ޖުމްހޫރީ ޕާޓީގެ ތިން ވަނަ ކޮންގްރެސް
ޖުމްހޫރީ ޕާޓީގެ ތިން ވަނަ ކޮންގްރެސް ކުރިއަށްގެންދަނީ ޕެރަޑައިސް އައިލެންޑް ރިސޯޓުގައި

ކޮންގްރެސްގެ ކުރިން ކުރިއަށްގެންދިޔަ ނުރަސްމީ ބައްދަލުވުމުގެ ތެރެއިން
އަލީ ވަހީދު ޖުމްހޫރީ ޕާޓީގެ ރައީސްކަމަށް އިންތހާބްކޮށްފި
ޕާޓީގެ ރައީސްގެ މަޤާމަށް އަލީ ވަހީދު އިންތިހާބްކޮށްފި އެވެ. އޭނާ އިންތިހާބްކޮށްފައިވަނީ 154 ވޯޓުންނެވެ.
ޕާޓީގެ ނައިބް ރައީސްކަމުގެ މަޤާމަށް ޑރ. އަބްދުﷲ މައުސޫމް އިންތިހާބްކޮށްފި އެވެ. އޭނާ އިންތިހާބްކޮށްފައިވަނީ 240 ވޯޓުންނެވެ.
ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރުންގެ މަޤާމަށް އިންތިހާބްކޮށްފައިވަނީ ޑރ. ހުސެއިން ރަޝީދާއި، އަމީން އިބްރާހިމްގެ އިތުރުން އަބްދުﷲ އަމީން އަދި މުހައްމަދު ފަޔާޒް (އެފްއޭ) އެވެ.
ޖުމްހޫރީ ޕާޓީގެ މަޤާމުތަކުގެ އިންތިހާބުގެ ނަތީޖާ އިއުލާންކުރުން 4:41 ގައި
ޖުމްހޫރީ ޕާޓީގެ މަޤާމުތަކުގެ އިންތިހާބުގެ ނަތީޖާ އިއުލާންކުރުން 4:41 ގައި އޮންނާނެކަން އިއުލާންކޮށްފި އެވެ. މިހާރުވެސް ބައެއް ވޯޓު ފޮށިތައް ގުނުމުގެ މަސައްކަތްކުރައަށްގެންދާއިރު، އިންތިހާބުގެ ކަންކަމުގައި އެންމެ އިސްކޮށް އުޅުއްވާ މަތިވެރި ދާއިރާގެ މެމްބަރު މުހައްމަދު ހުސެއިން ވިދާޅުވީ ވޯޓު ގަޑިއަށް ގުނާ ނިންމާނެ ކަމަށެވެ.
ނަތީޖާ އިއުލާންކުރުމަށް ހަމަޖެހިފައިވާ މުހިންމު މަޤާމުތައް
ޕާޓީގެ ރައީސްކަމުގެ މަޤާމު:
- އަލީ ވަހީދު
ޕާޓީގެ ނައިބް ރައީސްކަމުގެ މަޤާމު:
- ޑރ. އަބްދުﷲ މައުސޫމް
ޕާޓީގެ ޑެޕިއުޓީ ލީޑަރުގެ މަޤާމު:
- އަމީން އިބްރާހިމް
- ޑރ. ހުސެއިން ރަޝީދު
- އަބްދުﷲ އަމީން
- އަބްދުﷲ ކަމާލުދީދް
- މުހައްމަދު ފަޔާޒް (އެފްއޭ)
ޖުމްހޫރީ ޕާޓީގެ މަޤާމުތަކުގެ އިންތިހާބުގެ ވޯޓުލުން ނިންމާލައިފި
ޖުމްހޫރީ ޕާޓީގެ މަޤާމުތަކުގެ އިންތިހާބުގެ ވޯޓުލުން ނިންމާލައިފި އެވެ.
އެކި ހުރަސްތަށް ކުރިމަތިވިނަމަވެސް ކުރިއަށްގެންގޮސް ނިންމާލި ޖުމްހޫރީ ޕާޓީގެ މަޤާމުތަކުގެ އިންތިހާބުގެ ނަތީޖާ އިއުލާންކުރުމަށް ހަމަޖެހިފައިވަނީ ހުރިހާ ވޯޓެއް ގުނައި ނިމުމުން އެކުއކީގަ އެވެ. މިހާރު ކުރިއަށްގެންދަނީ ވޯޓު ގުނުމުގެ މަސައްކަތެވެ.
މެދުކަނޑާލާފައ އޮތުމަށްފަހު، ވޯޓުލުން އަލުން ފަށައިފި
މައްސަލަޖެހިގެން ވޯޓުލުން މެދުކަނޑާލާފައޮ އޮތުމަށްފަހު، ވޯޓުލުން އަލުން ފަށައިފި އެވެ. ވޯޓުލުން އަލުން ފެށިކަމުގައިވިނަމަވެސް މައްސަލަ ޖެހުނު ދެ މަޤާމުގެ އިންތިހާބެއް ކުރިޔަކަށް ނުގެންދެ އެވެ. އޭގެބަދަލުގައި އަލުން ވޯޓުލުން ފަށާފައިވަނީ ޒުވާނުންގެ ލީގެގެ ރައީސް ކަމުގެ މަޤާމުން ފެށިގެނެވެ. މައްސަލަ ޖެހުނީ ޕާޓީގެ ނައިބް ރައީސްގެ އިންތިހާބުގައި އާއި، ނައިބް ލީޑަރުުގެ އިންތިހާބުގަ އެވެ.
ނައިބް ރައީސްގެ ވޯޓު ކަރުދާސްކޮޅުތައްވެސް ހުރީ ނުބައިކޮށް
ނައިބް ލީޑަރުގެ ވޯޓު ކަރުދާސްތައް ނުބައިކޮށް ހުރުމާއެކު، ނައިބް ރައީސް ކަމަށް ބޭފުޅަކު އިންތިހާބްކުރުމަށް ވޯޓުލުން ކުރިއަށްގެންދިއުމަށް މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް އެ ވޯޓުވެސް ފެށުމާއެކު، ވޯޓު ކަރުދާސްތައް ނުބައިކޮށް ހުރުމުން ވޯޓުލުން ވަނީ ހުއްޓާލާފައެވެ. ނައިބް ރައީސް ކަމުގެ މަޤާމަށް ކުރިމަތިލައްވާފައިވަނީ ޑރ. އަބްދުﷲ މައުސޫމް އެކަނި އެވެ.
ވޯޓު ކަރުދާސްތަކުގައި މައްސަލަޖެހި، ވޯޓުލުން މެދުކަނޑާލައިފި
ޖުމްހޫރީ ޕާޓީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ކުރިއަށްދަނިކޮށް، ވޯޓް ކަރުދާސް ކޮޅުތަކުގައި މައްސަލަޖެހި، ވޯޓުލުން މެދުކަނޑާލައިފި އެވެ. އެގޮތުން ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރުގެ މަޤާމަށް ވޯޓު ނެގުމަށް ތައްޔާރުވެ، ވޯޓު ކަރުދާސްތައް ބަހަން ފެށިއިރު، ވޯޓު ކަރުދާސްތަކުގައިި ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަބްދުﷲ ކަމާލުއްދީންގެ ނަމެއް ނެތެވެ. ބަދަލުގައި ވޯޓު ކަރުދާސްކޮޅުގައި އޮތީ އަލީ ވަހީދުގެ ނަމެވެ.
ޖުމްހޫރީ ޕާޓިގެ ސެކެރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ ވޯޓު ކަރުދާސްތައް ޗާޕްކޮށްފައިވަނީ އެމްސެވަން އިން ކަމަށެވެ. އަދި އެންމެ މަތީގައި އޮތް ކަރުދާސްކޮޅުގައި ރަނގަޅަށް އޮތުމުން ގަބޫލުކުރެވިފައި އޮތީ ހުރިހާ ކަރުދާސްކޮޅުތައްވެސް ރަނގަަޅަށް ހުންނާނެކަން ކަމަށް ސަމީރު ވިދާޅުވި އެވެ.
ސަމީރު ވިދާޅުވީ އަލުން ވޯޓް ކަރުދާކޮޅުތައް ތައްޔާރުކުރުމުގެ މަސައްކަތްކުރަމުން އަންނަކަމަށާއި، ވޯޓް ކަރުދާސްތައް ޗާޕްކުރުމަށް ހަމަޖެހިފައިވަނީ ބްލެކް އެންޑް ވައިޓްކޮށް ކަމަށެވެ.
ފޮޓޯ: ޖުމްހޫރީ ޕާޓީގެ މަޤާމުތަކުގެ ވޯޓުލުން ކުރިއަށްދަނީ
ޖުމްހޫރީ ޕާޓީގެ މަޤާމުތަކުގެ ވޯޓުލުން ކުރިއަށްދަނީ -- ފޮޓޯ: ރާއްޖެ.އެމްވީ
ޖުމްހޫރީ ޕާޓީގެ މަޤާމުތަކުގެ ވޯޓުލުން ކުރިއަށްދަނީ -- ފޮޓޯ: ރާއްޖެ.އެމްވީ
ޖުމްހޫރީ ޕާޓީގެ މަޤާމުތަކުގެ ވޯޓުލުން ކުރިއަށްދަނީ -- ފޮޓޯ: ރާއްޖެ.އެމްވީ
ޖުމްހޫރީ ޕާޓީގެ މަޤާމުތަކުގެ ވޯޓުލުން ކުރިއަށްދަނީ -- ފޮޓޯ: ރާއްޖެ.އެމްވީ
ޖުމްހޫރީ ޕާޓީގެ މަޤާމުތަކުގެ އިންތިހާބުގެ ވޯޓުލުން ފަށައިިފި
ޖުމްހޫރީ ޕާޓީގެ މަޤާމުތަކުގެ އިންތިހާބުގެ ވޯޓުލުން ފަށައިިފި އެވެ.
ޖުމްހޫރީ ޕާޓީގެ 32 މަޤާމަށް ބޭފުޅުން އިންތިހާބްކުރުމަށް ހަމަޖެހިފައިވާއިރު، އޭގެތެރޭގައި ޕާޓީގެ ރައީސްކަމާއި، ނައިބް ރައީސް ކަމާއި، ޑެޕިއުޓީ ލީޑަރުކަމުގެ މަޤާމަށް ބޭފުޅުން އިްނތިހާބްކުރުމަށް ހަމަޖެހިފައިވެއެވެ. އަދި އޭގެއިތުރުން ޕާޓީގެ ކައުންސިލަށް މެމްބަރުން އިންތިހާބްކުރުމަށްވެސް ހަމަޖެހިފައިވެއެވެ.
ޕްރައިމަރީ ބޭއްވި ނަމަވެސް އެ ޕްރައިމަރީގައި ވޯޓުލުމުގެ ހައްޤު ލިބިގެންވަނީ ޕާޓީގެ ކައުންސިލް މެމްބަރުންނަށް އެކަނި
ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓް ލިބޭނެ ފަރާތެއް ކަނޑައަޅާނީ ޕާޓީގެ ޕްރައިމަރީއަކުން ކަމުގައި ބުނެފައިވީނަމަވެސް އެ ޕްރައިމަރީގައި ޕާޓީގެ އާންމު މެމްބަރުންނަށް ވޯޓުލުމުގެ ހައްޤު ލިބިގެނެއްނުވެ އެވެ. ހަމައެކަނި އެ ޕްރައިމަރީގައި ވޯޓުލުމުގެ ހައްޤު ލިބިގެންވަނީ ޕާޓީގެ ކައުންސިލް މެމްބަރުންނެވެ. އެކަން ވަނީ އިސްލާހްކޮށް، ފާސްކުރި ޖުމްހޫރީ ޕާޓީގެ އަސާސީ ގަވައިދުގެ 47 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފަ އެވެ.
ޔާމިން ބަލިކުރަން ކޯލިޝަނުގެ ހުރިހާ ބައިވެރިން ބޭނުންވޭ، ރިޔާސީ އިންތިހާބަށް ދާނީ އެކީގައި ތިބެ: އިބޫ
ވީޑިއޯ: ކޮންގްރެސް ހުޅުވުމަށް ބޭއްވި ދަންފަޅީ އެސްޖީ ސަމީރު ދެއްކެވި ވާހަކަފުޅު
ޖުމްހޫރީ ޕާޓީގެ ލީޑަރުކަމަށް ބޭފުޅަކު އިންތިހާބު ނުކުރެވޭގޮތަށް ޤަރާރު ފާސްކޮށްފި
ޖުމްހޫރީ ޕާޓީގެ ލީޑަރުކަމަށް ބޭފުޅަކު އިންތިހާބު ނުކުރެވޭގޮތަށް ޤަރާރު ފާސްކޮށްފި އެވެ.
އެ ޤަރާރުގައިވާގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރުކަމުގެ މަޤާމަށް ބޭފުޅަކު އިންތިހާބް ކުރެވޭނީ ސުޕްރީމް ކޯޓުން ޤާސިމްގެ މައްސަލާގައި ވަކިގޮތެއް ކަނޑައެޅުމުންނެވެ. ނުވަތަ ޤާސިމްގެ ސިޓީފުޅަކުން ބޭފުޅަކު އިންތިހާބްކުރުމަށް އެދިވަޑައިގަތުމުން އެކަނި އެވެ. އެ ނޫން ހާލަތްތަކުގައި ލީޑަރުކަމުގެ މަޤާމަށް ބޭފުޅަކު އިންތިހާބުކުރުމަށް ކައުންސިލަށް ލިބިގެންވާ ބަރުތައްވެސް ޤައުމީ ކޮންގްރެސްއިން ވަނީ ނަގައިފަ އެވެ.
ފޮޓޯ: ޖުމްހޫރީ ޕާޓީގެ 3 ވަނަ ކޮންގްރެސްގެ ދެވަނަ ސެޝަންގެ ތެރެއިން
ޖުމްހޫރީ ޕާޓީގެ ތިން ވަނަ ކޮންގްރެސްގެ ތެރެއިން -- ފޮޓޯ: ރާއްޖެ.އެމްވީ
ޖުމްހޫރީ ޕާޓީގެ ތިން ވަނަ ކޮންގްރެސްގެ ތެރެއިން -- ފޮޓޯ: ރާއްޖެ.އެމްވީ
ޖުމްހޫރީ ޕާޓީގެ ތިން ވަނަ ކޮންގްރެސްގެ ތެރެއިން -- ފޮޓޯ: ރާއްޖެ.އެމްވީ
ޖުމްހޫރީ ޕާޓީގެ ތިން ވަނަ ކޮންގްރެސްގެ ތެރެއިން -- ފޮޓޯ: ރާއްޖެ.އެމްވީ
ޖުމްހޫރީ ޕާޓީގެ ތިން ވަނަ ކޮންގްރެސްގެ ތެރެއިން -- ފޮޓޯ: ރާއްޖެ.އެމްވީ
ޕާޓީގެ ރައީސްގެ ބާރުތައް ހަނިކޮށް، ރިޔާސީ ޕްރައިމަރީ ބާއްވާގޮތަށް ޖުމްހޫރީ ޕާޓީގެ އަސާސީ ގަވައިދު އިސްލާހްކޮށްފި
ޕްރައިމަރީއަކުން ރިޔާސީ ކެނޑިޑޭޓް ކަނޑައަޅާގޮތަށް ޖުމްހޫރީ ޕާޓީގެ އަސާސީ ގަވާއިދު އިސްލާހުކޮށް، އިތުރު ގިނަ ބަދަލުތަކެއް އަސާސީ ގަވައިދަށް ގެނެސްފި އެވެ.
މީގެކުރިން ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓް އޮޓޮމެޓިކުން ލިބެނީ ޕާޓީގެ ލީޑަރަށެވެ. ނަމަވެސް ޖުމްހޫރީ ޕާޓީގެ އަސާސީ ގަވައިދަށް ގެެނައި ބަދަލުގައި ވަނީ ރިޔާސީ ޓިކެޓު ލިބޭނީ ޕާޓީގެ އެތެރޭގެ ބާއްވާ ޕްރައިމަރީއަކުން ކަމަށެވެ.
އޭގެއިތުރުން ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި ޕާޓީގެ ރައީސަކާއި، ނައިބް ރައީސަކު އިންތިހާބްކުރުން ހިމެނެ އެވެ. އަސާސީ ގަވައިދަށް ގެނައި އިސްލާހުގައިވާގޮތުން ޕާޓީގެ ރައީސަކީ އިދާރީ ކަންކަމުގައި އެންމެ އިސް ފަރާތެވެ. އަދި ޕާޓީގެ ލީޑަރަކު ނެތް ހާލަތްތަކުގައި ރައީސަށް ބައެއް ބާރުތައްދީފައިވާއިރު، އޭނާގެ ނައިބް ރައީސަކު އިންތިހާބްކުރުމަށްވެސް އަސާސީ ގަވައިދަށް ވަނީ އިސްލާހް ގެނެސްފަ އެވެ.
ޖުމްހޫރީ ޕާޓީގެ ޤައުމީ ހިންގާ ކޮމެޓީން ފާސްކޮށް ހުށައެޅި އިސްލާހުތަކުގެ އިތުރުން އިބްރާހިމް ހަނީފް ހުށައެޅި އިސްލާހުތައްވެސް ވަނީ ކޮންގްރެސްގައި ފާސްކޮށްފަ އެވެ. އެ ފާސްކުރި އިސްލާހްގައިވާގޮތުން ޕާޓީގެ ރައީސަށް ލިބިދޭ ބާރުތައް ވަނީ ހަނިކޮށްފަ އެވެ. އަދި ޕާޓީގެ ނައިބް ލީޑަރަށް ބާރުތައް ލިބިދޭގޮތަށެވެ. އެ އިސްލާހް ފާސްވެފައިވަނީ 195 މެމްބަރުންގެ ވޯޓުންނެވެ.
ޕާޓީގެ ޤައުމީ ހިންގާ ކޮމެޓީން ހުށައެޅި ހުށައެޅުމުގައިވާގޮތުން ޕާޓީގެ ލީޑަރު ނެތް ހާލަތެއްގައި ބަރުތައް ލިބިދެނީ ޕާޓީގެ ރައީސަށެވެ. ނަމަވެސް ހަނީފް ހުށައެޅި އިސްލާހުތަކުގެ ދަށުން އެ ބަރު ލިބެނީ ޕާޓީގެ ނައިބް ލީޑަރުންގެ ތެރެއިން އިންތިހާބްކުރާ މީހަކަށެވެ. އެ މީހަކު އިންތިހާބްކުރަންޖެހޭނީ ޕާޓީގެ ކައުންސިލުންނެވެ.
ޤައުމީ ހިންގާ ކޮމެޓީން ގެނައި އިސްލާހްތަކާއި، ކޮންގްރެސްއިން ފާސްކުރި އިސްލާހްތަކާއެކު މުޅި އަސާސީ ގަވައިދަށް އިސްލާހު ގެނެސްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 303 ވޯޓާއެކުގަ އެވެ.
ޖުމްހޫރީ ޕާޓީގެ އައު ލޯގޯ އާއި ދިދަ ފާސްކޮށްފި
ޖުމްހޫރީ ޕާޓީގެ އައު ލޯގޯ -- ފޮޓޯ: ރާއްޖެ.އެމްވީ
ޖުމްހޫރީ ޕާޓީގެ އައު ލޯގޯ އާއި ދިދަ ފާސްކޮށްފި އެވެ.
ޖުމްހޫރީ ޕާޓީން އައު ލޯގާއަކާއި ދިދައެއް ތައްޔާރުކުރީީ އެ ޕާޓީގެ ލޯގޯ އާއި ދިދަ ބޭނުންކުރުން އިލެކްޝަންސް ކޮމިޝަނުން ނިމުނު އަހަރު މަނާކުރުމާއި ގުޅިގެންނެވެ. ޕާޓީގެ ލޯގޯ އާއި ދިދަ ބޭނުންކުރުން މަނާކުރީ، އެ ދިދަ އާއި ލޯގޯ އިން ރައީސުލްޖުމްހޫރިއްޔާގެ ދިދަ ރަމްޒުކޮށްދޭ ކަމަށް ބުނެ އެވެ.
އެ ނިންމުން ބާތިލްކުރުމަށް ޖުމްހޫރީ ޕާޓީން ސިވިލް ކޯޓަަށް މައްސަލަވެސް ހުށައަޅާފައިވެއެވެ. ނަމަވެސް ހުށައެޅި އެ މައްސަލާގައި މިއަދާއި ހަމައަށްވެސް ހުކުމެއް ކޮށްފައެއް ނުވެ އެވެ.
ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ކުރިއަށްދާ ޖުމްހޫރީ ޕާޓީގެ ކޮންގްރެސްއިން ފާސްކުރި އެ ލޯގޯއާއި ދިދައިގައި ހިމެނޭ ހަނދުފަޅި ވަނީ ނަގައިފަ އެވެ. ހަނދުފަޅީގެ ބަދަލުގައި ވަށް ބޮޅެއްލާފައިވުން ފިޔަވައި އިތުރު ބަދަލެއް ގެނެސްފައެއް ނުވެއެވެ. ޖުމްހޫރީ ޕާޓީން ބުނީ އެ ލޯގޯ އާއި ދިދައަކީ އިލެކްޝަންސް ކޮމިޝަނުން ފާސްކޮށް، ބޭނުންކުރުމުގެ ހުއްދަދީފައިވާ ލޯގޯއެއް ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ތިން ވަނަ ކޮންގްރެސްގެ ރިޔާސަތު ބެލެހެއްޓުމަށް އަލީ ހުސެއިން އިންތިހާބުކޮށްފި
ޖުމްހޫރީ ޕާޓީގެ ތިން ވަނަ ކޮންގްރެސްގެ ރިޔާސަތު ބެލެހެއްޓުމަށް އަލީ ހުސެއިން އިންތިހާބުކޮށްފި އެވެ. އޭނާ އިންތިހާބްކޮށްފައިވަނީ ވޯޓަށް އެހުމެއް ނެތި އެވެ. އެއީ އިތުރު ބޭފުޅެއްގެ ނަން ރިޔާސަތު ބެލެހެއްޓުމަށް ހުށައަޅާފައިނެތުމުންނެވެ.
ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގެ ދެވަނަ ދަންފަޅި ފަށައިފި
ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގެ ދެވަނަ ދަންފަޅި ފަށައިފި އެވެ.
ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގެ ދެވަނަ ދަންފަޅި ފެށުމަށް ތައްޔާރުވެއްޖެ
ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގެ ދެ ވަނަ ދަންފަޅި ފެށުމަށް ތައްޔާރުވެއްޖެ އެވެ.
ދެވަނަ ދަންފަޅިއަށް ތާވަލްކުރެވިފައިވާ މަސައްކަތްތަކުގައި ހިމެނެނީ ޖުމްހޫރީ ޕާޓީގެ ލޯގޯ އާއި ދިދަ ފާސްކުރުން ހިމެނެ އެވެ. އޭގެއިތުރުން އަސާސީ ގަވައިދަށް ގެނެވުނު އިސްލާހުތައް ފާސްކުރުންވެސް މި ދަންފަޅިއަށް ތާވަލްކޮށްފައިވެއެވެ.
ގުޅިގެން ކުރިއަށްގެންދާ މަސައްކަތް ކާމިޔާބުކުރެވޭނެ، އެއް ކެނޑިޑޭޓަކު ނެރެވޭނެ: އަލީ ހުސެއިން
ރާއްޖެޓީވީއަށް ދެއްވިި އިންޓަވިއުގައި ވާހާކަދައްކަވަމުން ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ފާޅުކުރެއްވީ އަމިއްލަ ހިޔަލެއްކަމަށާއި، އެ ހިޔާލުގެ ސަބަބުން ޕާޓީތަކުގެ ގުޅުމަށް އެއްވެސް އަސަރެއް ނުކުރާނެކަމަށެވެ. އަދި ޕާޓީތައް ތިބީ އެކުގައި ކަމަށާއި، ގުޅިގެން ކުރާ މަސައްކަތް ކާމިޔާބުވާނެކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބަ އޮތް ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެއް ކެނޑިޑޭޓަކު ނެރުމުގެ ފުރުސަތު އަދިވެސް އެބަ އޮތް ކަމަށެވެ.
އިތުރަށް ވާހަކަދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ ރާއްޖޭގައި ސިޔާސީ ހަރަކާތް ހިންގުމަށް ފުރުސަތެއް ނެތްއިރު، ޕާޓީތަކާއި، އާންމު ރައްޔިތުންނަށް ހިޔާލު ފާޅުކުރުމުގެ ފުރުސަތެއްވެސް ނެތް ކަމަށެވެ. އަދި ހުރިހާ ހައްޤުތަކެއް ނިގުޅައިގަންނައިރު، އެ ހައްޤުތައް ނިގުޅައިގަންނަތަން ބަލަން ނުތިބެވޭނެކަމަށްވެސް އަލީ ހުސެއިން ވިދާޅުވި އެވެ.
އަލީ ހުސެއިން ވިދާޅުވި ގޮތުގައި ކުރިއަށް އޮތް އިންތިހާބު ބޮއިކޮޓްކުރުމަކީ ޗޮއިސެއް ނޫނެވެ. އަދި ކޮންމެ ފަދަގޮތަކަށް އިންތިހާބު ބޭއްވި ނަމަވެސް އުނދަގުލާއެކު އިންތިހާބުގައި ވާދަކުރަންޖެހޭކަމަށާއި، އަދި ކުރާ މަސައްކަތްތަކުގެ ނަތީޖާ ފޮނިކަމަށްވެސް ގަބޫލުކުރައްވާ ކަމަށެވެ.
ވީޑިއޯ: އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް ރާއްޖެޓީވީއަށް ދެއްވި އިންޓަވިއު
ސަމީރުގެ ވާހަކަ ނިންމާލިއިރު، އޭނާ ވަނީ ޖޭޕީއިން ކުރި މަސައްކަތަށް ލިބުނީ ކޯއްޗެއްތޯ ސުވާލުކުރައްވާފައި
ޖޭޕީގެ ތިން ވަަނަ ކޮންގްރެސްގައި ޕާޓީގެ އެސްޖީ ސަމީރު ވާހަކަދައްކަވަނީ -- ފޮޓޯ: ރާއްޖެ.އެމްވީ
އެކުގައި އެންމެ ފަހު ވަގުތާއި ހަމައަށްވެސް ހުންނާނަން: ސަމީރު
އެންމެ ފަހު ވަގުތާއި ހަމައަށްވެސް ޖުމްހޫރީ ޕާޓީ އޮންނާނީ ގުޅިފައިވާ ޕާޓީތަކާއެކުގައި. ނަމަވެސް ޕާޓީތަކަށް އިތުރު ކެނޑިޑޭޓަކު ނުނެރެވެނަމަ ބޭނުންކުރާނެ އިތުރު ފޯމިއުލާވެސް އެބަހުރު. އެ ފޯމިއުލާތައް ބޭނުންކުރާނީ އިތުރު ގޮތެއް ނެތް ހާލަތްތަކުގައި. އެންމެ ފަހު ވަގުތައްވެސް ޖޭޕީން ކެތްކުރާނެ.
ހަނދާނުގައި ބަހައްޓަންޖެހޭ ކަމަކީ ޖޭޕީ ނިމުނު އިންތިހާބުތަކުގައި ޑިސައިޑިން ޕާޓީކަން. ޖޭޕީން ނިންމި ނިންމުމެއް ކާމިޔާބުވެފައި އޮތީ. އެކުގައި ތިބި ކަމުގައިވާނަމަ ކާމިޔާބަށް ވާސިލްވެވޭނެ. އަޅުގަނޑުމެންނަށް މި ވަގުތަށް އުނދަގޫތަކެއް އެބަހުރި. ނަމަވެސް، އެކަންތައްތައް ހުރަސްކޮށް، ކާމިޔާބަށް ވާސިލްވެވޭނެކަމަށް ގަބޫލުކުރަން.
ރާއްޖޭގައި ސިޔާސީ އެއްވެސް މިނިވަންކަމެއް ނެތް: ސަމީރު
ރާއްޖޭގައި ސިޔާސީ އެއްވެސް މިނިވަންކަމެއް ނެތް. އެންމެ ކުޑަ މިނުން ކޮންގްރެސް ބާއްވާނެ ތަނެއްވެސް ނުދިން. ދެން ކޮން މިނިވަންްކަމެއްތޯ އޮތީ. ޖޭޕީ އަދިވެސް އޮތީ ކޯލިޝަނާއި އެކުގައި. ޖުމްހޫރީ ޕާޓީން އަދިވެސް އިސްކަންދެނީ ޤައުމުގެ މަސްލަހަތަށް.
ޖުމްހޫރީ ޕާޓީއަކީ ހިތްވަރާއެކު ގަދަ ކަނޑުގައި، އަމާޒަށް މަސައްކަތްކުރާ ބައެއް. ކާމިޔާބަށް މަސައްކަތްކުރާ ބައެއް. މިހާތަނަށް ވެރިކަން ހޯދައިދިނުމަށްވެސް ޖޭޕީން ގިނަ މަސައްކަތްތަކެއް ކޮށްފައިވޭ. ޖުމްހޫރީ ޕާޓީން އަބަދުވެސް އިސްކަންދޭނީ ރައްޔިތުންގެ ބޭނުންތަކަށް. ޖުމްހޫރީ ޕާޓީން ދެކޭގޮތުގައި ރައްޔިތުން ނެތްކަމުގައިވާނަމަ ޕާޓީއެއްވެސް ނެތް.
ފޮޓޯ: ޖުމްހޫރީ ޕާޓީގެ ތިން ވަނަ ކޮންގްރެސް ފެށުން
ޖުމްހޫރީ ޕާޓީގެ 3 ވަނަ ކޮންގްރެސްގެ ތެރެއިން -- ފޮޓޯ: ރާއްޖެ.އެމްވީ
ޖުމްހޫރީ ޕާޓީގެ 3 ވަނަ ކޮންގްރެސްގެ ތެރެއިން -- ފޮޓޯ: ރާއްޖެ.އެމްވީ
ޖުމްހޫރީ ޕާޓީގެ 3 ވަނަ ކޮންގްރެސްގެ ތެރެއިން -- ފޮޓޯ: ރާއްޖެ.އެމްވީ
ޖުމްހޫރީ ޕާޓީގެ 3 ވަނަ ކޮންގްރެސްގެ ތެރެއިން -- ފޮޓޯ: ރާއްޖެ.އެމްވީ
ޖުމްހޫރީ ޕާޓީގެ ތިން ވަނަ ކޮންގްރެސް ފަށައިފި
ޖުމްހޫރީ ޕާޓީގެ ތިން ވަނަ ކޮންގްރެސް ފަށައިފިއެވެ.
ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ފެށި ކޮންގްރެސްގައި 400 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވާ ކަމަށް ޖުމްހޫރީ ޕާޓީން ބުނެއެވެ. އެ މަންދޫބުންނާ އެކު ކޮންގްރެސް ފަށާފައި ވަނީ ހުކުރު ދުވަހު (މިއަދު) މެންދުރުފަހު 3:26 ގައެވެ.
ކޮންގްރެސް ފެށުމުގެ ކުރިން ބައެއް ނުރަސްމީ ބައްދަލުވުންތައް ވެސް ކުރިއަށްގެންގޮސްފައިވާއިރު، އެ ބައްދަލުވުންތަކުގައި ވަނީ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ މަޝްވަރާތައް ކުރިއަށްގެންްގޮޮސްފައެވެ. އޭގެ އިތުރުން ޖުމްހޫރީ ޕާޓީގެ އިދާރި މަޤާމުތަކާ ގުޅުން ހުރި މައުލޫމާތު ވަނީ ކޮންގްރެސް ބައިވެރިންނާ ހިއްސާކޮށްފައެވެ.
ޖޭޕީގެ ކޮންގްރެސް ފަށާފައިވާއިރު، ކޮންގްރެސްގައި އަސާސީ ގަވައިދަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވަނީ ނިންމާފައެވެ. އެގޮތުން ޕްރައިމަރީއަކުން ރިޔާސީ ކެެނޑިޑޭޓަކު ކަނޑައެޅުމަށް އަސާސީ ގަވައިދަށް ބަދަލުގެނައުމަށް ތާވަލްކޮށްފައިވާއިރު، މީގެ ކުރިން ޕާޓީގެ ރިޔާސީ ޓިކެޓް ލިބެނީ ޕާޓީގެ ލީޑަރަށެވެ. އޭގެ އިތުރުން ޕާޓީގެ ދިދަ އާއި ލޯގޯ ފާސްކުރުމަށް ވެސް ވަނީ ތާވަލްކޮށްފައެވެ.
އޭގެ އިތުރުން ޖޭޕީގެ މަޤާމުތަކުގެ އިންތިހާބު ބާއްވާއިރު، ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި 30 މަގާމަކަށް ބޭފުޅުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި ބައިވެރިވެވަޑައިގަތުމަށް އިބޫ އަދި ޝާހިދު ވަޑައިގެންފި
ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި ބައިވެރިވެވަޑައިގަތުމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވަޑައިގެންފި އެވެ. އެ ބޭފުޅުންގެ އިތުރުުން އަދާލަތު ޕާޓީގެ ބައެއް ބޭފުޅުންވެސް ވަޑައިގެންފައިވެއެވެ. އެ ބޭފުޅުން ވަޑައިގެންނެވީ ދައުވަތު އެރުވިގެން ވަޑައިގެންނެވި ބޭފުޅުންގެ ގޮތުގައެވެ.
ޖުމްހޫރީ ޕާޓީގެ ތިން ވަނަ ކޮންގްރެސް ފެށުމަށް ތައްޔަރުވެއްޖެ
ޕެރަޑައިސްގައި ބާއްވާ ޖުމްހޫރީ ޕާޓީގެ ތިން ވަނަ ކޮންގްރެސް ފެށުމަށް ތައްޔާރުވެއްޖެ އެވެ. މި ކޮންގްރެސްގައި ޖުމްލަ 400 މަންދޫބުން ބައިވާއިރު 30 މަޤާމަށް ބޭފުޅުން އިންތިހާބްކުރުމަށް ހަމަޖެހިފައިވެއެވެ.
އެންޓި ކެމްޕެއިން ނުކުރުމަށް ޖޭޕީން އިލްތިމާސްކޮށްފި
ޖުމްހޫރީ ޕާޓީގެ މަޤާމުތަކަށް ކުރިމަތިލައްވާފައިވާ ބޭފުޅުންނާއި ގުޅޭގޮތުން އެންޓި ކެމްޕެއިން ނުކުރުމަށް އެ ޕާޓީން އިލްތިމާސްކޮށްފި އެވެ.
ރާއްޖެޓީވީގެ 14:00ގެ ފަހުގެ ހަބަރަށް މައުލޫމާތުދެއްވަމުން ޖުމްހޫރީ ޕާޓީގެ ތަރުޖަމާން އަލީ ސޯލިހް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ރައީސްކަމުގެ މަޤާމަށް ކުރިމަތިލައްވާފައިވާ އަލީ ވަހީދާއި ދެކޮޅަށް ބައެއް ފަރާތްތަކުން އެންޓި ކެމްޕޭންކުރަމުންގެންދާކަމަށާއި، އެކަމަކީ ޖުމްހޫރީ ޕާޓީންވެސް އަދި ޕާޓީގެ ލީޑަރުވެސް ތާއީދުކުރައްވާކަމެއް ނޫންކަމަށެވެ. އެހެންކަމުން އެކަން ވަގުތުން ހުއްޓާލުމަށް ގޮވާލާފައިވެއެވެ.
މަޤާމުތަކަށް ކުރިމަތިލައްވާފައިވާ ބައެއް ބޭފުޅުން
ޖުމްހޫރީ ޕާޓީގެ ލީޑަރު (އިންތިހާބް ކުރުމަށް ހަމަޖެހިފައިވާ އަދަދު: 1):
އެއްވެސް ބޭފުޅަކު ކުރިމައްޗެއް ނުލައްވާ (ސަބަބަކީ، އެއީ ޤާސިމް އިބްރާހިމް ފުރުއްވަމުންގެންދެވި މަޤާމުކަމުގައިވުން)
ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު (އިންތިހާބް ކުރުމަށް ހަމަޖެހިފައިވާ އަދަދު: 4):
އަބްދުﷲ ކަމާލުއްދީން
އަމީން އިބްރާހިމް
ޑރ. ހުސެއިން ރަޝީދު
އަބްދުﷲ އަމީން
މުހައްމަދު ފަޔާޒް (އެފްއޭ)
ޖުމްހޫރީ ޕާޓީގެ ރައީސް (އިންތިހާބް ކުރުމަށް ހަމަޖެހިފައިވާ އަދަދު: 1):
އަލީ ވަހީދު
ޖުމްހޫރީ ޕާޓީގެ ނައިބް ރައީސް (އިންތިހާބް ކުރުމަށް ހަމަޖެހިފައިވާ އަދަދު: 1):
ޑރ. އަބްދުﷲ މައުސޫމް
ޖޭޕީއާ ނުލައި އެއްވެސް ޕާޓީއަކަށް އިންތިޚާބު ކާމިޔާބެއް ނުކުރެވޭނެ: ސަމީރު
ޖުމްހޫރީ ޕާޓީއާ ނުލައި އެއްވެސް ޕާޓީއަކަށް ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެވޭނެ ކަމަށް ޖޭޕީގެ ސެކްޓްރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.
އެމްޑީޕީއާ އެކު ތިބި ބަޔަކާ ގުޅިގެން ކުރާ މަސައްކަތުން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ކާމިޔާބު ކުރެވޭނެ ކަމަށާއި އެއީ ވަކި ޕާޓީއަކާ އެކު ކޯލިޝަން ހަދައިގެންވާ ކަމެއް ނޫން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ބުރާސްފައި ދުވަހު ވިދާޅުވެފައި ވަނިކޮށް އެކަމާއި ގުޅޭ ގޮތުން ހުކުރު ދުވަހު ރާއްޖެ ޓީވީން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ސަމީރު ވިދާޅުވީ "ބަޔަކު މީހުން ތިމަންނާމެންނަކީ އެންމެ ބޮޑު ޕާޓީ އޭ ބުންޏަސް ޖޭޕީއާ ނުލައި އެއްވެސް ބަޔަކަށް ކާމިޔާބު ނުހޯދޭނެ" ކަމަށެވެ.
ކޮންގްރެސްގެ ވަރަށް ތަފާތުވާނެ، ޖުމްހޫރީ ޕާޓީގެ ކުރިމަގު މިއަދު އެނގިގެންދާނެ: ސަމީރު
މިއަދު 3:00 ގައި ފަށާ ޖުމްހޫރީ ޕާޓީގެ ކޮންގްރެސް ވަރަށް ތަފަތުވާނެކަމަށާއި، ކޮންގްރެސާއެކު ޖުމްހޫރީ ޕާޓީގެ މުސްތަޤުބަލް ޕާޓީގެ މެމްބަރުންނަށް އެނގިގެންދާނެކަމަށް ޕާޓީގެ ސެކެރަޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވެއްޖެ އެވެ.
ސަމީރު އެފަދައިން ވިދާޅުވީ ރާއްޖެޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ.
ސަމީރު ވިދާޅުވީ އެހެން ކޮންގްރެސްތަކާއި ހިލަފަށް ކުރިއަށްގެންދާ ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގެ ފުރަތަމަ ސެޝަންގައި ޕާޓީން ވޭތުވެދިޔަ ދުވަސްތަކުގައި ގެންގުޅުނު ސިޔާސަތާއި އަމަލުކުރި ގޮތް މެމްބަރުންނަށް ބުނެދޭނެކަމަށެވެ. އަދި އިންތިހާބުތަކުގައި ޕާޓީން ގެންގުޅުނު ސިޔާސަތުވެސް ބުނެދޭނެކަމަށާއި، އެޔަށްފަހު އެ ތަޖުރިބާތަކާއެކު ޕާޓީގެ މުސްތަޤުބަލު ޕާޓީގެ މެމްބަރުންނާއި ހިއްސާކުރާނެކަމަށް ސަމީރު ވިދާޅުވި އެވެ. ނަމަވެސް ސަމީރު އިތުރު ތަފްސީލަކަށް ވަޑައެއްނުގަންނަވައެވެ.
އޭގެއިތުރުން ސަމީރު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ އަސާސީ ގަވައިދަށް ގެންނަ އިސްލާހުތަކާއެކު ޝެޑޯ މިނިސްޓްރީތަކެއް އުފައްދާނެކަމަށެވެ. އަދި ޕާޓީގެ ސްލޮޓްގައި މިނިސްޓަރުކަމަށް ވަޑައިގަންނަވާ ބޭފުޅުންނާއި، ޕާޓީއާއި ދެމެދު އޮންނަ ގުޅުން ވަރުގަދަކުރުމަށް، މިނިސްޓަރުންނަށް ވަޑައިގަންނަވާ ބޭފުޅުންނަށް ޕާޓީގެ ކައުންސިލްއިން ޖާގަ ދިނުމަށް ނިންމާފައިވާކަމަށް ސަމީރު ވިދާޅުވި އެެވެ. އަދި އެ އިސްލާހުވެސް ފާސްވެގެންދާނެކަމަށް ގަބޫލުކުރައްވާކަމަށް ސަމީރު ވިދާޅުވި އެވެ.
ފޮޓޯ: ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގެ ކުރިން ކުރިއަށްގެންދާ ނުރަސްމީ ބައްދަލުވުމުގެ ތެރެއިން
ޖުމްހޫރީ ޕާޓީގެ ކޮޮންގްރެސްގެ ކުރިން ކުރިއަށްގެންދާ ނުރަސްމީ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރާއްޖެ.އެމްވީ
ޖުމްހޫރީ ޕާޓީގެ ކޮޮންގްރެސްގެ ކުރިން ކުރިއަށްގެންދާ ނުރަސްމީ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރާއްޖެ.އެމްވީ
ޖުމްހޫރީ ޕާޓީގެ ކޮޮންގްރެސްގެ ކުރިން ކުރިއަށްގެންދާ ނުރަސްމީ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރާއްޖެ.އެމްވީ
ޖުމްހޫރީ ޕާޓީގެ ކޮޮންގްރެސްގެ ކުރިން ކުރިއަށްގެންދާ ނުރަސްމީ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރާއްޖެ.އެމްވީ
ޖުމްހޫރީ ޕާޓީގެ ކޮޮންގްރެސްގެ ކުރިން ކުރިއަށްގެންދާ ނުރަސްމީ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރާއްޖެ.އެމްވީ
އެކަނި ކުރިއަށްދެވޭނެ ވަރަށް ޖުމްހޫރީ ޕާޓީ އޮތީ ފުރިހަމަވެފައި: ސަމީރު
ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ޖުމްހޫރީ ޕާޓީގެ ސެކެރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ ޖުމްހޫރީ ޕާޓީ އޮތީ ވަރަށް ފުރިހަމަވެފައިކަމަށެވެ. އަދި އިންތިހާބުތަކުގައި އެކަނި ވާދަކޮށް، ކާމިޔާބުކުރުމުގެ ޤާބިލްކަންވެސް އެބައޮތްކަމަށް ސަމީރު ވިދާޅުވި އެވެ. ނަމަވެސް އޭނާ ވިދާޅުވީ ޖުމްހޫރީ ޕާޓީއަކީ އަބަދުވެސް ޤައުމުގެ މަސްލަހަތު އިސްކުރާ ޕާޓީއެއް ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީ ކުރިއަށްދާނީ ޤައުމުގެ މަސްލަހަތު އެންމެެ ބޮޑުގޮތެއް ބެލުމަށްފަހުގައިކަމަށް ސަމީރު ވިދާޅުވި އެވެ.
ސަމީރު ރާއްޖެޓީވީއަށް އިންޓަވިއު ދެއްވީ ރާއްޖެޓީވީ ހެނދުނު 10:00ގެ ފަހުގެ ހަބަރަށް:
ކޮންގްރެސްގެ ކުރިން ކުރިއަށްގެންދާ ބައްދަލުވުމުގައި ރިޔާސީ އިންތިހާބަށް ތައްޔާރުވުންވެސް ކުރިއަށްގެންދޭ
ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގެ ކުރިން ކުރިއަށްގެންދާ ނުރަސްމީ ބައްދަލުވުންތައް ފަށައިގެން ކުރިއަށްގެންދާއިރު އެ ބައްދަލުވުންތަކުގައި ޕާޓީގެ އިދާރީ އޮނިގަނޑުގެ އެކުލެވިގެންވާގޮތާއި، ރިޔާސީ އިންތިހާބުގެ ކެމްޕޭން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާގޮތުގެ މައުލޫމާތުދެމުންގެންދެ އެވެ. އޭގެއިތުރުންވެސް ޕާޓީގެ ސިޔާސަތު ކަނޑައެޅުމާއި ގުޅޭގޮޮތުންވެސް މަޝްވަރާތައް ކުރިއަށްގެންދެ އެވެ.
ޖުމްހޫރީ ޕާޓީގެ ކޮޮންގްރެސްގެ ކުރިން ކުރިއަށްގެންދާ ނުރަސްމީ ބައްދަލުވުން ފަށައިފި
ޖުމްހޫރީ ޕާޓީގެ ކޮޮންގްރެސްގެ ކުރިން ކުރިއަށްގެންދާ ނުރަސްމީ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރާއްޖެ.އެމްވީ
ޖުމްހޫރީ ޕާޓީގެ ކޮންގްރެސް ފެށުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 3:00 ގައި
ޖުމްހޫރީ ޕާޓީގެ ކޮންގްރެސް މެންދުރުފަހު 3:00 ގައި ފެށުމަށް ހަމަޖެހިފައިވާއިރު، އެ ކޮންގްރެސްގައި ޕާޓީގެ މަޤާމުތަކަށް ބޭފުޅުން އިންތިހާބްކުރުމަށް ހަމަޖެހިފައިވެއެވެ. އޭގެއިތުރުން ޕާޓީގެ އައު ލޯގޯ އާއި ދިދަވެސް ފާސްކުރުމަށް ހަމަޖެިފައިވާއިރު، ޕާޓީގެ އަސާސީ ގަވައިދަށްވެސް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވަނީ ތާވަލްކުރެވިފައެވެ.