Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ނަޝީދުގެ ޙާލުކޮޅު

ރައީސް ނަޝީދުގެ ހާލުކޮޅާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު މަޖިލީހުގެ އިދާރާގެ މުވައްޒަފުންނާ ހިއްސާކޮށްފި

9 މެއި 2021 | އާދީއްތަ 10:34

މަޢުލޫމާތު ހިއްސާކޮށްފައިވަނީ މަޖިލީހުގެ އިދާރާގައި ބޭއްވި ބައްދަލުވުމެއްގައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 9 މެއި 2021 | އާދީއްތަ 10:34
ރައީސް ނަޝީދުގެ ޙާލުކޮޅާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު މަޖިލީހުގެ އިދާރާގެ މުވައްޒަފުންނާ ހިއްސާކުރަނީ

ރައީސް ނަޝީދުގެ ޙާލުކޮޅާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު މަޖިލީހުގެ އިދާރާގެ މުވައްޒަފުންނާ ހިއްސާކުރަނީ | މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ހާލުކޮޅާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު މަޖިލީހުގެ އިދާރާގެ މުވައްޒަފުންނާ ހިއްސާކޮށްފިއެވެ.

މި މަޢުލޫމާތު މަޖިލީހުގެ އިދާރާގެ މުވައްޒަފުންނާ ހިއްސާކޮށްފައިވަނީ، މަޖިލީހުގެ އިދާރާގައި ބޭއްވި ބައްދަލުވުމެއްގައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲއެވެ. ރައީސް ނަޝީދުގެ ހާލުކޮޅު ރައްޔިތުންގެ މަޖިލީހުން ދަނީ ވަރަށް ގާތުން ބަލަމުންނެވެ. އެގޮތުން 6 މެއި 2021ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި އެމަނިކުފާނަށް ބޮޑެތި އަނިޔާތަކެއްވެ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދޭން ފެށި ހިސާބުން ރައްޔިތުންގެ މަޖިލީހުން ވަނީ ޚާއްސަ ޖަލްސާއެއް ބާއްވާ އެމަނިކުފާނުގެ ހާލަތު މޮނީޓަރކުރަން ފަށާފައެވެ. މީގެ އިތުރުން މަޖިލީހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ ނުވަތަ ޓޫފޯވަން ކޮމިޓީއިން ވަނީ ސިއްރު ބައްދަލުވުމެއް ބާއްވާ ގިނަ ކަންތައްތަކެއް ނިންމާފައެވެ.

Advertisement - newsAdvertisement

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދީފައިވާ ޙަމަލާއާ ގުޅިގެން އެމަނިކުފާނު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުންދާއިރު އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަަމަށް އާއިލާއިން ވަނީ ބުނެފައެވެ. އާއިލާގެ ފަރާތުން މައުލޫމާތު ދެމުން ބުނީ ރައީސް ނަޝީދު ރާއްޖެއިން ބޭރަށް ގެންދާނެ ދުވަހެއް އެނގޭނީ ޑޮކްޓަރުން އައިސް އިތުރަށް ބެލުމުން ކަމަށެވެ. އަދި ރައީސް ނަޝީދު އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިޔުމަށް މަސައްކަތް ކުރަމުންދަނީ ޖަރުމަންވިލާތަށް ކަމަށާއި އެހެންނަމަވެސް އަދި ފަރުވާ ދިނުމަށް ގެންދާނެ ސީދާ ވަކި ގައުމެއް ކަނޑަނާޅާ ކަމަށް އާއިލާ އިން ވަނީ ބުނެފައެވެ.

ރައީސް ނަޝީދަށް ލިބިފައިވާ އަނިޔާތަކަށް ބަލާއިރު، ރައީސް ނަޝީދުގެ މޭކަށިގަނޑުގެ އެންމެ ތިރިއަށް ރޭޒަރ ފުކެއް ވަދެފައިވާ ކަމަށާއި އެންމެ ސެންޓިމީޓަރެއް ތިރިން ދިޔަނަމަވެސް މެއަށް އަރައި ފުރާނައަށް ގެއްލުންވީސް ކަމަށް އޭޑީކޭއިން ވަނީ ހާމަކޮށްފައެވެ. ރައީސް ނަޝީދަށް ފަރުވާ ދިން އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމުން ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑޮކްޓަރުން ވިދާޅުވީ ސީޓީ ސްކޭނަށް އެންމެ ފަސޭހައިން ފާހަގަކުރެވުނީ މައުދަނުގެ އެތިކޮޅުތައް ކަމަށާއި ނަޝީދުގެ ހަށިކޮޅުގެ ތެރޭގައި އެކި ކަހަލަ ވަރަށް ގިނަ އެތިކޮޅުތައް ހުރި ކަމަށެވެ.

ޑޮކްޓަރުން ވިދާޅުވީ ރޭޒާފުކެއްގެ އެތިކޮޅެއް ފުއްޕާމެއިން ނަގަން ޖެހުނު ކަމަށާއި އެ އެތިކޮޅު ވަދެގެން ދިޔައިރު ހިތަށް އަމާޒުނުވެ ސަލާމަތްވީ ކަށިގަނޑެއްގައި ޖެހި ފުނޑިގެން ދިއުމުން ކަމަށެވެ. އަދި ބަނޑާއި ގޮހޮރުގެ އެކި ތަންތަން ވެސް ފޫއަޅުވާފައި އެތިކޮޅުތައް ހަށިގަނޑުގެ ތެރެއަށް ވަދެފައިވާ ކަމަށާއި ފުރަމޭގެ ތެރެއަށް ވެސް އެތިކޮޅެއް ވަދެފައިވާ ކަމަށެވެ. ހަށިގަނޑުގެ އެހިސާބުތަކުގައި ގާތްގަނޑަކަށް 7 ޒަޚަމެއް ހުރި ކަމަށް ވެސް ޑޮކްޓަރުން ވިދާޅުވިއެވެ.

ކުރީގެ ރައީސް، މުހައްމަދު ނަޝީދު

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

ނަޝީދު ސަރުކާރަށް: އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތް ހުއްޓާލާ!

14 ޑިސެމްބަރު 2025
ނަޝީދު ސަރުކާރަށް: އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތް ހުއްޓާލާ!
17 ސެޕްޓެމްބަރު 2025

މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު

17 ސެޕްޓެމްބަރު 2025
މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު
04 ޖޫން 2025

ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ރައީސް ނަޝީދު ޚިޔާލު ހޯއްދަވަނީ

04 ޖޫން 2025
ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ރައީސް ނަޝީދު ޚިޔާލު ހޯއްދަވަނީ
02 މެއި 2025

ޒުވާނުންގެ ސުލްހަވެރި މުޒާހަރާއިން ހައްޔަރު ކުރި ދެ ޒުވާނުން މިނިވަން ކުރަން ނަޝީދު ގޮވާލައްވައިފި

02 މެއި 2025
ޒުވާނުންގެ ސުލްހަވެރި މުޒާހަރާއިން ހައްޔަރު ކުރި ދެ ޒުވާނުން މިނިވަން ކުރަން ނަޝީދު ގޮވާލައްވައިފި
26 ޖޫން 2024

ދެ ރައީސުންގެ ޒާތީ މައްސަލަތައް އެއްފަރާތްކުރައްވާ ގައުމާއި ރައްޔިތުންނަށްޓަކައި އެކުގައި މަސައްކަތްކުރައްވަން އެއްބަސްވެވަޑައިގެންފި

26 ޖޫން 2024
ދެ ރައީސުންގެ ޒާތީ މައްސަލަތައް އެއްފަރާތްކުރައްވާ ގައުމާއި ރައްޔިތުންނަށްޓަކައި އެކުގައި މަސައްކަތްކުރައްވަން އެއްބަސްވެވަޑައިގެންފި
13 މެއި 2024

އިންޑިއާ ކަނޑުގެ ގައުމުތަކަށް ބަލަންޖެހޭނީ އިންޑިއާ ކަނޑުގެ ގައުމުތަކުން، ޗައިނާއިން މިކަމުގައި އަދާކުރަންޖެހޭ ރޯލެއް ނެތް

13 މެއި 2024
އިންޑިއާ ކަނޑުގެ ގައުމުތަކަށް ބަލަންޖެހޭނީ އިންޑިއާ ކަނޑުގެ ގައުމުތަކުން، ޗައިނާއިން މިކަމުގައި އަދާކުރަންޖެހޭ ރޯލެއް ނެތް
12 މެއި 2024

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

12 މެއި 2024
ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
06 މެއި 2024

މެއި 6ގައި ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ޝަރީއަތް އަވަސްކުރުމަށް އަސްލަމް ގޮވާލައްވައިފި

06 މެއި 2024
މެއި 6ގައި ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ޝަރީއަތް އަވަސްކުރުމަށް އަސްލަމް ގޮވާލައްވައިފި
30 އެޕްރީލު 2024

ރާއްޖޭގެ ކުރިމަގަށް ކުރީގެ ރައީސް ސާލިހާއި ކުރީގެ ރައީސް ނަޝީދު އެކުގައި މަސައްކަތް ކުރައްވަންޖެހޭ: މެންބަރު އާޒިމް

30 އެޕްރީލު 2024
ރާއްޖޭގެ ކުރިމަގަށް ކުރީގެ ރައީސް ސާލިހާއި ކުރީގެ ރައީސް ނަޝީދު އެކުގައި މަސައްކަތް ކުރައްވަންޖެހޭ: މެންބަރު އާޒިމް
01 އެޕްރީލު 2024

މެންބަރެއްގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ މުސާރައިން ބައެއް އުނިކޮށްދެއްވުމަށް ނަޝީދު އެދިވަޑައިގެންފި

01 އެޕްރީލު 2024
މެންބަރެއްގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ މުސާރައިން ބައެއް އުނިކޮށްދެއްވުމަށް ނަޝީދު އެދިވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް