރަމްޕް ދަނީ އާންމުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތް ކުރަމުންނެވެ. އަދި މި މަސައްކަތުގައި އެމެރިކާގެ އަދުލު އިންސާފުގެ ނިޒާމް އެގައުމުގެ ހުރިހާ ރައްޔިތުންނަށް ހަމަ ހަމަ ގޮތުގައި އިންސާފު ގާއިމް ކޮށްދީ ދެވަނަ ފުރުސަތަކަށް އެދޭ މީހުންނަށް އެ ފުރުސަތު ފޯރުކޮށްދިނުމަށް ޓްރަމްޕް ދަނީ މަސައްކަތްކުރަމުންނެވެ.
އެމެރިކާގެ ރައްޔިތުންނަށް ގޮތްނޭގެ ފޯނު ކޯލްތަކެއް، އިންތިހާބު ހެކްކުރި ކަމުގެ އެއްވެސް ހެއްކެއް ނެތް
އެމެރިކާގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން މިހާރު ކުރިއަށް ދާއިރުގައި އެގައުމުގެ ގިނަ ރައްޔިތުންތަކަކަށް ވޯޓުލާން ނުގޮސް ގޭގައި މަޑުކުރުމަށް ބުނެ ގޮތް ނޭގޭ ފޯނުކޯލުތަކެއް އައިސްފައިވާ ކަމަށް އެގައުމުގެ އިންތިހާބީ އޮފިޝަލުން އަދި އިންތިހާބުގައި ވާދަކުރާ ޕާޓީތަކުގެ އޮފިޝަލުން ބުނެފިއެވެ.
މި އިންތިހާބުގައި ވޯޓުލާނެ ކަމަށް ގަބޫލުކުރެވުނު މީހުންގެ ތެރެއިން 50 އިންސައްތަ އަށް ވުރެ ގިނަ މީހުން މިހާތަނަށް ވޯޓު ލާފައިވާ އިރު، މިފަދަ ފޯނުކޯލު ތަކާއި އެކު ވެސް އިންތިހާބަށް ބާރު ފޯރުވުމަށް ނުވަތަ އިންތިހާބު ހެކްކުރުމުގެ މަސައްކަތް އަދި އެއްވެސް ފަރާތަކުން ކޮށްފައި ނުވާކަމަށް އިންތިހާބުގެ ކަންކަން ބެލެހެއްޓުމާއި ހަވާލުވެފައިވަ ޑިޕާޓްމެންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީގެ އޮފިޝަލަކު ވަނީ ބުނެފައެވެ. އެހެން ނަމަވެސް އަދި ހަމަޖެހިގެން ތިބެވެން ނެތް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
ޓްރަމްޕާއި ބައިޑެން އިންތިޚާބު ދުވަސް ހޭދަ ކުރައްވަމުން ގެންދަވަނީ މިގޮތަށް!
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކެމްޕޭން ހަރަކާތްތަކަށް ފަހު މިވަގުތު ހުންނެވީ ވައިޓްހައުސްގައި، ވައީތްހައުސްއާ ޙަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި ޓްރަމްޕް ގެންދަވަނީ އިލެކްޝަނާ ގުޅޭ ކަވަރޭޖް ބައްލަވައި، އެކި ފަރާތްތަކަށް އިންޓަރވިއުތައް ދެއްވަމުން، ފާއިތުވި 3 ދުވަހުވެސް އެމަނިކުފާނު ވަނީ 14 ކެމްޕޭން ރެލީ ކުރިއަށް ގެންގޮސްފައި، \
ބައިޑެން ޑެލަވަރ ގައި އިންޓަރވިއުއެއް ދެއްވާ ގޮތަށް ވަނީ ހަމަޖެހިފައި، އެއަށްފަހު އަނބިކަނބަލުން ޖިލް ބައިޑެން އާ، ރަނިންގ މޭޓް ކެމިލާ ހެރިސް އަދި ކެމިލާގެ ފިރިކަލުންނާއެކު އެ ހަރަކާތުގައި ފެނިވަޑައިގަންނަވާނެ.
ޓްރަމްޕްގެ އޮފީހުގައި އެމަނިކުފާނަށް ހިތްވަރު ދިނުމާއި ދުއާ ކުރުން!

ވާރމޮންޓް ގެ އިންތިޙާބީ މަރުކަޒުތައް ހުޅުވާލައި ވޯޓު ލާން ފަށައިފި
ވާރމޮންޓް ގެ އިންތިޙާބީ މަރުކަޒުތައް ހުޅުވާލައި ވޯޓު ލާން ފަށައިފި، އެގޮތުން ވޯޓު ލާން ފަށާފައިވަނީ ޖީއެމްޓީ ގަޑިން 1000 ގައި، 1992ން ފެށިގެން ވާރމޮންޓުގެ ނަތީޖާ ކާމިޔާބު ކުރަމުން ދިޔައީ ޑިމޮކްރެޓުން، އެހެން ނަމަވެސް 2016 ވަނަ އަހަރުގެ އިންތިޚާބުން އެ ސްޓޭޓް ކާމިޔާބު ކުރެއްވީ ޓްރަމްޕް،
ޑިކްސްވިލް ނޮޗްގެ ނަތީޖާ ބައިޑެންއަށް ކާމިޔާބުވުން- މުޅި އުމުރު ރިޕަބްލިކަންއަށް ތާއީދު ކުރި މީހުންވެސް މިފަހަރު ބައިޑެންއަށް!
ނިއު ހެމްސްފިޔަރ ގެ ޑިކްސްވިލް ނޮޗްގެ ނަތީޖާއިން ދައްކާ ގޮތުން އެތަނުގެ 5 ވޯޓުވެސް ބައިޑެންއަށް ލިބިފައިވާއިރު، އާންމުންގެ ފަރާތުން ބައިޑެންއަށް ބޮޑު ތަރުޙީބެއް އޮތް ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓް ކުރޭ، އެގޮތުން މުޅި އުމުރުގައިވެސް ޓްރަމްޕް ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަންއަށް ތާއީދު ކުރި ލެސް އޮޓަން ބުނީ، މިފަހަރު ބަދަލަކަށް އެދޭ ކަމަށާއި، އޭނާ ވޯޓު ދެއްވީ ޑިމޮކްރަޓިކް ޕާޓީގެ ކެނޑިޑޭޓް ޖޯ ބައިޑެންއަށް ކަމަށް!
ކެމްޕޭނަށް ފަހު ޓްރަމްޕް މިހާރު ހުންނެވީ ވައިޓްހައުސްގައި
ކެމްޕޭނަށް ފަހު ޓްރަމްޕް މިހާރު ހުންނެވީ ވައިޓްހައުސްގަ, އަދި ޖޯ ބައިޑެން ހުންނެވީ ހޯމް ޓައުން ކަމަށްވާ ޕެންސިލްވޭނިއާގައި،
ލޭޑީ ގާގާވެސް ތާއީދު ކުރަނީ ބައިޑެން އަށް!
ލަވަކިއުންތެރިޔާ ލޭޑީ ގާގާ ވެސް ވަނީ ޖޯ ބައިޑެން އަށް ތާއީދު ކުރައްވާފައި، އެގޮތުން ހޯމަ ދުވަހު ޕެންސިލްވޭނިއާގައި ކުރިއަށްދިޔަ ކެމްޕޭން ހަރަކާތުގައި ލޭޑީ ގާގާ ވަނީ ބައިވެރިވެފައި، އަދި ޖޯ ބައިޑެންއަށް ވޯޓު ދިނުމަށް އެދިފައިވޭ،
އެކަމާ ގުޅިގެން ރައީސް ޓްރަމްޕް ވަނީ ކެމްޕޭން ގައި ހުންނަވައި ލޭޑީ ގާގާއަށް އަމާޒު ކުރައްވައި ލޭޑީ ގާގާއާ ބެހޭ ވަރަށް ގިނަ ކަންކަން އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ.
އެމެރިކާގެ 50 ސްޓޭޓެއްގެ ވޯޓުލާ، 9 ޓައިމް ޒޯންއެއް!
އެމެރިކާގެ ރިޔާސީ އިންތިޚާބުގައި 50 ސްޓޭޓަކުން ވޯޓުލާއިރު، 9 ޓައިމް ޒޯން ހިމެނޭ، އެއާއެކު އެކި ޓައިމްޒޯންތަކުގެ ވޯޓުލާ މަރުކަޒުތައް ހުޅުވާނީ މިއަދުގެ އެކި ގަޑިތަކުގައި، ނިއު ހެމްސްފިއަރ ފަދަ ބައެއް ސްޓޭޓް ތަކުގައި މިހާރު ވަނީ ވޯޓުލާ ގަޑި ޖެހި ވޯޓުލާންވެސް ފަށާފައި، ބެލެވޭ ގޮތުގައި އެންމެ ފުރަތަމަ ގުނަން ފަށާނީ އިރުމަތީ ސްޓޭޓް ތަކުގެ ވޯޓު ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓް ކުރޭ، އެގޮތުން އެ ސްޓޭޓް ތަކުގައި ޖީއެމްޓީ ގަޑިން 1000 ގައި ވަނީ ވޯޓު ލާން ފަށާފައި.
ވޯޓު ގުނަން ފަށާނެ ކަމަށް ބެލެވޭ ގަޑިތައް:
ވޯޓުގެ ނަތީޖާތައް: ޑިކްސްވިލް ނޮޗްގެ 5 ވޯޓުވެސް ބައިޑެން އަށް!
ޑިކްސްވިލް ނޮޗް ގެ ނަތީޖާ އެންމެ ކުރިން ހާމަ ކޮށްފައިވާއިރު، އެތަނުގެ 5 ވޯޓުވެސް ކާމިޔާބު ކުރައްވާފައިވަނީ ޖޯ ބައިޑެން،
ޓްރަމްޕް- ބައިޑެން: ކެމްޕޭނުގެ ފަހު ސްޕީޗްގައި ރައްޔިތުންނަށް އެތައް ވައުދެއް!
އެމެރިކާގެ ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރުމުގެ ފަހު ވަގުތުކޮޅުގައި ދެ ކެނޑިޑޭޓުންވެސް ވަނީ ފޯރިއާއެކު ކެމްޕޭން ކުރިއަށް ގެންގޮސްފައި. އެގޮތުން ހޯމަ ދުވަހު ބައިޑެން ވަނީ ޕެންސިލްވޭނިއާ އަދި އޮހިއޯގައި ފަހު ކެމްޕޭން ކުރައްވާފައި. އަދި ޓްރަމްޕް ވަނީ ވިސްކޮންސިން، މިޗިގަން، ނޯރތް ކެރޮލީނާ އަދި މިޗިގަންގައި ކެމްޕޭން ކުރައްވާފައި.
ޓްރަމްޕް އެންމެ ފަހުން ކެމްޕޭން ސްޕީޗް ދެއްވާފައިވަނީ މިޗިގަންގެ ގްރޭންޑް ރެޕިޑްސްގައި، އެގޮތުން މައިގަނޑު ގޮތެއްގައި ދެއްކެވި ވާހަކަފުޅަކީ އެމެރިކާގެ އިޤްތިސާދު ހުޅުވާލުމުގެ ވާހަކައާއި، އިދިކޮޅު ކެނޑިޑޭޓުގެ ނާޤާބިލު ކަމުގެ ވާހަކަފުޅު. އަދި މިޗިގަންގެ ވޯޓުތައް ބޮޑު އަޢުލަބިއްޔަތަކުން ކާމިޔާބު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވި.
ބައިޑެން އެންމެ ފަހު ކެމްޕޭން ސްޕީޗް ދެއްވާފައިވަނީ ޕެންސިލްވޭނިއާގެ ޕިޓްސްބަރގ ގައި. އެގޮތުން ބައިޑެން ވަނީ ކޮވިޑް ގެ ބަލިމަޑުކަމުން އަރައިގަތުމަށް ހަރުދަނާ ސިޔާސަތުތަކާއެކު މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައި
ހިޔާލު ހޯދުމުގެ ވޯޓުތަކުން ކުރީގައި އުޅެނީ ބައިޑެން
އެމެރިކާގައި ރިޔާސީ އިންތިޚާބުގެ ކުރިން ނެގި ޙިޔާލު ހޯދުމުގެ ވޯޓުތަކުގެ ނަތީޖާ ދައްކާ ގޮތުން ކުރީގައި އުޅެނީ ޑިމޮކްރެޓިކް ކެނޑިޑޭޓް ޖޯ ބައިޑެން، ބައިޑެން އަށް ތާއީދު ކުރައްވާކަން ހާމަ ކުރައްވައި އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާވެސް ވަނީ ކެމްޕެއިން ކުރައްވާފައި. އެހެން ނަމަވެސް އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ކަށަވަރުވާނީ އިލެކްޓޯރަލް ވޯޓު ގުނުމަށް ފަހު.
އާރލީ ވޯޓިންގ ގައި 99 މިލިއަން މީހުން ވޯޓު ލާފައިވޭ
އެމެރިކާގެ ރިޔާސީ އިންތިޚާބުގެ އާރލީ ވޯޓިންގ ގައި މިހާތަނަށް 99 މިލިއަނެއްހާ މީހުން ވަނީ ވޯޓު ލާފައި. މިއީ މިފަހަކުން އެންމެ ގިނަ އަދަދެއްގެ ބަޔަކު އެމެރިކާގައި އިންތިޚާބުގައި ވޯޓުލީ ފަހަރު ކަމަށް ރިޕޯޓްތައް ބުނޭ. އެންމެ ފަހުން އެމެރިކާގައި 2016 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ވޯޓުލާން ނިކުމެފައިވަނީ 69 އިންސައްތަ މީހުންނެވެ. މިފަހަރު ކުރިން ވޯޓުލުމުގެ މަރުހަލާގައި ވޯޓުލީ މީހުންގެ އަދަދާއެކު މިހާރުވެސް މިވަނީ މިފަހަރުގެ އިންތިޚާބުގައި 69 އިންސައްތައަށް ވުރެ ގިނަ މީހުން ވޯޓުލާފަ.