ކޮވިޑް-19: އެންމެ ފަހުގެ

23,336,940
  • 5000 އަށް ވުރެ ގިނަ އޮކްސިޖެން ސިލިންޑަރ ސިންގަޕޫރުން ގެންނަނީ
  • މިވަގުތު މޮނިޓަރިން ގައި ހުރި ތަންތަން
  • ކޮވިޑް-19 އަށް ދިވެހިބޭސް ކުރަން ރިކޮމެންޑްއެއް ނުކުރަން: ޑޮކްޓަރ
 
Writer Profile Picture
އަމަން ހަލީމް
5000 އަށް ވުރެ ގިނަ އޮކްސިޖެން ސިލިންޑަރ ސިންގަޕޫރުން ގެންނަނީ
25 އޭޕްރިލް 2020 | ހޮނިހިރު 22:28
Writer Profile Picture
އާއިޝަތު ޝިއުރާ
މިވަގުތު މޮނިޓަރިން ގައި ހުރި ތަންތަން
25 އޭޕްރިލް 2020 | ހޮނިހިރު 17:56
Writer Profile Picture
ލައިޝާ އަހްމަދު
ކޮވިޑް-19 އަށް ދިވެހިބޭސް ކުރަން ރިކޮމެންޑްއެއް ނުކުރަން: ޑޮކްޓަރ

ހޮނިހިރު ދުވަހު އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ އަލީ ލަތީފް ވިދާޅުވީ، ކޮވިޑް-19 އަށް ފަރުވާ ދިނުމަށްޓަކައި ދިވެހިބޭސް ބޭނުން ކުރުމަށް މިވަގުތު ރިކޮމެންޑް ނުކުރައްވާ ކަމަށާއި، ފަރުވާ ދެވޭނެ ގޮތްތައް ދެނެގަތުމުގެ މަސައްކަތް ޑޮކްޓަރުންވެސް ކުރަމުންދާ ކަމަށް.

ހެލްތް މިނިސްޓަރ އަމީން ވިދާޅުވީ، ދިވެހި ބޭސްވެރިންވެސް ފަރުވާއެއް ހޯދުމަށް މަސައްކަތް ކުރެވިދާނެކަން، އަދި ފަރުވާއެއް ހޯދިއްޖެނަމަ އެކަން ބަލައިގަންނާނެ ކަމަށް، އޭގެ އިތުރުން، މިހާރުވެސް ބައެއް ފަރާތްތަކުން ދިވެހިބޭސްވެރިކަމުގެ ތެރެއިން ފަރުވާއެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، އެކަމަށްޓަކައި އުފާކުރައްވާކަމަށް ވިދާޅުވި، ނަމަވެސް މިވަގުތަށް އަދި ވަކި ފަރުވާއެއް ހޯދިފައި ނެތްކަން ފާހަގަކުރެއްވި،

25 އޭޕްރިލް 2020 | ހޮނިހިރު 15:34
Writer Profile Picture
ލައިޝާ އަހްމަދު
ތަންތަނުގައި ތާށިވެފައި ތިބި މީހުންނަށް އެ ރަށެއްގެ މީހުންވެސް އަޅާލުން ދޭންޖެހޭ

އެކި ސަބަބުތަކާހުރެ ތަންތަނުގައި ތާށިވެފައި ތިބި މީހުންނަށް އެ ރަށެއްގެ މީހުންވެސް އަޅާލުން ދޭންޖެހޭ، ރަށްރަށުގައި ޓާސްކްފޯސް ޓީމުތަކުންވެސް އެ މަސައްކަތް ދަނީ ކުރަމުން،

ޑީޖީ މައިމޫނާ އަބޫބަކުރު

25 އޭޕްރިލް 2020 | ހޮނިހިރު 15:00
Writer Profile Picture
ލައިޝާ އަހްމަދު
ރިސްކް ބޮޑު އަދި ގިނަ މީހުން އުޅޭ ތަންތަނުގައި އުޅޭ މީހުން ޓެސްޓް ކުރާނެ

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން ގިނަވާ 2 ގޮތެއް އޮވޭ، އެއީ ޓެސްޓް ކުރާ މީހުން ގިނަވުމާއެކު ޕޮޒިޓިވް ވުމުގެ ޗާންސް ބޮޑު، އަދި ކޮމިއުނިޓީ ސްޕްރެޑެއް އޮންނަ ނަމަވެސް ޗާންސް ބޮޑު،

މިހާރު ނިންމާފައިވަނީ ކޮމިއުނިޓީ ސަވައިލެންސްއަށް ދާން، އަދި އެކި ސަރަޙައްދުތަކުން މީހުން ދިރިއުޅޭ ތަންތަން ޗެކް ކުރުން، އެގޮތުން ރިސްކް ބޮޑު އަދި ގިނަ މީހުން އުޅޭ ތަންތަނުގައި އުޅޭ މީހުން ޓެސްޓް ކުރާނެ،

ބަލީގެ އަލާމަތް ހުންނަ މީހުން އަމިއްލައަށް ނަގަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، މާސްކް އެޅުންވެސް ވަރަށް މުހިއްމު،

ޑރ އަލީ ލަތީފް

25 އޭޕްރިލް 2020 | ހޮނިހިރު 14:58
Writer Profile Picture
ލައިޝާ އަހްމަދު
އެކި ސަރަޙައްދުތަކުގައި ރެންޑަމްކޮށް ޗެކް ކުރާނެ އަދި ޓެސްޓް ކުރެވޭނެ: މިނިސްޓަރ

ޓެސްޓު ކުރުމުގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށްވެސް ދަނީ މަސައްކަތްތަކެއް ކުރަމުން، އޭގެ އިތުރުން ޕޮޒިޓިވް ކޭސްތަކާ ގުޅުންހުރި މީހުން ފިޔަވައި އެކި ސަރަޙައްދުތަކުގައި ރެންޑަމްކޮށް ޗެކް ކުރާނެ އަދި ޓެސްޓް ކުރެވޭނެ، އެގޮތުން ބެލި ބެލުމުންވެސް ޕޮޒިޓިވް ކޭސްތައް ފެނިފައިވޭ، އަތޮޅު ތެރޭގައިވެސް މި މަސައްކަތް ކުރިއަށްދާނެ، ކޮމިއުނިޓީ ސަވައިލެންސް ކުރިއަށް ގެންދާނެ

އޭގެ އިތުރުން، ވިއްސާރަ މޫސުމާ ދިމާކޮށް ޑެންގީ އިތުރުވޭ އާންމުކޮށް، ވީމާ އިތުރަށް ސަމާލުވާން ޖެހޭ، ޑެންގީ މޫސުމާ ބައްދަލުކުރާއިރު، ސިއްޙީ އިތުރު ނުރައްކަލަކާ ކުރިމަތިވެދާނެ، ވީމާ އެކަމަށް ސަމާލުކަން ދޭންޖެހޭ

ހެލްތް މިނިސްޓަރ އަބްދުﷲ އަމީން

25 އޭޕްރިލް 2020 | ހޮނިހިރު 14:49
Writer Profile Picture
ލައިޝާ އަހްމަދު
ރައްޔިތުން ގޭގައި ކަރަންޓީން ކުރަން ޖެހިދާނެ: މިނިސްޓަރ

ކޮމިއުނިޓީ ސްޕްރެޑެއް ފެނުނު ފަހުން ބަލި ފެތުރެމުންދަނީ ލަފާކުރެވިފައިވާ ސްޕީޑާ އެއްވަރަށް، މާލެއިން ކޭސްއެއް ފެނުނުއިރު އަތޮޅު ތެރެއަށްވެސް އޭގެ ކުރިން މީހަކު ދަތުރު ކޮށްފައިވެދާނެ ކަމަށް ބެލެވިގެން މަސައްކަތް ކޮށްފައިވާނީ، މިހާރު ފަންނީ ބޭފުޅުންނާއި ޑޮކްޓަަރުން ގުޅިގެން ފަރުވާގެ ކަންކަމަށް ގެންނަންޖެހޭ ބަދަލުތައް ދަނީ ދެނެގަންނަމުން، އެހެންކަމުން ބެލިބެލުމުން ކަރަންޓީނަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ބެލެވޭ، އެގޮތުން ރައްޔިތުން ގޭގައި ކަރަންޓީން ކުރަން ޖެހިދާނެކަމަށް މިނިސްޓަރ ވިދާޅުވި،

މިހާރު މަޝްވަރާ ކުރަމުންދަނީ ޕޮޒިޓިވް މީހުން ވަކި ތަނެއްގައި/ވަކި ރަށެއްގައި ބައިތިއްބަން، އަދި ޑައިރެކްޓް ކޮންޓެކްޓްގެ ތެރެއިން އަލާމަތްތައް ހުންނަ މީހުން ގާތުން ބަލަން ޖެހޭ، އިސްކަންދޭ ތަރުތީބަށް ބަލާއިރު، މިހާރު ޤަބޫލު ކުރެވޭ ގޮތުގައި އެންމެ އިސްކަމެއް ދޭން ޖެހޭނީ ޑައިރެކްޓް ކޮންޓެކްޓް ތެރެއިން އަލާމަތް ހުންނަ މީހުންނަށް.

ހެލްތް މިނިސްޓަރ އަބްދުﷲ އަމީން

25 އޭޕްރިލް 2020 | ހޮނިހިރު 14:45
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19 އާ ގުޅޭ ނޫސްވެރިންގެ ބައްދަލުވުން މިއަދު 14:30 ގައި
25 އޭޕްރިލް 2020 | ހޮނިހިރު 12:37
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮރޯނާވައިރަސް ނިއުޔޯކަށް އައީ ޔޫރަޕުން، ޗައިނާ އަކުން ނޫން: ގަވަރުނަރު
25 އޭޕްރިލް 2020 | ހޮނިހިރު 11:24
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19 ޖެހިގެން އިޓަލީގެ 150 ޑޮކްޓަރުން މަރުވެފައިވޭ
25 އޭޕްރިލް 2020 | ހޮނިހިރު 11:22
Writer Profile Picture
އާއިޝަތު ޝިއުރާ
ބޭނުންވާ ވަރަށް އޮކްސިޖަން ހުންނާނީ ގެނެސްފައި: ސަރުކާރު
25 އޭޕްރިލް 2020 | ހޮނިހިރު 11:22
Writer Profile Picture
އާއިޝަތު ޝިއުރާ
މުދާ އުފުލުމަށް އަޅާ ކާގޯ ދަތުރުތަކުގައި ކަރަންޓީން އިން ދޫކުރާ މީހުން ގެންދަނީ!
25 އޭޕްރިލް 2020 | ހޮނިހިރު 11:21
Writer Profile Picture
އާއިޝަތު ޝިއުރާ
އައިޖީއެމްއެޗްގައި މާބަނޑު މީހުންނަށް ހާއްސަ އުސޫލު ތަކެއް
25 އޭޕްރިލް 2020 | ހޮނިހިރު 11:20
Writer Profile Picture
އާއިޝަތު ޝިއުރާ
ވެމްކޯއިން ޑަސްބިން ކޮތަޅު ވިއްކަނީ!
25 އޭޕްރިލް 2020 | ހޮނިހިރު 11:19
Writer Profile Picture
އުމްނާ އިސްމާއިލް
އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ، ޖުމްލަ އަދަދު 129 އަށް!
25 އޭޕްރިލް 2020 | ހޮނިހިރު 03:19
Writer Profile Picture
އުމްނާ އިސްމާއިލް
ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 2.8 މިލިއަނަށް ވުރެ މައްޗަށް!

ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 2.8 މިލިއަނަށް ވުރެ މައްޗަށް އަރައިފިއެވެ.

25 އޭޕްރިލް 2020 | ހޮނިހިރު 02:13
Writer Profile Picture
އަމަން ހަލީމް
ވައިރަސްއާއެކީ އުޅެން ދަސްކުރަން ޖެހޭ: ޑރ. އަފްޒަލް

ލޮކްޑައުންގެ ހާލަތު އުވާލި ނަމަވެސް، ވައިރަސްއާއެކީ އުޅެން އަޅުގަނޑުމެން ދަސްކުރުންޖެހޭ ކަމަށް ޑރ. އަފްޒަލް ވިދާޅުވެއްޖެ. އަދި ކުރިއަށް އޮތް ތަނުގައި ވައިރަސްއަށް ޕޮޒިޓިވްވާ ފަރާތްތައް އިތުރު ވެދާނެ ކަމަށާއި، އާންމު ހާލަތަށް އަނބުރާ ރުޖޫއަ ވާން ދުވަސްތަކެއް ނަގާނެ.

24 އޭޕްރިލް 2020 | ހުކުރު 22:10
Writer Profile Picture
އަމަން ހަލީމް
އެއްވެސް ހުއްޓުމެއްނެތި އައިޖީއެމްއެޗް އިން އެމަރޖެންސީ ހިދުމަތްތައް ލިބޭނެ: ޑރ. މޫސާ މުރާދު

އައިޖީއެމްއެޗް ވަނީ ކޮވިޑް19 ގެ ބޮޑު މެޑިކަލް ބައެއް އަދާކުރަމުން އެބަގެންދޭ. ސީރިއަސްވާ ބަލިމީހުން ބަލަހައްޓަނީ އައިޖީއެމްއެޗްގެ ސްޓާފުން. އެޗްއައިއެޗްގައި ގާއިމްކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީތަކުގައި ގިނައިން ހަރަކާތްތެރިވަމުން އަންނަނީ އައިޖީއެމްއެޗްގެ ސްޓާފުން. ބައެއް ރޫޓީން މަސައްކަތްތައް ހުއްޓާލި ނަމަވެސް، އެމެރޖެންސީގައި ދޭންޖެހޭ ހުރިހާ ހިދުމަތަކަށް ބުރޫނާރާ ހިދުމަތް ލިބޭނެ.

24 އޭޕްރިލް 2020 | ހުކުރު 21:58
Writer Profile Picture
އަމަން ހަލީމް
ގޭތެރެ ސާފުކުރަން ޑރ. އަފްޒަލް އިލްތިމާސްކުރައްވައިފި

މި ދުވަސްވަރަކީ ބޯކޮށް ވާރޭވެހޭ ދުވަސްކޮޅަކަށް ވުމާއި ގުޅިގެން، ގޭބިސީތައް ރަނގަޅަށް ސާފުކުރުމަށް ޑރ. އަފްޒަލް އިލްތިމާސްކުރައްވައިފި. ގޭތެރެ ސާފުކުރުމުގައި މަދިރި އާލާވާނެ ފަދަ ނައްތާލުމަށް ހާއްސަ އިސްކަމެއް ދިނުމަށް ޑރ. އަފްޒަލް އެދިލެއްވި. އަދި މިއީ ޑެންގީ އަދި އެހެނިހެން ބައެއް ބަލިތައް ފެތުރޭ ދުވަސްވަރަކަށް ވުމުން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިލެއްވި.

24 އޭޕްރިލް 2020 | ހުކުރު 21:55
Writer Profile Picture
އަމަން ހަލީމް
އިތުރު 12 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ

އިތުރު 12 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ. މިއާއެކުު ކޮވިޑް19 ރާއްޖެއިން ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 128 އަށް އަރާފައި. މިއަދު ފެނުނު ކޭސްތަކުގެ ތެރޭގައި އައު ކްލަސްޓަރތަކެއް (ކުރީގެ އެއްވެސް ކްލަސްޓަރއަކަށް ނިސްބަތްނުވާ) ކޭސްތަކެއް ފެނިފައިވޭ.

24 އޭޕްރިލް 2020 | ހުކުރު 21:52
Writer Profile Picture
ލައިޝާ އަހްމަދު
އަލުން ފަތުރުވެރިކަމަށް ހުޅުވާލެވޭނެކަމަށް ބެލެވެނީ ޖުލައި މަހުގެ ތެރޭގައި: ފިނޭންސް މިނިސްޓަރ
24 އޭޕްރިލް 2020 | ހުކުރު 15:51
Writer Profile Picture
ލައިޝާ އަހްމަދު
ޚަރަދު ކުޑަ ކުރުމަށް އެއްގަމު އުޅަނދުފަހަރު ގަތުން ހުއްޓާލަނީ
24 އޭޕްރިލް 2020 | ހުކުރު 15:50
Writer Profile Picture
ލައިޝާ އަހްމަދު
ފަތުރުވެރިކަމުގެ އަންދާޒާގައި މިވަގުތަށް އެންމެ ކައިރިކުރަނީ ސިނާރިއޯ 3

ސިނާރިއޯ 3 ގައި އަހަރުގެ ބާކީ އޮތް މުއްދަތުގައި ރާއްޖެ އަންނާނެ ކަމަށް ލަފާ ކުރެވެނީ 462،868 ފަތުރުވެރިން، އެއީ 50 އިންސައްތަ. އެއީ ބެޑް ނައިޓްސްގެ އިންސައްތައަށް ބަލާނަމަ 39 އިންސައްތަ ފަތުރުވެރިން

އަލުން ފަތުރުވެރިކަމަށް ހުޅުވާލެވޭނެކަމަށް ބެލެވެނީ ޖުލައި މަހުގެ ތެރޭގައި

24 އޭޕްރިލް 2020 | ހުކުރު 14:52
Writer Profile Picture
ލައިޝާ އަހްމަދު
2020 ވަނަ އަހަރުގެ ފަތުރުވެރިކަމުގެ އަންދާޒާ 5 ސިނާރިއޯއަކަށް ވަނީ ބަހާލާފައި

ހުކުރު ދުވަހު އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ، 2020 ވަނަ އަހަރުގެ ފަތުރުވެރިކަމުގެ އަންދާޒާ 5 ސިނާރިއޯއަކަށް ބަހާލައިގެން ސަރުކާރުން ލަފާކޮށްފައިވާއިރު،

ސިނާރިއޯ 1 އިން 5 އަށް ބަހާލެވިފައިވާއިރުު، ސިނާރިއޯ 5 ގައި ރާއްޖެއަށް އަހަރުގެ ބާކީ އޮތް މުއްދަތުގައި އެއްވެސް ފަތުރުވެރިއަކު ނާންނާނެކަމަށް ބެލެވޭ

ފަތުރުވެރިން ޒިޔާރަތް ކުރާނެ ކަމަށް ބެލެވޭ މިންވަރު:

ސިނާރިއޯ 1 ގައި: 44 އިންސައްތަ ފަތުރުވެރިން

ސިނާރިއޯ 2 ގައި: 48 އިންސައްތަ ފަތުރުވެރިން

ސިނާރިއޯ 3 ގައި: 50 އިންސައްތަ ފަތުރުވެރިން

ސިނާރިއޯ 4 ގައި: 63 އިންސައްތަ ފަތުރުވެރިން

ސިނާރިއޯ 5 ގައި: 78 އިންސައްތަ ފަތުރުވެރިން

އަލުން ހުޅުވާލެވޭނެކަމަށް ލަފާކުރާ މުއްދަތު:

ސިނާރިއޯ 1 ގައި: މޭ މަހު

ސިނާރިއޯ 2 ގައި: ޖޫން މަހު

ސިނާރިއޯ 3 ގައި: ޖުލައި މަހު

ސިނާރިއޯ 4 ގައި: އޮކްޓޯބަރ މަހު

ސިނާރިއޯ 5 ގައި: ޖަނަވަރީ 2021 ގައި

24 އޭޕްރިލް 2020 | ހުކުރު 14:49
Writer Profile Picture
ޙުސައިން މަޚްތޫމް
އިތުރު 6 މީހަކު ކޮވިޑް-19 އިން ޕޮޒިޓިވްވެއްޖެ
24 އޭޕްރިލް 2020 | ހުކުރު 13:40