Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްއެމްޕީއާރްސީ ޚިޔާނާތުގެ ލިސްޓު

"ޚިޔާނާތުގެ ފައިސާއިން ލޯ ލާރިއެއްވެސް ނަގާފައެއް ނޯންނާނެ"

ވަކީލު ފީގެ ގޮތުގައި 3 މިލިއަން ރުފިޔާ ހަމަޖައްސައިދީފައިވާކަމަށް ޚަބަރު ފެތުރޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 11 މެއި 2021 | އަންގާރަ 18:59
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް- ޕީޖީ ވިދާޅުވީ ޚިޔާނާތުގެ އެއްވެސް ފައިސާއެއް ނަންގަވާފައިނުވާނެ ކަމަށް

ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް- ޕީޖީ ވިދާޅުވީ ޚިޔާނާތުގެ އެއްވެސް ފައިސާއެއް ނަންގަވާފައިނުވާނެ ކަމަށް

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ޚިޔާނާތުގެ ފައިސާގެ ތެރެއިން 3 މިލިއަން ރުފިޔާ ލިބިވަޑައިގެންފައިވާކަމަށް ފެތުރެމުންދާ ޚަބަރުތައް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ދޮގު ކުރައްވައިފިއެވެ.

ޝަމީމަށް 3 މިލިއަން ރުފިޔާ ލިބުނު ކަމަށް އެމްއެމްޕީއާރުސީ ޚިޔާނާތާއި ގުޅޭގޮތުން އެސްޓް ރިކަވަރީ ކޮމިޝަނުން ހެދި ރިޕޯޓުން ދައްކާފައިވާކަމަށް ބައެއް ނޫސްތަކުން ދަނީ ރިޕޯޓު ކުރަމުންނެވެ. އެގޮތުން އަދީބު ހައްޔަރު ކުރުމުން ވަކީލު ފީގެ ގޮތުގައި 3 މިލިއަން ރުފިޔާ ހަމަޖައްސައިދީފައިވާނެ ކަމަށް މުހައްމަދު އައްލާމް ލަތީފްއާ ހަވާލާދީ އެ ރިޕޯޓުގައި ބަޔާންކޮށްފައިވާކަމަށް ޚަބަރުތައް ބުނެއެވެ.

Advertisement - newsAdvertisement

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީން ސުވާލުކުރުމުން ޝަމީމް ވިދާޅުވީ، އެއީ ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމަށާއި، ދުވަހަކުވެސް އެފަދަ ފައިސާއެއް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ.

އަދީބުގެ ވަކީލު ފީގެ ގޮތުގައި 3 މިލިއަން ރުފިޔާ ލިބިވަޑައިގެންފައިވާކަމަށް ފެތުރޭ ޚަބަރުތައް ޝަމީމް ދޮގު ކުރައްވާފައިވާއިރު، އަދީބުގެ ގާނޫނީ ވަކީލަކަށް ޝަމީމް އުޅުއްވާފައިވާކަމާއި، އެކަމާ ގުޅިގެން މަސްލަޙަތު ފުށުއަރާކަމަށް މީގެ ކުރިން ގިނަ ތުހުމަތުތަކެއް ކުރެވިފައިވެއެވެ. ނަމަވެސް ބޮޑު ޚިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް ތުހުމަތު ކުރެވި، އެ މައްސަލަ ކުރިއަށް ގެންދިޔައިރުވެސް ޕީޖީ ޝަމީމް ހުންނެވީ ސަސްޕެންޝަނުގައެވެ.

ޝަމީމް އެންމެ ފުރަތަމަ ފަހަރު ސަސްޕެންޑްކުރީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހުއެވެ. އޭރު އެމްއެމްޕީއާރްސީ ޚިޔާނާތުގެ މައްސަލައިގައި އަދީބުގެ ބަޔާންވެސް އޮތީ ނަގާފައެވެ. އެގޮތުން އެމްއެމްޕީއާރްސީ މައްސަލައިގައި އެންމެ ފުރަތަމަ އަދީބުގެ ބަޔާން ނަގާފައިވަނީ 17 ނޮވެމްބަރު 2015 ގައެވެ.

ސަސްޕެންޝަންގެ މުއްދަތުގައި ޝަމީމަށް މައްސަލަތަކުގައި ކޯޓަށްވެސް އަދި ދޫނިދޫއަށްވެސް ދިއުމުގެ ހުއްދައެއް ނޯވެއެވެ. އަދި ގާނޫނީ މަސައްކަތް ކުރުމުގެ ހުއްދައެއްވެސް ނޯވެއެވެ. ވުމާއެކު އަދީބުގެ މައްޗަށް ކުރެވޭ ޚިޔާނާތުގެ ދައުވާތަކާއި ތުހުމަތުތަކާ ގުޅިގެން އެއްވެސް ވަރަކަށް އަދީބުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމުގެ ފުރުސަތު ޕީޖީ ޝަމީމްއަށް އޭރު ލިބިވަޑައިގެންފައެއް ނުވެއެވެ.

އެމްއެމްޕީއާރްސީހުސައިން ޝަމީމް

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

25 ނޮވެމްބަރު 2025
ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް

ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް

14 އޮކްޓޯބަރު 2025
ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ދާއޫދު ޗުއްޓީއަށް، ހުޅުމާލެ ޕޮލިސް ވަގުތީގޮތުން ޓޫފޯއާ ހަވާލުކޮށްފި

ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ދާއޫދު ޗުއްޓީއަށް، ހުޅުމާލެ ޕޮލިސް ވަގުތީގޮތުން ޓޫފޯއާ ހަވާލުކޮށްފި

14 އޮކްޓޯބަރު 2025
އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް

އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް

30 ސެޕްޓެމްބަރު 2025
ސައީދުގެ މައްސަލައިގައި އޭސީސީން ބެލީ ވެރިކަން ބަދަލުވުމުން ސައީދުގެ އެމްޑީކަމުގައި ހިނގައިދިޔަ ކަންކަން އެކަނި ދައުވާ ކުރަން ފޮނުވަން: ޝަމީމް

ސައީދުގެ މައްސަލައިގައި އޭސީސީން ބެލީ ވެރިކަން ބަދަލުވުމުން ސައީދުގެ އެމްޑީކަމުގައި ހިނގައިދިޔަ ކަންކަން އެކަނި ދައުވާ ކުރަން ފޮނުވަން: ޝަމީމް

29 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

21 މެއި
ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!
20251 އަހަރު ކުރިން
ރާއްޖެ

ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ
20242 އަހަރު ކުރިން
ދުނިޔެ

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް
20224 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟
20188 އަހަރު ކުރިން
ރިޕޯޓު

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު