Raajje.mv

ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގަންނަވައިފި

ނަޝީދު މާލެ ވަޑައިގަންނަވަނީ މެންދުރުފަހުގެ ވަގުތެއްގައި

01 ނޮވެމްބަރު 2018
52321
ކުރީގެ ރައީސް މުހައްމަދު ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު

01 ނޮވެމްބަރު 2018 | 12:16

ގުޅިފައިވާ ޕާޓީތަކުން މަސައްކަތް ކުރާނީ ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހެދުމަށްޓަކައި. ތަރައްގީގެ ނާރެހަކީ ރައްޔިތުންގެ ޖީބަށް ވަންނަ އެއްޗެއް. ތަރައްގީއަކީ މީހާއަށް އަންނަ ބަދަލެއް.

01 ނޮވެމްބަރު 2018 | 12:14

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އަމާޒަކީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދެއްވުން. އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ދެމެހެއްޓުން.

01 ނޮވެމްބަރު 2018 | 12:12

ހުދުމުހުތާރު ކަމާއި އަނިޔާވެރިކަމަކީ ރައްޔިތުން ބޭނުންވާ ކަމެއް ނޫން ކަން ދައްކުވައިދީފި. ރައްޔިތުން ބޭނުންވާ އުންމީދުތައް ހަގީގަތަކަށް ހައްދަވައިދެއްވާނަން. ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވަނީ ހުރިހާ ރައްޔިތުންނަށް ބޯހިޔާވހި ކަމަށް ދަރާފައިި.

01 ނޮވެމްބަރު 2018 | 12:10

ރައީސް ނަޝީދުގެ ވާހަކަފުޅު

"ސެޕްޓެމްބަރު 23 ގައި މުޅި ދުނިޔެ ސިއްސުވާލައިފި. ދިވެހިން ދައްކައިދީފި ދިވެހިންނަކީ ފަހަތަށް ޖެހޭނެ ބައެެއް ނޫންކަން.

01 ނޮވެމްބަރު 2018 | 12:06

ރައީސް ނަޝީދަށް މަރުހަބާ ދެއްނެވުނުމުގެ ހަރަކާތްތަކުގައި އަދާތަލު ޕާޓީގެ ރައީސް ޝެއިހު އިމްރާނު ބައިވެރިވެވަޑައިގަންނަވައިފި. ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސް ފަރާތްތަކުން ވަނީ ބައިވެރިވެފައި

01 ނޮވެމްބަރު 2018 | 12:04
01 ނޮވެމްބަރު 2018 | 12:03

ރައީސް ނަޝީދު ދޮޅު ގަޑިއިރު ހިންގެވުމަށްފަހު އާޓިފިޝަން ބީޗު ސަރަހައްދު ވަޑައިގަންނަވައިފި

01 ނޮވެމްބަރު 2018 | 11:51

މުޅި މަޖީދީ މަގު ވަނީ މަރުހަބާ ދެއްނެވުމަށް އެއްވެފައިވާ މީހުނުން ފުރިފަ. ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމަށް ސަޕޯޓަރުން ތިބީ ތަފާތު ބެނާތަކުން.

01 ނޮވެމްބަރު 2018 | 11:46
01 ނޮވެމްބަރު 2018 | 11:22
01 ނޮވެމްބަރު 2018 | 11:19
01 ނޮވެމްބަރު 2018 | 11:15

ރައީސް ނަޝީދު ޗާންދަނީ މަގުން ހިންގަވާފައި ހަރުގެއަށް ހިންގަވަނީ. ގިނަ ބަޔަކު ވަނީ މަރުހަބާ ދެއްނެވުމަށް އެއްވެފައި

01 ނޮވެމްބަރު 2018 | 11:13

ރައީސް މުހައްމަދު ނަޝީދު އަރުގެއާ ދިމާލަށް ހިންގަން ފަށައިފި.

01 ނޮވެމްބަރު 2018 | 10:16
01 ނޮވެމްބަރު 2018 | 10:15

އިންތިހާބީ ނައިބު ރައީސާއި ރައީސް ނަޝިދު ސަލާމް ކުރައްވަނީ

01 ނޮވެމްބަރު 2018 | 10:14

ރައީސް ނަޝީދަށް މަރުހަބާ ދެންނެވުން

01 ނޮވެމްބަރު 2018 | 10:12

އިންތިހާބީ ރައީސާއި ރައީސް ނަޝީދު

01 ނޮވެމްބަރު 2018 | 10:10

"މިއަދަކީ އަނެއްކާވެސް ގައުމު އާ ހަރުފަތަކަށް އެރުނު ދުވަހެއް، މުސްތަގްބަލު ނުގެއްލޭކަން އެނގިގެން ދިޔަ ދުވަހެއް" ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހު

01 ނޮވެމްބަރު 2018 | 09:45

ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމަށްޓަކައި އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރުންވެސް ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ގިނަ ބަޔަކު ވަނީ އެއަރޕޯޓް ސަރަހައްދަށް ޖަމާވެފައި.

01 ނޮވެމްބަރު 2018 | 09:41
01 ނޮވެމްބަރު 2018 | 09:41

ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމަށްޓަކައި ސަފުގެ އެންމެ ކުރީގައި ހުންނެވީ މަންމާފުޅު

01 ނޮވެމްބަރު 2018 | 09:36

ޖަލުގައި ގާތްގަނޑަކަށް 10 މަސް ދުވަހު ހޭދަ ކުރެއްވުމަށް ފަހު، ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް ރައީސް ނަޝީދު ފުރާވަޑައިގަތީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ. ރައީސް ނަޝީދު ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދައަކަށް އެދިވަޑައިގަތީ އެމަނިކުފާނުގެ މައިބަދައާއި ގުޅިފައިވާ ނާރެއް ފިތޭތީ އެމަނިކުފާނަށް ކުރިމަތިވާ ސިއްހީ މައްސަލަތަކަށް ފަރުވާ ހޯދުމަށް ޑޮކްޓަރުން ލަފާ ދެއްވާފައިވާތީއެވެ.

01 ނޮވެމްބަރު 2018 | 09:35

ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި 13 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ ރައީސް ނަޝީދު އިނގިރޭސި ވިލާތުން ހިމާޔަތް ހޯއްދަވައިގެން ރާއްޖޭން ބޭރުގައި އުޅުއްވާތާ ތިން އަހަރަށް ފަހު، ރާއްޖެ ވަޑައިގަތީ ސްރީލަންކަން އެއާލައިންގެ ފްލައިޓެއްގައި މެންދުރު ފަހު 02:25 ގައެވެ.

01 ނޮވެމްބަރު 2018 | 09:32

ރައީސް ނަޝީދު މާލެ ވަޑައިގަންނަވައިފި

ރައީސް ނަޝީދު މާލެ ވަޑައިގަންނަވައިފި

01 ނޮވެމްބަރު 2018 | 08:21

ރައީސް ނަޝީދު ރާއްޖެވަޑައިގަންނަވާ ފްލައިޓް ކޮލަމްބޯ އެއަރޕޯޓުން ފުރައިފި

01 ނޮވެމްބަރު 2018 | 08:14

ރައީސް ނަޝީދު އަދި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފްލައިތަރށް އަރާވަޑައިގެންފި.

01 ނޮވެމްބަރު 2018 | 08:11

އެއް ނަންބަރު ފާލަން ބަންދުކޮށްފި

01 ނޮވެމްބަރު 2018 | 07:31

ރައީސް ނަޝީދާއެކު މާލެ ވަޑައިގަތުމަށްޓަކާއި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ލަންކާ އެއަރޕޯޓުގައި.

01 ނޮވެމްބަރު 2018 | 07:25

ރައީސް ނަޝީދު މާލެ ވަޑައިގެން ދަތުރު ކުރައްވާނެ މަގުތަކުގެ ތަފްސީލު

ދަތުރު ފައްޓަވަނީ އެއް ނަންބަރު ޖެޓީއިން

01 ނޮވެމްބަރު 2018 | 07:20

ރައީސް ނަޝީދު މިހާރު އިންނެވީ ލަންކާ އެއަރޕޯޓުގެ ވީއައިޕީ ލައުންޖު ގައި.

01 ނޮވެމްބަރު 2018 | 07:15

ނަޝީދު ވަޑައިގަންނަވާ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖައްސާނީ މެންދުރުފަހު 2:20 ގައި

ނަޝީދު ވަޑައިގަންނަވާ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖައްސާނީ މެންދުރުފަހު 2:20 ގައި. އެމަނިކުފާނު މާލެ ވަޑައިގަންނަވާނީ ހަވީރު 4 ޖަހާއިރު. ރައީސް ނަޝީދު ދެއްވާ ނޫސްވެރިންގެ ބައްދަލުވުމެއް އިރުއޮއްސި 6:00 ޖަހާއިރު އޮންނާނެ.

އެމްޑީޕީގެ 85 ދާއިރާތަކުގެ މީހުން ދާއިރާތައް ނިސްބަތްވާ ގޮތަށް މާލޭގެ މަގުތަކަށް ހަވީރު ގަޑީގައި ނިކުތުމަށް ވަނީ ހަމަޖެހިފައި.

01 ނޮވެމްބަރު 2018 | 07:11

ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން މާލެ އަންނަނީ

ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާތީ ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން ވަނީ މާލެ އަންނަން ފަށާފައި. ރާއްޖޭގެ އެކި ހިސާބުތަކުން ރީނދޫ ކުލައިގެ ދިދަފަތި ދަމައި ޒީނަތްތެރިކޮށްފައިވާ އޮޑިދޯނިފަހަރާއި ލޯންޗުތަކުގައި މީހުން އަންނަނީ މާލެ އަށް ޖަމާވަމުން. ނަޝީދަށް މަރުހަބާ ދެންނެވުމުގެ ހަރަކާތްތައް ފެށޭނީ ކަނޑުމަތިން.

01 ނޮވެމްބަރު 2018 | 07:05

ރައީސް ނަޝީދު ކޮލަމްބޯ އިމިގްރޭޝަން ކައުންޓަރުގައި

01 ނޮވެމްބަރު 2018 | 07:02
01 ނޮވެމްބަރު 2018 | 06:57

ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމަށް ތޮއްޑޫ އިން އަންނަ ދޯނި

01 ނޮވެމްބަރު 2018 | 06:50

ރައީސް ނަޝީދު ރާއްޖެ ވަޑައިގެންނެވުމުގެ މަސައްކަތްޕުޅު ފައްޓަވައިފި

ރައީސް ނަޝީދާއި އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ އަލީ

ރައީސް ނަޝީދާއި އެކު ވަޑައިގެންނެވުމަށް އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ލަންކާއަށް ވަޑައިގެން ފައި. އެމަނިކުފާނާއި އެކު ގާނޫނީ ވަކީލުންގެ ޓީމް ވެސް ރާއްޖެ ވަޑައިގަންނަވާނެ.އެމަނިކުފާނަށް ޚާއްސަކޮށްގެން އެމްޑީޕީން ބާއްވާ މަރުހަބާ ހަރަކާތްތައް ޗާންދަނީމަގު ރީފްސައިޑް ކަންމަތިން ފެށިގެން މަޖީދީމަގުން ގޮސް އާޓިފިޝަލް ބީޗް ސަރަހައްދުގައި ހުންނަ އެމްޑީޕީގެ ހަރުގެއާއި ހަމައަށް ކުރިއަށް ދާނެ ކަމަށް އެޕާޓީން ވަނީ ބުނެފައި.

01 ނޮވެމްބަރު 2018 | 06:33
01 ނޮވެމްބަރު 2018 | 06:29
01 ނޮވެމްބަރު 2018 | 06:28

ރައީސް ނަޝީދު ފުރާ ވަޑައިގަތުމަށްޓަކައި އެއަރޕޯޓަށް ދަތުރުފައްޓަވައިފި

01 ނޮވެމްބަރު 2018 | 03:43

ރައީސް ނަޝީދު 2005 ވަނަ އަހަރަށް ފަހު ރާއްޖެ ވަޑައިގެންނެވުން

1 / 2