ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގަންނަވައިފި
ނަޝީދު މާލެ ވަޑައިގަންނަވަނީ މެންދުރުފަހުގެ ވަގުތެއްގައި

ކުރީގެ ރައީސް މުހައްމަދު ނަޝީދު
ބ.ހިތާދޫގެ ގިނަ ބަޔަކުވެސް ވަނީ މާލެ އައިސްފައި.
"ރައީސް ނަޝީދު ގައުމުގެ ކަންކަން އިސްލާހު ކުރުމަށް ކުރި މަސައްކަތްތަކަކީ ރައްޔިތުންގެ ހިތުގެ ފުން މިނުން ބަލައިގަންނަން."ހިތާދޫ ކައުންސިލް މެންބަރެއް
ބ އަތޮޅުން މާލެއާއި ދޯނި
ބ.ތުޅާދޫއިން ގިނަ އަދަދެއްގެ މީހުން ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމަށް. ތުޅާދޫ އިން 160 މީހުން ވަނީ އައިސްފައި. އެރަށުން އިތުރު ދެ ދޯނި އައުމަށް ވަނީ ހަމަޖެހިފައި.
"ރައީސް ނަޝީދު ދެކިލުމަށް މިތިބީ ކެންމަދުވެފައި" ތުޅާދޫ ރައްޔިތަކު ބުނި.
ތުޅާދޫ އިން މާލެ އާއި ދޯނި
ތުޅާދޫ އިން މާލެ އާއި ދޯނި
ރައީސް ނަޝީދަށް ޓެރަރިޒަމްގެ ހުކުމް ކުރުމާއި ގުޅިގެން އދ. ގެ ހިއުމަން ރައިޓްސް ކޮމެޓީގެ އެމަނިކުފާނު ވަގުތުން ދޫކޮށްލުމަށް 2015 ވަނަ އަހަރު ގޮވާލައްވާފައިވޭ.
އެގޮތުން ރައީސް ނަޝީދުގެ ޝަރީއަތް ނިންމާލީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ކަމަށާއި ޝަރީއަތުގެ ތެރެއިން ވަރަށް ގިނަ އުނިކަންތައްތަކެއް ފާހަގަކުރެވިފައިވާ ކަމަށް ބުނި. އަދި ކުރި ދައުވާއިން ސަލާމަތްވުމަށް އެކަށީގެންވާ ފުރުސަތު ނުދިނުމާއި ހެކިން ގެނައުމުގެ ފުރުސަތު ދީފައިނުވާ ކަމަށް ބުނި.
މީގެ އިތުރުން އދ. ވޯކިންގ ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން ވަނީ ރައީސް ނަޝީދު މިނިވަން ކުރުމަށް ގޮވާލެއްވި.
ރައީސް ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމްކޮށްފައިވަނީ 2012 ވަނަ އަހަރު އަބްދުﷲ ގާޒީ ހައްޔަރުކޮށް ކ.ގިރިފުށީގައި ބަންދުކޮށްގެން ގެންގުޅުނު މައްސަލައިގައި.
ނަޝީދަށް ހުކުމްކޮށްފައިވަނީ 2015 ވަނަ އަހަރު. އޭގެ ފަހުން 2016 ވަނަ އަހަރުގެ ޖޫން މަހުގެ 27 ވަނަ ދުވަހު ރައީސް ނަޝީދުގެ ހުކުމަށް ޗެލެންޖު ކުރުމުގެ ފުރުސަތު ނެތް ކަމަށް ސުޕްރީމް ކޯޓުން ނިންމި.
ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް އެ މައްސަލަ މުރާޖައާ ކުރުމަށް ހުށަހަޅާފައި ވަނީ ރައީސް ނަޝީދަށް އިއްވި ހުކުމަކީ އާންމު މައްސަލަހަތު މަތީ ދަރަޖައަކަށް ހިމެނިގެންވާ މައްސަލައެއް ކަމަށް ބުނެ.
ކުރީގެ ރައީސް ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ 13 އަހަރުގެ ޖަލު ހުކުމް ތަންފީޒްކުރުން ފަސްކުރަން ސުޕްރީމް ކޯޓުން އަމުރު ކޮށްފައިވަނީ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހު. އެކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ، ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ރިވިއު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ މެދު ވަކި ގޮތެއް ނިމެންދެން ނަޝީދާ މެދު އެއްވެސް ފަރާތަކުން ފިޔަވަޅެއް ނޭޅުމަށް ދައުލަތުގެ އެންމެހާ އިދާރަތަކުގެ މައްޗަށް އަމުރުކުރާ ކަމަށް.
ރައީސް ނަޝީދާއެކު އަނބިކަނބަލުން ލައިލާ ވަޑައިގަންނަވާ.
ރާއްޖޭގެ އުތުރާ ދެކުނުން އެކި ރަށްރަށުން މާލެއަށް ރައްޔިތުން އަންނަނީ ޖަމާވަމުން
ލ. އަތޮޅުގެ ގިނަ ރައްޔިތުން ރައީސް ނަޝީދަށް މަރުހަބާ ދެއްނެވުމަށް އައިސްފި.
ރަށްރަށުން މީހުން އާއި ދޯނިތައްވަނީ ދިދަފައްޗައި ބެނާތަކުން ޒީނަތްތެރިކޮށްފައި.
ގަމު ދާއިރާ އާއި ފޮނަދޫ ދާއިރާ އާއި އިސްދޫ ދާއިރާ އިން މީހުން ވަނީ އައިސްފައި.
ލ އަތޮޅުން މާލެ އައި ދޯނި
ލ އަތޮޅުން މާލެ އައި ދޯނި
ރައީސް ނަޝީދާއެކު މާލެ ވަޑައިގަތުމަށްޓަކައި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ސްރީލަންކާއަށް ވަޑައިގަންނަވާފައި. މިއަދު މެންދުރުފަހު އަނބުރާ މާލެ ވަޑައިގަންނަވާނީ ދެބޭފުޅުން އެކުގައި
ރަށްރަށުން މީހުން މާލެއަށް އައުން
ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުން މާލެއަށް އަންނަނީ މީހުން ޖަމާވަމުން.