ކޮވިޑް-19: އެންމެ ފަހުގެ

19,331,358
  • އިތުރު 10 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
  • ބޭނުންޖެހިއްޖެ ހާލަތެއްގައި ޓްރީޓޮޕް ބޭނުންކުރުމަށް 3 މަސްދުވަހުގެ އެމްއޯޔޫއެއްގައި ވަނީ ސޮއިކޮށްފައި
  • މާލޭގައި ތިބި ރަށްރަށުގެ މީހުންނަށް ރަށްރަށަށް ދިޔުމުގެ ކަންކަމާއި ގުޅޭ އިއުލާނެއް މާދަމާ ހާމަކުރާނެ
 
Writer Profile Picture
ޙުސައިން މަޚްތޫމް
އިތުރު 10 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
2 މެއި 2020 | ހޮނިހިރު 00:05
Writer Profile Picture
އާއިޝަތު ޝިއުރާ
ބޭނުންޖެހިއްޖެ ހާލަތެއްގައި ޓްރީޓޮޕް ބޭނުންކުރުމަށް 3 މަސްދުވަހުގެ އެމްއޯޔޫއެއްގައި ވަނީ ސޮއިކޮށްފައި

ސަރުކާރުން ބޭނުންޖެހިއްޖެ ހާލަތެއްގައި ޓްރީޓޮޕް ބޭނުންކުރުމަށް އެމްއޯޔޫއެއްގައި ވަނީ ސޮއިކޮށްފައިކަމަށް މަބްރޫކް ވިދާޅުވި އެވެ. އެ ހޮސްޕިޓަލް ބޭނުންކުރުމަށް ސަރުކާރުން ވަނީ އެދިފައެެވެ. ޓްރީޓޮޕްގައި ތިބި ބަލި މީހުން އައިޖީއެމްއެޗަށް ބަދަލުކުރުމަށް ވަނީ ހަމަޖެހިފައިކަމަށް މަބްރޫކް ވިދާޅުވި އެވެ.

1 މެއި 2020 | ހުކުރު 22:11
Writer Profile Picture
އާއިޝަތު ޝިއުރާ
މާލޭގައި ތިބި ރަށްރަށުގެ މީހުންނަށް ރަށްރަށަށް ދިޔުމުގެ ކަންކަމާއި ގުޅޭ އިއުލާނެއް މާދަމާ ހާމަކުރާނެ

މާލޭގައި ތިބި ރަށްރަށުގެ މީހުންނަށް ރަށްރަށަށް ދިޔުމާ ގުޅޭގޮތުން އެކުލަވާލާފައިވާ އުސޫލު މާދަމާ ޖެންޑަރ މިނިސްޓްރީން ހާމަކުރާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ. އެމީހުންގެ މައުލޫމާތު ވަނީ ޖެންޑަރ މިނިސްޓްރީން އެއްކޮށްފަ އެވެ.

1 މެއި 2020 | ހުކުރު 22:09
Writer Profile Picture
އާއިޝަތު ޝިއުރާ
ފަރުކޮޅުފުށިން 28 މީހަކު ބަނޑޮހަށް މިރޭ ބަދަލުކުރެވޭނެ

ފަރުކޮޅުފުށިން 28 މީހަކު މިރޭ ބަނޑޮހަށް ބަދަލުކުރާނެ ކަމަށާއި އެމީހުންނަކީ ހާލަތު ރަނގަޅު މީހުންކަމަށް މަބްރޫކް ވިދާޅުވި އެވެ.

1 މެއި 2020 | ހުކުރު 22:08
Writer Profile Picture
އާއިޝަތު ޝިއުރާ
ނ މަނަދޫ އަދި ހއ ތަކަންދޫ ވަނީ މޮނިޓަރިން އަށް ގެނެވިފައި

3 ރަށެއްގެ މޮނިޓަރިންގެ ހާލަތު ވަނީ އުވާލާފައި

1 މެއި 2020 | ހުކުރު 22:06
Writer Profile Picture
އާއިޝަތު ޝިއުރާ
މީހަކު ބަލިވާ ހިސާބުން ފަރުވާދޭން ފަށާނެ، ނަތީޖާ ލިބޭތޯ ނުބަލާނެ

މީހަކު ބަލިވާ ހިސާބުން ފަރުވާދޭން ފަށާނެ ކަމަށާއި ފަރުވާދޭން ފަށާނީ ޓެސްޓްގެ ނަތީޖާ ލިބުމުން ނޫންކަމަށް ޑރ އަފްޒަލް ވިދާޅުވި އެވެ.

30 އޭޕްރިލް 2020 | ބުރާސްފަތި 22:43
Writer Profile Picture
އާއިޝަތު ޝިއުރާ
އައިސޮލޭޝަންގައި އޮތް އެއްތާކުން 95 މީހުން ވަނީ ޕޮޒިޓިވްވެފައި

މިއަދު ޕޮޒިޓިވްވި 119 މީހުންގެ ތެރެއިން 95 މީހުންނަކީ އައިސޮލޭޓް ކޮށްފައިވާ އެއްތާކުން ޕޮޒިޓިވްވި މީހުން ކަމަށް މަބްރޫކް ވިދާޅުވި އެވެ. އަދި ކުރިޔަށް އޮތްތަނުގައި ޕޮޒިޓިވްވާ މީހުން އިތުރުވާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ. މީގެއިތުރުން ކުރިޔަށް އޮތްތަނުގައި ފާހަގަކުރެވޭ ވަކި ތަންތަނަށް އަމާޒުކޮށްގެން ޓެސްޓް ހަދާނެކަމަށް މަބްރޫކް ވިދާޅުވި އެވެ.

30 އޭޕްރިލް 2020 | ބުރާސްފަތި 22:23
Writer Profile Picture
އާއިޝަތު ޝިއުރާ
އަމާޒު ބޯޓުން އިތުރު 2 ކޮންޓެކްޓްސް ފެނިފައިވޭ

އަމާޒު ބޯޓު ކޭސް އާ ގުޅިގެން އިތުރު މީހަކު ޕޮޒިޓިވްވެފައި ނުވާކަމަށް ޑރ އަފްޒަލް ވިދާޅުވި އެވެ. އެހެންނަމަވެސް އިތުރު 2 ކޮންޓެކްޓްސް ފެނިފައިވާކަމަށް ޑރ އަފްޒަލް ވިދާޅުވި އެވެ.

30 އޭޕްރިލް 2020 | ބުރާސްފަތި 22:20
Writer Profile Picture
އާއިޝަތު ޝިއުރާ
ޑީއެޗް11 ގައި 6 މީހަކު އެބަތިބި

އެއީ 5 ދިވެހިންނާއި ބިދޭސީ އެއް. ފަސް ފިރިހެނުންނާއި އަންހެނެއް. އެންމެންގެ ހާލުވެސް ރަނގަޅުކަމަށް ޑރ އަފްޒަލް ވިދާޅުވި އެވެ.

30 އޭޕްރިލް 2020 | ބުރާސްފަތި 22:18
Writer Profile Picture
އާއިޝަތު ޝިއުރާ
އިންޑޮނޭޝިޔާއިން 11 މީހަކު ގެނައުމުގެ މަސައްކަތް އަންނަނީ ކުރަމުން

އިންޑޮނޭޝިޔާގައި ތިބި މީހުންގެ ތެރެއިން 11 މީހަކު ގެނައުމުގެ މަސައްކަތްކުރަމުންދާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

30 އޭޕްރިލް 2020 | ބުރާސްފަތި 22:16
Writer Profile Picture
އާއިޝަތު ޝިއުރާ
ތައިލެންޑުންނާއި ސިންގަޕޯރުން ސިއްހީ ސާމާނު މިރޭ ގެނެސްފައިވޭ

މީގެތެރޭގައި 5000 ޓެސްޓް ކިޓް

5000 މާސްކް ހިމެނޭ

30 އޭޕްރިލް 2020 | ބުރާސްފަތި 22:14
Writer Profile Picture
އާއިޝަތު ޝިއުރާ
ރޭ ނިޔާވި މީހާގެ ކަންކަން ހިނގާދިޔަ ގޮތް ދަނީ ބަލަމުން

އެމްއެޗްއޭގެ ދެ ޑްރައިވަރުން އެ ބިލްޑިންގ ގައި އުޅޭތީ އެ ބިލްޑިންގ މޮނިޓަރިން އަށް ލީ އޭޕްރީލް 21 ގައި

ކޭސް އައިޑެންޓިފައި ވެފައިވަނީ އޭޕްރީލް 25 ގައި

ކޭސް ޕްރައިމަރީ ކޮންޓެކްޓަށް ވަނީ ކޭސް 280 އާ އޭޕްރީލް 14 ގައި ދިމާވީމާ

27 ވަނަ ދުވަހު ސާމްޕަލް ނަގާފައިވަނީ. ސާމްޕަލްގެ ނަތީޖާ ލިބިފައިވަނީ ރޭ މެންދަމު 12 ޖަހާކަންހާއިރު

83 އަހަރުގެ އަންހެން މީހާއަކީ ދިގު މުއްދަތަކަށް ބޭސްކުރާ ބަލިތަކެއް ހުރި

އެޗްޕީއޭއަށް އިނގިފައިވަނީ 6:15 ހާއިރު ނޭވާލާން އުނދަގޫވާ ކަމަށް މައުލޫމާތު ދިނުމުން އައިޖީއެމްއެޗަށް ގެނައުމުގެ މަސައްކަތްކުރި. ހޮސްޕިޓަލަށް ގެނެވުނުއިރު އަންހެން މީހާ ވަނީ ނިޔާވެފައި.

އެމްބިޔުލަންސްގައި ތިބި ސްޓާފުންނަށް އެދެވެނީ މޮނިޓަރިންގ ގެ ހުރި ގެޔަކަށް ކަމަށް އެނގޭނެ. އޭގެން އެއްވެސް މީހަކު އައިސޮލޭޝަނަށް ގޮސްފައިނުވޭ. އެމީހުން ދިޔައީ ޕީޕީއީ އަޅައިގެން

ވަޅުލާފައި ވަނީ ތަޔައްމަމުކޮށްފައި

ނިޔާވި އަންހެން މީހާގެ ފިރިމީހާ ވަނީ ޕޮޒިޓިވްވެފައި. މިހާރު ފަރުވާ ދެމުންދަނީ ދަރުމަވަންތަ ހޮސްޕިޓަލްގައި. މިވަގުތު ހާލު ރަނގަޅު

- މަބްރޫކް އަޒީޒު

ޓާސްކް ފޯހުގެ ތަރުޖަމާނު-

30 އޭޕްރިލް 2020 | ބުރާސްފަތި 22:06
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮންޓެކްޓް ޓްރޭސިންގ ގައި 3501 މީހުން

ކޮންޓެކްޓް ޓްރޭސިންގ ގައި 3501 މީހުން ، މޮނޮޓަރިންގ ގައި 260 ތަނެއް

30 އޭޕްރިލް 2020 | ބުރާސްފަތި 22:05
Writer Profile Picture
ސިމާހާ ނަސީމް
މިހާރު ދެ ލެބޯޓްރީގައި 400 އާ ގާތްކޮށް ސާމްޕަލްތައް ނެގެމުންދޭ

މިހާރު ދެ ލެބޯޓްރީގައި 400 އާ ގާތްކޮށް ސާމްޕަލްތައް ނަގަމުންދާ ކަމަށް ހެލްތް މިނިސްޓަރު ވިދާޅުވި. އައިޖީއެމްއެޗަށް ބޭނުންވާ ބައެއް އިކުއިޕްމަންޓްތައް ކުރިއަށް އޮތް ދެ ދުވަސް ތެރޭގައި ލިބޭނެ، އޭރު ކެޕޭސިޓީ އިތުރުވެގެންދާނެ ކަަމަށް ވެސް ވިދާޅުވި.

30 އޭޕްރިލް 2020 | ބުރާސްފަތި 02:27
Writer Profile Picture
ސިމާހާ ނަސީމް
އައިޖީއެމްއެޗްގެ ދެ މުވައްޒަފަކު ކަރަންޓީންގައި

އައިޖީއެމްއެޗްގެ ދެ މުވައްޒަފަކު ކަރަންޓީންގައި ވާ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ. އެހެންނަމަވެސް އެ ދެ މުވައްޒަފުން ކަރަންޓީނަށް ގެންދެވިފައިވަނީ ކޮން ކޭސްއަކާ ގުޅިގެން ކަމަށް އެނގިވަޑައިނުގަންނަވާ ކަމަށް އަމީން ވިދާޅުވި.

30 އޭޕްރިލް 2020 | ބުރާސްފަތި 02:12
Writer Profile Picture
ސިމާހާ ނަސީމް
ދަރުމަވަންތަ ހޮސްޕިޓަލުގައި 5 މީހަކަށް ފަރުވާ އެބަދޭ، 3 މީހުންގެ ކޮމްޕްލިކޭޝަންސް އެބަހުރި

ދަރުމަވަންތަ ހޮސްޕިޓަލުގައި 5 މީހަކަށް ފަރުވާ ދެމުންދާ ކަމަށާއި 3 މީހުންގެ ކޮމްޕްލިކޭޝަންސް އެބަހުރި ކަމަށް ސަރުކާރުން ހާމަކޮށްފި

30 އޭޕްރިލް 2020 | ބުރާސްފަތި 02:08
Writer Profile Picture
ސިމާހާ ނަސީމް
އިތުރު 8 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

އިތުރު 8 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ. މިއާއެކު ރާއްޖެއިން 280 މީހަކު ވަނީ ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވެފައިވޭ

30 އޭޕްރިލް 2020 | ބުރާސްފަތި 02:07
Writer Profile Picture
ސިމާހާ ނަސީމް
ކޮވިޑް-19 ޖެހިފައިވާ މީހަކު ނިޔާވެއްޖެ: މިއީ ދިވެހިރާއްޖެއިން ރިޕޯޓްކުރެވުނު ފުރަތަމަ މަރު

ރާއްޖެއިން ފުރަތަމަ ފަހަރަށް ކޮވިޑް-19 ޖެހިފައިވާ މީހަކު ނިޔާވެއްޖެ. އެމީހާ އަކީ އުމުރުން 83 އަހަރުގެ އަންހެނެއް، ނަމަކީ އައިމިނަތު އާދަމް, އައިމިނަތުގެ ސާމްޕަލް ނަގާފައިވަނީ މި މަހުގެ 27 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި, ނޭވާލާން އުނދަގޫވެގެން އައިޖީއެމްއެޗްއަށް ބުދަ ދުވަހު ހަވީރު ގެންދިޔައިރު ވެސް އައިމިނަތު ނިޔާވެފައިވާ ކަމަށް ސަރުކާރުން ބުނޭ. އަދި އޭނާއަކީ މޮނީޓަރިންގ ގެ ހާލަތަށް ލެވިފައިވާ ގެއެއްގައި ދިރިއުޅެމުން ދިޔަ ފަރާތެއް ކަމަށާއި އައިމިނަތުގެ ހިނެވުމުގެ ކަންކަން ކުރިއަށް ގެންދާނީ ސިފައިންގެ އަންހެން ބޭކަނބަލުން ކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަކޮށްފައިވޭ.

30 އޭޕްރިލް 2020 | ބުރާސްފަތި 02:05
Writer Profile Picture
ޙުސައިން މަޚްތޫމް
އިތުރު ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

އެޗްޕީއޭއިން ބުނީ ޕޮޒިޓިވެވްފައިވަނީ 52 އަހަރުގެ ދިވެއްސެއް ކަމަށެވެ.

މިއާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 278 އަށް އަރާފައެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ޕާކިސްތާން މީހަކާއި 27 ދިވެހިންނެވެ.

އެޗްޕިއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިހާތަނަށް 278 މީހަކު ޕޮޒިޓިވްވެފައިވާ އިރު މީގެ ތެރޭގައި ހިމެނެނީ 126 ދިވެހިންނާއި 152 ބިދެސީންނެވެ.

29 އޭޕްރިލް 2020 | ބުދަ 23:20
Writer Profile Picture
އާއިޝަތު ޝިއުރާ
ރޭންޑަމް ސާމްޕަލިންގ އިން މިހާހިސާބަށް އައިއިރު އެކަކު ވަނީ ޕޮޒިޓިވްވެފައި
  • ރޭންޑަމް ސާމްޕަލިންގެ ތެރެއިން މިހާތަނަށް އައިއިރު އެކަކު ޕޮޒިޓިވްވެފައިވާ ކަމަށް ޑރ އަފްޒަލް ވިދާޅުވި އެވެ. މިހާރު ބޮޑަށް ފެތުރިގެން އުޅެނީ އެންމެ ފުރަތަމަ ފެނުނު ކޭސްތަކުގެ ކޮންޓެކްޓްސް އިތުރުވުމާއި ބާޒާރުމަތިން ފެނުނު ކްލަސްޓަރތައް ކަމަށް ޑރ އަފްޒަލް ވިދާޅުވި އެވެ.
29 އޭޕްރިލް 2020 | ބުދަ 22:35
Writer Profile Picture
އާއިޝަތު ޝިއުރާ
މާސް ޓެސްޓިންގ އަކަށް ދިޔުމަށް ޓެގް ޓީމުން ބޭނުންނަމަ އެކަން ސަރުކާރުން ކުރާނެ

ޓެސްޓިންގ ކެޕޭސިޓީ އިތުރުކުުރުމަށް އޮތް ގޮންޖެހުމަކީ އިތުރު ޓެސްޓް ކިޓް ހޯދުމުގައި ދަތިވެފައި އޮތްއޮތުން ކަމަށް މަބްރޫކް ވިދާޅުވި އެވެ. އަދި އެއަށްވުރެ ބޮޑަށް އެ ޕްރޮސެސް ކުރުމަށް ބޭނުންވާ މެޝިނަރީޒް ހޯދުމަށް އޮތް ދަތިކަމަށް މަބްރޫކް ވިދާޅުވި އެވެ.

29 އޭޕްރިލް 2020 | ބުދަ 22:30
Writer Profile Picture
އާއިޝަތު ޝިއުރާ
އަމާޒު ބޯޓުން 118 ކޮންޓެކްޓްސް، 36 ހައިރިސްކް

އަމާޒު ބޯޓުން މިހާތަނަށް 118 ކޮންޓެކްޓްސް ހޯދިފައިވާ ކަމަށާއި 36 މީހަކު ހައިރިސްކުގައި ތިބިއިރު 13 މީހަކީ ސިމްޕްޓޮމެޓިކް މީހުން ކަމަށް ޑރ އަފްޒަލް ވިދާޅުވި އެވެ.

29 އޭޕްރިލް 2020 | ބުދަ 22:20
Writer Profile Picture
އާއިޝަތު ޝިއުރާ
މިއަދު ޕޮަޒިޓިވްވި ކޭސްތަކުގެ ކޮންޓެކްޓް ޓްރޭސިންގ ދަނީ ހެދެމުން

މިއަދު މިހާތަނަށް އައިއިރު 27 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށާއި މިމީހުންގެ ކޮންޓެކްޓް ޓްރޭސިންގ ހެދެމުންދާ ކަމަށް ޑރ އިބްރާހިމް އަފްޒަލް ވިދާޅުވި އެވެ.

29 އޭޕްރިލް 2020 | ބުދަ 22:18
Writer Profile Picture
އާއިޝަތު ޝިއުރާ
ރަޝިޔާގައި ތިބި 11 މީހަކު ރާއްޖެ ގެނެސްފި

ރަޝިޔާގައި ތިބި 11 މީހަކު ރާއްޖެ ގެނެސްފައިވާ ކަަމަށާއި ރަޝިޔާގައި ރަޖިސްޓްރީކޮށްފައިވާ 84 މީހަކު އެބަތިބި ކަމަށް މަބްރޫކް ވިދާޅުވި އެވެ. މިމީހުންނަށް މި ފްލައިޓްގެ މައުލޫމާތު ދީފައިވާކަމަށް މަބްރޫކް ވިދާޅުވި އެވެ. އަދި ރާއްޖެ އައި މީހުން ރާއްޖެ އައިސްފައިވަނީ އަމިއްލަ އަށް ޓިކެޓް ނަގައިގެންކަމަށް މަބްރޫކް ވިދާޅުވި އެވެ.

29 އޭޕްރިލް 2020 | ބުދަ 22:14
Writer Profile Picture
އާއިޝަތު ޝިއުރާ
މީގެފަހުން މާލެއިން ފެންނަ ޕޮޒިޓިވް މީހުން ބަދަލުކުރާނީ ބަނޑޮސް ކަރަންޓީނަށް

މީގެފަހުން މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން ބަދަލުކުރާނީ ބަނޑޮސް ކަރަންޓީނަށް ކަމަށް މަބްރޫކް ވިދާޅުވި އެވެ.

29 އޭޕްރިލް 2020 | ބުދަ 22:12