ޖުމްހޫރީ ޕާޓީގެ ތިން ވަނަ ކޮންގްރެސް

  • ރާއްޖޭގައި ސިޔާސީ އެއްވެސް މިނިވަންކަމެއް ނެތް: ސަމީރު
  • ފޮޓޯ: ޖުމްހޫރީ ޕާޓީގެ ތިން ވަނަ ކޮންގްރެސް ފެށުން
  • ޖުމްހޫރީ ޕާޓީގެ ތިން ވަނަ ކޮންގްރެސް ފަށައިފި
 
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ރާއްޖޭގައި ސިޔާސީ އެއްވެސް މިނިވަންކަމެއް ނެތް: ސަމީރު

ރާއްޖޭގައި ސިޔާސީ އެއްވެސް މިނިވަންކަމެއް ނެތް. އެންމެ ކުޑަ މިނުން ކޮންގްރެސް ބާއްވާނެ ތަނެއްވެސް ނުދިން. ދެން ކޮން މިނިވަންްކަމެއްތޯ އޮތީ. ޖޭޕީ އަދިވެސް އޮތީ ކޯލިޝަނާއި އެކުގައި. ޖުމްހޫރީ ޕާޓީން އަދިވެސް އިސްކަންދެނީ ޤައުމުގެ މަސްލަހަތަށް. 

 

ޖުމްހޫރީ ޕާޓީއަކީ ހިތްވަރާއެކު ގަދަ ކަނޑުގައި، އަމާޒަށް މަސައްކަތްކުރާ ބައެއް. ކާމިޔާބަށް މަސައްކަތްކުރާ ބައެއް. މިހާތަނަށް ވެރިކަން ހޯދައިދިނުމަށްވެސް ޖޭޕީން ގިނަ މަސައްކަތްތަކެއް ކޮށްފައިވޭ. ޖުމްހޫރީ ޕާޓީން އަބަދުވެސް އިސްކަންދޭނީ ރައްޔިތުންގެ ބޭނުންތަކަށް. ޖުމްހޫރީ ޕާޓީން ދެކޭގޮތުގައި ރައްޔިތުން ނެތްކަމުގައިވާނަމަ ޕާޓީއެއްވެސް ނެތް. 

22 ޖޫން 2018 | ހުކުރު 15:49
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ފޮޓޯ: ޖުމްހޫރީ ޕާޓީގެ ތިން ވަނަ ކޮންގްރެސް ފެށުން

 

ޖުމްހޫރީ ޕާޓީގެ 3 ވަނަ ކޮންގްރެސްގެ ތެރެއިން -- ފޮޓޯ: ރާއްޖެ.އެމްވީ

 

ޖުމްހޫރީ ޕާޓީގެ 3 ވަނަ ކޮންގްރެސްގެ ތެރެއިން -- ފޮޓޯ: ރާއްޖެ.އެމްވީ

 

ޖުމްހޫރީ ޕާޓީގެ 3 ވަނަ ކޮންގްރެސްގެ ތެރެއިން -- ފޮޓޯ: ރާއްޖެ.އެމްވީ

 

ޖުމްހޫރީ ޕާޓީގެ 3 ވަނަ ކޮންގްރެސްގެ ތެރެއިން -- ފޮޓޯ: ރާއްޖެ.އެމްވީ

 

 

22 ޖޫން 2018 | ހުކުރު 15:38
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ޖުމްހޫރީ ޕާޓީގެ ތިން ވަނަ ކޮންގްރެސް ފަށައިފި

ޖުމްހޫރީ ޕާޓީގެ ތިން ވަނަ ކޮންގްރެސް ފަށައިފިއެވެ.

ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ފެށި ކޮންގްރެސްގައި 400 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވާ ކަމަށް ޖުމްހޫރީ ޕާޓީން ބުނެއެވެ. އެ މަންދޫބުންނާ އެކު ކޮންގްރެސް ފަށާފައި ވަނީ ހުކުރު ދުވަހު (މިއަދު) މެންދުރުފަހު 3:26 ގައެވެ. 

ކޮންގްރެސް ފެށުމުގެ ކުރިން ބައެއް ނުރަސްމީ ބައްދަލުވުންތައް ވެސް ކުރިއަށްގެންގޮސްފައިވާއިރު، އެ ބައްދަލުވުންތަކުގައި ވަނީ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ މަޝްވަރާތައް ކުރިއަށްގެންްގޮޮސްފައެވެ. އޭގެ އިތުރުން ޖުމްހޫރީ ޕާޓީގެ އިދާރި މަޤާމުތަކާ ގުޅުން ހުރި މައުލޫމާތު ވަނީ ކޮންގްރެސް ބައިވެރިންނާ ހިއްސާކޮށްފައެވެ. 

ޖޭޕީގެ ކޮންގްރެސް ފަށާފައިވާއިރު، ކޮންގްރެސްގައި އަސާސީ ގަވައިދަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވަނީ ނިންމާފައެވެ. އެގޮތުން ޕްރައިމަރީއަކުން ރިޔާސީ ކެެނޑިޑޭޓަކު ކަނޑައެޅުމަށް އަސާސީ ގަވައިދަށް ބަދަލުގެނައުމަށް ތާވަލްކޮށްފައިވާއިރު، މީގެ ކުރިން ޕާޓީގެ ރިޔާސީ ޓިކެޓް ލިބެނީ ޕާޓީގެ ލީޑަރަށެވެ. އޭގެ އިތުރުން ޕާޓީގެ ދިދަ އާއި ލޯގޯ ފާސްކުރުމަށް ވެސް ވަނީ ތާވަލްކޮށްފައެވެ. 

އޭގެ އިތުރުން ޖޭޕީގެ މަޤާމުތަކުގެ އިންތިހާބު ބާއްވާއިރު، ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި 30 މަގާމަކަށް ބޭފުޅުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

22 ޖޫން 2018 | ހުކުރު 15:27
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި ބައިވެރިވެވަޑައިގަތުމަށް އިބޫ އަދި ޝާހިދު ވަޑައިގެންފި

ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި ބައިވެރިވެވަޑައިގަތުމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވަޑައިގެންފި އެވެ. އެ ބޭފުޅުންގެ އިތުރުުން އަދާލަތު ޕާޓީގެ ބައެއް ބޭފުޅުންވެސް ވަޑައިގެންފައިވެއެވެ. އެ ބޭފުޅުން ވަޑައިގެންނެވީ ދައުވަތު އެރުވިގެން ވަޑައިގެންނެވި ބޭފުޅުންގެ ގޮތުގައެވެ.

22 ޖޫން 2018 | ހުކުރު 15:22
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ޖުމްހޫރީ ޕާޓީގެ ތިން ވަނަ ކޮންގްރެސް ފެށުމަށް ތައްޔަރުވެއްޖެ

ޕެރަޑައިސްގައި ބާއްވާ ޖުމްހޫރީ ޕާޓީގެ ތިން ވަނަ ކޮންގްރެސް ފެށުމަށް ތައްޔާރުވެއްޖެ އެވެ. މި ކޮންގްރެސްގައި ޖުމްލަ 400 މަންދޫބުން ބައިވާއިރު 30 މަޤާމަށް ބޭފުޅުން އިންތިހާބްކުރުމަށް ހަމަޖެހިފައިވެއެވެ.

22 ޖޫން 2018 | ހުކުރު 15:12
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
އެންޓި ކެމްޕެއިން ނުކުރުމަށް ޖޭޕީން އިލްތިމާސްކޮށްފި

ޖުމްހޫރީ ޕާޓީގެ މަޤާމުތަކަށް ކުރިމަތިލައްވާފައިވާ ބޭފުޅުންނާއި ގުޅޭގޮތުން އެންޓި ކެމްޕެއިން ނުކުރުމަށް އެ ޕާޓީން އިލްތިމާސްކޮށްފި އެވެ. 

ރާއްޖެޓީވީގެ 14:00ގެ ފަހުގެ ހަބަރަށް މައުލޫމާތުދެއްވަމުން ޖުމްހޫރީ ޕާޓީގެ ތަރުޖަމާން އަލީ ސޯލިހް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ރައީސްކަމުގެ މަޤާމަށް ކުރިމަތިލައްވާފައިވާ އަލީ ވަހީދާއި ދެކޮޅަށް ބައެއް ފަރާތްތަކުން އެންޓި ކެމްޕޭންކުރަމުންގެންދާކަމަށާއި، އެކަމަކީ ޖުމްހޫރީ ޕާޓީންވެސް އަދި ޕާޓީގެ ލީޑަރުވެސް ތާއީދުކުރައްވާކަމެއް ނޫންކަމަށެވެ. އެހެންކަމުން އެކަން ވަގުތުން ހުއްޓާލުމަށް ގޮވާލާފައިވެއެވެ. 

22 ޖޫން 2018 | ހުކުރު 14:27
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
މަޤާމުތަކަށް ކުރިމަތިލައްވާފައިވާ ބައެއް ބޭފުޅުން

ޖުމްހޫރީ ޕާޓީގެ ލީޑަރު (އިންތިހާބް ކުރުމަށް ހަމަޖެހިފައިވާ އަދަދު: 1):

އެއްވެސް ބޭފުޅަކު ކުރިމައްޗެއް ނުލައްވާ (ސަބަބަކީ، އެއީ ޤާސިމް އިބްރާހިމް ފުރުއްވަމުންގެންދެވި މަޤާމުކަމުގައިވުން)

ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު (އިންތިހާބް ކުރުމަށް ހަމަޖެހިފައިވާ އަދަދު: 4):

އަބްދުﷲ ކަމާލުއްދީން

އަމީން އިބްރާހިމް 

ޑރ. ހުސެއިން ރަޝީދު

އަބްދުﷲ އަމީން

މުހައްމަދު ފަޔާޒް (އެފްއޭ)

ޖުމްހޫރީ ޕާޓީގެ ރައީސް (އިންތިހާބް ކުރުމަށް ހަމަޖެހިފައިވާ އަދަދު: 1):

އަލީ ވަހީދު

ޖުމްހޫރީ ޕާޓީގެ ނައިބް ރައީސް (އިންތިހާބް ކުރުމަށް ހަމަޖެހިފައިވާ އަދަދު: 1):

ޑރ. އަބްދުﷲ މައުސޫމް

 

22 ޖޫން 2018 | ހުކުރު 13:17
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ޖޭޕީއާ ނުލައި އެއްވެސް ޕާޓީއަކަށް އިންތިޚާބު ކާމިޔާބެއް ނުކުރެވޭނެ: ސަމީރު

ޖުމްހޫރީ ޕާޓީއާ ނުލައި އެއްވެސް ޕާޓީއަކަށް ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެވޭނެ ކަމަށް ޖޭޕީގެ ސެކްޓްރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.

އެމްޑީޕީއާ އެކު ތިބި ބަޔަކާ ގުޅިގެން ކުރާ މަސައްކަތުން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ކާމިޔާބު ކުރެވޭނެ ކަމަށާއި އެއީ ވަކި ޕާޓީއަކާ އެކު ކޯލިޝަން ހަދައިގެންވާ ކަމެއް ނޫން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ބުރާސްފައި ދުވަހު ވިދާޅުވެފައި ވަނިކޮށް އެކަމާއި ގުޅޭ ގޮތުން ހުކުރު ދުވަހު ރާއްޖެ ޓީވީން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ސަމީރު ވިދާޅުވީ "ބަޔަކު މީހުން ތިމަންނާމެންނަކީ އެންމެ ބޮޑު ޕާޓީ އޭ ބުންޏަސް ޖޭޕީއާ ނުލައި އެއްވެސް ބަޔަކަށް ކާމިޔާބު ނުހޯދޭނެ" ކަމަށެވެ.

22 ޖޫން 2018 | ހުކުރު 11:41
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ކޮންގްރެސްގެ ވަރަށް ތަފާތުވާނެ، ޖުމްހޫރީ ޕާޓީގެ ކުރިމަގު މިއަދު އެނގިގެންދާނެ: ސަމީރު

މިއަދު 3:00 ގައި ފަށާ ޖުމްހޫރީ ޕާޓީގެ ކޮންގްރެސް ވަރަށް ތަފަތުވާނެކަމަށާއި، ކޮންގްރެސާއެކު ޖުމްހޫރީ ޕާޓީގެ މުސްތަޤުބަލް ޕާޓީގެ މެމްބަރުންނަށް އެނގިގެންދާނެކަމަށް ޕާޓީގެ ސެކެރަޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވެއްޖެ އެވެ. 

ސަމީރު އެފަދައިން ވިދާޅުވީ ރާއްޖެޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ. 

ސަމީރު ވިދާޅުވީ އެހެން ކޮންގްރެސްތަކާއި ހިލަފަށް ކުރިއަށްގެންދާ ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގެ ފުރަތަމަ ސެޝަންގައި ޕާޓީން ވޭތުވެދިޔަ ދުވަސްތަކުގައި ގެންގުޅުނު ސިޔާސަތާއި އަމަލުކުރި ގޮތް މެމްބަރުންނަށް ބުނެދޭނެކަމަށެވެ. އަދި އިންތިހާބުތަކުގައި ޕާޓީން ގެންގުޅުނު ސިޔާސަތުވެސް ބުނެދޭނެކަމަށާއި، އެޔަށްފަހު އެ ތަޖުރިބާތަކާއެކު ޕާޓީގެ މުސްތަޤުބަލު ޕާޓީގެ މެމްބަރުންނާއި ހިއްސާކުރާނެކަމަށް ސަމީރު ވިދާޅުވި އެވެ. ނަމަވެސް ސަމީރު އިތުރު ތަފްސީލަކަށް ވަޑައެއްނުގަންނަވައެވެ. 

އޭގެއިތުރުން ސަމީރު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ އަސާސީ ގަވައިދަށް ގެންނަ އިސްލާހުތަކާއެކު ޝެޑޯ މިނިސްޓްރީތަކެއް އުފައްދާނެކަމަށެވެ. އަދި ޕާޓީގެ ސްލޮޓްގައި މިނިސްޓަރުކަމަށް ވަޑައިގަންނަވާ ބޭފުޅުންނާއި، ޕާޓީއާއި ދެމެދު އޮންނަ ގުޅުން ވަރުގަދަކުރުމަށް، މިނިސްޓަރުންނަށް ވަޑައިގަންނަވާ ބޭފުޅުންނަށް ޕާޓީގެ ކައުންސިލްއިން ޖާގަ ދިނުމަށް ނިންމާފައިވާކަމަށް ސަމީރު ވިދާޅުވި އެެވެ. އަދި އެ އިސްލާހުވެސް ފާސްވެގެންދާނެކަމަށް ގަބޫލުކުރައްވާކަމަށް ސަމީރު ވިދާޅުވި އެވެ.

22 ޖޫން 2018 | ހުކުރު 11:23
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ފޮޓޯ: ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގެ ކުރިން ކުރިއަށްގެންދާ ނުރަސްމީ ބައްދަލުވުމުގެ ތެރެއިން

 

ޖުމްހޫރީ ޕާޓީގެ ކޮޮންގްރެސްގެ ކުރިން ކުރިއަށްގެންދާ ނުރަސްމީ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރާއްޖެ.އެމްވީ

 

ޖުމްހޫރީ ޕާޓީގެ ކޮޮންގްރެސްގެ ކުރިން ކުރިއަށްގެންދާ ނުރަސްމީ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރާއްޖެ.އެމްވީ

 

ޖުމްހޫރީ ޕާޓީގެ ކޮޮންގްރެސްގެ ކުރިން ކުރިއަށްގެންދާ ނުރަސްމީ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރާއްޖެ.އެމްވީ

 

ޖުމްހޫރީ ޕާޓީގެ ކޮޮންގްރެސްގެ ކުރިން ކުރިއަށްގެންދާ ނުރަސްމީ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރާއްޖެ.އެމްވީ

 

ޖުމްހޫރީ ޕާޓީގެ ކޮޮންގްރެސްގެ ކުރިން ކުރިއަށްގެންދާ ނުރަސްމީ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރާއްޖެ.އެމްވީ

 

 
22 ޖޫން 2018 | ހުކުރު 11:16
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
އެކަނި ކުރިއަށްދެވޭނެ ވަރަށް ޖުމްހޫރީ ޕާޓީ އޮތީ ފުރިހަމަވެފައި: ސަމީރު

ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ޖުމްހޫރީ ޕާޓީގެ ސެކެރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ ޖުމްހޫރީ ޕާޓީ އޮތީ ވަރަށް ފުރިހަމަވެފައިކަމަށެވެ. އަދި އިންތިހާބުތަކުގައި އެކަނި ވާދަކޮށް، ކާމިޔާބުކުރުމުގެ ޤާބިލްކަންވެސް އެބައޮތްކަމަށް ސަމީރު ވިދާޅުވި އެވެ. ނަމަވެސް އޭނާ ވިދާޅުވީ ޖުމްހޫރީ ޕާޓީއަކީ އަބަދުވެސް ޤައުމުގެ މަސްލަހަތު އިސްކުރާ ޕާޓީއެއް ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީ ކުރިއަށްދާނީ ޤައުމުގެ މަސްލަހަތު އެންމެެ ބޮޑުގޮތެއް ބެލުމަށްފަހުގައިކަމަށް ސަމީރު ވިދާޅުވި އެވެ. 

ސަމީރު ރާއްޖެޓީވީއަށް އިންޓަވިއު ދެއްވީ ރާއްޖެޓީވީ ހެނދުނު 10:00ގެ ފަހުގެ ހަބަރަށް:

 

22 ޖޫން 2018 | ހުކުރު 11:09
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ކޮންގްރެސްގެ ކުރިން ކުރިއަށްގެންދާ ބައްދަލުވުމުގައި ރިޔާސީ އިންތިހާބަށް ތައްޔާރުވުންވެސް ކުރިއަށްގެންދޭ

ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގެ ކުރިން ކުރިއަށްގެންދާ ނުރަސްމީ ބައްދަލުވުންތައް ފަށައިގެން ކުރިއަށްގެންދާއިރު އެ ބައްދަލުވުންތަކުގައި ޕާޓީގެ އިދާރީ އޮނިގަނޑުގެ އެކުލެވިގެންވާގޮތާއި، ރިޔާސީ އިންތިހާބުގެ ކެމްޕޭން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާގޮތުގެ މައުލޫމާތުދެމުންގެންދެ އެވެ. އޭގެއިތުރުންވެސް ޕާޓީގެ ސިޔާސަތު ކަނޑައެޅުމާއި ގުޅޭގޮޮތުންވެސް މަޝްވަރާތައް ކުރިއަށްގެންދެ އެވެ.

22 ޖޫން 2018 | ހުކުރު 09:57
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ޖުމްހޫރީ ޕާޓީގެ ކޮޮންގްރެސްގެ ކުރިން ކުރިއަށްގެންދާ ނުރަސްމީ ބައްދަލުވުން ފަށައިފި
ޖުމްހޫރީ ޕާޓީގެ ކޮޮންގްރެސްގެ ކުރިން ކުރިއަށްގެންދާ ނުރަސްމީ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރާއްޖެ.އެމްވީ
22 ޖޫން 2018 | ހުކުރު 09:55
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ޖުމްހޫރީ ޕާޓީގެ ކޮންގްރެސް ފެށުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 3:00 ގައި

ޖުމްހޫރީ ޕާޓީގެ ކޮންގްރެސް މެންދުރުފަހު 3:00 ގައި ފެށުމަށް ހަމަޖެހިފައިވާއިރު، އެ ކޮންގްރެސްގައި ޕާޓީގެ މަޤާމުތަކަށް ބޭފުޅުން އިންތިހާބްކުރުމަށް ހަމަޖެހިފައިވެއެވެ. އޭގެއިތުރުން ޕާޓީގެ އައު ލޯގޯ އާއި ދިދަވެސް ފާސްކުރުމަށް ހަމަޖެިފައިވާއިރު، ޕާޓީގެ އަސާސީ ގަވައިދަށްވެސް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވަނީ ތާވަލްކުރެވިފައެވެ.

22 ޖޫން 2018 | ހުކުރު 09:52