Raajje.mv

މަޖިލިސް 19

19 ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު

06 އެޕްރީލު 2019
66792
މަޖިލިސް 19

މަޖިލިސް 19

06 އެޕްރީލު 2019 | 14:12

ވޯޓު ގުނުން ކުރިއަށްދާއިރު ބައެއް ވޯޓުފޮށި ތަކުގެ ވަގުތީ ނަތީޖާތައް ދަނީ އިއުލާނުކުރަމުން

06 އެޕްރީލު 2019 | 14:03

ވޯޓު ކަރުދާހެއް އިތުރުވުމުގެ ސަބަބުން އޭދަފުށީ ވޯޓު ފޮއްޓެއް ބަންދު ނުކުރެވިފައި

އޭދަފުށީ 2 ނަމްބަރު ވޯޓުފޮށި

06 އެޕްރީލު 2019 | 13:35

ބައެއް ސަރަހައްދުތަކުގައި ވޯޓު ގުނަން ފަށައިފި

ވޯޓު ލުމުގެ ކިއޫ 18:00 ގައި ބަންދުކޮށްފައިވާއިރު، ވޯޓު ފޮށިތައް ބަންދުކޮށްފައިވާ ބައެއް ސަރަހައްދުތަކުގައި ވޯޓު ގުނަން ފަށައިފިއެވެ.

06 އެޕްރީލު 2019 | 13:26

ހައެއް ޖެހުމާ ހަމައަށް ވޯޓުލާފައިވަނީ 207360 މީހުން - އިލެކްޝަންސް ކޮމިޝަން

06 އެޕްރީލު 2019 | 13:14

ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް އާންމު ހާލަތު ރަނގަޅު- ފުލުހުން

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ވޯޓުލުން ކުރިއަށްދާއިރު، ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައިވެސް އާންމު ހާލަތު ރަަނގަޅު ކަމަށް ފުލުހުން ބުނެފައިވޭ. އެގޮތުން އަމާންކަމާއި ސުލްހަވެރިކަމާއެކު އިންތިހާބުގެ ކަންކަން ކުރިއަށް ގޮސްފައިވާ ކަމަށް ގިނަ ބަޔަކު ފާހަގަކުރޭ

06 އެޕްރީލު 2019 | 13:06

ކިއޫ ބަންދު ކޮށްފި، ރައީސް ޔާމީނު ވޯޓުލާން ވަޑައިނުގަންނަވައި

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވޯޓުލާ ކިއޫތައް ބަންދުކޮށްފައިވާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނު ވޯޓުލާން ވަޑައިނުގަންނަވާ ކަން "ރާއްޖެއެމްވީ" އަށް އެނގިއްޖެއެވެ.

06 އެޕްރީލު 2019 | 12:41

ވޯޓުލާ ވަގުތު ނިމެން ކުޑަ ވަގުތުކޮޅަކަށް ވެފައިވާއިރު ވޯޓު ލުމުގެ ކަންކަން ގޮސްފައިވަނީ ވަރަށް އަމާންކަމާއެކު

06 އެޕްރީލު 2019 | 12:38

ވޯޓުލީ މީހުންގެ އަދަދު ދެލައްކައަށް އަރައިފި

މިހާތަނަށް 200464 މީހުން ވޯޓުލައިފި. އެއާއެކު ވޯޓު ނުލާ މީހުންގެ އިންސައްތައަކީ 24.19.

ވޯޓުލީ ފިރިހެނުންގެ އަދަދަކީ 100673 އަދި އަންހެނުންގެ އަދަދަކީ 99791

މަޖިލިސް 2019 އަޕްޑޭޓްސް

06 އެޕްރީލު 2019 | 11:23

ކުރިއަށްމިދާ މަޖިލިސް އިންތިހާބުގައި 60 އިންސައްތަ މީހުން ވޯޓުލައިފި

06 އެޕްރީލު 2019 | 11:18

މާދަމާ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފި

ރައީސް އޮފީހުން ނެރުނު ބަޔާން

06 އެޕްރީލު 2019 | 11:05

ވޯޓުލާ ވަގުތު އިތުރުކުރީ ޤައުމީ ލަފާދޭ ކޮމިޓީގެ އިއްތިފާޤުން

ކުރިއަށް މި އޮތް 2 ގަޑިއިރު ތެރޭގައި ވޯޓު ލުމުގެ ހައްޤު ބޭނުން ކުރެވޭނެ. އީސީން ވޯޓުލާ ވަގުތު އިތުރު ކުރުމަށް ނިންމީ ޤައުމީ ލަފާދޭ ކޮމިޓީގެ އިއްތިފާޤުން ކަމަށް އެ ކޮމިޝަނުގެ މެމްބަރު އަކްރަމް ވިދާޅުވި. އަދި ކިއޫގައި ޖެހޭ މީހުންގެ އަދަދު ކުރިއަށް އޮތް 2 ގަޑިއިރު ތެރޭގައިވެސް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް އަކްރަމް ވިދާޅުވި.

06 އެޕްރީލު 2019 | 10:30

ވޯޓުލާ ވަގުތު 18:00 އަށް އިތުރުކޮށްފި

މި ދުވަސްވަރު މޫސުންހުރި ގޮތުން، ހޫނު ގަދަ ވުމުގެ ސަބަބުން ވޯޓު ލުމަށް އަންނަ މީހުން މަދުވެދާނެ ކަަމަށްޓަކައިި، މިއަދު 18:00އާ ހަމައަށް ވޯޓުލުން ކުރިއަށްގެންދަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި

06 އެޕްރީލު 2019 | 10:16

ވޯޓު ކަރުދާސް ފޮޓޯ ނެގުމާއި ދެއްކުން

ގދ. މަޑަވެލިގައި ވޯޓު ކަރުދާސް ފޮޓޯނެގި މީހަކު މަޢުލޫމާތު ސާފުކުރުމަށް ހާޒިރުކުރެވިފައިވޭ އަދި ވޯޓު ކަރުދާސް ދައްކައިގެން ގދ. ރަތަފަންދޫއިން 2 މީހަކު، ގދ. ފަރެސްމާތޮޑާއން އެކަކު ވަނީ މަޢުލޫމާތު ސާފުކުރުމަށް ހާޒިރުކުރެވިފައި- ފުލުހުން

06 އެޕްރީލު 2019 | 10:02

ވޯޓުލާން ބާކީ 1 ގަޑިއިރު، ކިއޫގައި ޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވަމުން

ވޯޓުލާން ބާކީ 1 ގަޑިއިރަށް ވެފައިވާއިރު، އެކި ކަންކޮޅުތަކުގައި ހުރި ވޯޓު ފޮށިތައް ކައިރީގައި ވޯޓުލުމަށް ކިއޫގައި ޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވަމުން.

ވޯޓުލުމަށް ކިއޫގައި ޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވަމުން

06 އެޕްރީލު 2019 | 09:58

މަޖިލިސް އިންތިހާބު ކުރިއަށްދާއިރު ފުލުހުން ދަނީ ޓްރެފިކް ކަންކަން ބަލަހައްޓަމުން

06 އެޕްރީލު 2019 | 09:55

ވީހާވެސް ގިނަ ބަޔަކު ވޯޓުލާންދާން އީސީން އެދިފައިވޭ

މަޖިލިސް އިންތިހާބުގައި މިހާތަނަށް 140،900 މީހުން ވޯޓުލައިފި.ފަހު ވަގުތު ވޯޓުލާން ދިއުމުން ކިއޫގައި ގިނައިރު މަޑުކުރަން ޖެހިދާނެތީ، ވޯޓު ލުމަށް ވީހާވެސް ގިިނަ ބަޔަކު ވީ އެންމެ އަވަހަކަށް ދިއުމަށް އީސީން އެދިވަޑައިގެންފައިވޭ .

މަޖިލިސް 2019 ގެ ފަހުގެ އަޕްޑޭޓްސް

06 އެޕްރީލު 2019 | 09:29

މިހާތަނަށް ވޯޓުލީ މީހުންގެ އަދަދު 50 އިންސައްތައަށް އަރައިފި

ވޯޓު ލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ތެރެއިން މިހާތަނަށް 50 އިންސައްތައަށްވުރެ ގިނަ މީހުން ވޯޓުލައިފި.

މަޖިލިސް 19 ގެ ވޯޓުލުން ކުރިއަށްދަނީ

06 އެޕްރީލު 2019 | 09:25

ވޯޓު ފޮށިތައް ބަންދުކުރަން ބާކީ ގާތްގަނޑަކަށް ދޮޅު ގަޑިއިރު

ކުރިއަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓް ފޮށިތައް ބަންދުކުރަން ދޮޅު ގަޑިއިރަށް ވެފައިވާ އިރު ވޯޓު ލީ މީހުންގެ އަދަދު ލައްކައަކަށް ވަނީ އަރާފައި.

މި ފަހަރުގެ އިންތިޚާބުގައި 264442 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދޭ. ރިޔާސީ އިންތިހާބާ ހިލާފަށް މެންދުރާ ހަމައަށް ދިޔައިރު ވޯޓުލާން ނުކުންނަ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުކަން ފާހަގަކޮށްލެވޭ. އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވެސް ވަނީ އެކަން ފާހަގަކުރައްވާފައެ

06 އެޕްރީލު 2019 | 08:59

ޔޫކޭގައިވެސް ވޯޓުލުން ފެށިއްޖެ

06 އެޕްރީލު 2019 | 08:48

ވޯޓުލާން ނުކުންނަ މީހުންގެ އަދަދު ދަށްވެއްޖެ- ޝަރީފް

06 އެޕްރީލު 2019 | 08:44

ހއ ހޯރަފުށީގައި ވޯޓުލުން ކުރިއަށްދަނީ

ހއ ހޯރަފުށީގައި ވޯޓުލުން ކުރިއަށްދަނީ

06 އެޕްރީލު 2019 | 08:16

ވޯޓުލާ ސަރަަހައްދުތަކުގައި ފުލުހުން ހަރަކާތްތެރިވެ އެހީތެރިކަން ފޯރުކޮށްދެނީ

06 އެޕްރީލު 2019 | 08:11

ވޯޓުލީ މީހުންގެ އަދަދު ލައްކައަކަށް އަރައިފި

06 އެޕްރީލު 2019 | 08:07

ވޯޓު ކަރުދާސް ފޮޓޯ ނަގައިގެން ފޭދޫ ސުކޫލުންވެސް 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

އައްޑޫ ސިޓީ ފޭދޫ ސްކޫލަށް ވޯޓުލާންދިޔަ ތިން މީހަކު ވޯޓުލުމަށްފަހު ވޯޓް ކަރުދާސް ފޮޓޯ ނެގުމާއި ގުޅިގެން އެތިން މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި- ފުލުހުން

06 އެޕްރީލު 2019 | 08:02

މަޖިލިސް އިންތިހާބުގެ ވޯޓުލުމުގެ ކަންކަން ކުރިއަށްދަނީ އަމާންކަމާއެކު ކަމަށް ގިނަ ފަރާތްތަކުން މައުލޫމާތުދޭ

06 އެޕްރީލު 2019 | 07:53

މިހާތަނަށް 95422 މީހުން ވޯޓުލައިފި

މަޖިލިސް އިންތިހާބުގައި މިހާތަނަށް 95،422 މީހުން ވޯޓުލާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 51،281 ފިރިހެނުންނާއި، 44،141 އަންހެނުން. ވޯޓު ލުމުގެ ހައްޤު ލިބިފައިވާ 264442 މީހުން އެބަތިބި.

06 އެޕްރީލު 2019 | 07:43

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުވެސް ވޯޓުލައްވައިފި

06 އެޕްރީލު 2019 | 07:32

ވޯޓުލުމަށްފަހު ވޯޓުކަރުދާސް ފޮޓޯ ނެގި ކަމަށް ބުނާ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިއްޖެ

މިކަން ހިނގާަފައިވަނީ ގއ ވިލިނގިލީގައި. ގއ. ވިލިނގިލީގައި ވޯޓުލުމަށްފަހު ވޯޓު ކަރުދާސް ފޮޓޯނެގިކަމަށް ތުހުމަތުކުރެވޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް ފުލުހުން ބުނެފައިވޭ.

ވިލިނގިލީ ވޯޓުލާ ސަރަަހއްދުގައި ފުލުހުން ހަރަކާތްތެރިވަނީ

06 އެޕްރީލު 2019 | 07:21

މަޖިލިސް އިންތިހާބުގެ ޤައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުން ކުރިއަށްދަނީ

06 އެޕްރީލު 2019 | 07:15

އިންތިހާބުގެ އެންމެ ފަހުގެ އަޕްޑޭޓްތައް

06 އެޕްރީލު 2019 | 07:06

އެޗްއާރްސީއެމުން ވެސް ދަނީ އިންތިހާބުގެ ކަންކަން އޮބްޒާރވް ކުރަމުން

06 އެޕްރީލު 2019 | 06:51

އޮޕަރޭޝަން ބްލޫ ޓައިޑްގެ ތެރެއިން - އިންތިހާބުގެ ކަންކަން ފުލުހުން ބަލަހައްޓަނީ

06 އެޕްރީލު 2019 | 06:47

މަޖިލިސް 2019 ވޯޓުލުން

‏އިލެކްޝަންސް ކޮމިޝަނުން ޢާއްމުކޮށްފައިވާ މަޢުލޫމާތުގައިވާ ގޮތުން މިހާތަނަށް 43،074 މީހަކު ވަނީ ވޯޓުލާފައި. މީގެތެރެއިން 26،513 މީހުންނަކީ ފިރިހެނުން. 16،561 މީހުންނަކީ އަންހެނުން.

06 އެޕްރީލު 2019 | 06:43

ނައިބު ރައީސް ފައިސަލް ނަސީމް ވޯޓުލެއްވުން

ނައިބު ރައީސް ފައިސަލް ނަސީމް ވޯޓުލެއްވުން

06 އެޕްރީލު 2019 | 06:38

އުމުރުން ދުވަސްވީ މީހަކު ވޯޓުލާން އަންނަ މަންޒަރު

އުމުރުން ދުވަސްވީ މީހަކު ވޯޓުލާން އަންނަ މަންޒަރު. ދޮށީ އުމުރުގެ މީހުންނަށް ކިއޫގައި ނުޖެހި ވޯޓުލެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައި.

އުމުރުން ދުވަސްވީ މީހަކު ވޯޓުލާން އަންނަ މަންޒަރު

06 އެޕްރީލު 2019 | 06:26

ނައިބު ރައީސް ވޯޓު ލައްވައިފި

ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް އަމާންކަމާއެކު ވޯޓުލުން ކުރިއަށްދާކަމާ އެކަމުން ދޭހަވަނީ ސުލްހަވެރިކަމާއެކު ހަރަކާތްތައް ހިންގުމުގެ ފުރުސަތު އޮތްކަން ކަމަށް ވިދާޅުވި. އަދި ވީހާވެސް ގިނަ ބަޔަކު ވޯޓުދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންފައިވޭ.

06 އެޕްރީލު 2019 | 06:23

ފުލުހުންނަށް ހުށައެޅޭ އިންތިހާބާ ގުޅޭ ޝަކުވާތައް

އިންތިހާބާ ގުޅޭ 2 ޝަކުވާއެއް މިހާތަނަށް ފުލުހުންނަށް ހުށައެޅިފައިވާ ކަމަށާއި، ތަފްސީލު ފަހުން ހާމަކުރައްވާނެ ކަމަށް ފުލުހުން މައުލޫމާތުދެއްވާ

06 އެޕްރީލު 2019 | 06:21

ކުރީގެ ރައީސް މައުމޫނުވެސް ވޯޓުލައްވައިފި

ކުރީގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމުވެސް ދާދި ދެންމެ ވޯޓުލައްވައިފި.

ރައީސް މައުމޫނު ވޯޓުލެއްވުން

06 އެޕްރީލު 2019 | 06:18

ރައީސް ސޯލިހު ވޯޓުލައްވައިފި

މިއީ އެމަނިކުފާނު ހުވާކުރެއްވި ފަހުން އާންމު އިންތިހާބެއްގައި ވޯޓު ލެއްވި ފުރަތަމަ ފަހަރު. އެމަނިިކުފާނު ވަނީ ވީހާވެސް ގިނަ ބަޔަކު ވޯޓު ލެއްވުމަށް އެދިވަޑައިގެންފައި.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

06 އެޕްރީލު 2019 | 05:18

ރައީސް ސޯލިހު ވޯޓުލައްވައިފި، ވީހާވެސް ގިނަ ބަޔަކު ވޯޓުލުމަށް އެމަނިކުފާނު އެދިލައްވާފައިވޭ

ރައީސް ސޯލިހުވެސް ވޯޓުލައްވައިފި. އެމަނިކުފާނު ވަނީ ވީީހާވެސް ގިނަ ބަޔަކު ވޯޓުލުމުގެ ހައްޤު ބޭނުންފުޅު ކުރެއްވުމަށް . . އެދިވަޑައިިގެންފައި. އަދި ވޯޓު ލުމުގެ ކަންކަން ކުރިއަަށްދަނީ ސުލްހަވެރިކަމާ އަމާންކަމާއެކު ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވި

ރައީސް ސޯލިހު ވޯޓުލައްވައިފި

1 / 2