Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ނަޝީދަށް އަމާޒުކޮށް ދިން ޙަމަލާ

ސަލާމަތީ ބާރުތަކުގެ އިންޓެލިޖެންސް އޮޑިޓެއް ހަދަން ނިންމައިފިން: ރައީސް

ރައީސް ނަޝީދުގެ ޙާލުކޮޅު ބެއްލެވުމަށް އޭޑީކޭއަށް ޒިޔާރަތް ކުރެއްވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 9 މެއި 2021 | އާދީއްތަ 09:50
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދީފައިވާ ޓެރަރިސްޓް ޙަމަލާއަށްފަހު، ސިފައިންނާއި ފުލުހުންގެ އިންޓެލިޖެންސް އޮޑިޓެއް ހެއްދެވުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙު މިހެން ވިދާޅުވީ، ރައީސް ނަޝީދުގެ ޙާލުކޮޅު ބައްލަވައިލެއްވުމަށް އޭޑީކޭއަށް ޒިޔާރަތް ކުރެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެގޮތުން ރައީސް ވިދާޅުވީ، ސެކިއުރިޓީއާ ބެހޭގޮތުން ދިރާސާއެއް ހެދުމަށް މިހާރު ޙަވާލުކޮށްފައިވާނެ ކަމަށެވެ. އަދި އާދިއްތަ ދުވަހުގެ ވަގުތެއްގައި އެމްއެންޑީއެފްގެ ފަރާތުން ސެކިއުރިޓީ ބެލެހެއްޓުމާ ބެހޭގޮތުން އޮތް އިޖުރާޢަތްތަކާއި، ރައީސް ނަޝީދުގެ ސެކިއުރިޓީ ބަލަހައްޓަމުން ގެންދިޔަ ގޮތާއި، އޭގެ ތަފްސީލީ ރިޕޯޓެއް އެމަނިކުފާނާ ހިއްސާ ކުރައްވާނެކަމަށް ރައީސް ޞާލިޙު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ހޮނިހިރު ދުވަހުގެރޭ އެމަނިކުފާނު ނޭޝަނަލް ސެކިއުރިޓީ ކައުންސިލާ ބައްދަލު ކުރައްވާފައިވާ ކަމަށެވެ. އަދި އެމްއެންޑީއެފް އާއި ޕޮލިސްގެ އިންޓެލިޖެންސްގެ އޮޑިޓެއް ހެދުމަށް ނިންމާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އެއަށްފަހު އިތުރަށް ރަނގަޅު ކުރަންހުރި ކަންކަން ސާފު ކުރައްވައި، އިންޓެލިޖެންސްއާ ހިސާބަށް އެކަން ތިލަވެގެން ނުދިޔަ ސަބަބާއި، އެކަން ނޭނގި އޮތީ ކީއްވެތޯ ސާފު ކުރައްވާފައިވާކަަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މި ހުރިހާ އެއްޗެއް ބެލުމަށްފަހު، އިންޓެލިޖެންސް މިހާރަށްވުރެ ވަރުގަދަ ކުރަންޖެހޭ ކަމާއި، ސެކިއުރިޓީވެސް މިހާރަށްވުރެ ރަނގަޅަށް އޮންނަންޖެހޭކަން ފާހަގަ ކުރެއްވުނު ކަމަށެވެ. އަދި އެކަންކަމާ ގުޅޭ 2 ރިޕޯޓުގެ އަލީގައި ވަރަށް ގިނަ ކަންތައްތަކެއް ބަދަލު ކުރައްވާނެކަން ރައީސް ފާހަގަ ކުރެއްވިއެވެ.

މި މައްސަލައިގެ ތަހުޤީޤާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ތަހުޤީޤު ވަރަށް ބާރަށް އަދި އެހާމެ ރަނގަޅަށް ކުރިއަށްދާ ކަމަށެވެ. އެގޮތުން މިހާތަނަށް 3 ފަރާތެއް ބަންދު ކުރެވިފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އޭގެ ތެރެއިން އެންމެ "ޕްރައިމް ސަސްޕެކްޓް" ގޮތުގައި ބެލެވުނު ފަރާތް އާދިއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހައްޔަރު ކުރެވިފައިވާ ކަމަށެވެ. އެއާއެކު، ވަރަށް އަވަހަށް މި މައްސަލައިގެ ތަހުޤީޤު ނިމި، ދައުވާ ކުރުމަށްޓަކައި ޕީޖީ އޮފީހަށް މައްސަލަ ފޮނުވިގެން ދާނެކަމަށް ޤަބޫލުފުޅު ކުރެއްވޭކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ މި ޙަމަލާގެ ފަހަތުގައި އެތައް ބަޔަކު ހިމެނުމަކީ ވެސް އެކަށީގެންވާކަމެއްކަން ފާހަގަ ކުރައްވައި، ތަހުޤީޤު ވަރަށް ފުޅާކޮށް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދީފައިވާ ޙަމަލާއާ ގުޅިގެން މިހާތަނަށް 3 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން 2 މީހަކު ހައްޔަރުކޮށްފައިވަނީ ހޮނިހިރު ދުވަހުގެ ވަގުތެއްގައެވެ. އަދި 3 ވަނަ މީހާ ހައްޔަރުކޮށްފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

ނަޝީދަށް ދިން ޓެރަރިސްތް ހަމަލާރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުމޯލްޑިވްސް ޕޮލިސް ސަރވިސްއެމްއެންޑީއެފް

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
07 ޑިސެމްބަރު 2025

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
03 ޑިސެމްބަރު 2025

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
30 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!
29 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!
23 ނޮވެމްބަރު 2025

އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

23 ނޮވެމްބަރު 2025
އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު