Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19ށް ޕޮޒިޓިވްވުން

ފާއިތުވި 24 ގަޑިއިރު 590 މީހުން ޕޮޒިޓިވް، ބަލިން ރަނގަޅުވީ 210 މީހުން!

8 މެއި 2021 | ހޮނިހިރު 18:46

މާލެ ސަރަހައްދުން 439 މީހުން، އަތޮޅުތެރޭގެ ރަށްތަކުން 141 މީހުން ޕޮޒިޓިވްވެފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 8 މެއި 2021 | ހޮނިހިރު 18:46
މާލެ ސިޓީ، ބަލި ކޮންޓްރޯލް ކުރުމަށް މިހާރު ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައި

މާލެ ސިޓީ، ބަލި ކޮންޓްރޯލް ކުރުމަށް މިހާރު ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައި

ފާއިތުވި 24 ގަޑިއިރު ތެރޭގައި 590 މީހަކު ޕޮޒިޓިވްވެ 210 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 4014 ސާމްޕަލެއް ވަނީ ނަގާފައެވެ. އޭގެ ތެރެއިން 590 މީހުން ޕޮޒިޓިވްވެފައިވާއިރު، މާލެ ސަރަހައްދުން 439 މީހުން، އަތޮޅުތެރޭގެ ރަށްތަކުން 141 މީހުން، ހިންގަމުންދާ ރިސޯޓުތަކުން 09 މީހުން، ސަފާރީތަކުން އެކަކު ޕޮޒިޓިވްވެފައިވެއެވެ.

Advertisement - newsAdvertisement

8640 އެކްޓިވް ކޭސް ހިމެނޭއިރު، 230 މީހަކަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 34،724ށް އަރާފައިވާއިރު 25،992 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި 83 މީހުން ވަނީ ބަލީގައި ނިޔާވެފައެވެ.

ރާއްޖެއަށް ކުރިމަތިވި ކޮވިޑް-19ގެ ހަތަރުވަނަ ރާޅާއެކު ކޮންމެ ދުވަހަކު ވެސް ދަނީ ގިނަ އަދަދެއްގެ ބަޔަކު ޕޮޒިޓިވްވަމުންނެވެ. އެގޮތުން މިހާރު މާލެސިޓީގެ ހޮސްޕިޓަލް ބެޑް ކެޕޭސިޓީ 70 އިންސައްތަ ފުލް ވެފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ބުނެފައިވެއެވެ.

ރާއްޖޭގެ ކޭހުގެ އަދަދު މިހާ މައްޗަށް ގޮސްފައިވާއިރު ރާއްޖޭގައި އިންޑިއާގައި ފެތުރެމުންދާ ކޮވިޑް-19 ވޭރިއަންޓް އުޅުން އެކަށީގެންވާ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. އޭގެ ސަބަބުން ރާއްޖެ އަންނަ އެންމެންވެސް ވަކި ފިޔަވަޅުތަކެއްގެ ތެރެއިން ރާއްޖެ އެތެރެވެވޭ ގޮތަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވެއެވެ. އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ވެސް ވަނީ މަނާކޮށްފައެވެ.

މާލެ ސަރަހައްދުގައި ވެސް ފިޔަވަޅުތައް ވަރުގަދަކޮށް ސްކޫލްތަކާއި އޮފީސްތައް ވަނީ ބަންދުކޮށްފައެވެ. ރޭގަނޑު 9ން ފެށިގެން ފަތިހު 4ށް ކާފިއު ވެސް ވަނީ އިއުލާން ކޮށްފައެވެ. ގިނަ ފިޔަވަޅުތައް އެޅިނަމަވެސް އާއްމު ރައްޔިތުން ގައިޑްލައިންތަކާ އެއްގޮތަށް އަމަލުނުކުރާ ކަމަށްވާނަމަ ނަތީޖާ ނުނެރެވޭނެ ކަމަށާއި، ކޭސްތައް އިތުރުވާނަމަ ފުލް ލޮކްޑައުންއަކަށް ދާން ޖެހިދާނެކަމުގެ އިންޒާރު ވެސް ކަމާ ބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

02 މެއި 2017

މި ރަމްޟާން މަހު ވެސް ސަރުކާރު މުއައްޒަފުން މަސައްކަތް ކުރަން ޖެހެނީ އެންމެ ހަތަރު ގަޑިއިރު

02 މެއި 2017
މި ރަމްޟާން މަހު ވެސް ސަރުކާރު މުއައްޒަފުން މަސައްކަތް ކުރަން ޖެހެނީ އެންމެ ހަތަރު ގަޑިއިރު
24 އެޕްރީލު 2017

ޔާމީން މަރާލިތާ 24 ގަޑިއިރު: އެއްވެސް މީހަކު ހައްޔަރެއް ނުކުރޭ

24 އެޕްރީލު 2017
ޔާމީން މަރާލިތާ 24 ގަޑިއިރު: އެއްވެސް މީހަކު ހައްޔަރެއް ނުކުރޭ
25 މާރިޗު 2017

އެޗްވަން އެންވަން ޖެހިގެން އިތުރު މީހަކު މަރުވެ، އިތުރު ނުވަ މީހަކު ޕޮޒިޓިވް ވެއްޖެ

25 މާރިޗު 2017
އެޗްވަން އެންވަން ޖެހިގެން އިތުރު މީހަކު މަރުވެ، އިތުރު ނުވަ މީހަކު ޕޮޒިޓިވް ވެއްޖެ
23 މާރިޗު 2017

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ: ބަހުސަށް ދޮޅު ގަޑިއިރު، ޖަވާބުދާރީވުމަށް 30 މިނެޓް

23 މާރިޗު 2017
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ: ބަހުސަށް ދޮޅު ގަޑިއިރު، ޖަވާބުދާރީވުމަށް 30 މިނެޓް
20 މާރިޗު 2017

އެޗްވަންއެންވަން ވައިރަސް ޖެހިގެން އަނެއްކާ ވެސް މީހަކު މަރުވެ، އިތުރު 24 މީހުން ވައިރަސް ޕޮޒިޓިވް ވެއްޖެ

20 މާރިޗު 2017
އެޗްވަންއެންވަން ވައިރަސް ޖެހިގެން އަނެއްކާ ވެސް މީހަކު މަރުވެ، އިތުރު 24 މީހުން ވައިރަސް ޕޮޒިޓިވް ވެއްޖެ
15 މާރިޗު 2017

އެޗްވަންއެންވަން އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 82 އަށް އަރައިފި

15 މާރިޗު 2017
އެޗްވަންއެންވަން އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 82 އަށް އަރައިފި
15 މާރިޗު 2017

ބަލިން ރައްކާތެރިވުމަށް ޕަބްލިކް ހެލްތު ލާމަރުކަޒުކޮށް، އަވަސް މައުލޫމާތު ފޯރުކޮށްދޭން ޖެހޭ:ނަޝީދު

15 މާރިޗު 2017
ބަލިން ރައްކާތެރިވުމަށް ޕަބްލިކް ހެލްތު ލާމަރުކަޒުކޮށް، އަވަސް މައުލޫމާތު ފޯރުކޮށްދޭން ޖެހޭ:ނަޝީދު
14 މާރިޗު 2017

ސްވައިން ފްލޫގައި އެކަކު މަރުވެ، ބައްޔަށް 51 މީހުން ޕޮޒިޓިވް ވުމާއެކު ރާއްޖޭގެ ހުރިހާ ސްކޫލްތައް ބަންދު

14 މާރިޗު 2017
ސްވައިން ފްލޫގައި އެކަކު މަރުވެ، ބައްޔަށް 51 މީހުން ޕޮޒިޓިވް ވުމާއެކު ރާއްޖޭގެ ހުރިހާ ސްކޫލްތައް ބަންދު
18 ފެބުރުއަރީ 2017

ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް

18 ފެބުރުއަރީ 2017
ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް
06 ޖެނުއަރީ 2017

ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ

06 ޖެނުއަރީ 2017
ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް