އެސްޓީއޯ ސުޕަރމާކެޓާއި ގުދަން ޑީކޮންޓިމިނޭޝަން ކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށް މަބްރޫކް ވިދާޅުވި އެވެ. އީސްޓޯރުގެ ޚިދުމަތް މެދުކެނޑިފައި ވަނީ . ނަމަވެސް މާދަމާ އަލުން ޚިދުމަތް ދޭން ފަށާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
ފުވައްމުލައް ސިޓީ ކައުންސިލުން ބުނީ، ކޮވިޑް-19 ރާއްޖޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާތީ، އެސިޓީގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނާއި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުން ކައުންސިލަށް ލިބިދީފައިވާ ބާރުގެ ދަށުން، ބައެއް ފިޔަވަޅުތައް އަޅަން ނިންމާފައިވާ ކަމަށެވެ.
ސަރުކާރުގެ މައި ހޮސްޕިޓަލް ކަމަށްވާ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް(އައިޖީއެމްއެޗު)ގެ ހުރިހާ މުވައްޒަފުންވެސް މަސައްކަތް ކުރަމުންދަނީ، ކޮވިޑް-19 ވައިރަސްހުރި މީހަކު ކޮންމެ ވަގުތެއްގައިވެސް ހޮސްޕިޓަލަށް އައިސްދާނެ ކަމަށް ވިސްނައިގެން ކަމަށް އެ ހޮސްޕިޓަލިމް ބުނެފިއެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުންދާ 6 މީހުންގެ ތެރެއިން އެކަކު ޑީއެޗް-17 އަށް ބަދަލުކޮށްފި ކަމަށް އައިޖީއެމްއެޗްގެ ޑރ. މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ. އޭނާ އެ ފްލޯރ އަށް ބަދަލުކޮށްފައިވަނީ އޭނާގެ ހާލު ރަނގަޅުކަމަށް ފާހަގަކުރެވުމާއި އެކުއެވެ. ޑރ ވިދާޅުވީ އޭނާގެ ހަމައެކަނި މައްސަލައަކީ ލިވަރގައި ހުރި މައްސަލައެއް ކަމަށެވެ. އޭނާގެ އެއް ސާމްޕަލްގެ ނަތީޖާ ނެގެޓިވްކަމަށް ވެސް ވިދާޅުވިއެވެ. ދެވަނަ ސާމްޕަލްގެ ނަތީޖާ ޕެންޑިންގ ކަމަށް ވިދާޅުވިއެވެ.
އައިޖީއެމްއެޗް އަށް އައިސޮލޭޝަން އަށް 160 މީހުން ގެންދެވުނު ކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރ، ޑރ. އަލީ ނަޒީމް ވިދާޅުވެއްޖެއެވެ. ޑރ އަލީ ނަޒީމް ވިދާޅުވީ އޭގެ ތެރެއިން 60 މީހުން އެޑްމިޓްކޮށްގެން ފަރުވާދީފައިވާކަމަށެވެ.