ކޮވިޑް-19: އެންމެ ފަހުގެ

23,335,589
  • ޒަކާތުގެ ފައިސާ ކޮވިޑް-19 ޖެހިފައިވާ ފަޤީރުންނަށް ދެވިދާނެ: ދުބާއީ އިސްލާމިކް އެފެއަރޒް
  • ދެ ވޮލިންޓިއަރުންނާއެކު އޮކްސްފޯޑް ޔުނިވަރސިޓީގެ ކޮވިޑް-19 ވެކްސިން ޓްރައަލް ފަށައިފި
  • ޕޮޒިޓިވްވި މީހުންގެ ތެރޭގައި ނެގެޓިވްވެގެން ކަރަންޓީނުން ދޫކުރި މީހަކު ހިމެނޭ
 
Writer Profile Picture
ޙުސައިން މަޚްތޫމް
ޒަކާތުގެ ފައިސާ ކޮވިޑް-19 ޖެހިފައިވާ ފަޤީރުންނަށް ދެވިދާނެ: ދުބާއީ އިސްލާމިކް އެފެއަރޒް

ޒަކާތު ފައިސާ ކޮވިޑް-19 ޖެހިފައިވާ ފަޤީރުންނަށް ދިނުން ހުއްދަ ކަމަށް ދުބާއީގެ އިސްލާމިކް އެފެރއަޒް އެންޑް ޗެރިޓޭބަލް އެކްޓިވިޓީސް ޑިޕާޓްމަންޓުގެ ގްރޭންޑް މުފްތީ އަދި ޑިރެކްޓަރ އޮފް އިފްތާ, އަޙްމަދު ބިން އަބްދުލް އަޒީޒް އަލް-ހަދާދު ވިދާޅުވެއްޖެއެވެ.

ހޮސްޕިޓަލަކަށް ނުވަތަ ފަރުވާދޭ މަރުކަޒަކަށް ބޭނުންވާ ފަންނީ އާލާތްތައް ގަތުމަށާއި، މުވައްޒަފުންނަށް މުސާރަދިނުމަށް އެހީއެއްގެ ގޮތުން ޒަކާތު ފައިސާ ހަދިޔާނުކުރެވޭނެކަމަށް މުފްތީ ވިދާޅުވެފައިވެއެވެ. އެއީ މާތްވެގެންވާ އިސްލާމްދީނުގައި އަންގަވާފައިވާގޮތުގައި ޒަކާތް ދޭން ޖެހެނީ އެއަށް އެންމެ ބޭނުންޖެހިފައިވާ މީހުންނަށް ކަމުގައި ވާތީއެވެ. އެހެންނަމަވެސް ތަނަވަސް މީހުން އެފަދަ މަރުކަޒުތަކައް ޞަދަޤާތުގެގޮތުގައި މާލީގޮތުން އެހީތެރި ވެވިދާނެކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

މި ފަތުވާ މުފްތީ ދެއްވާފައިވަނީ ކީރިތި ޤުރުއާނާއި، ރަސޫލާގެ ޙަދީޘްތަކައް ރިޢާޔަތްކުރެއްވުމަށްފަހުއެވެ.

24 އޭޕްރިލް 2020 | ހުކުރު 07:52
Writer Profile Picture
ޙުސައިން މަޚްތޫމް
ދެ ވޮލިންޓިއަރުންނާއެކު އޮކްސްފޯޑް ޔުނިވަރސިޓީގެ ކޮވިޑް-19 ވެކްސިން ޓްރައަލް ފަށައިފި
24 އޭޕްރިލް 2020 | ހުކުރު 07:50
Writer Profile Picture
ޙުސައިން މަޚްތޫމް
ޕޮޒިޓިވްވި މީހުންގެ ތެރޭގައި ނެގެޓިވްވެގެން ކަރަންޓީނުން ދޫކުރި މީހަކު ހިމެނޭ
24 އޭޕްރިލް 2020 | ހުކުރު 07:49
Writer Profile Picture
ޙުސައިން މަޚްތޫމް
ކޮވިޑް-19 އަށް ޓެސްޓް ކުރެވޭ 5000 ކިޓު ލިބިއްޖެ

ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ބޭނުންކުރާ ކިޓުގެ 5000 ކިޓު ލިބިފައިވާކަމަށް ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ މި 5000 ކިޓު އައިޖީއެމްއެޗްގެ ލެބޯޓަރީއަށް ގެންދެވިފައިވާ ކަމަށެވެ.

މީގެ އިތުރުން ޕޮލިސް އިންޓެލިޖެންސްގައި ބޭނުންކުރާ ޕީސީއާރު މެޝިނެއް ކޮވިޑް-19 އަށް ޝައްކު ކުރެވޭ ފަރާތްތައް ޓެސްޓް ކުރުމަށް ބުރާސްފަތި ދުވަހުގެ ރޭ ބޭނުންކުރަން ފަށާފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. ބުރާސްފަތި ދުވަހުގެ ރޭ މި މެޝިން ބޭނުންކުރަން ފަށާފައިވާއިރު، ދުވާލަކު 50 ޓެސްޓް އިތުރަށް ހެދޭނެ ކަމަށާއި، އަދި މެޝިންގެ މަސައްކަތް ރަނގަޅަށް ހިނގައިގަތުމުން އެއަށްވުރެ އިތުރަށް ޓެސްޓްތައް ހެދޭނެ ކަމަށެވެ.

24 އޭޕްރިލް 2020 | ހުކުރު 07:48
Writer Profile Picture
ޙުސައިން މަޚްތޫމް
ބޭރުގައި ތިބި އެކި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ އުސޫލުތަކެއް ކަނޑައަޅައިފި

ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންތިޒާމެއްގެ ތެރެއިން ރޭވިގެން ވަކިގޮތަކަށް ކުރުމަށް ނިންމާފައިވާ ކަމަށް ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފިއެވެ.

ބުރާސްފަތި ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ މި އުސޫކުގެ ދަށުން ރާއްޖެއިން ބޭރަށް ކުރު ދަތުރެއްގައި (ޓުއަރިސްޓް ވިސާގައި) ގޮސް ތިބި ފަރާތްތަކުގެ ތެރެއިން ނާދެވި ތާށިވެފައި ތިބި ފަރާތްތަކާއި، ބޭސްފަރުވާއަށް ގޮސް ނާދެވި ތިބި ފަރާތްތަކަށް ދޭނެ އެހީ ތެރިކަން ހަމަޖައްސާފައިވާ ކަމަށެވެ. މީގެއިތުރުން ބޭރުގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ކޮވިޑް-19 އާއި ގުޅިގެން އެމީހަކު ހުރި ގައުމަކުން ލިބެމުން އައި އާމްދަނީއެއް ހުއްޓިފައިވާނަމަ އެ ފަރާތްތަކާއި، ރާއްޖެއިން ބޭރުގައި ކިޔަވަން ތިބި ދިވެހި ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އުސޫލުތަކެއް ކަނޑައެޅިފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ

24 އޭޕްރިލް 2020 | ހުކުރު 07:48
Writer Profile Picture
ޙުސައިން މަޚްތޫމް
ވަޒީފާއިން ވަކިކުރި މީހުންނަށް ކުރިޔަށް އޮތް ތިން މަސްދުވަހު މަހަކު 5000 ރުފިޔާ ދެނީ
24 އޭޕްރިލް 2020 | ހުކުރު 07:47
Writer Profile Picture
ޙުސައިން މަޚްތޫމް
ރާއްޖެއިން ބޭރުގައި ތިބި ދިވެހި ރައްޔިތުންނަށް ބޭނުންވާ އެހީ ސަރުކާރުން ފޯރުކޮށްދޭނެ: ފޮރިން މިނިސްޓަރ
24 އޭޕްރިލް 2020 | ހުކުރު 07:45
Writer Profile Picture
ޙުސައިން މަޚްތޫމް
މިހާތަނަށް 105 މީހުން ޖޫރިމަނާކުރެވި، 21 މީހުން ހައްޔަރުކުރެވިފައިވޭ: ފުލުހުން
24 އޭޕްރިލް 2020 | ހުކުރު 07:44
Writer Profile Picture
ޙުސައިން މަޚްތޫމް
ފުލުހުންގެ ފޮރެންސިކް ލެބްގައި ކޮވިޑް-19 އަށް ޓެސްޓު ކުރަނީ

މޯލްޑިވިސް ޕޮލިސް ސަރވިސްގެ ފޮރެންސިކް ލެބޯރަޓަރީ ގައި ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެފިއެެވެ.

ބުރާސްފަތި ދުވަހުގެރޭ ކޮވިޑް-19 އާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ، ޕޮލިސް އިންޓެލިޖެންސްގައި ބޭނުންކުރާ ޕީސީއާރު މެޝިނެއް ކޮވިޑް-19 އަށް ޝައްކު ކުރެވޭ ފަރާތްތައް ޓެސްޓް ކުރުމަށް ބުރާސްފަތި ދުވަހުގެ ރޭ ބޭނުންކުރަން ފަށާފައިވާ ކަަމަށެވެ. ނަވީން ވިދާޅުވީ، ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާނީ ފުލުހުންގެ ލެބޯޓަރީގައި ތިބި ފޮރެންސިކް އެނަލިސްޓުން ކަމަށެވެ.

24 އޭޕްރިލް 2020 | ހުކުރު 07:43
Writer Profile Picture
ޙުސައިން މަޚްތޫމް
ލޮކްޑައުންއަށްފަހު އެންމެ ގިނައިން ހުށައަޅާފައި ވަނީ ބޯހިޔާވަހިކަމާއި ގުޅޭ މައްސަލަތައް: ޖެންޑަރ

ކޮވިޑް-19 ގެ ކޭސްތަކެއް ފެނުމާއި ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކުރުމާއި ގުޅިގެން އެންމެ ގިނައިން ހުށަހަޅާފައިވަނީ ބޯހިޔާވަހިކަމާއި ގުޅޭ މައްސަލަތައް ކަމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ބުނެފިއެވެ.

ޖެންޑަރ މިނިސްޓްރީން ބުރާސްފަތި ދުވަހު އާއްމުކުރި ތަފާސްހިސާބުތަކަށް ބަލާލާއިރު މިހާތަނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެދި 40 މައްސަލައެއް ހުށަހަޅާފައިވެއެވެ. މާލެ ލޮކްޑައުން ކޮށްފައިވާ މި ދަނޑިވަޅުގައި ކުއްޔަށް އުޅޭ ފަރާތްތަކަށް ކުލި ނުދެއްކުމުގެ ސަބަބުން ގެތަކުން ބޭރުކުރާ މައްސަލަ ވަނީ ބޮޑުވެފައެވެ.

24 އޭޕްރިލް 2020 | ހުކުރު 07:41
Writer Profile Picture
ޙުސައިން މަޚްތޫމް
ތަރާވީހުގެ ޖަމާއަތެއް ހެދީ މަރުކަޒުގައި ލޮކްޑައުންވެގެން ތިބި މުވައްޒަފުން: މިނިސްޓަރ

އިސްލާމީ މަރުކަޒުގައި ބުރާސްފަތު ދުވަހުގެ ރޭ ތަރާވީހު ނަމާދު ކުރީ އިސްލާމީ މަރުކަޒުގައި ލޮކްޑައުންގައި ތިއްބެވި މިނިސްޓްރީގެ މުވައްޒަފުން ކަމަށް އިސްލާމިކް މިނިސްޓަރ ޑރ،. އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖޭގައި ފެތުރެމުންދާތީ، މިހާލަތަށް ރިޔާއަތްކޮށް، އިތުރަށް މިވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި އަޅާ ރައްކާތެރިކަމުގެ މުހިއްމު ފިޔަވަޅެއްގެ ގޮތުން، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންގެ ލަފާގެ މަތިން މިދިޔަ މާރޗު މަހުގެ 18 ވަނަ ދުވަހުގެ މެންދުރު ނަމާދުން ފެށިގެން، މާލެ، ހުޅުމާލެ، ވިލިމާލެ، އަދި ސަރުކާރުން ފޭބުން މަނާކުރާ ހުރިހާ ރިސޯޓްތަކެއްގައި ފަރުޟު ނަމާދާއި ހުކުރު ނަމާދުގެ ޖަމާއަތް މިސްކިތުގައި ނުހެދުމަށް ވަނީ ނިންމާފައެވެ.

24 އޭޕްރިލް 2020 | ހުކުރު 07:39
Writer Profile Picture
ޙުސައިން މަޚްތޫމް
އައިޖީއެމްއެޗްގައި ކޮވިޑް-19 ޓެސްޓް ހަދަން 16 ލެބް ޓެކްނިޝަނުން ތަމްރީންކޮށްފި
24 އޭޕްރިލް 2020 | ހުކުރު 07:38
Writer Profile Picture
ޙުސައިން މަޚްތޫމް
އިއްޔެއަކީ އެންމެ ގިނަ ކޭސް ފެނުނު ދުވަސް، 24 ގަޑިއިރުގެ ތެރޭގައި 23 ކޭސް!
24 އޭޕްރިލް 2020 | ހުކުރު 07:37
Writer Profile Picture
ޙުސައިން މަޚްތޫމް
ބޭސް ޑެލިވަރީ ކުރުމުގައި ކުރިން އައި ދަތިކަމެއް ދެން ނާންނާނެ: އަމްރު
24 އޭޕްރިލް 2020 | ހުކުރު 07:36
Writer Profile Picture
ޙުސައިން މަޚްތޫމް
ފަތިހު ޕޮޒިޓިވްވި 2 މީހުންނާއެކު ކޭސްތަކުގެ އަދަދު 110ށް
24 އޭޕްރިލް 2020 | ހުކުރު 07:35
Writer Profile Picture
އަމަން ހަލީމް
ކޮންޓެކްޓް ޓްރޭސިންގ މަސައްކަތް ހުއްޓާލުމުގެ ވިސްނުމެއް ނެތް: ޑރ. ނަޒްލާ

ކޭސްތަކުގެ އަދަދު އިތުރުވިނަމަވެސް، ކޮންޓެކްޓް ޓްރޭސިންގ މަސައްކަތް ހުއްޓާލުމުގެ ވިސްނުމެއް ނެތް. ގިނައީ ކުރީގެ ކްލަސްޓަރތަކާ ގުޅުންހުރި ކޭސްތައް. ޑޭޓާ ހެންޑްލް ކުރުމުގެ ނިޒާމް ވެސް އިތުރަށް ހަރުދަނާކުރެވިފައި ވާނީ. ކޮންޓެކްޓް ޓްރޭސިންގ މަސައްކަތް އަތޮޅު ތެރެއަށް ފުޅާކުރެވުމުގެ މަސައްކަތް ކުރިއަށް ދަނީ.

23 އޭޕްރިލް 2020 | ބުރާސްފަތި 21:20
Writer Profile Picture
އަމަން ހަލީމް
ތޮއްޖެހިގެން ބިދޭސީން ދިރިއުޅޭ ތަންތަނުގެ ސްކްރީނިންގ މަސައްކަތް ކުރެވޭ: ޑރ. ނަޒްލާ

ތޮއްޖެހިގެން ބިދޭސީން ދިރުއުޅޭ ތަންތަން ދެނެގަނެ، އެތަންތަނުގައި ދިރިއުޅޭ ފަރާތްތަކުގެ ސްކްރީނިންގ މަސައްކަތް ކުރިޔަށްދޭ.

23 އޭޕްރިލް 2020 | ބުރާސްފަތި 21:17
Writer Profile Picture
އަމަން ހަލީމް
ކޭސް ނަމްބަރ 26 ކޮންފަރމްޑް ކޭސްތަކުން އުނިކުރަނީ

ކޭސް ނަމްބަރު 26 އަކީ ޕްރޮބަބަލް ކޭސްއަކަށް ވުމުން، މިހާ ހިސާބުން އެ ކޭސް އުނިކުރަން ނިންމައިފިން. ދެން އެންމެ އަވަހަށް ފެންނަ ކޭސްއަކާ އެސައިން ކުރާނީ އެ ނަމްބަރު.

-ޑރ. ނަޒްލާ-

23 އޭޕްރިލް 2020 | ބުރާސްފަތި 21:07
Writer Profile Picture
އަމަން ހަލީމް
ވަކި ބަޔަކަށްވީތީ ތަފާތުކުރާ ނަމަ ފިޔަވަޅު އަޅަނީ!

ވަކި ބަޔަކަށް ވީތީ ތަފާތުކުރާނަމަ ކޮންސިއުމަރ ޕްރޮޓެކްޝަން ގާނޫނުގެ ދަށުން އެކަން ކުރާ ވިޔަފާރިތަކާ ދެކޮޅަށް ފިޔަވަޅު އަޅާނަން. މިކަހަލަ ޝަކުވާތަކެއް ވަނީ ލިބިފައި.

-ރަޖިސްޓްރަރ އޮފް ކޮމްޕެނީސް ވިސާމް-

23 އޭޕްރިލް 2020 | ބުރާސްފަތި 21:06
Writer Profile Picture
އަމަން ހަލީމް
ނޯތަ ހާބަރުން އެޕްރޫވަލް ލިބޭނެ އިންތިޒާމްތައް ހަމަޖައްސައިފި

އެޕްރޫވަލް ހޯދުމުގައި ދިމާވެފައިވާ ދަތިތަކަށް ހައްލެއް ގެނައުމުގެ ގޮތުން އެހެން އެޖެންސީތަކާ ގުޅިގެން، އެތަނުން އެޕްރޫވަލް ލިބޭނެ އިންތިޒާމްތައް އިކޮނޮމިކް މިނިސްޓްރީން ހަމަޖައްސައިފި

23 އޭޕްރިލް 2020 | ބުރާސްފަތި 21:01
Writer Profile Picture
އަމަން ހަލީމް
105 ފަރާތެއް ޖޫރިމަނާކޮށް، 21 މީހަކު ހައްޔަރަށް

އެއްވެސް ފާހެއް ނެތި މަގުމަތީގައި އުޅުނު 21 މީހަކު ފުލުހުން ހައްޔަރުކޮށްފި. އަދި 105 ފަރާތެއް މިއަދު އެކަނިވެސް ޖޫރިމަނާކޮށްފައިވޭ.

23 އޭޕްރިލް 2020 | ބުރާސްފަތި 20:58
Writer Profile Picture
އަމަން ހަލީމް
24 ގަޑިއިރުގެ ތެރޭގައި ފެނުނު ކޭސްތަކުގެ އަދަދު 23 އަށް!

ފާއިތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ފެނުނު ކޭސްތަކުގެ އަދަދު 23 އަށް އަރައިފި. މިއީ މިހާތަނަށް އެއް ދުވަހެއްގެ ތެރޭގައި ރާއްޖެއިން އެންމެ ގިނަ އަދަދެއްގެ ކޭސް ފެނުނު ދުވަސް.

23 އޭޕްރިލް 2020 | ބުރާސްފަތި 20:56
Writer Profile Picture
އަމަން ހަލީމް
އިތުރަށް ފެނުނު ކޭސްތަކަކީ އެއްތަނަކުން ފެނުނު 14 ކޭސް

މިއަދު ފެނުނު ކޭސްތަކުގެ ތެެރެއިން ފެނުނު 14 ކޭސްއަކީ އެއް ތަނަކުން ފެނުނު 14 ކޭސް: ޑރ. ނަޒްލާ

23 އޭޕްރިލް 2020 | ބުރާސްފަތި 20:55
Writer Profile Picture
އަމަން ހަލީމް
މިއަދު ފެނުނު 9 ކޭސްއާ ކުރީގެ ކޭސްތަކާ ގުޅުން އެބައޮތް

މިއަދު ފެނުނު ކޭސްތަކުގެ ތެރޭގައި އެހެން ކްލަސްޓަރތަކާ ނުގުޅޭ ކޭސްތަކާއި، އެހެން ކްލަސްޓަރތަކާ ގުޅިފައިވާ ހަތް ކޭސްއެއް ހިމެނޭ

23 އޭޕްރިލް 2020 | ބުރާސްފަތި 20:53
Writer Profile Picture
އަމަން ހަލީމް
ޓެސްޓިންގ ކެޕޭސިޓީ އިތުރުކުރުމަށް އިތުރު ޕީސީއާރް މެޝިނެއް ބޭނުންކުރަން ފަށައިފި

މިހާރުގެ ޓެސްޓިންގ ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން ފުލުހުންގެ އިންޓެލިޖެންސުން ގެންގުޅޭ އިތުރު ޕީސީއާރް މެޝިނެއް ބޭނުންކުރަން ފަށައިފި. މި މެޝިނުން ދުވާލެއްގެ މައްޗަށް އިތުރު 50 ޓެސްޓު ހެއްދޭނެ. އަދި ކުރިއަށް އޮތް ތަނުގައި ކެޕޭސިޓީ އިތުރުކުރެވޭނެ.

23 އޭޕްރިލް 2020 | ބުރާސްފަތި 20:49