ރައީސް ސޯލިހުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވުން
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
07 ފެބުރުއަރީ 2019
38726

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
07 ފެބުރުއަރީ 2019 | 04:34
ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާއަށް ބައިވެރިން ހާޒިރުވާން ފައްޓަވައިފި
ރިޔާސީ ބަޔާން އިއްވުމަށް ދަރުބަރުގޭގައި ބާއްވާ ޖަލްސާއަށް ބައެއް ވަޒީރުންނާއި، މަޖިލިސް މެމްބަރުންގެ އިތުރުން އޮފިޝަލުން ހާޒިރުވާން ފައްޓަވައިފި.
07 ފެބުރުއަރީ 2019 | 04:26
ރައީސް ސޯލިހުގެ ރިޔާސީ ބަޔާން އިއްވުން މިއަދު
ރައީސް ސޯލިހުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވެވުމުގެ ރަސްމިއްޔާތު ފެށިގެންދާނީ މިއަދު (ބުރާސްފަތި ދުވަހު) ހެނދުނު 10:00 ގައި
07 ފެބުރުއަރީ 2019 | 04:08
ރައީސް ސޯލިހުގެ ރިޔާސީ ބަޔާން އިއްވުން މިއަދު
މި ޖަލްސާގައި އޮންނާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ބަޔާން އިއްވެވުން. ރިޔާސީ ބަޔާނުގައި، މި އަހަރަށް ދައުލަތުގެ ސިޔާސަތު ކަނޑައެޅިފައިވާ ގޮތް ރައީސުލްޖުމްހޫރިއްޔާ ބަޔާން ކޮށްދެއްވާނެ.
07 ފެބުރުއަރީ 2019 | 04:05
ރައީސް ސޯލިހުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވުން
ރިޔާސީ ބަޔާން އިއްވުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ދަރުބާރުގޭގައި ބޭއްވުމަށް މަޖިލީހުގެ އިދާރާ އިން ވަނީ ނިންމާފަ.