ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މުޒާހަރާ
މުޒާހަރާ ފަށައިފި

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މުޒާހަރާގެ ތެރެއިން
މެމްބަރު އަލީ ހުސެއިން ހައްޔަރުކުރި ވީޑިއޯ
މެމްބަރު އަލީ ހުސެއިން ހައްޔަރުކުރި ވީޑިއޯ
އެއްވުމުގެ ބައިވެރިން މިސްރާބު ޖަހާފައިވަނީ މާފަންނު ކުނޫޒް ސަރަހައްދާ ދިމާލަށް
އެއްވުމުގެ ބައިވެރިން މިސްރާބު ޖަހާފައިވަނީ މާފަންނު ކުނޫޒް ސަރަހައްދާ ދިމާލަށް ކަމަށް ރާއްޖެޓީވީގެ ނޫސްވެރިޔާ އަބްދުﷲ ނަސީރު އިބްރާހީމް މައުލޫމާތުދޭ
މުޒާހަރާގެ ބައިވެރިން މިހާރު މަޑުކޮށްލައިގެން ތިބީ މަޖީދީ މަގުގައި
މުޒާހަރާގެ ބައިވެރިން މިހާރު މަޑުކޮށްލައިގެން ތިބީ މަޖީދީ މަގުގައި
މެމްބަރު އަލީ ހުސެއިން ފުލުހުން މުޒާހަރާގެ ތެރެއިން ހައްޔަރުކޮށްފި
މެމްބަރު އަލީ ހުސެއިން ފުލުހުން މުޒާހަރާގެ ތެރެއިން ހައްޔަރުކޮށްފި
އެސްއޯ ފުލުހުން މަސައްކަތް ކުރަނީ މަޖިލީސް މެމްބަަރުންނާއި މުޒާހަރާގެ ބައިވެރިން ފަހަތަށް ޖެއްސުމަށްޓަކައި
އެސްއޯ ފުލުހުން މަސައްކަތް ކުރަނީ މަޖިލީސް މެމްބަަރުންނާއި މުޒާހަރާގެ ބައިވެރިން ފަހަތަށް ޖެއްސުމަށްޓަކައި
ފުލުހުން އަނެއްކާވެސް ޕެޕަރ ސްޕްރޭ ބޭނުންކޮށްފި
ފުލުހުން އަނެއްކާވެސް ޕެޕަރ ސްޕްރޭ ބޭނުންކޮށްފި
މުޒާހަރާގެ ބައިވެރިން ކުރިއަށް ދިއުމަށްޓަކައި މަސައްކަތް ކޮށްފި
މުޒާހަރާގެ ބައިވެރިން ކުރިއަށް ދިއުމަށްޓަކައި މަސައްކަތް ކޮށްފި
އަލީ ޝާހުގެ ވާހަަކަފުޅު
އަޅުގަނޑުމެން މި ގޮވާލަނީ އިސްލާހަށް. އަޅުގަނޑުމެން މަސައްކަތްކުރަނީ އިސްލާހަށް. ރާއްޖޭގެ ގާނޫނީ އަސާސީ އެކުލެވިގެންވަނީ އެތަކެއް ބާބެއްގެ މައްޗަށް އޭގެ ބޭރުން އަމަލުނުކުރުމަށް ގޮވާލަން. ގައުމެއްގެ ހާލަތު ބަދަލުވެގެންދާނީ އެ ގައުމެއްގައި ދިިރިއުޅޭ ބަޔަކު މަސައްކަތް ކުރުމުން ކަަމަށް ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު މުޒާހަރާގައި ވާހަަކަފުޅު ދައްކަވަމުން ވިދާޅުވި
ހައްޔަރުކޮށްފައިވާ މީހުން މިނިވަން ކުުރުމަށް މަހްލޫފް ގޮވާލައިފި
ޕެޕަރ ސްޕްރޭގެ އަސަރު މުޒާހަރާގެ ބައިވެރިންނަށް ވަނީ ކޮށްފައި
އަނިޔާވި ނޫސްވެރިންނަށް އަވަސް ޝިފާއަކަށް އެދެން
ރާއްޖެޓީވީގެ ނޫސްވެރިޔާ ހަސަން ހުސެއިން އަށް އަވަސް ޝިފާ އަކަށް އެދެން. މުޒާހަރާ ކަވަރު ކުރުމުގައި އަނިޔާވި ހުރިހާ މީޑިއާތަކުގެ ނޫސްވެރިންނަށްވެސް އަވަސް ޝިފާއަކަށް އެދެން. އަޅުގަނޑުމެން ދާއިރާގެ ރައްޔިތުންގެ ޝުކުރު ހުރިހާ ނޫސްވެރިންނަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވި
މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ދެއްކެވި ވާހަކަ
އެއްވެސް ގައުމަކަށް ތާ އަބަދު ހަމަނުޖެހުމެއްގެ ތެރޭގައި ނޯވެވޭނެ. މިއީ ރައްޔިތުން ދެކެން ބޭނުންވާ މަންޒަރުތަކެއް ނޫން. ރާއްޖޭގައި އަދުލު އިންސާފު ގާއިމުކުރުމަށް ރައީސް ޔާމީން އަށް ގޮވާލަން. ރައްޔިތުން މަޖިލީހު ހުޅުވުމަށްވެސް ގޮވާލަން. މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް މުޒާހަރާގައި ވާހަކަ ދައްކަވަމުން ވިދާޅުވި
މުޒާހަރާގެ ބައިވެރިންނަށް ޕެޕަރ ސްޕްރޭގެ އަސަރުކޮށް ފަރުވާދެނީ
މުޒާހަރާގެ ބައިވެރިންނަށް ޕެޕަރ ސްޕްރޭގެ އަސަރުކޮށް ފަރުވާދެނީ
މުޒާހަރާގެ ހާލަތު
ފުލުހުން ހަރަކާތްތެރިވަމުންދޭ. އެމްޑީޕީ ހަރުގެ ކުރިމަތީގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވަމުންދޭ. ރައްޔިތުން މަޖިލީހުގެ ބައެއް މެމްބަރުންނަށް ޕެޕަރ ސްޕްރޭގެ އަސަރު ކުރުމާއި ގުޅިގެން ފަރުވާދެމުންދާ ކަމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވާ ރާއްޖެޓީވީގެ ނޫސްވެރިޔާ އަބްދުﷲ ނަސީރު އިބްރާހީމް މައުލޫމާތުދޭ
މުޒާހާރާގެ ބައިވެރިންނަށް އަމާޒުކޮށް ޕެޕަރ ސްޕްރޭ ޖަހައިފި
ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންނަށް އަމާޒުކޮށް ޕެޕަރ ސްޕްރޭ ޖަހާފައި
ދިވެހި ފުލުހުންނާއި ސިފައިން
ސަލާމަތީ ހިދުމަތްތަކުން ހުވާ އެއްގޮތަށް އަމަލު ކުރުމުން ގައުމު ނުބައި ދިމާލަކަށް ނުދާނެ. ސިފައިންނާއި ފުލުހުންނަށް ގައުމު ހަމަ މަގަށް އެޅުވޭނީ. ރައީސް ޔާމީން ގާނޫނާ ހިލާފަށް ކުރައްވާ އަމުރުތަކަށް ތަބާވާކަށް ނުޖެހޭނެ. ސިފައިންނާއި ފުލުހުންނަށް ޒަމާނުއްސުރެ އޮންނަ ސަގާފަތެެއް އެއީ ވެރިމީހާ އަމުރުކުރުން އެކަމަކަށް ތަބާވުން. އެކަން ދޫކޮށްލަންޖެހޭ. މިއަދު ފެނިގެންދަނީ ފުލުހުންނާއި ސިފައިންނަށް ލިބިފައި އޮތް "ނޯ ސަރ" ގެ ބާރުގެ ބޭނުން ނުކުރާ ތަން. ކޮންމެ ކަމެއް ކުރަން ބުނާއިރަށް "ޔެސް ސަރ" އޭ ބުނާކަށް ނުޖެހޭ އެމްޑީޕީގެ ޗެއާޕަރސަން ހަސަން ލަތީފް ވިދާޅުވި
ރައީސް ޔާމީން ކައިރީގައި ހުރެގެން އެއްވެސް މީހަކަށް މިހާތަނަށް އުންމީދެއް ފެނިފައެއް ނުވޭ
ރާއްޖޭގެ ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރު އަންނާނެ ކަމަށް އެކަކުވެސް ނުވިސްނާނެ. ނިހާން އާއި އަބްދުއް ރަހީމް އަށް ބުނެލަން ބޭނުންވަނީ އަނދަވަޅަށް ވެއްޓުމުގެ ކުރިން ސަލާމަތްވާށޭ. ރައީސް ޔާމީން ކައިރީގައި ހުރެގެން އެއްވެސް މީހަކަށް މިހާތަނަށް އުންމީދެއް ފެނިފައެއް ނުވޭ އެމްޑީޕީގެ ޗެއާޕަރސަން ހަސަން ލަތީފް ވިދާޅުވި
މުޒާހަރާގެ ތެރެއިން
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މުޒާހަރާގެ ތެރެއިން
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މުޒާހަރާ
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މުޒާހަރާ ފަށައިފި