މިމަހުގެ 20 ވަނަ ދުވަހު ބަންގްލަދޭޝް ސަރުކާރުގެ އެހީއާއިއެކު އެ ގައުމުގެ ސަރުކާރުން ހަމަޖައްސައިދީފައިވާ މިލިޓަރީ އެއާރކްރާފްޓެއްގައި ދިވެހިން ގޮވައިގެން ރާއްޖެއަށް ދަތުރުކުރާނެކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ހޮނިހިރު ދުވަހުގެ ރޭ އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަބްރޫކް ވިދާޅުވީ، ބަންގްލަދޭޝްފގެ ސަރުކާރުން ހަމަޖައްސާފައިވާ ފްލައިޓުން އައުމަށް ހަމަޖެހިފައިވަނީ ކަޓަމަންޑޫ އެއާރޕޯޓަށް އައިސް ފްލައިޓް ކެންސަލްވުމާއި ގުޅިގެން ނުފުރި، ނޭޕާލުގައި ތިބި 18 ދިވެހި ކިޔަވާކުދިން ގެންނާނެކަމަށެވެ.
މަބްރޫކް ވިދާޅުވީ ނޭޕާލުން ޑާކާއަށް ދިއުމަށްފަހު ޑާކާއިން ރާއްޖެ ގެންނާނެކަމަށެވެ.
އިތުރަށް ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ،ބަންގްލަދޭޝްގައި ކިޔަވަން ތިބި 51 ދިވެހިންނާއި ރާއްޖެއަށް މިހާލަތަުގައި އެހީތެރިވެދިނުމަށް މެޑިކަލް ޓީމެއް އައުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި ޓީމްގައި 10 ސިއްހީ މާހިރުން ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.
ކޮވިޑް-19 އާއި ގުޅިގެން މާލެސިޓީގައި އިއުލާންކޮށްފައިވާ ލޮކްޑައުންގައި މިއަދު މަގުމައްޗަށް ނިކުތް 92 މީހެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި އޭގެތެރެއިން އެކަކު ވަނީ ޖޫރީމައިނާކޮށްފައެވެ.
މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީގހުންގެ ތެރޭގައި މާބަނޑުމީހެއް ހިމެނޭކަމަށް ކޮވިޑް-19ގެ ޓަސްކް ފޯހުގެ ތަރުޖަމާން މަބްރޫކް އަޒީވް ވިދާޅުވެއްޖެއެވެ.
މަބްރޫކް މިހެން ވިދާޅުވީ އެންއީއޯސީގައި ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ގައިދުރުކަން ނުބަހައްޓާ ނަމަ ރާއްޖެއިން ކޮވިޑް-19 ޖެހޭ މީހުންގެ ތެރެއިން 2000 މީހަކު މަރުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) އިން ބުނެފިއެވެ. އެކަން ހާމަކުރެއްވީ ޑރ. ޝީނާ މޫސާއެވެ.
1- ކޭސް 21 (މާލެއިން ފުރަތަމަ ޕޮޒިޓިވްވި މީހާ)
2- ކޭސް 22 (މާލެއިން ފުރަތަމަ ޕޮޒިޓިވްވި މީހާގެ ދަރިފުޅު)
3- ކޭސް 23 (ކޭސް 21 ގެ ކްލޯސް ކޮންޓެކްޓެއް)
4- ކޭސް 24 ( ކޭސް 23 ގެ ކްލޯސް ކޮންޓެކްޓްއެއް)
5- ކޭސް 25 ( ކޭސް 23 ގެ ކްލޯސް ކޮންޓެކްޓެއް)
6- ކޭސް 26 ( ކޭސް 23 ގެ ކްލޯސް ކޮންޓެކްޓެއް)
7- ކޭސް 27 ( ރޯގާގެ އަލާމާތްތައް ހުރެގެން ފްލޫ ކްލިނިކަށް ދެއްކި މީހެއް)
8- ކޭސް 28 ( ރޯގާގެ އަލާމާތްތައް ހުރެގެން ފްލޫ ކްލިނިކަށް ދެއްކި މީހެއް)
ކޮރޯނާވައިރަސް (ކޮވިޑް-19) ޖެހިގެން އިނގިރޭސި ދެވަނަ ޑިވިޝަނުގައި މިވަގުތު އޮތް ލީޑްސް ޔުނައިޓެޑްގެ ލެޖެންޑް ނޯމަން ހަންޓާ މަރުވެއްޖެ އެވެ.
ރިޕޯޓުތައް ބުނާ ގޮތުން އިންގްލެންޑުގެ ކުރީގެ ޑިފެންޑަރު ހަންޓާ، ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވަނީ މިމަހުގެ 10 ވަނަ ދުވަހު އެވެ. ހުކުރު ދުވަހުގެ ވަގުތެއްގައި ހަންޓާ މަރުވިއިރު، އޭނާގެ އުމުރަކީ 76 އަހަރެވެ.
އެހެން އަހަރުތަކެކޭ އެއްގޮތަށް ރޯދަމަހު ޚިދުމަތްދޭ ގަޑިތަކަށް ބަދަލު އަންނާނެ ކަމަށް އެމްޕީއެލްއިން ވަނީ ބުނެފައެވެ. އެގޮތުން ހެނދުނު 8:30 ގައި ޚިދުމަތްތައް ފަށާނެ ކަމަށާއި މެނޭޖް ނުކުރެވޭނަމަ ގަޑި އިތުރުކުރާނެ ކަމަށް.