25 އޭޕުރިލް 2019 | ބުރާސްފަތި | 04 ބުރުނު
18 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ކޯލިޝަންގެ ރަނިންގމޭޓް

ރަނިންގ މޭޓް ކަމަށް ކުރިމަތި ލެއްވީ ހަތަރު ބޭފުޅުން، އެންމެންގެ ވެސް ޝަރުތު ހަމަވޭ

  • ރަނިންގ މޭޓު ހޮވާނީ ސިއްރު ވޯޓަކުން
  • ގާސިމަށް ވޯޓެއް ނުދެއްވޭ
  • ވޯޓުލުން މިރޭ 21:00
ސިމާހާ ނަސީމް | sim_kamana

| 13 ޖުލައި 2018 | ހުކުރު 16:29 | |

މަގުބޫލް

  1. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  2. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
  3. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  4. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  5. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  6. ޖަޕާނުގެ އަސްކަރީ މަނަވަރު ސަމިދާރޭ ރާއްޖޭގައި
  7. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ
  8. މަޖިލީހުގައި ހޫނު ބަހުސެއް: އިލްހާމާއި ލަތީފުގެ ބަހުގެ ހަމަލާ ރައީސަށް


ނޫސްވެރިންގެ ބައްދަލުވުމުގައި ސަމީރު ވާހަކަ ދައްކަވަނީ -- ފޮޓޯ: ރާއްޖެ އެމްވީ

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހު (އިބޫ)ގެ ރަނިންގ މޭޓުގެ މަގާމަށް ކުރިމަތިލައްވާފައިވަނީ ހަތަރު ބޭފުޅުން ކަމަށާއި އެ ބޭފުޅުންގެ ޝަރުތު ހަމަވާ ކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ.

ގުޅިފައިވާ ޕާޓީތަކުގެ ރަނިންގ މޭޓުގެ މަގާމަށް ކުރިމަތިލައްވާފައި ވަނީ ޖޭޕީގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސައިން ރަޝީދު ހަސަން ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީނާއި ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިންނެވެ.

ރަނިން މޭޓަކު ހޮވުމަށް މިރޭ ބާއްވާ ޖޭޕީގެ ކައުންސިލްގައި ނަގާ ވޯޓަށް ކެންޑިޑޭޓުންގެ ނަން ތަރުތީބުކޮށްފައިވަނީ ތިރީގައި މިވާ ގޮތަށެވެ. 

1. ޑރ. ހުސައިން ރަޝީދު ހަސަން 

2. އަބްދުﷲ އަމީން 

3. އަލީ ހުސައިން 

4. ފައިސަލް ނަސީމް

ރަނިން މޭޓްގެ މަގާމަށް ޝައުގުވެރިކަން ފާޅުކުރެއްވި އެ ޕާޓީގެ ނާއިބު ރައީސް އަބްދުﷲ މައުސޫމް އެ މަގާމަށް ކުރިމަތިލައްވާފައެއް ނުވެއެވެ. މައުސޫމް ވިދާޅުވީ ކުރިމަތިނުލެއްވީ ޕާޓީ ހިންގެވުމުގައި މުހިންމު ދައުރެއް އަދާކުރެއްވުމަށްޓަކައި ކަމަށެވެ. މީގެ އިތުރުން ކުރިން މި މަގާމަށް އެކަށީގެންވާ ކަމަށް ޖޭޕީގެ ބައެއް ބޭފުޅުން ލަފާދެއްވި ޕާޓީގެ ބާނީ ގާސިމް އިބްރާހީމްގެ ހަގު އަނބިކަނބަލުން އަދި ކައުންސިލް މެންބަރު އާއިޝަތު ނަހުލާ ވެސް ވެސް ވަނީ ޝައުގުވެރިކަން ނެތް ކަމަށް ވިދާޅުވެފައެވެ. 

ހުކުރު ދުވަހު މ. ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ސެކެރެޓަރީ ޖެނެރަލް އަހްމަދު ސަމީރު ވިދާޅުވީ ހުރިހާ ބޭފުޅުންގެ ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައިވާ ކަމަށާއި ސިއްރު ވޯޓުލުން ހުކުރު ދުވަހުގެ ރޭ 21:00 ގައި ކުރިއަށް ދާނެ ކަމަށެވެ. އަދި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމެއް 20:30 ގައި މިރޭ ކުރިއަށްދާނެ ކަމަށް ވެސް ސަމީރު ވިދާޅުވިއެވެ.

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހު (އިބޫ)ގެ ރަނިންގ މޭޓުގެ މަގާމަށް ބޭފުޅަކު ހޮވުމަށްޓަކައި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރުންގެ މެދުގައި ނަގާ ތާރީހީ ސިއްރު ވޯޓުގައި ކައުންސިލްގެ 41 މެމްބަރަކު ވޯޓު ދޭނެ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. ނަމަވެސް ކުރީގެ ލީޑަރު ގާސިމަށް ވޯޓުގައި ބައިވެރިވަޑައެއް ނުގެންނެވޭނެއެވެ. 

މީގެ އިތުރުން ރައީސް ނަޝީދު ބުރާސްފަތި ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބުގައި ޖޭޕީގެ ފަރާތުން ކަނޑައަޅާ ރިނިންގ މޭޓަކު ނިންމުމަށް ޖޭޕީގެ ކައުންސިލްގައި ނަގާ ވޯޓު، ކޮންމެ ބޭފުޅަކު ކާމިޔާބު ކުރެއްވި ކަމުގައިވީ ނަމަވެސް އެ ނަތީޖާ އެމަނިކުފާނު އަމިއްލަ ގޮތުން އަދި އެމްޑީޕީން ވެސް ބަލައިގަންނާނެ ކަމަށެވެ. އަދި އެމަނިކުފާނު ވަނީ މި ޓުވީޓުގައި ހުރިހާ ކެންޑިޑޭޓުންނަށް މަރުހަބާ ދަންނަވާފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް