Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއުދައްުޔުގެ މަރުގެ މައްސަލަ

އުދައްޔުގެ މަރުގެ ދައުވާ ލިބޭ މީހުންގެ ބަންދަށް އިތުރު ހަތް ދުވަސް

5 މެއި 2021 | ބުދަ 08:04

މާމެންދޫގައި ހިންގި މާރާމާރީގައި އުދައްޔުއާއި އޭނާގެ ބޭބެ ފިރުޝާނަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވޭ

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު | 5 މެއި 2021 | ބުދަ 08:04
ގއ މާމެންދޫ މާރާމާރީ

ގއ މާމެންދޫ މާރާމާރީ

ގއ. މާމެންދޫގައި ހިންގި ގްރޫޕް މާރާމާރީއެއްގައި ވަޅިން ހަމަލާދީ އެރަށު ލިލީ އޮފްދަ ވެލީ، އަހްމަދު އުދައްޔު، 17، މަރާލި މައްސަލައިގައި ދައުވާ ރައްދުވާ ތިން މީހުންގެ ބަންދުގެ މުއްދަތު ހަތް ދުވަހަށް އިތުރުކޮށްފިއެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުގައި ދައުވަ އުފުލާފައިވަނީ، ގއ.މާމެންދޫ ރިހިފަރުދާގެ އަޙްމަދު ޝަމީމާއި، ގއ.މާމެންދޫ ބިލެތްމާގެ ޝަރަފް ރަޝީދާއި، އެރަށު ގުލްފާމުގޭ މުޙައްމަދު މާޒިނެވެ. މި މީހުންގެ މައްޗަށް ދައުވާ އުފުލާފައިވަނީ، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުންނެވެ. އެއީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާއާއި، މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.

Advertisement - newsAdvertisement

ކްރިމިނަލް ކޯޓުގައި މީގެ ކުރިން ބޭއްވުނު އަޑުއެހުމުގައި މި މައްސަލަ ބަލާ ސެކްޝަނާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ގާޒީ ހުސައިން ފާއިޒް ރަޝާދު ނިންމެވީ ދައުވާ ލިބޭ މީހުންގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ޖެހުމަށެވެ.

އެހެންކަމުން ބުދަ ދުވަހު ކްރިމިނަލް ކޯޓުން ބާއްވާފައި ވަނީ ބަންދާއި މެދު ގޮތެއް ނިންމުމަށް ބޭއްވުނު އަޑުއެހުމެކެވެ.

ދައުލަތުން އެދިފައިވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށެވެ. އެއީ މި މައްސަލައިގައި ދައުވާ ރައްދުވާ ތިން މީހުންނަކީ ވެސް ކުށުގެ ރިކޯޑު އޮތް ބައެއްކަމުން، އެމީހުންގެ ފުށުން މުޖުތަމައަށް ނުރައްކާވެދާނެތީ ކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ. އަދި ދެވަނަ އަސާސަކީ، މި މައްސަލައިގެ ހެކިވެރިންނަކީ، މާމެންދޫ ރައްޔިތުން ކަމުން، އެ ހެކީންނަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތުން ކަމަށް ދައުލަތުން ބުނެއެވެ. އެކަމަކު ދިފާއުން ވަނީ މިމީހުން ބަންދަށް ލުޔެއް ހޯދައިދިނުމަށް އެދިފައެވެ.

މި އަޑުއެހުމުގައި ދައުވާ ރައްދުވާ ޝަމީމާއި، މާޒިންގެ ގާނޫނީ ވަކީލު މުހައްމަދު ޝަހީދު ވަނީ، ކޮވިޑް ބަލިމަޑުކަން ފެތުރިފައިވާ މިންވަރަށް ރިއާޔަތްކޮށް ގޭބަންދަށް ބަދަލުކޮށްދިނުމަށް ޝަރީއަތުގައި އެދިވަޑައިގެންފައެވެ. އޭގެ އިތުރުން، މިއަށްވުރެ ބޮޑެތި ދައުވާތައް އުފުލި ކުށް ސާބިތުވެފައިވާ މީހުނަށް ލުއިދީފައިވާކަން ފާހަގަކޮށް، އެންމެންނަށް އެއް އުސޫލަކުން އެ ހައްގު ލިބެން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

ދައުވާ ރައްދުވާ ޝަރަފް ރަޝީދުގެ ފަރާތުން ވަކާލާތުކުރެއްވި ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހީމް ވަނީ، އިންޓެލިޖެންސް ރިޕޯޓުގެ މައްޗަށް ބިނާކޮށް، އެ މީހަކީ ކުށުގެ ރިކޯޑު އޮތް މީހެއްކަމަށް ނުބެލެވޭނެކަމަށް ވިދާޅުވެފައެވެ. އަދި އިންޓެލިޖެންސް ރިޕޯޓަކީ ބަންދާމެދު ގޮތެއް ނިންމުމުގައި ބުރަދަނެއް ހުރި އެއްޗެއް ނޫންކަން ފާރިޝް މައުމޫންގެ މައްސަލައިގައި ހައިކޯޓުން ނިންމާފައިވާ ނިންމުމުން އެނގޭކަމަށް ދިފާއީ ވަކީލު ވިދާޅުވިއެވެ.  

ހެކިންނަށް ނުފޫޒު ފޯރުވުމާ ގުޅޭ ގޮތުން ދައުލަތުން ފަހަގަކުރި ނުކުތާއާ ގުޅޭގޮތުން ދިފާއީ ވަކީލު ނިޝާން ވިދާޅުވީ، މި މައްސަލައިގެ ހެކީންނަކީ ކޮބައިކަން، ވަކީލަށް އަދި މުވައްކިލަށް ވެސް އެނގިފައި ނުވާކަމަށެވެ. ސިއްރު ހެކީންގެ ގޮތުގައި ތަރުތީބު ކުރެވިފައިވާ، ހެކީންނަކީ މާމެންދޫގެ ރައްޔިތުންކަން އެނގުނީވެސް މި އަޑުހުމުގައި ދައުލަތުން އެކަން ފާހަގަ ކުރުމުން ކަމަށް ނިޝާން ވިދާޅުވިއެވެ.

މީގެ އިތުރުން ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ދައުލަތުގެ ފަރާތުން ހުށަހެޅި ހުށަހެޅުމާއި ގުޅޭގޮތުން ނިޝާން ވިދާޅުވީ، މި މައްސަލައިގެ އަޑުއެހުންތައް މިހާރު ކުރިއަށް ގެންދަނީ، މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ރަޝީދު ނޫން ކަމަށެވެ. ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް މައްސަލަ ބައްލަވާ ގާޒީ ފިޔަވާ އެހެން ގާޒީއަކު ހުކުމްކުރުމަކީ ކުރިމިނަލް ކޯޓުގެ އިޖުރާއަތްތަކާއި ޚިލާފުކަމެއް ކަމަށް ނިޝާން ވިދާޅުވިއެވެ. މި ކަމަށް ގާޒީވެސް ތާއީދު ކުރެއްވިއެވެ.

ގާޒީ ވިދާޅުވީ، މި މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ރަޝީދު މިހާރު ޗުއްޓީގައި ހުންނެވުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ހުކުމް ނުކުރެއްވޭނެ ކަމަށެވެ. އެހެންނަމަވެސް، މި މައްސަލައިގައި ދައުވާ ރައްދުވާ މީހުންގެ ފުށުން މުޖުތަމައަށް ނުރައްކާވެދާނެތީ، މި މީހުން ހަތް ދުވަހުގެ މުއްދަތަށް ރިމާންޑު ޖަލެއްގައި ބޭތިއްބުމަށް ހުކުމް ކުރައްވިއެވެ.  

މި ތިންމީހުންގެ އިތުރުން މި މައްސަލައިގައި 18 އަހަރު ނުފުރޭ ކުއްޖެއްގެ މައްޗަށް ވެސް ދައުވާ އުފުލާފައިވެއެވެ. އޭނާގެ މައްޗަށް ދެ ދައުވާއެއް ކުރުމަށް ޖުވެނައިލް ކޯޓަށް ވަނީ ހުށަހަޅާފައެވެ. އެއީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި ހަމަ އެ ގާނޫނުގެ ދަށުން މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާއެވެ.

8 ފެބުރުވަރީ 2021 ދުވަހުގެރޭ ގއ. މާމެންދޫގައި، ހިންގި މާރާމާރީގައި، އުދައްޔުއާއި އޭނާގެ ބޭބެ ފިރުޝާން ޒާހިރުއަށް ޖިސްމާނީގޮތުން ބޮޑެތި އަނިޔާތަކެއް ލިބިފައިވެއެވެ. އެ ޒަޚަމްތަކަށް ފަރުވާ ދެމުން ދަނިކޮށް އުދައްޔު މަރުވެފައިވާއިރު، އޭނާ ވަޅުލާފައިވަނީ އިންޑިއާއަށް ފޮނުވައިގެން ޕޯސްޓްމޯޓަމް ހެދުމަށްފަހުއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް