އެމެރިކާގެ ރިޔާސީ އިންތިޚާބު 2020

  • ޓްރަމްޕްގެ އޮފީހުގައި އެމަނިކުފާނަށް ހިތްވަރު ދިނުމާއި ދުއާ ކުރުން!
  • ވާރމޮންޓް ގެ އިންތިޙާބީ މަރުކަޒުތައް ހުޅުވާލައި ވޯޓު ލާން ފަށައިފި
  • ޑިކްސްވިލް ނޮޗްގެ ނަތީޖާ ބައިޑެންއަށް ކާމިޔާބުވުން- މުޅި އުމުރު ރިޕަބްލިކަންއަށް ތާއީދު ކުރި މީހުންވެސް މިފަހަރު ބައިޑެންއަށް!
 
Writer Profile Picture
ލައިޝާ އަހްމަދު
ޓްރަމްޕްގެ އޮފީހުގައި އެމަނިކުފާނަށް ހިތްވަރު ދިނުމާއި ދުއާ ކުރުން!
ރިޔާސީ އިންތިޚާބުގެ ވޯޓު ލުމުގެ ފަހު ދުވަހު ޓްރަމްޕްގެ އަރިސް ބޭފުޅުން އެމަނިކުފާނަށް ހިތްވަރު ދެއްވަނީ
3 ނޮވެންބަރ 2020 | އަންގާރަ 15:11
Writer Profile Picture
ލައިޝާ އަހްމަދު
ވާރމޮންޓް ގެ އިންތިޙާބީ މަރުކަޒުތައް ހުޅުވާލައި ވޯޓު ލާން ފަށައިފި

ވާރމޮންޓް ގެ އިންތިޙާބީ މަރުކަޒުތައް ހުޅުވާލައި ވޯޓު ލާން ފަށައިފި، އެގޮތުން ވޯޓު ލާން ފަށާފައިވަނީ ޖީއެމްޓީ ގަޑިން 1000 ގައި، 1992ން ފެށިގެން ވާރމޮންޓުގެ ނަތީޖާ ކާމިޔާބު ކުރަމުން ދިޔައީ ޑިމޮކްރެޓުން، އެހެން ނަމަވެސް 2016 ވަނަ އަހަރުގެ އިންތިޚާބުން އެ ސްޓޭޓް ކާމިޔާބު ކުރެއްވީ ޓްރަމްޕް،

3 ނޮވެންބަރ 2020 | އަންގާރަ 15:04
Writer Profile Picture
ލައިޝާ އަހްމަދު
ޑިކްސްވިލް ނޮޗްގެ ނަތީޖާ ބައިޑެންއަށް ކާމިޔާބުވުން- މުޅި އުމުރު ރިޕަބްލިކަންއަށް ތާއީދު ކުރި މީހުންވެސް މިފަހަރު ބައިޑެންއަށް!

ނިއު ހެމްސްފިޔަރ ގެ ޑިކްސްވިލް ނޮޗްގެ ނަތީޖާއިން ދައްކާ ގޮތުން އެތަނުގެ 5 ވޯޓުވެސް ބައިޑެންއަށް ލިބިފައިވާއިރު، އާންމުންގެ ފަރާތުން ބައިޑެންއަށް ބޮޑު ތަރުޙީބެއް އޮތް ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓް ކުރޭ، އެގޮތުން މުޅި އުމުރުގައިވެސް ޓްރަމްޕް ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަންއަށް ތާއީދު ކުރި ލެސް އޮޓަން ބުނީ، މިފަހަރު ބަދަލަކަށް އެދޭ ކަމަށާއި، އޭނާ ވޯޓު ދެއްވީ ޑިމޮކްރަޓިކް ޕާޓީގެ ކެނޑިޑޭޓް ޖޯ ބައިޑެންއަށް ކަމަށް!

3 ނޮވެންބަރ 2020 | އަންގާރަ 14:56
Writer Profile Picture
ލައިޝާ އަހްމަދު
ކެމްޕޭނަށް ފަހު ޓްރަމްޕް މިހާރު ހުންނެވީ ވައިޓްހައުސްގައި

ކެމްޕޭނަށް ފަހު ޓްރަމްޕް މިހާރު ހުންނެވީ ވައިޓްހައުސްގަ, އަދި ޖޯ ބައިޑެން ހުންނެވީ ހޯމް ޓައުން ކަމަށްވާ ޕެންސިލްވޭނިއާގައި،

3 ނޮވެންބަރ 2020 | އަންގާރަ 14:50
Writer Profile Picture
ލައިޝާ އަހްމަދު
ލޭޑީ ގާގާވެސް ތާއީދު ކުރަނީ ބައިޑެން އަށް!

ލަވަކިއުންތެރިޔާ ލޭޑީ ގާގާ ވެސް ވަނީ ޖޯ ބައިޑެން އަށް ތާއީދު ކުރައްވާފައި، އެގޮތުން ހޯމަ ދުވަހު ޕެންސިލްވޭނިއާގައި ކުރިއަށްދިޔަ ކެމްޕޭން ހަރަކާތުގައި ލޭޑީ ގާގާ ވަނީ ބައިވެރިވެފައި، އަދި ޖޯ ބައިޑެންއަށް ވޯޓު ދިނުމަށް އެދިފައިވޭ،

އެކަމާ ގުޅިގެން ރައީސް ޓްރަމްޕް ވަނީ ކެމްޕޭން ގައި ހުންނަވައި ލޭޑީ ގާގާއަށް އަމާޒު ކުރައްވައި ލޭޑީ ގާގާއާ ބެހޭ ވަރަށް ގިނަ ކަންކަން އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ.

3 ނޮވެންބަރ 2020 | އަންގާރަ 14:44
Writer Profile Picture
ލައިޝާ އަހްމަދު
އެމެރިކާގެ 50 ސްޓޭޓެއްގެ ވޯޓުލާ، 9 ޓައިމް ޒޯންއެއް!

އެމެރިކާގެ ރިޔާސީ އިންތިޚާބުގައި 50 ސްޓޭޓަކުން ވޯޓުލާއިރު، 9 ޓައިމް ޒޯން ހިމެނޭ، އެއާއެކު އެކި ޓައިމްޒޯންތަކުގެ ވޯޓުލާ މަރުކަޒުތައް ހުޅުވާނީ މިއަދުގެ އެކި ގަޑިތަކުގައި، ނިއު ހެމްސްފިއަރ ފަދަ ބައެއް ސްޓޭޓް ތަކުގައި މިހާރު ވަނީ ވޯޓުލާ ގަޑި ޖެހި ވޯޓުލާންވެސް ފަށާފައި، ބެލެވޭ ގޮތުގައި އެންމެ ފުރަތަމަ ގުނަން ފަށާނީ އިރުމަތީ ސްޓޭޓް ތަކުގެ ވޯޓު ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓް ކުރޭ، އެގޮތުން އެ ސްޓޭޓް ތަކުގައި ޖީއެމްޓީ ގަޑިން 1000 ގައި ވަނީ ވޯޓު ލާން ފަށާފައި.

ވޯޓު ގުނަން ފަށާނެ ކަމަށް ބެލެވޭ ގަޑިތައް:

  1. ކަނެޓިކަޓް، އިންޑިއާނާ، ކެންޓަކީ، މެއިނޭ، ނިއު ޖަރސީ، ނިއުޔޯކް، ވަރޖީނިއާ: (ޖީއެމްޓީ ގަޑިން 1100 ގައި)
  2. ޑިލަވަރ، ޑިސްޓްރިކްޓް އޮފް ކޮލަމްބިއާ، ފްލޮރިޑާ، ޖޯޖިއާ، އިލްނޯސް، ލުއިޒިއާނާ، މިޗިގަން، މިސޫރީ، ޕެންސިލްވޭނިއާ، ރޯޑް އައިލެންޑް، ސައުތް ކެރޮލީނާ: (ޖީއެމްޓީ ގަޑިން 1200 ގައި)
  3. ކޮލޮރާޑޯ، މޮންޓަނާ، ނެބްރަސްކާ، ނިއު މެކްސިކޯ، ޔޫޓާ، ޔޯމިންގ (ޖީއެމްޓީ ގަޑިން 1400 ގައި)
  4. ކެލިފޯނިއާ، އިޑަހޯ، ނެވަޑާ (ޖީއެމްޓީ ގަޑިން 1500 ގައި)
3 ނޮވެންބަރ 2020 | އަންގާރަ 14:41
Writer Profile Picture
ލައިޝާ އަހްމަދު
ވޯޓުގެ ނަތީޖާތައް: ޑިކްސްވިލް ނޮޗްގެ 5 ވޯޓުވެސް ބައިޑެން އަށް!

ޑިކްސްވިލް ނޮޗް ގެ ނަތީޖާ އެންމެ ކުރިން ހާމަ ކޮށްފައިވާއިރު، އެތަނުގެ 5 ވޯޓުވެސް ކާމިޔާބު ކުރައްވާފައިވަނީ ޖޯ ބައިޑެން،

3 ނޮވެންބަރ 2020 | އަންގާރަ 13:51
Writer Profile Picture
ލައިޝާ އަހްމަދު
ޓްރަމްޕް- ބައިޑެން: ކެމްޕޭނުގެ ފަހު ސްޕީޗްގައި ރައްޔިތުންނަށް އެތައް ވައުދެއް!

އެމެރިކާގެ ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރުމުގެ ފަހު ވަގުތުކޮޅުގައި ދެ ކެނޑިޑޭޓުންވެސް ވަނީ ފޯރިއާއެކު ކެމްޕޭން ކުރިއަށް ގެންގޮސްފައި. އެގޮތުން ހޯމަ ދުވަހު ބައިޑެން ވަނީ ޕެންސިލްވޭނިއާ އަދި އޮހިއޯގައި ފަހު ކެމްޕޭން ކުރައްވާފައި. އަދި ޓްރަމްޕް ވަނީ ވިސްކޮންސިން، މިޗިގަން، ނޯރތް ކެރޮލީނާ އަދި މިޗިގަންގައި ކެމްޕޭން ކުރައްވާފައި.

ޓްރަމްޕް އެންމެ ފަހުން ކެމްޕޭން ސްޕީޗް ދެއްވާފައިވަނީ މިޗިގަންގެ ގްރޭންޑް ރެޕިޑްސްގައި، އެގޮތުން މައިގަނޑު ގޮތެއްގައި ދެއްކެވި ވާހަކަފުޅަކީ އެމެރިކާގެ އިޤްތިސާދު ހުޅުވާލުމުގެ ވާހަކައާއި، އިދިކޮޅު ކެނޑިޑޭޓުގެ ނާޤާބިލު ކަމުގެ ވާހަކަފުޅު. އަދި މިޗިގަންގެ ވޯޓުތައް ބޮޑު އަޢުލަބިއްޔަތަކުން ކާމިޔާބު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވި.

ބައިޑެން އެންމެ ފަހު ކެމްޕޭން ސްޕީޗް ދެއްވާފައިވަނީ ޕެންސިލްވޭނިއާގެ ޕިޓްސްބަރގ ގައި. އެގޮތުން ބައިޑެން ވަނީ ކޮވިޑް ގެ ބަލިމަޑުކަމުން އަރައިގަތުމަށް ހަރުދަނާ ސިޔާސަތުތަކާއެކު މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައި

3 ނޮވެންބަރ 2020 | އަންގާރަ 13:41
Writer Profile Picture
ލައިޝާ އަހްމަދު
ހިޔާލު ހޯދުމުގެ ވޯޓުތަކުން ކުރީގައި އުޅެނީ ބައިޑެން

އެމެރިކާގައި ރިޔާސީ އިންތިޚާބުގެ ކުރިން ނެގި ޙިޔާލު ހޯދުމުގެ ވޯޓުތަކުގެ ނަތީޖާ ދައްކާ ގޮތުން ކުރީގައި އުޅެނީ ޑިމޮކްރެޓިކް ކެނޑިޑޭޓް ޖޯ ބައިޑެން، ބައިޑެން އަށް ތާއީދު ކުރައްވާކަން ހާމަ ކުރައްވައި އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާވެސް ވަނީ ކެމްޕެއިން ކުރައްވާފައި. އެހެން ނަމަވެސް އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ކަށަވަރުވާނީ އިލެކްޓޯރަލް ވޯޓު ގުނުމަށް ފަހު.

3 ނޮވެންބަރ 2020 | އަންގާރަ 13:32
Writer Profile Picture
ލައިޝާ އަހްމަދު
އާރލީ ވޯޓިންގ ގައި 99 މިލިއަން މީހުން ވޯޓު ލާފައިވޭ

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ އާރލީ ވޯޓިންގ ގައި މިހާތަނަށް 99 މިލިއަނެއްހާ މީހުން ވަނީ ވޯޓު ލާފައި. މިއީ މިފަހަކުން އެންމެ ގިނަ އަދަދެއްގެ ބަޔަކު އެމެރިކާގައި އިންތިޚާބުގައި ވޯޓުލީ ފަހަރު ކަމަށް ރިޕޯޓްތައް ބުނޭ. އެންމެ ފަހުން އެމެރިކާގައި 2016 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ވޯޓުލާން ނިކުމެފައިވަނީ 69 އިންސައްތަ މީހުންނެވެ. މިފަހަރު ކުރިން ވޯޓުލުމުގެ މަރުހަލާގައި ވޯޓުލީ މީހުންގެ އަދަދާއެކު މިހާރުވެސް މިވަނީ މިފަހަރުގެ އިންތިޚާބުގައި 69 އިންސައްތައަށް ވުރެ ގިނަ މީހުން ވޯޓުލާފަ.

3 ނޮވެންބަރ 2020 | އަންގާރަ 13:26