Raajje.mv

މަޖިލިސް 19

19 ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު

06 އެޕްރީލު 2019
66792
މަޖިލިސް 19

މަޖިލިސް 19

06 އެޕްރީލު 2019 | 05:15

ރައީސް ސޯލިހު ވޯޓުލެއްވުމަށް ވަޑައިގެންފި

ވޯޓުލެއްވުމަށްޓަކައި ދާދި ދެންމެއަކު ރައީސް ސޯލިހު ޖަމާލުއްދީން ސުކޫލަށް ވަޑައިގެންފި. ރައީސް ވޯޓުލައްވަނީ ހިންނަވަރު ދާއިރާއަށް، އެ ދާއިރާއަށް 3 ކެނޑިޑޭޓަކު ކުރިމަތިލައްވާފައިވޭ

ރައީސް ސޯލިހު ވޯޓުލައްވަން ވަޑައިގަތުން

06 އެޕްރީލު 2019 | 05:03

އިންތިހާބުގެ ކަންކަން ބެލެހެއްޓުމަށް ފުލުހުން ފައްޓަވާފައިވާ އޮޕަރޭޝަންގެ ތެރެއިން

06 އެޕްރީލު 2019 | 04:55

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުގެ އިންޓަރވިއު

މަޖިލިސް އިންތިޚާބުގައި އަމާން މާހައުލެއް ގާއިމްކުރުމަށް ފުލުހުން ކުރިއަށް ގެންދާ ޚާއްސަ އޮޕަރޭޝަންގައި 500 އަށް ވުރެ ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށާއި، މި އޮޕްރޭޝަންގެ މައިގަނޑު މަގުސަދަކީ އަމާން ރައްކާތެރި މާހައުލެއް މާލެ އާއި އަތޮޅުތަކުގައި ގާއިމްކުރުން ކަމަށް ހަމީދު ވިދާޅުވި، އަދި މި އޮޕްރޭޝަންގައި ހަރަކާތްތެރިވާ ފުލުހުންގެ އިތުރުން ވެސް ރައްކާތެރިކަން ކަށަވަރުކުރުމަށް 1200 އެއްހާ ފުލުހުން މާލެ އާއި އަތޮޅު ތެރޭގައި ހަރަކާތްތެރިވަމުންދާ ކަމަށް ހަމީދު ވިދާޅުވެފައިވޭ.

06 އެޕްރީލު 2019 | 04:26

އިންޑިއާގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދަނީ

06 އެޕްރީލު 2019 | 04:21

ފަރސްޓްލޭޑީ ފަޒްނާ އަހުމަދުވެސް ވޯޓުލައްވައިފި

ރައީސް ސޯލިހުގެ އަނބިކަނބަލުން ރާއްޖޭގެ ފަރސްޓްލޭޑީ ފަޒްނާ އަހުމަދުވެސް ވޯޓު ލައްވައިފި. އެކަމަނާ ވޯޓުލެއްވީ މާފަންނު ހުޅަނގު ވޯޓުފޮއްޓަށް،

ފަރސްޓްލޭޑީ ފަޒްނާ ވޯޓުލައްވާ މަންޒަރު

06 އެޕްރީލު 2019 | 04:05

ރައީސް ނަޝީދު ވޯޓުލެއްވި މަންޒަރު

06 އެޕްރީލު 2019 | 03:59

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވޯޓުލައްވައިފި. 

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވޯޓުލައްވައިިފި. ރައީސް ނަޝީދު ވޯޓުލައްވާފައިވަނީ ގަލޮޅު އުތުރު ދާއިރާއަށް.

ރައީސް ނަޝީީދުު ވޯޓުލެއްވުން

06 އެޕްރީލު 2019 | 03:56

އީސީގެ ރައީސް ޝަރީފްގެ އިންޓަރވިއު

ބޮޑެތި މަރުކަރުތައް ބަލަމުން މިދަނީ އަދި މަސައްކަތްތައްވެސް ވަރަށް ރަނގަޅަށް ކުރިއަށްދާކަން ފާހަގަކުރެވޭ. ޤަބޫލުކުރަނީ އަމާންކަމާއި ސުލްހަވެރިކަމާއެކު އިންތިހާބުގެ ހުރިހާ ކަމެއް ދާނެ ކަމަށް. މިހާރު ޑީޕީއާރްއެސްއާ މަޝްވަރާކޮށް ތިލަފުށީގައިވެސް ވޯޓުލުން ފެށުމަށް ދަނީ މަސައްކަތް ކުރަމުން : ޝަރީފް

06 އެޕްރީލު 2019 | 03:53

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން ދަނީ ވޯޓުލާ ސަރަހައްދުތަކަށް ގޮސް މޮނިޓަރ ކުރަމުން

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން ދަނީ ވޯޓުލާ ސަރަހައްދުތަކަށް ގޮސް މޮނިޓަރ ކުރަމުން. އެގޮތުން އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފާއި، ސްޕޯކްސްޕަރސަން އަކްރަމް އަދި އިތުރު މެމްބަރުންތަކެއް ދާދި ދެންމެއަކު އިސްކަންދަރު ސުކޫލަށް ވަޑައިގެން ވޯޓުލުން ކުރިއަށްދާ ގޮތް މޮނިޓަރ ކުރައްވަމުން އެބަދޭ.

06 އެޕްރީލު 2019 | 03:35

އީސީގެ މެމްބަރު އަހުމަދު އަކްރަމްގެ އިންޓަރވިއު

މިއަދު 8:30 އާ ހަމައަށް ދިޔައިރު ވޯޓުލުން ފެށިފައި ނުވާ ކަމުގެ މައުލުމާތު މިހާތަނަށް ލިބިފައިވަނީ ތިލަފުށިން އެކަނި. ތިލަފުށީގައިވެސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވޯޓުލުން ފެށޭނެ. މަޖިލިސް އިންތިހާބުގެ އިންތިޒާމުތައް ފުރިހަމައަށް ކުރިއަށްދާއިރު މިއަދު އިންތިހާބާ ބެހޭ ޚާއްސަ ޖަލްސާއެއް 9:00 އަށް ވަނީ ތާވަލު ކުރެވިފައި، އެ މައުލޫމާތުތައް މީޑިއާއާ ހިއްސާކުރާނެ- އަކްރަމް

06 އެޕްރީލު 2019 | 03:30

ވޯޓުލާ ސަރަހައްދުތަކުގެ އާންމު ހާލަތު ރަނގަޅު-ފުލުހުން

ވޯޓުލުން ފެށިގެން ކުރިއަށްދާއިރު ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގެ އާންމު ހާލަތު ރަނގަޅު ކަމަށް ފުލުހުން މައުލޫމާތުދޭ

06 އެޕްރީލު 2019 | 03:22

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަކްރަމް

މިހާތަނަށް ވޯޓުލުން ފެށިފައި ނުވަނީ ހަމައެކަނި ތިލަފުށީގައި ކަމަށް އަކްރަމް ވިދާޅުވި. އަދި ވޯޓުލުން ލަސްވަމުންދަނީ ވޯޓުލާ ތަކެތި ވެއްދުމުގައި ދިމާވި ދަތިތަކެއްގެ ސަަބަބުން ކަމަށާއި، އެކަން ހައްލުކޮށް ވީހާވެސް އަވަހަށް ވޯޓުލުން ފެށުމަށް މަސައްކަތް ކުރަމުންދާ ކަަމަށްވެސް ވިދާޅުވި

06 އެޕްރީލު 2019 | 03:18

އޮޕަރޭޝަން ބްލޫ ޓައިޑް

އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަަކައި އަދި އިންތިޚާބަށް އަމާން މާޙައުލެއް ޤާއިމްކޮށްދިނުމަށް ފުލުހުން ވަނީ "އޮޕަރޭޝަން ބްލޫޓައިޑް" ގެ ނަމުގައި ޚާއްސަ އޮޕަރޭޝަނެއް ވަނީ ފަށާފައި. އެގޮތުން އޮޕަރޭޝަނުގައި ހަރަކާތްތެރިވާ ފުލުހުންނަށް ތަމްރީނުތައްދީ، އިންތިޚާބުގައި ވޯޓު ފޮށި ބަހައްޓާ ތަންތަނުގައި ހަރަކާތްތެރިވާ ފުލުހުން އެތަންތަނަށް ގޮސް ނިމިފައިވާއިރު، އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނަށް ތައްޔާރުވުމަށް ކުރަމުންއައި ހުރިހާ މަސައްކަތްތައް މިހާރު ނިމިފައިވާކަމަށް ފުލުހުން މައުލޫމާތުދޭ

06 އެޕްރީލު 2019 | 03:14

ވޯޓުލާ ހުރިހާ ރަށެއްގައިވެސް ފުލުހުން ދަނީ ހަރަކާތްތެރިވަމުން

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަން ބްލޫޓައިޑް އިއްޔެ ފަށާފައިވާއިރު، ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބަހައްޓާ ޤައުމުތަކުގައާއި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ފުލުހުން މިހާރު ހަރަކާތްތެރިވަމުންދާނެ.- ފުލުހުން

ފުލުހުންގެ އޮޕަރޭޝަން ބްލޫ ޓައިޑް

06 އެޕްރީލު 2019 | 03:07

ހޯރަފުށީގައި ވޯޓުލުން ފެށިގެން ކުރިއަށްދަނީ

ހއ ހޯރަފުށީގައި ވޯޓުލުން ފެށިގެން ކުރިއަށް އެބަދޭ. އެ ދައިރާއަށް 2 ކެނޑިޑޭޓަކު ކުރިމަތިލައްވާފައިވާއިރު، ވޯޓު ލުމުގެ ޙައްޤު ލިބިފައިވަނީ 3423 މީހުންނަށް

ހޯރަފުށީގައި ވޯޓުލުން ކުރިއަށްދަނީ

06 އެޕްރީލު 2019 | 03:03

މަޖިލިސް 2019 ގެ ކޯޑިނޭޓަރުން

މަޖިލިސް 2019ގެ ކޯޑިނޭޓަރުން އިލެކްޓޯރަލް މެނޭޖްމަންޓް ސެންޓަރުގައި ހަރަކާތްތެރިވަމުން އެބަދޭ

އިލެކްޓޯރަލް މެނޭޖްމަންޓް ސެންޓަރު

06 އެޕްރީލު 2019 | 03:00

ކ.ކާށިދޫގައި ވޯޓުލުމުގެ ތައްޔާރީތައް ކުރިއަށްދަނީ

Caption

ކާށިދޫ ދާއިރާއަށް 6 ކެނޑިޑޭޓަކު ކުރިމަތިލައްވާފައިވޭ. އަދި ވޯޓު ލުމުގެ ޙައްޤު ލިބިފައިވާ 2615 މީހުން ކާށިދޫ ދާއިރާގައި ވޭ

06 އެޕްރީލު 2019 | 02:54

މަޖީދިއްޔާ ސުކޫލު ތެރޭގައި ވޯޓުލާން ކިއޫ ހަދާފައި

މަޖީދިއްޔާ ސުކޫލުގައި 7 ވޯޓު ފޮއްޓެއް ބެހެއްޓިފައިވޭ. އޭގެ ތެރޭގައި ހިމެނެނީ ރ އަތޮޅާއި އައްޑޫ އަތޮޅުގެ ވޯޓު ފޮށިތައް

06 އެޕްރީލު 2019 | 02:50

މަޖިލިސް އިންތިޚާބު 2019

އަމާންއޮމާން ކަމާއެކު އިންތިޚާބީ އެންމެހައި މަސައްކަތައް ކުރިއަށް ގެންދިއުމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ގޮވާލައްވައިފިއެވެ.

ކޮމިޝަންގެ ރައީސް ޝަރީފު ވިދާޅުވީ މައްސަލައެއް ދިމާވި ނަމަވެސް ގާނޫނާ ގަވާއިދާއެއް ގޮތަށް އަމަލުކުރުމަށް އެދޭ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ރާއްޖޭގައި ވޯޓުލުން ކުރިއަށްދާނީ ހޮނިހިރު ދުވަހުގެ ހެނދުނު 08:00 އިން ހަވީރު 4:00 އަށް ކަމަށެވެ. އިންޑިއާ އަދި ސްރީލަންކާގައި ވޯޓްލުން ކުރިއަށްދާނީ އެ ގައުމުގެ ގަޑިން ހެނދުނު 08:30 އިން ހަވީރު 4:30 އަށެވެ. މެލޭޝިޔާގައި ވޯޓުލުން ކުރިއަށްދާނީ އެ ގައުމުގެ ގަޑިން 11:00 އިން ރޭގަނޑު 7:00އަށް އަދިއިނގިރޭސީވިލާތުގައި ވޯޓްލުން ކުރިއަށް ދާނީ ހެނދުނު 9:30 އިން ރޭގަނޑު ހަވީރު 5:30 އަށެވެ.

06 އެޕްރީލު 2019 | 02:44

ކިއޫގައި ނުޖެހި ވޯޓުލެވޭ މީހުން

އިލެކްޝަންސް ކޮމިޝަނުން ފާސް ދޫކޮށްފައިވާ ފަރާތްތައް

ދޮށީއުމުރުގެ މީހުން

ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުން

ފުލުހުން

މާބަނޑު އަންެހެނުން

އުރާވަރުގެ ތުއްތު ކުދިން ގޮވައިގެން ގޮސް ތިބޭ މީހުންނެވެ

06 އެޕްރީލު 2019 | 02:40

ވޯޓުލާން ކިޔުގައި

ފޭދޫގައި ވޯޓުލުމަށް ކިޔުގައި ޖެހިފައި

މަޖިިލިސް އިންތިޚާބަށް ސަރުކާރުގެ މައިޕާޓީ އެމްޑީޕީން 85 ކެންޑިޑޭޓުން ވާދަ ކުރެ އެވެ. ޕީޕީއެމްގެ 27 އަދި ޕީއެންސީގެ 20 ކެންޑިޑޭޓުން ނުކުންނައިރު ޖުމްހޫރީ ޕާޓީގެ 41 ކެންޑިޑޭޓުން ވާދަ ކުރެ އެވެ. އަދި އަމިއްލަ ގޮތުން ޖުމްލަ 386 ކެންޑިޑޭޓުން ވާދަ ކުރެ އެވެ.

މިއިންތިޚާބުގައި ފުރަތަމަ ފަހަރަށް ރައީސްކަން ކުރެއްވި ބޭފުޅަކު ވާދަކުރައްވައެވެ.

މިއިންތިހާބުގައި ރާއްޖެ އާއި ބޭރުގެ ބައެއް ގައުމުތަކާއެކު 501 ވޯޓް ފޮށި ބަހައްޓާފައިވެއެވެ.

06 އެޕްރީލު 2019 | 02:33

އޮފިޝަލުންނާއި ސެކިއުރިޓީ ފޮށިތައް މާލޭ ސިޓީ ސަރަހައްދުތަކަށް ފޮނުވުން

06 އެޕްރީލު 2019 | 02:18

ވޯޓު ފޮށިތައް މަރުކަޒުތަކަށް ގެންދަނީ

19 ވަނަ ރައްޔިތުން މަޖިލިސްގެ މަޖިލީހަށް މެންބަރުން އިންތިޚާބު ކުރުމަށް މިއަދު ހެނދުނު 8:00 ވޯޓުލުން ފަށާނެ.

06 އެޕްރީލު 2019 | 01:46

ވޯޓުލާން ކިޔުގައި

އަދ. ހިމަންދޫ ސްކޫލުގައި ވޯޓުލަން ބަޔަކު ކިޔުގައި ޖެހިގެން

Caption

06 އެޕްރީލު 2019 | 01:43

ވޯޓު ފޮށިތައް މަރުކަޒުތަކަށް ގެންދަނީ

މާލޭގެ މަރުކަޒުތަކަށް ވޯޓު ފޮށިތައް ގެންދިޔުމަށް ދަރުބާރުގޭގައި ފޮށިތައް ތައްޔާރުކޮށްފައި

06 އެޕްރީލު 2019 | 01:35

މަޖިލީސް އިންތިހާބަށް ތައްޔާރު ވެފައި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ފޮށިތައް ހުންނަ ސަރަހައްދުގައި މީހުން ކިޔު ޖެހެން ފަށައިފި

2 / 2