ޖުމްހޫރީ ޕާޓީގެ ރަނިންގމޭޓު ކަނޑައެޅުން
ޖުމްހޫރީ ޕާޓީގެ ރަނިންގމޭޓު ކަނޑައެޅުން

ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގެ ތެރެއިން
ފައިސަލް ނަސީމްގެ ކާމިޔާބީއަށް ނަޝީދާއި އިބޫ މަރުހަބާ ވިދާޅުވެއްޖެ
ފައިސަލް ނަސީމްއަށް މަރުހަބާ ދަންނަވައި ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ބޮޑުތަނުން ބަލިކުރާނެ ކަމަށް
ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބޫ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖޭޕީއިން ރަނިންގމޭޓެއްގެ ގޮތުގައި ކަނޑައެޅުއްވި ފައިސަލްއަށް މަރުހަބާ ދަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގައި ފައިސަލްއާއެކު ވަރަށް ގާތުން މަސައްކަތްކުރެވުނު ކަމަށާއި ފައިސަލްއަކީ ރާއްޖެ އަލުން އަނބުރާ ޑިމޮކްރަސީގެ މަގަށް ރުޖޫއަ ކުރުމަށް މަސައްކަތްކުރާނެ މީހެއް ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އިބޫ ވިދާޅުވި
ފައިސަލް ނަސީމާ އެކީގައި ކުރިއަށް ދާން ތައްޔާރު: އަލީ ހުސައިން
ޖޭޕީގެ ކައުންސިލްގައި ނެގި ވޯޓަށްފަހު ވާހަކަ ދައްކަވަމުން އަލީ ހުސައިން ވިދާޅުވީ އޭނާ ހުންނެވީ ފައިސަލްއާއެކު ކުރިއަށްދާން ތައްޔާރަށް ކަމަށާއި ބޭނުންވާ އަމާޒަކީ ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރުން ކަމަށް
އަލީ ހުސައިން ވިދާޅުވީ "އުފާވެރި ރާއްޖެއެއް ބިނާކުރުމަށް" އިދިކޮޅު ހަތަރު ލީޑަރުން ދައްކަވާ އިރުޝާދާއެކީ ސާބިތު ކަމާއެކީ ހުންނަވާނެކަމަށް
އަލީ ހުސައިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ކާމިޔާބު އޮތީ އަތުޖެހޭ ހިސާބުގައި، މިއީ ރައްޔިތުންގެ މަސައްކަތެއް: ފައިސަލް
ފައިސަލް ވިދާޅުވީ އިދިކޮޅު ހަތަރު ލީޑަރުން ދެއްކެވި މަގުގައި ތިބެގެން ދިވެހި ރައްޔިތުން މަސައްކަތް ކޮށްފިނަމަ ކާމިޔާބުއޮތީ އަތުޖެހޭ ހިސާބުގައި ކަމަށް ހިޔާލު ތަފާތު ބޭފުޅުންނާއި އެކުގައި މަސައްކަތް ކުރެއްވޭނެކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ ތަފާތު ފިކުރުތަކާއި އެކު ގުޅިގެން މިކުރާ މަސައްކަތްކާމިޔާބުކޮށް ގައުމަށް އަމާންކަން ގެނެވޭނެ ކަމަށް
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބޫ އާއިކު މަސައްކަތް ކުރައްވަން ލިބިލެއްވުމަކީ ލިބިވަޑައިގެންނެވި ހިތްހަމަޖެހުމެއްކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި އިބޫއާއި އެކު ވަރުގަދަ ކެމްޕެއިނެއް ކުރައްވާ އިންތިހާބުން ރައީސް ޔާމީން ބަލިކޮށް، ދިވެހި ރައްޔިތުން އެދޭފަދަ ގައުމެއް ހޯދައިދޭނެ ކަމަށް
ފައިސަލް ވިދާޅުވީ ރަނިންގމޭޓެއްގެ މަގާމު ލިބުމަކީ އިއްތިފާގެއް ކަމަށެވެ. ފައިސަލް ދެކޭގޮތުގައި ރަނިންގމޭޓަކަށް އަލީ ހުސެއިންއަކީ މާ ގާބިލު ބޭފުޅަކަށްވެސް ވެދާނެ ކަމަށް މިއަދު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މަސައްކަތް ކާމިޔާބުކުރެވޭނީ ގައުމުގެ ތިއްބެވި ގާބިލް ބޭފުޅުން އެކުގައި މަސައްކަތް ކޮށްގެން ކަމަށް ފައިސަލް ވިދާޅުވި
ފައިސަލް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
އިބޫގެ ރަނިގްގމޭޓަކަށް ފައިސަލް ހޮވިއްޖެ
ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) ގެ ރަނިންގމޭޓުގެ މަގާމަށް ކުރިމަތިލައްވައިގެން ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ހޮވިއްޖެއެވެ.
ހުކުރު ދުވަހުގެ ރޭ މ. ކުނޫޒްގައި ނެގި ސިއްރު ވޯޓުގައި އެ ޕާޓީގެ ކައުންސިލްގެ 41 މެމްބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. ފައިސަލް ހޮވިފައިވަނީ ކައުންސިލް މެމްބަރުންގެ 15 ވޯޓާ އެކީގައެވެ.
އެ ޕާޓީގެ ފަރާތުން ރަނިންގްމޭޓު ކަމަށް ޖޭޕީގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސައިން ރަޝީދާއި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީނާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވަނީ ކުރިމަތިލައްވާފައެވެ.
ޑރ. ހުސެއިން އަށް 2 ވޯޓު ލިބިފައިވާއިރު އަމީނަށް ލިބިފައިވަނީ 9 ވޯޓެވެ. އަދި އަލީ ހުސެއިންނަށް ލިބިފައިވަނީ 14 ވޯޓެވެ.
ވޯޓުލުމުގައި ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ 41 މެމްބަރުން ވަނީ ބައިވެރިވެފައި
ވޯޓުލުމުގައި ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ 41 މެމްބަރުން ވަނީ ބައިވެރިވެފައި
ޖޭޕީގެ ކައުންސިލް ބައްދަލުވުން ފަށައިފި
ޖޭޕީގެ ކައުންސިލް ބައްދަލުވުން ފަށައިފި
ކައުންސިލް ބައްދަލުވުމަށް ޖޭޕީގެ މެމްބަރުން ވަޑައިގަންނަވަނީ
ކައުންސިލް ބައްދަލުވުމަށް ޖޭޕީގެ މެމްބަރުން ވަޑައިގަންނަވަނީ
ރަނިންމޭޓާ އެކު ކޯލިޝަންގެ ކަމަރު ބަނދެވިގެންދިޔައީ: އަލީ ވަހީދު
ރަނިންމޭޓަކު އިންތިހާބުކުރުމާއެކު ކޯލިޝަންގެ ކަމަރު ބަނދެވިގެންދިޔައީކަމަށް ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ރަނިންމޭޓަކު ހޮވުމަށް ބާއްވާ އިންތިހާބަށް ކުޑަވަގުތުކޮޅަކަށްވެފައިވަނިކޮށް އަލީ ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މުޅި ރާއްޖެ އިންތިޒާރުކުރާ ރަނިންމޭޓް ޖުމްހޫރީ ޕާޓީ އިން މިރޭ އިންތިހާބު ކުރާނެ ކަމަށާއި، އެ ނިންމުމާއެކު 2012 ވަނަ އަހަރުން ފެށިގެން އިސްލާހަށް މަސައްކަތްކުރަމުން އައި އެތައް ބައެއްގެ އިންތިޒާރަށް ނިމުމެއް އައިސް ކޯލިޝަންގެ ކަމަރު ބަނދެވޭނެ ކަމަށެވެ. އަދި މި ރެއަކީ 6 އަހަރުގެ ދިގު އިންތިޒާރަށް ނިމުން އަންނާނެ ރޭ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
ފައިސަލް އަށް ކުރި ތާއިދު އަނބުރާ ގެންގޮސްފިން، ކައުންސިލަަށް ފެންނަ ގޮތަކަށް ނިންމައިދީ: ގާސިމް
ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރަނިންގމޭޓަކު ކަނޑައެޅުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ލިބިފައިވާ ސްލޮޓުގައި ވާދަކުރައްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ފައިސަލް ނަސީމް އަށް ކޮށްފައިވާ ތާއިދު އަނބުރާ ގެންގޮސްފައިވާ ކަަމަށާއި ޖޭޕީގެ ކައުންސިލްގައި ނަގާ ވޯޓުގައި ކައުންސިލު މެމްބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށްް ޖޭޕީގެ ބާނީ ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ވޯޓްލާތާ ގަޑިއެއްހާއިރު ތެރޭގައި ނަތީޖާ އިއުލާން ކުރެވޭނެ: ސަމީރު
ވޯޓުލާތާ ގަޑިއެއް ހާއިރުގެ ތެރޭގައި ނަތީޖާ އިއުލާންކުރެވޭނެކަމަށް ޖުމްހޫރީ ޕާޓީން ބުނެފި އެވެ.
މ. ކުނޫޒްގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ޕާޓީގެ ސެކެރަޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ ސިއްރު ވޯޓްލާތާ ގަޑިއެއްހާއިރު ތެރޭގައި ނަތީޖާ އިއުލާން ކުރެވޭނެ ކަަމަށް ގަބޫލުކުރައްވާކަމަށެވެ. އަދި ވޯޓު ނެގުމުގެ ކަންތައްތައް ވީހާވެސް ރައްކާތެރިކަމާއެކު ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައިކަމަށާއި، ވޯޓުލުމަށް ދެ ބޫތު ބެހެއްޓުމަށް ހަމަޖެހިފައިވާކަމަށް ސަމީރު ވިދާޅުވި އެވެ.
ރަނިންމޭޓަކު ކަނޑައެޅުމަށް ބާއްވާ އިންތިހާބާއި ގުޅޭގޮތުން ޖޭޕީގެ އެސްޖީ ސަމީރު ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ -- ފޮޓޯ: ރާއްޖެ.އެމްވީ
ވަކި މީހަކަށް ކަންތައްތައް ކޮށްދިނުމަކީ އަޅުގަނޑު ޤަބޫލު ކުރާ އުސޫލެއް ނޫން: ފައިސަލް ނަސީމް
ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން އިންތިހާބުގައި ވާދަކުރައްވާ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ވިދާޅުވީ ވަކި މީހަކަށް ކަންތައްތައް ކޮށްދިނުމަކީ އެބޭފުޅާ ޤަބޫލު ކުރާ އުސޫލެއް ނޫން ކަމަށެވެ. އަދި ހައްޤު ބަސް ބުނާކަމުގައިވާނަމަ ރަނގަޅަށް ކަންތައްތައް ކުރިއަށްދާނެ ކަމަށާއި، ކާމިޔާބު ލިބޭނެ ކަމަށް ގަބޫލުކުރައްވާކަމަށްވެސް ފައިސަލް ވިދާޅުވި އެވެ.
ރަނިންމޭޓްކަމަށް ފައިސަލް ނަސީމް، ފޯމް ހުށައަޅުއްވަނީ -- ފައިލް ފޮޓޯ: ރާއްޖެ.އެމްވީ
ފުރުސަތު ލިބިއްޖެ ނަމަ ޔާމީން ބަލިކުރާނަން: އަލީ ހުސެއިން
ރަނިންގމޭޓުކަމަށް ހޮވިއްޖެނަމަ ރައީސް ޔާމީން ބަލި ކުރާނެ ކަމަށާއި ގޮތެއް ނިންމާނީ ރައްޔިތުން ކަމަށް އަލީ ހުސެއިން ވިދާޅުވެއްޖެ. ހުކުރު ދުވަހު ހަވީރު މ. ކުނޫޒްގައި ހުންނަވައިގެން ރާއްޖެޓީވީ އަށް ދެއްވި އިންޓަވިއުގައި އަލީ ހުސެއިން ވިދާޅުވީ ހައްޤު ބަސްބުނުމުގައި ދެމި ހުންނަވާނެ ކަމަށް.
ކެނޑިޑޭޓުންގެ ނަމްބަރުތައް ތަރުތީބްކޮށްފި
ކެނޑިޑޭޓުންގެ ނަމްބަރުތައް ތަރުތީބުކުރެވުނު ގޮތް:
- (ކެންޑިޑޭޓް ނަމްބަރު 1) - ޑރ. ހުސެއިން ރަޝީދު އަހުމަދު / ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު
- (ކެންޑިޑޭޓް ނަމްބަރު 2) - އަބްދުﷲ އަމީން / ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު
- (ކެންޑިޑޭޓް ނަމްބަރު 3) - އަލީ ހުސެއިން / ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު
- (ކެންޑިޑޭޓް ނަމްބަރު 4) - ފައިސަލް ނަސީމް / ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު
ހަތަރު ކެންޑިޑޭޓުންގެ ވެސް ޝަރުތު ހަމަވާ ކަމަށް ނިންމައިފި
ރަނިންގމޭޓް ކަމަށް ކުރިމަތިލެއްވި ހަތަރު ބޭފުޅުންގެ ވެސް ޝަރުތު ހަމަވާ ކަމަށް ޖޭޕީއިން ނިންމައި، އެކަން އިއުލާންކޮށްފި އެވެ.
އެ ހަތަރު ބޭފުޅުންނަކީ:
- ޑރ. ހުސެއިން ރަޝީދު އަހުމަދު / ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު
- އަބްދުﷲ އަމީން / ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު
- ފައިސަލް ނަސީމް / ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު
- އަލީ ހުސެއިން / ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު
ކެނޑިޑޭޓުންގެ ނަމްބަރުތައް ތަރުތީބްކުރުން ހަވީރު 05:00 ގައި
ޝަރުތު ހަމަވާ ކެންޑިޑޭޓުންގެ ނަމްބަރު ތަރުތީބު ކުރުމަށް މިއަދު ހަވީރު 05:00 ގައި ވަނީ ގުރުއަތު ލުމަށް ހަމަޖެހިފައިވާކަމަށް ޖުމްހޫރީ ޕާޓީން ބުނެފި އެވެ. އެ ޕާޓީން ބުނީ ކުރިމަތިލެއްވި ހަތަރު ބޭފުޅުންގެވެސް ޝަރުތު ހަމަވާކަމަށް ޕާޓީން ކަނޑައަޅާފައިވާކަމަށެވެ.
ޝަރުތު ހަމަވާ ކެންޑިޑޭޓުންގެ ނަންތައް އިއުލާންކުރުން
ރަނިންގމޭޓްކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ޝަރުތުހަމަވާ ކެނޑިޑޭޓުންގެ ނަންތައް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އިއުލާންކުރުމަށް ޖުމްހޫރީ ޕާޓީން އަންނަނީ ތައްޔާރުވަމުންނެވެ. އެ މަޤާމަށް ޖުމްލަ ހަތަރު ބޭފުޅަކު ކުރިމަތިލައްވާފައިވެއެވެ.
ޝަރުތުހަމަވާ ކެނޑިޑޭޓުުންގެ ނަންތައް އިއުލާންކުރުމަށް ހަމަޖެހިފައިވާ އެކަމަށް ހާއްސަކޮށް ބާއްވާ ޕްރެސް ކޮޮންފަރެންސްއެއްގައެވެ.
ރަނިންގމޭޓުކަމަށް ޑރ. މައުސޫމް ކުރިމަތިނުލައްވާ
މި މަގާމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓަރުކަން ވެސް ކުރެއްވި މައުސޫމް ކުރިމަތިލައްވާ ކަމަށް އަޑުތައް ފެތުރުނަމަވެސް، ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މައުސޫމް އެ މަގާމަށް ކުރިމަތިލައްވާފައެއް ނުވޭ
ކޮންމެ ކެންޑިޑޭޓަކު ހޮވުނަސް އެ ނަތީޖާ ބަލައިގަންނާނަން: ކުރީގެ ރައީސް މުހައްމަދު ނަޝީދު
ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހު (އިބޫ)ގެ ރަނިންގ މޭޓުގެ މަގާމަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ކޮންމެ ކެންޑިޑޭޓަކު ހޮވުނަސް އެ ނަތީޖާ ބަލައިގަންނަވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި.
ރަނިންގމޭޓުގެ މަގާމަށް މިހާތަނަށް ކުރިމަތިލައްވާފައި ވަނީ ހަތަރު ބޭފުޅުން
ގުޅިފައިވާ ޕާޓީތަކުގެ ރަނިންގމޭޓުގެ މަގާމަށް މިހާތަނަށް ކުރިމަތިލައްވާފައި ވަނީ ހަތަރު ބޭފުޅުން
އެއީ ޖޭޕީގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސައިން ރަޝީދާއި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީނާއި ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން
ރަނިންގމޭޓް ކަމަށް ކުރިމަތިލުމުގެ ސުންގަޑި
ޖޭޕީގެ ރަނިންގމޭޓް ކަމަށް ކުރިމަތިލުމުގެ ސުންގަޑި ހަވީރު 4:00 އަށް ހަމަވާނެ، އެ އަށް ފަހު ރަނިންމޭޓްގެ މަގާމަށް ކުރިމަތިލި ބޭފުޅުންގެ ނަންތައް ތަރުތީބު ކުރާނެ އަދި މިރޭ ބާއްވާ ޖޭޕީގެ ކައުންސިލް ބައްދަލުވުމަށް ވޯޓު ކަރުދާސްތައް ތައްޔާރު ކުރަން ފަށާނެ
ވޯޓުގައި ކައުންސިލްގެ ގިނަ މެމްބަރުން ބައިވެރިވާނެ
ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހު (އިބޫ)ގެ ރަނިންގމޭޓުގެ މަގާމަށް ބޭފުޅަކު ހޮވުމަށްޓަކައި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރުންގެ މެދުގައި ނަގާ ތާރީހީ ސިއްރު ވޯޓުގައި، ކައުންސިލްގެ 41 މެމްބަރަކު ވޯޓު ދޭނެ ކަަމަށް އެ ޕާޓީން ބުނޭ