Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބެންގަލޫރުން އުސޫލާ ޚިލާފުވުން

ޕްލޭއޮފް މެޗެއް ނުކުޅެވޭނެ، ބެންގަލޫރު ޓީމު ޖެހޭނީ ފުރަން: މަޚްލޫފް

8 މެއި 2021 | ހޮނިހިރު 20:09

ގްރޫޕް ސްޓޭޖް މެޗުތައް ފަސްކުރަން އަލުން ހުށަހަޅާނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 8 މެއި 2021 | ހޮނިހިރު 20:09
ހޮނިހިރު ދުވަހު ހެންވޭރު ދަނޑުގައި ބެންގަލޫރު ޓީމުން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން

ހޮނިހިރު ދުވަހު ހެންވޭރު ދަނޑުގައި ބެންގަލޫރު ޓީމުން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން

އޭއެފްސީ ކަޕުގެ ކޮލިފައިން ޕްލޭއޮފުގައި ކުލަބު އީގަލްސްއާ ދެކޮޅަށް ކުޅެން ރާއްޖެ އައި އިންޑިއާގެ ބެންގަލޫރު އެފްސީ ޓީމު ރާއްޖެ ދޫކޮށް ދާންޖެހޭ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

ޕްލޭއޮފުގައި އީގަލްސް އާއި ބެންގަލޫރު ބައްދަލުކުރާ މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ އަންނަ އަންގާރަ ދުވަހުގެރޭ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ. އެ މެޗު ކުޅުމަށް ހުކުރު ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ބެންގަލޫރުގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ މާލެ އައިސްފައެވެ. ހޮޓެލް ޖެންގައި ބެންގަލޫރު ޓީމު ކޭމްޕްކުރަމުން އަންނައިރު، އޭއެފްސީ ކަޕަށް ޚާއްސަ އުސޫލުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ބެންގަލޫރުގެ ކުޅުންތެރިންނަށް ހޮޓަލުންނުކުމެވޭނީ ހަމައެކަނި ތަމްރީނުތަކަށާއި މެޗުތައް ކުޅެން އެކަންޏެވެ. އަދި ގަވާއިދުން ދުވާލަކު އެއް ފަހަރު ހޫނުމިން ޗެކްކުރުމަށްފަހު ފޮނުވަން ޖެހޭނެއެވެ. އަދި ބޭނުންވި ކޮންމެ ހިނދެއްގައި ރޭންޑަމް ސާމްޕަލް ދޭން ޖެހޭނެއެވެ.

ބެންގަލޫރު ޓީމުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ކޮވިޑް-19 އަށް ނެގެޓިވްވެފައިވީ ނަމަވެސް، ހޮނިހިރު ދުވަހުގެ ހަވީރު މާލޭ މަގުތަކުން އެ ޓީމުގެ ބައެއް ކުޅުންތެރިން ފެނިފައިވާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އެގޮތުން މަގުމަތިން ފެނުނު ކުޅުންތެރިންގެ ތެރޭގައި ބެންގަލޫރުގެ އެރިކް ޕާޓަލޫ ހިމެނޭ ކަމަށް ބައެއް ނޫސްތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ.

އެއާއެކު ހޮނިހިރު ދުވަހުގެރޭ ކުރެއްވި ޓްވީޓެއްގައި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވީ ބެންގަލޫރު ޓީމުގެ ފަރާތުން ފެނިގެންދިޔައީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، ކޮވިޑުގ އުސޫލާ ޚިލާފުވި މައްސަލާގައި ބެންގަލޫރު ޓީމު ޖެހޭނޭ ވަގުތުން ރާއްޖެ ދޫކޮށް ފުރަން ކަމަށެވެ. އަދި ރާއްޖޭގައި ޕްލޭއޮފް މެޗު ނުކުޅެވޭނެ ކަމަށާއި، އެކަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށްވެސް އަންގާފައިވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެއާއެކު އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖް މެޗުތައްވެސް ފަސްކުރަން އޭއެފްސީއަށް އަލުން ހުށަހަޅާނެ ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ބެންގަލޫރުގެ ކުޅުންތެރިން އުސޫލާ ޚިލާފުވިކަން އެފްއޭއެމުގެ އޮފިޝަލަކު ވަނީ "ރާއްޖެ.އެމްވީ" އަށް ކަށަވަރުކޮށްދީފައެވެ. އަދި މި މައްސަލަ އެ އެސޯސިއޭޝަނުން ބަލަމުން އަންނަ ކަމަށާއި، އެ ޓީމާ މެދު ފިޔަވަޅު އަޅައިދޭން އޭއެފްސީއަށް ހުށަހަޅާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ޕްލޭއޮފް މެޗަށް ބެންގަލޫރު ޓީމު ރާއްޖެ އައިސްފައިވަނީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން އަންނާތީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައި ވަނިކޮށެވެ. އެގޮތުން ވަކި ޚާއްސަ ހުއްދައެއްގެ ދަށުން ފިޔަވައި ކުޅިވަރު މުބާރާތްތައް ބޭއްވުން ހުއްޓާލުމަށް އަންގާފައިވާއިރު، އިންޑިއާއިން އަންނަ މީހުން 14 ދުވަހުގެ މުއްދަތައް ކަރަންޓީނުވާ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އެކަމަކު ފަހުން އެޗްޕީއޭއިން ވަނީ އޭއެފްސީ ކަޕް ރާއްޖޭގައި ބޭއްވުމަށް ޚާއްސަ ހުއްދައެއް ދީފައެވެ.

އޭއެފްސީ ކަޕުގެ ޕްލޭއޮފް މެޗާއި ގްރޫޕް ސްޓޭޖުގެ މެޗުތައް ފަސްކުރަން އެފްއޭއެމުން އޭއެފްސީއާއެކު މީގެ ކުރިން މަޝްވަރާކުރި ނަމަވެސް، އޭއެފްސީން ފަހުން ނިންމާފައިވަނީ މިހާރު އޮތް ތާވަލާ އެއްގޮތަށް އޭއެފްސީ ކަޕުގެ މެޗުތައް ރާއްޖޭގައި ކުރިއަށް ގެންދިއުމަށެވެ. އެގޮތުން އޭއެފްސީ ކަޕުގެ ޕްލޭއޮފް މެޗަށްފަހު މި މުބާރާތުގެ ދެކުނު އޭޝިއާ ގްރޫޕުގެ މެޗުތައް މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށް ކުޅެން ވަނީ ތާވަލުކޮށްފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
11 ޖެނުއަރީ 2017

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
10 ޖެނުއަރީ 2017

އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ

10 ޖެނުއަރީ 2017
އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ
06 ޖެނުއަރީ 2017

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް