Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެގެރިގުއި ބޭނުންކުރުން

ގެރިގުޔަކީ ކޮވިޑުގެ ފަރުވާއެއް ނޫން: ޑޮކްޓަރުން

11 މެއި 2021 | އަންގާރަ 09:43

ޑޮކްޓަރުން ބުނަނީ މިކަމުގެ ސަބަބުން އިތުރު ބަލިމަޑުކަމެއް ފެށިދާނެ ކަމަށް

| 11 މެއި 2021 | އަންގާރަ 09:43
އިންޑިޔާގެ ފްރަންޓް ލައިން ސިއްހީ އެހީތެރިޔަކު ގެރީގެ ނަޖިހުން ފަރުވާ ލިބިގަންނަނީ: ގެރިގުޔަކީ ހުރިހާ ބައްޔެއްގެ ޝިފާއެއް ކަމަށް ވަރަށް ގިނަބަޔަކު ގަބޫލުކުރޭ

އިންޑިޔާގެ ފްރަންޓް ލައިން ސިއްހީ އެހީތެރިޔަކު ގެރީގެ ނަޖިހުން ފަރުވާ ލިބިގަންނަނީ: ގެރިގުޔަކީ ހުރިހާ ބައްޔެއްގެ ޝިފާއެއް ކަމަށް ވަރަށް ގިނަބަޔަކު ގަބޫލުކުރޭ

ގެރިގުޔަކީ ކޮވިޑު ބަލީގެ ބޭހެއް ނޫންކަމަށް ބުނެ އެތަކެއްޗާ ގާތް ނުވުމަށް އިންޑިޔާގެ ޑޮކްޓަރުން އިންޒާރު ދީފިއެވެ.

ޑޮކްޓަރުން ބުނެފައިވަނީ ގެރިގުޔަކީ ކޮވިޑަށްވެސް އަދި އެހެން ބައްޔަކަށްވެސް ޝިފާލިބޭ ކަހަލަ ތާސީރެއް އެކުލެވޭ އެއްޗެއްކަން ސައިންސުގެ ހޯދުމަކުން ސާބިތުވެފައިނުވާ ކަމަށެވެ. ކޮވިޑުން ސަލާމަތްވުމުގެ ނަމުގައި ގެރިގުއި ބޭނުން ކުރުމަކީ ހީވެސް ނުކުރާ ޒާތުގެ އެހެން ބަލިބަލި މީސްތަކުންގެ ތެރޭގައި ފެތުރިގެން ދިއުމަށް ހުޅުވޭ ދޮރަކަށް ވެދާނެ ކަމަށް ޑޮކްޓަރުން ބުނެއެވެ.

Advertisement - worldAdvertisement

ކޮވިޑް ބަލިން ޝިފާ ހޯދުމަށާއި ކޮވިޑުން ސަލާމަތްވެގެން ހުރުމަށްޓަކައި ގެރިގުޔާއި ގެރީގެ ކުޑަކަމުދާތަކެތި ގައިގައި އުނގުޅުމާއި އެއިން ފެންވެރުމުގެ އާދަ އިންޑިޔާގައި މިވަގުތު އެންމެ ބޮޑީ ގުޖަރާތު ސްޓޭޓްގައެވެ. އެއީ ބޮޑުވަޒީރު ނަރެންދުރަ މޯދީ ނިސްބަތްވެވަޑައިގަންނަވާ ސްޓޭޓެވެ. ހިންދޫންގެ ދީނުގައި ގެރިޔަކީ ދިރުންތަކާއި ސިއްހަތުގެ ރަމްޒެވެ. އެހެންވެގެން ހެޔޮނަސީބާއި ރައްކާތެރިކަން ލިބިގަތުމަށްޓަކައި ގެރިގުޔާއި ގެރީގެ ކުޑަކަމުދާތަކެތި ގެދޮރާއި ގައިގައި އުނގުޅުމަކީ ހިންދޫންގެ ތެރޭގައި އެތައް ހާސް އަހަރަކަށް ދެމިގެން އައިސްފައިވާ އީމާނެކެވެ.

ގެރިގުޔާއި ގެރީގެ ކުޑަކަމުދާތަކެތިން ފެންވެރުމަށްޓަކައި ވަރަށް ގިނަބަޔަކު މިހާރު ތިބެނީ ގެރިކޮށިކޮށީގެ ވަށައިގެން ކިޔޫގައެވެ. އެންމެ ފުރަތަމަ ގެރީގެ ދެ ވައްތަރުގެ ނަޖިސް ގައިގައި އުނގުޅުމަށްފަހު އެތަކެތި ހިކެންދެން ތިބެނީ އަވީގައެވެ. އެއަށްފަހު ގެރީގެ ކިރުން އެތަކެތި ދޮވެލަނީއެވެ. އެކަން ކުރެވުނީމާ ކޮވިޑުންވެސް ސަލާމަތްވީއެވެ. ވައިރަހަކަށް ދެން އެމީހަކާ ގާތެއް ނުވެވޭނެއެވެ. މިއީ މިކަމަށް އީމާންވާ މީހުން ގަބޫލުކުރާ ގޮތެވެ.

މިއާދަ ހުއްޓުވުމަށްޓަކައި އިންޑިޔާގެ އެތެރެއާއި ބޭރުން ޑޮކްޓަރުންނާއި ސައިންޓިސްޓުން ވަނީ އިންޒާރުތަކެއް ދީފައެވެ. އެ އިންޒާރުގައި ބުނެފައިވަނީ ކޮވިޑުން ސަލާމަތްވެފައިވާ ކަމުގެ އިހުސާސަކީ ނަގުލީ އިހުސާސެއް ކަމަށާއި އެއީ ކޮވިޑު ޖެހުމުގެ ފުރުސަތަށް މަގުފަހިވާ އިހުސާސެއް ކަމަށެވެ. ގެރީގެ ނަޖިހަކީ ގަސްކާނާގެ ގޮތުގައި ނޫނީ އެއްވެސް ކަމަކަށް ބޭނުންކުރުން އެދެވިގެންވާ އެއްޗެއް ނޫންކަމަށާއި މި ނަޖިސް ބޭނުން ކުރާނަމަ ކޮރޯނާޔަށް ވުރެ މާ ނުރައްކާތެރި ބަލިބަލިވެސް ޖަނަވާރުންގެ ކިބައިން އިންސާނުންނަށް ނަގުލުވުމުގެ ބިރު އޮތް ކަމަށް ބުނެއެވެ.

ކަމާއިބެހޭ މާހިރުން މިގޮތަށް އިންޒާރު ދިނަސް ކޮވިޑާ ދެކޮޅަށް ކުރެވޭ މަސައްކަތުގެ ކުރީ ސަފުގައި ހިމެނޭ ބައެއް ޑޮކްޓަރުންނާއި ޓެކްނީޝަނުންނާއި ފާމަސިސްޓުން ކަހަލަ މީހުންވެސް ގެރީގެ ދެ ވައްތަރު ނަޖިސް ގިރައިގެން އެއިން ފެންވަރައިގެން ރައްކާތެރިކަން ލިބިއްޖެ ކަމަށް ހީކޮށްގެން އުޅެތެވެ. އެކަހަލަ ބައެއް މީހުންނަށް އަލުން ކޮވިޑު ޖެހިގެން ފުރާނަވެސް ގެއްލިފައިވެއެވެ. އެކަމަކުވެސް އާއްމުންގެ ތެރެއިން މިއާދަ ހުއްޓޭ ގޮތެއް ނުވެއެވެ.

ކޮވިޑް-19އިންޑިއާ

އެންމެ ހިނގާ

1

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!

2

ކީވްއަށް ބެލިސްޓިކް މިސައިލްތަކެއް، މޮސްކޯ ވަށައިގެން އެތައް ސަތޭކަ ޑްރޯނެއް އަދި ވޮޝިންގޓަނުގެ ސިއްރު ޑީލްތައް ފަޅާއެރުން!

3

އެންމެ ދުވަހަކުން ހަތް ތެޔޮ ޓޭންކަރަށް ބޮޑެތި ގެއްލުންތަކެއް، އެމެރިކާގެ މަރުކަޒުތަކަށް ވެސް ހަމަލާދޭނެ ކަމުގެ އިންޒާރު!

4

ޕާކިސްތާނާއި ރާއްޖެއާ ދެމެދު ގާއިމުކުރި އެއްބަސްވުންތައް ވަރަށް ގާތުން ބަލައި، އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެކަމަށް އިންޑިއާއިން ބުނެފި

5

އެއް މައްސަލައެއްގައި އަހަރެއް ފަހުން ކުށް ސާބިތުވިއިރު، އެކިއެކި ބަހަނާތަކުގައި ހުކުމްކުރުން ލަސްވަނީ، މިއީތޯ ގާއިމުކުރުމަށް ވައުދުވީ އިންސާފު؟

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
17 ނޮވެމްބަރު 2025

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި
17 ނޮވެމްބަރު 2025

އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި

17 ނޮވެމްބަރު 2025
އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި
15 ނޮވެމްބަރު 2025

އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި އެއްޗެއް ގޮވައި 7 މީހަކު މަރުވެ، 27 މީހަކު ޒަހަމްވެއްޖެ

15 ނޮވެމްބަރު 2025
އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި އެއްޗެއް ގޮވައި 7 މީހަކު މަރުވެ، 27 މީހަކު ޒަހަމްވެއްޖެ
11 ނޮވެމްބަރު 2025

އިންޑިއާގެ ރެޑް ފޯޓް ގައި ގޮއްވާލި ކާރުގެ ވެރިމީހާ ހައްޔަރު ކޮށްފި

11 ނޮވެމްބަރު 2025
އިންޑިއާގެ ރެޑް ފޯޓް ގައި ގޮއްވާލި ކާރުގެ ވެރިމީހާ ހައްޔަރު ކޮށްފި
10 ނޮވެމްބަރު 2025

ދިއްލީގެ މަޝްހޫރު ރެޑް ފޯޓް ކައިރީގައި ކާރެއް ގޮއްވާލުމުން އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަޚަމް ވެއްޖެ

10 ނޮވެމްބަރު 2025
ދިއްލީގެ މަޝްހޫރު ރެޑް ފޯޓް ކައިރީގައި ކާރެއް ގޮއްވާލުމުން އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަޚަމް ވެއްޖެ
29 އޮކްޓޯބަރު 2025

ހަނގުރާމައިގެ ހާލަތަށް ތައްޔާރުވެގެން ތިބެން ޖެހޭ: ރަޖްނާތު ސިންހް

29 އޮކްޓޯބަރު 2025
ހަނގުރާމައިގެ ހާލަތަށް ތައްޔާރުވެގެން ތިބެން ޖެހޭ: ރަޖްނާތު ސިންހް
15 އޮކްޓޯބަރު 2025

އިންޑިޔާ ގައި އުފައްދާފައިވާ ތިން ވައްތަރެއްގެ ކޯފް ސިރަޕް ތަޣައްޔަރުވެފައިވާ ކަމަށް ބުނެ ޑަބްލިޔުއެޗްއޯ އިން އިންޒާރެއް ނެރެފި

15 އޮކްޓޯބަރު 2025
އިންޑިޔާ ގައި އުފައްދާފައިވާ ތިން ވައްތަރެއްގެ ކޯފް ސިރަޕް ތަޣައްޔަރުވެފައިވާ ކަމަށް ބުނެ ޑަބްލިޔުއެޗްއޯ އިން އިންޒާރެއް ނެރެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް