Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކޮވިޑް-19، ރާއްޖޭގެ ހާލަތު

އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަސް، އަދަދު 760ށްވުރެ މައްޗަށް!

571 މީހުންނަކީ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުން

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 7 މެއި 2021 | ހުކުރު 18:00
ރޯދަ މަހުގެ ފުރަތަމަ ދުވަހު މާލޭގެ މަގުމަތި

ރޯދަ މަހުގެ ފުރަތަމަ ދުވަހު މާލޭގެ މަގުމަތި

ފާއިތުވި 24 ގަޑިއިރު ތެރޭގައި ރާއްޖެއިން 766 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނެފިއެވެ.

އެޗްޕީއޭއިން އެންމެ ފަހުން ނެރުނު ތަފާސްހިސާބުތަކަށް ބަލާއިރު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 3،153 މީހުން ކޮވިޑަށް ޓެސްޓު ކޮށްފައިވެއެވެ. އޭގެ ތެރެއިން 766 މީހުން ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. މީގެތެރެއިން 571 މީހުންނަކީ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ. އަތޮޅު ތެރެއިން 171 މީހަކު ޕޮޒިޓިވް ވެފައިވާއިރު ސިނާއީ ރަށްރަށުން އެކަކު އަދި ރިސޯޓުތަކުން 23 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.

Advertisement - newsAdvertisement

ޖުމްލަ 766 މީހުން ކޮވިޑަށް ޕޮޒިޓިވްވުމާއިއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 34،134ށް އަރާފައެވެ. އަދި އެކްޓިވް ކޭސްތަކުގެ އަދަދު 8261ށް އަރާފައިވާއިރު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން 205 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. މީގެ އިތުރުން މި ބަލިން 25،782 މީހުން ފަސޭހަވެފައިވާއިރު 82 މީހަކު ވަނީ ނިޔާވެފައެވެ.

ރާއްޖޭގެ ކޭސްތަކުގެ އަދަދު މިހާ މައްޗަށް ގޮސްފައިވާއިރު ރާއްޖޭގައި އިންޑިއާގައި ފެތުރެމުންދާ ކޮވިޑް-19 ވޭރިއަންޓް އުޅުން އެކަށީގެންވާ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. އޭގެ ސަބަބުން ރާއްޖެ އަންނަ އެންމެން ވެސް ވަކި ފިޔަވަޅުތަކެއްގެ ތެރެއިން ރާއްޖެ އެތެރެވެވޭ ގޮތަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވެއެވެ. އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ވެސް ވަނީ މަނާކޮށްފައެވެ.

މާލެ ސަރަހައްދުގައި ވެސް ފިޔަވަޅުތައް ވަރުގަދަކޮށް ސްކޫލްތަކާއި އޮފީސްތައް ވަނީ ބަންދުކޮށްފައެވެ. ރޭގަނޑު 9ން ފެށިގެން ފަތިހު 4ށް ކާފިއު ވެސް ވަނީ އިއުލާން ކޮށްފައެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު