ރައީސް ސޯލިހުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވުން

  • ރައީސް ސޯލިހުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވައިފި
  • ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާ ނިންމަވާލައްވައިފި
  • ރައީސްގެ ރިޔާސީ ބަޔާން ނިންމަވާލައްވައިފި
 
Writer Profile Picture
ލައިޝާ އަހްމަދު
ރައީސް ސޯލިހުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވައިފި

 

7 ފެބްރުއަރީ 2019 | ބުރާސްފަތި 11:00
Writer Profile Picture
ލައިޝާ އަހްމަދު
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާ ނިންމަވާލައްވައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ނިންމަަވާލައްވައިފި. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވާފައި. 

7 ފެބްރުއަރީ 2019 | ބުރާސްފަތި 10:58
Writer Profile Picture
ލައިޝާ އަހްމަދު
ރައީސްގެ ރިޔާސީ ބަޔާން ނިންމަވާލައްވައިފި

އަޅުގަނޑު މަގާމުގެ ހުވައި ކުރި ދުވަހެކޭ އެއްފަދައިން ރިޔާސީ އިންތިޚާބުގައި ރައްޔިތުން ވޯޓު ދެއްވި ގޮތުގެ ތަފާތަށް ބެލުމެއް ނެތި ރައްޔިތުންގެ އުއްމީދުތައް ހާސިލުކޮށް ދިނުމަށްޓަކައި ރައްޔިތުންގެ ޚިދުމަތުގައި އަޅުގަނޑު ދެމިހުންނާނެކަން މިއަދުވެސް އަޅުގަނޑު ތިޔަ އިއްޒަތްތެރި މެމްބަރުންނަށް ޔަގީންކޮށް އަރުވަން. ގުދުރަތުގެ މަތިވެރތި ނިޔާގެ މަތިން މި ރާއްޖޭގެ ރައްޔިތުންގެ އެންމެހައި ހައްގުތައް ރައްކާތެރިކުރުމުގެ މަތިވެރި އަމާނާތާއި މިވަގުތު ހަވާލުވެ ހުރި މީހަކީ އަޅުގަނޑު. މި މަތިވެރި އަމާނަތް އަދާކުރުމުގައި އަޅުގަނޑަށް މަދަދާއި ވާގިވެރިކަން ދެއްވުން އެދި ކޮންމެ ކަމަކަށް ކުޅަދުންވަންތަ ﷲާގެ ހަޟްރަތުގައި އިބްތިހާލުވެ ދަންނަވަން. އެކަލާންގެ މަތިވެތި ރަހްމަތްފުޅާއެކު އެ ޒިންމާ ދަާކުރުމުގައި މި އިއްޒަތްތެރި މަޖިލީހުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން އަޅުގަނޑަށް ދެއްވާނެ ކަމަށް ޔަގީންކުރަން.- ރައީސް

7 ފެބްރުއަރީ 2019 | ބުރާސްފަތި 10:55
Writer Profile Picture
ލައިޝާ އަހްމަދު
މާލޭގެ ހުސް ޖާގަ އިތުރުކުރުމަށް ސަރުކާރުގެ އިމާރާތެއް މާލޭގައި ނުހެދުމަށް ވަނީ ނިންމާފައި

މާލޭގައި ތޮއްޖެހުން ނައްތާލައި މާލޭއަކީ މާލޭގައި ދިރިއޫޅޭ މީހުންނަށާއި މާލެއަށް ޒިޔާރަތްކުރާ މީހުންނަށް ވެސް ހިތްފަސޭހަ އަމާން މާހައުލަކަށް ހެދުމަށް ސަރުކާރުގެ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައި. އެގޮތުން މާލޭގައި ހުސް ޖާގަ އިތުރުކުރުމަށް ސަރުކާރުގެ އިތުރު އެއްވެސް އިމާރާތެއް ނުހެދުމަށް މި ސަރުކާރުން ވަނީ ނިންމާފައި. އަދި މާލޭގައި މިހާރު ހުރި ބައެއް ބިންތައް ހުސްކޮށް ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ވެސް އަމާންކަމާއެކީގައި އުޅެވޭ ފަދަ ޖަޒީރާ މާހައުލަކަށް ބަދަލުކުރެވޭނެ. - ރައީސް

7 ފެބްރުއަރީ 2019 | ބުރާސްފަތި 10:52
Writer Profile Picture
ލައިޝާ އަހްމަދު
ބޯހިޔާވަހި ކަމުގެ އަގު ހެޔޮ ކުރުމަކީ މުހިއްމު އަމާޒެއް

ރާއްޖޭގެ ހުރިހާ ކަންކޮޅެއްގަިއ ހިނގްާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އެއް ފުރާޅެއްގެ ސށުން ހިންގުމަށްޓަކައި ނެޝަނަލް ހައުސިން ކޯޕަރޝޭޝަންގެ ނަމުގައި ކުންފުންޏެއް އުފެއްދުމަށް އަޅުގަނޑު ގަސްތުކުރަން. އަޅުގަނޑުގެ އަމާޒަކީ މީގެ ކުރިން ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ އަގަށް ވުރެ ހެޔޮ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުން.- ރައީސް

7 ފެބްރުއަރީ 2019 | ބުރާސްފަތި 10:50
Writer Profile Picture
ލައިޝާ އަހްމަދު
ރިޔާސީ ބަޔާން އިއްވެވުން ކުރިއަށްދަނީ

 

7 ފެބްރުއަރީ 2019 | ބުރާސްފަތި 10:49
Writer Profile Picture
ލައިޝާ އަހްމަދު
އަންހެނުންގެ ހިއްސާ އިތުރުކޮށް އަންހެނުން ބާރުވެރި ކުރުވާނެ

 

7 ފެބްރުއަރީ 2019 | ބުރާސްފަތި 10:48
Writer Profile Picture
ލައިޝާ އަހްމަދު
ފަސް އަހަރު ތެރޭގައި ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމުކުރެވޭނެ

ގައުމީ އާމްދަނީން ބޮލަކަށް ޖެހޭ ނިސްބަތް ކިތަނެމް މަތީގައި ހުއްޓަސް އެ އާމްދަނީން ސީދާ ރައްޔިތު މީހާގެ ޖީނަށް ވަންނަ މިންވަރު އަދިވެސް އިތުރެއް ނުވޭ. ގިނަ ރަށްރަށުގެ ރައްޔިތުން އަދިވެސް ތިބީ އެންމެ އަސާސީ ޚިދުމަތްތަކުން ވެސް މަހްރޫމުވެފައި. އެފަދަ ރަށްރަށުގައި ސާފު ބޯފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތް ގާއިމުކުރުމުގެ މަސައްކަތް އިރާދަކުރެވިއްޔާ މި އަހަރުތެރޭގައި ފެށިގެންދާނެ. އަދި މި ވެރިކަމުގެ ފަސް އަހަރުތެރޭގައި ރަށުގެ އާބާދީގެ ކުޑަބޮޑުމިނަށް ބެލުމެއް ނެތި އެއް އުސޫލަތުން ހުރިހާ ރަށެގައި އެ ޚިދުމަތް ތައް ގާއިމުކުރެވިގެންދާނެ.- ރައީސް

7 ފެބްރުއަރީ 2019 | ބުރާސްފަތި 10:46
Writer Profile Picture
ލައިޝާ އަހްމަދު
ނަފްސާނީ ދުޅަހެޔޮކަމުގެ ބިލް މި އަހަރު މަޖިލީހަށް ހުށައަޅާނެ

ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމަށް އުފައްދާ ނެޝަނަލް މެންޓަލް ހެލްތު ސެންޓަރު އިރާދަކުރެވިއްޔާ ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި ގާއިމުކުރެވި އެފަދަ ބަލިތަކަށް އާސަންދަ ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ. މިކަމަށް ބޭނުންވާ ވަސީލަތްތައް އިންދިރަގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި މިހާރު އަންނަނީ ގާއިމުކުރަމުން. އަދި މިކަމަށް ބޭނުންވާ މެންޓަލް ހެލްތު ބިލް ވެސް މިއަހަރުގެ ތެރޭގައި މަޖިލީހަށް ހުށަހެޅޭނެ.- ރައީސް

7 ފެބްރުއަރީ 2019 | ބުރާސްފަތި 10:42
Writer Profile Picture
ލައިޝާ އަހްމަދު
ސިއްހީ ދާއިރާއަށްވެސް ހަރުދަނާ ބަދަލުތަކެއް ގެންނަން ވަނީ ނިންމާފައި

ސިއްހަތަށް ނުރަނގަޅު ކާބޯތަކެއްޗާއި ނުރަނގަޅު އާދަތަކުން ދިވެހިން ހަލާކުވަމުން ދަނީ ހިތާމަކުރަންޖެހޭ މިންވަރަށް. މިފަދަ ބަލިތަކަށް މީހާ ވާސިލުކުރާ އެކައްޗަކީ ދުންފަތާއި ދުންފަތުގެ އުފެއްދުންތައް. ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާބެހޭ ގަވާއިދަށް ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ކުރާ ދުވަސްކަމަށްވާ މެއި މަހުގެ 31 ވަނަ ދުވަހު އަމަލުކުރަން ފެށުމުން ވަކިވަކިން ބިޑު، ސިނގިރޭޓް ސުއްޓާ ވިއްކުން މަނާވާނެ.- ރައީސް

7 ފެބްރުއަރީ 2019 | ބުރާސްފަތި 10:41
Writer Profile Picture
ލައިޝާ އަހްމަދު
ރައީސް ސޯލިހުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވުން ކުރިއަށްދަނީ
ރިޔާސީ ބަޔާން އިއްވުން
7 ފެބްރުއަރީ 2019 | ބުރާސްފަތި 10:40
Writer Profile Picture
ލައިޝާ އަހްމަދު
ސްޓޫޑަންޓް ލޯނުގެ އިންޓްރަސްޓް ކުޑަކޮށް ލޯނު ދައްކަންޖެހޭ މުއްދަތު ވަނީ އިތުރުކޮށްފައި

ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ދޫކުރާ ސްޓޫޑެންޓް ލޯނުގެ އިންޓްރެސްޓް ތިން ސައްތައަށް ކުޑަކޮށް ލޯން ދައްކަންޖެހޭ މުއްދަތު މިހާރު ވާނީ 25 އިން ސައްތަ އިތުރުކޮށްދީފައި. މި ބަދަލު އައުމުން އެންމެ މަތިން ލޯނު ނަގާ ދަރިވަރުން މަހަކު ދައްކަންޖެހޭ އަދަދުން ގާތްގަނޑަކަށް 4000 ރުފިޔާ އުނިވެގެންދާނެ. މިދިޔަ އަހަރު ސަރުކާރުން އިއުލާނުކުރި ލޯން ސްކީމްގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް މި ދެންނެވި އިންޓްރެސްޓް ކުޑަ ލީން ސްކީމުގެ ތެރެއިން ލޯނު ހަމަޖެހިގެންދާނެ. އަދި އިތުރު ފުރުސަތުތަކަށް ވަރަށް އަވަހަށް ހުޅުވާލެވޭނެ.- ރައީސް

7 ފެބްރުއަރީ 2019 | ބުރާސްފަތި 10:39
Writer Profile Picture
ލައިޝާ އަހްމަދު
ފުރަތަމަ ޑިގްރީއަށް ހިލޭ ކިއެވޭ ގޮތް މިމަސް ނިމުމު ކުރިން ހަމަޖެހޭނެ

ތަރައްގީގެ ރަސްމަގު ހޯދުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅަކީ ތައުލީމީ ޒުވާން ޖީލެއް ބިނާކުރުން. އެ އަމާޒަށް ވާސިލުވުމަށްޓަކައި ދިވެހި ޒުވާނުން ރާއްޖޭގައި ތިބެގެން ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔެވޭނެ ގޮތް މި މަސް ނިމުގެ ކުރުިން ހަމަޖެހޭނެ. މި އަހަރުގެ ބަޖެޓުން ވެސް އެންމެ ބޮޑު ޕަސެންޓެއް ތައުލީމީ ދާއިރާއަށް ހޭދަކުރުމަށް އަޅުގަނޑުމެން ކަނޑައެޅީވެސް ގައުމީ ތަރައްގީގެ ދުވެލި ހަލުވިކުރުމަށްޓަކައި. އެއީ 3.4 ބިލިއަން ރުފިޔާ. މިއީ ރާއްޖޭގެ ތާރީކުގައި ވެސް ބަޖެޓްގެ މިހާ މަތީ މިންވަރެއް ތައުލީމަށް ކަނޑައެޅި ފުރަތަމަ ފަހަރު. - ރައީސް

7 ފެބްރުއަރީ 2019 | ބުރާސްފަތި 10:37
Writer Profile Picture
ލައިޝާ އަހްމަދު
އަންނަ އަހަރު އިންކަމް ޓެކްސް ނަގަން ފަށާނެ

ޓެކްސް ނިޒާޟު މިހާރަށް ވުރެ ފުރިހަމަކުރުމުގެ ގޮތުން އަޅުގަނޑު ގަދަދުކުރަނީ އަމްދނަި ލިބޭ ނިސްބަތަށް ބިނާކޮށް އިމްކަމް ޓެކްސް ނެގުމާބެހޭ ބިލެއް މިއަހަރު ތެރޭގައި މި އިއްޒަތްތެރި މަޖިލީހަށް ހުށަހަޅަން. އެ ބިލް ފާސްވުމުން އަންނަ އަހަރުގެ ތެރޭގައި އިންކަމް ޓެކްސް ނަގަން ފަށޭނެ. އޭރުން އަޅުގަނޑުމެން މި އެދޭ ޖަޒީރާވަންތަ ތަރައްގީގެ ހިތްފަސޭހަކަން ލިބެންފަށާނެ.- ރައީސް

7 ފެބްރުއަރީ 2019 | ބުރާސްފަތި 10:36
Writer Profile Picture
ލައިޝާ އަހްމަދު
ދައުލަތުގެ ހިންގުމުގެ ހުރިހާ ކަމެއް މިސްރާބުކުރެވިފަ ވަނީ ރައްޔިތުންނަށްޓަކައި

 

7 ފެބްރުއަރީ 2019 | ބުރާސްފަތި 10:35
Writer Profile Picture
ލައިޝާ އަހްމަދު
އެއާޕޯރޓު ތަރައްޤީ ކުރުމުގެ މަޝްރޫއު ހަލުވިކމާއެކު ކުރިއަށްގެންދާނެ

ފަތުރުވެރިކަން ކުރިއަރަމުން އަންނަ މިންވަރަށް އެއާޕޯޓްގެ ޚިދުމަތްތައް ތަރައްގީނުވުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައި އޮތް ވަރަށް ބޮޑު ގޮންޖެހުމެއް. އެއާޕޮޓްގެ އައު ރަންވޭގެ ހުރިހާ މަސައްކަތެއް ނިމިފައިވިޔަސް، އައު ޓާމިނަލް ހަދައިގެން ނޫނީ އެ ރަންވޭގެ ބޭނުން އެންމެ އެކަށޭނަ ގޮތުގައި ހިފޭކަށް ނެތް. އެހެންކަމުން އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު ހަލުއިކަމާއެކު ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ މަސައްކަތްތައް މި އަންނަނީ ކުރަމުން.- ރައީސް

7 ފެބްރުއަރީ 2019 | ބުރާސްފަތި 10:32
Writer Profile Picture
ލައިޝާ އަހްމަދު
ފަތުރުވެރިކަން ކުރިއެރުވުމަށް މިސަރުކަރުން ބޮޑެތި މަޝްރޫއުތަކެއް ރާވާފައިވޭ

ައްޖޭގެ މުޅި އިގްތިސޯދުގެ 70 ޕަސެންޓް ހިއްސާކުރަނީ ފަތުރުވެރިކަން މިދިޔަ އަހަރު ނިމުނުއިރު ތަފަތު މަންޒިލްތަކެއް ރާއްޖެއަށް 1.4 މިލިއަން ފަރުރުވެރިން ޒިޔާރަތްކުރި. މިދިޔަ އަހަރު ނިމުނުއިރު، ރާއްޖޭގައި ހުރި 145 ރިސޯޓާއި 521 ގެސްޓްހައުސްގައި 44،860 އެނދު ހުރި. މި އަހަރު ތެރޭގައި އަލަށް ހުޅުވާ 20 ރިސޯޓާއެކު ޓޫރިސްޓް އެނދުގެ އަދަދު 47،000 އަށްވުރެ އިތުރުވެގެންދާނެ. އެ ރިސޯޓްތަކުގެ ޚިދުމަތް ފެށިގެންދާއިރު، ސަރުކާރުގެ އަމާޒަކީ މި އަހަރުގެ ތެރޭގައި 1.5 މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެ ގެނައުން. ދުނިޔޭގެ އިތުރު މާކެޓްތަކުގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރޮށް މި ވެރިކަމުގެ ފަސް އަހަރު ނިމޭއިރު، 2.5 ބިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުމަށް އަޅުގަނޑުމެން މި ވަނީ އަމަޒު ހިފާފައި. - ރައީސް

7 ފެބްރުއަރީ 2019 | ބުރާސްފަތި 10:30
Writer Profile Picture
ލައިޝާ އަހްމަދު
މާލެއާ އެއް އަގެއްގައި ހުރިހާ ރަށަކުން ކާޑުގެ ބާވަތްތައް ލިބޭނެގޮތް ހަދަނީ

ސަރުކާރުން ފޯރުކޮށްދޭ ޚިދުމަތްތައްކުގައި ރައްޔިތުންގެ މެދުގައި ހަމަހަމަ އުސޫލް ގާއިމުކުރުމަކީ މި ސަރުކަރުން އެންމެ އިސް އެއް ސިޔާސަތު އެ ގޮތުން މާލެއެކޭ އެއް އަގެއްގައި ރައްޖޭގެ ހުރިހާ ރަށެއގައި ވެސް އޭޕްރީލް މަހުން ފެށިގެން ކާޑު އަގު ހެޔޮވެގެންދާނެ. އޭރުން މާލެއާ އެއް އަގެއްގައި ހުރިހާ ރަށަކުން ވެސް ކާޑުގެ ބާވަތްތައް ގަންނަން ލިބޭނެ.- ރައީސް 

7 ފެބްރުއަރީ 2019 | ބުރާސްފަތި 10:29
Writer Profile Picture
ލައިޝާ އަހްމަދު
ޓެކްސް ރިފޯރމް ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި

ރާއްޖެ ތަރައްގީކޮށްދޭނެ މަޝްރޫއުތައް އަމިއްލަ ފަރާތްތަކުން ރާވަފައި ސަރުކާރަށް ހުށަހަޅައިގެން ހިންގުމުގެ ނިޒާމެއް މިހާރު ވާނީ ގާއިމުކުރެވިފައި. ގައުމީ ތަރައްގީގައި އަމިއްލަ ފަރާތްޔަކުގެ ދަުރު ފުޅާކުރުމަށްޓަކައި އެ ފަރާތްތަކުގެ ވިޔަފާރިއަށް ފަހި އަދި ރައްކާތެރި މާހައުލެއް ގާއިމުކޮށް ިދނުމަކީ މި ސަރުކާރުގެ ސިޔާސަތެއް. މިގޮތުން ޓެކްސްގެ ނިޒާމަކީ ވިޔަފާރިތައް ކުރިއަރުވަން ބާރުއަޅާ ނިޒާމެއްގެ ގޮތުގައި ބައްޓަން ކުރުމަށް ޓެކްސް ނެގުމުގެ ނިޒާމު ރިފޯމުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި.- ރައީސް

7 ފެބްރުއަރީ 2019 | ބުރާސްފަތި 10:28
Writer Profile Picture
ލައިޝާ އަހްމަދު
ކުންފުނިތަކާއި ވިޔަފާރީގެ ހިންގުން ހަރުދަނާ ކުރާނެ

ކޯޕަރޭޓް ގަވާނަންސްގެ އުސޫލުތަކާއި ޚިލާފުވުމުގެ ސަބަބުން ގިނަ ކުންފުނިތައް ހުރީ ވަރަށް ބޮޑެތި އިސްލާހުތަކަކަށް ބޭނުންވެފައި. އަތް ނުފޯރާ ވަރަށް ހަރަދުތައް މައްޗަށް ގޮސް އިންތިހާއަށް ދަރިނި އިތުރުވެ، މަޝްރޫއުތައް ހުއްޓި، ކުންފުނިތަކުގެ މާލީ ހާލަތާއި ޚިދުމަތްތަކުގެ ފެންނަވަރު ވަރަށް ބޮޑަށް ވަނީ ދަށްވެފައި. މި ސަރުކާރުގެ ވިސްނުމަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ސަރުކާރުގެ ކުންފުނިތައް ނުވަދެ، އެ ކުންފުނިތަކަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދޭ އަދި ބޮޑެތި މަޝްރޫއތައް ހިންގާ ކުންފުނިތަކަކަށް ހެދުން.- ރައީސް

7 ފެބްރުއަރީ 2019 | ބުރާސްފަތި 10:27
Writer Profile Picture
ލައިޝާ އަހްމަދު
އަމާޒަކީ ދައުލަތުގެ ރިޒާވް އެއް ބިލިއަން ޑޮލަރަށް އިތުރުކުރުން

މިއަހަރު މިހާތަނަށް ރާއްޖޭގެ ޔޫޒަބަލް ރިޒާވް ވަނީ 308 މިލިއަން ޑޮލަރަށް އިތުރުކުރެވިފައި. މިއީ 2012 ވަނަ އަހަރުގެ ފަހުން ރާއްޖޭގެ ޔޫޒަބަލް ރިޒާވް މިހާ މައްޗަށް ޖެއްސުނު ފުރަތަމަ ފަހަރު. ސަރުކަރުން އަމާޒު ހިފާފައި ވަނީ އިގުތިސޯދީ ގޮތުން ބޮޑު ކުރިއެރުމެއް ހޯދައި މިވެރިކަމުގެ ދައުރު ނިމޭއިރު، ދައުލަތުގެ ރިޒާވް އެއްބިލިއަން ޑޮލަރަށް އިތުރުކުރުން. މާތް ﷲގެ ވާގިފުޅާއެކު އަޅުގަނޑުމެންނަށް އެކަން ހާސިލުކުރެވޭނެ.- ރައީސް

7 ފެބްރުއަރީ 2019 | ބުރާސްފަތި 10:25
Writer Profile Picture
ލައިޝާ އަހްމަދު
މިއަދު މިނިވަން ސިޔާސީ ހަރަކާތްތަކަށް އަމާން މާހައުލެއް ތަނަވަސްވެއްޖެ

 

7 ފެބްރުއަރީ 2019 | ބުރާސްފަތި 10:24
Writer Profile Picture
ލައިޝާ އަހްމަދު
ރައީސް ސޯލިހު ރިޔާސީ ބަޔާން އިއްވުން ކުރިއަށްދަނީ
ރިޔާސީ ބަޔާން އިއްވުން
7 ފެބްރުއަރީ 2019 | ބުރާސްފަތި 10:23
Writer Profile Picture
ލައިޝާ އަހްމަދު
އިތުރު 3 ޤައުމެއްގައި ރާއްޖޭގެ އެމްބަސީ ޤާއިމުކުރަނީ

ލާމެހިފައިވާ ކުޑަކުޑަ މުޖުތަމައަަކަށް މުޅި ދުނިޔެ ބަދަލުވެފައިވާއިރު، ވީހާ ގިނަ ގައުމުތަކާ ގުޅުން ބަދަހިކުރުމަކީ ރާއްޖެ ފަދަ ކުޑަ ގައުމަކަށް ވަރަށް މުހިންމު ކަމެއް. އެގޮތުން ދެކުނު އެފްރިކާގަ އާއި އެމެރިކާގެ ވޮޝިންތަން އަދި ރަޝޘިއާގައި ދިވެހި އެމްބަސީއެއް ގާއިމުކުރުމަށް މި އަންނަނީ މަސައްކަތް ކުރަމުން. އޭގެ އިތުރުން ސައުދީ އަރަބިއްޔާގެ ޖިއްދާގައި ދިވެހި ކޮންސިއުލޭޓެއް ގާއުމުކުރުމަށް ވަނީ ހަމަޖެހިފައި.- ރައީސް

7 ފެބްރުއަރީ 2019 | ބުރާސްފަތި 10:22
Writer Profile Picture
ލައިޝާ އަހްމަދު
ރާއްޖެ އަލުން ކޮމަންވެލްތާ ގުޅެނީ

އަޅުގަނޑު މި މަގާމާ ހަވާލުވުމަށް ފަހު ސަރުކާރުގެ ޚާރިޖީ ސިޔާސަތަށް ގެނައި ބަދަލާއެކު ރާއްޖެއަށް މިހާރު ވަނީ ބައިނަލްއަގުވާމީ އާއިލާގެ ލޯތްބާއި ރަހްމަތްތެރިކަން އަނބުރާ ލިބިފައި. އަޅުގަނޑުމެންގެ އިގްތިސޯދާއި ތައުލީމީ ކުރިއެރުމުގައި ގިނަ އެހީތަކެއް ދެމުން އަންނަ ކޮމަންވެލްތާ އަލުން ގުޅުމަށްޓަކައި ދިވެހި ސަރުކާރުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށް މިހާރު ވާނީ އެ ޖަމާއަތަށް ހުށަހަޅާފައި- ރައީސް 

7 ފެބްރުއަރީ 2019 | ބުރާސްފަތި 10:21