Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާގެ ކޮވިޑު ހާލަތު

އިންޑިއާގެ ކޮވިޑު ހާލަތު: ބައްޕައަށް އެހީވުމަށް އެދި ކުރި އާދޭސް

5 ލީޓަރުގެ 2 ފުޅި އޮކްސިޖަން ގަނެ އޮކްސިޖަން މާސްކް އެޅުވުމަށްފަހު ފަރުވާ ހޯދަން 36 ގަޑިއިރު ދަތުރުކުރި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 1 މެއި 2021 | ހޮނިހިރު 08:30
ސުޝިލް ކުމާރު 70، ކޮވިޑަށް ޕޮޒިޓިވްވެ އެޑްމިޓްކުރާނެ ހޮސްޕިޓަލެއް ހޯދުމަށް 36 ގަޑިއިރު އެކި ހޮސްޕިޓަލްތަކަށް ދުއްވަން ޖެހުނު

ސުޝިލް ކުމާރު 70، ކޮވިޑަށް ޕޮޒިޓިވްވެ އެޑްމިޓްކުރާނެ ހޮސްޕިޓަލެއް ހޯދުމަށް 36 ގަޑިއިރު އެކި ހޮސްޕިޓަލްތަކަށް ދުއްވަން ޖެހުނު

އެޕްރީލް މަހުގެ 14 ވަނަ ދުވަހުން އަޝިޝް ޝްރިވާސްތަވް 39، އޭނާގެ 70 އަހަރުގެ ބައްޕަ ގޮވައިގެން ހޮސްޕިޓަލަށް ދިޔައީ ނޭވާލާން އުނދަގޫވާކަމަށް ބައްޕަ ބުނަން ފެށުމުންނެވެ. އަޝިޝްގެ ކުޑަ ކާރުގައި ފުރަތަމަ ދިޔައީ ލަކްނޫގައި ހުންނަ ސަރުކާރުގެ ވިވެކަނަންދު ހޮސްޕިޓަލަށެވެ.

ހޮސްޕިޓަލުގައި ހެދި ޓެސްޓުން ސުޝިލްކުމާރު ކޮވިޑަށް ޕޮޒިޓިވް ކަމަށް ދެއްކިއެވެ. އެހެންނަަމަވެސް އެޑްމިޓްކުރާނެ އެނދެއް ނެތުމުން އެޑްމިޓް ނުކުރެވޭނެ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

ބައްޕަ އަކީ އުމުރުން ދުވަސްވެފައިވާ މީހަކަށްވާތީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޮނުމަށް އެދި އާދޭސް ކުރިއެވެ. އަޝިސްގެ އާދޭހަށް ފަހު ހޮސްޕިޓަލުން ބުނީ އަމިއްލަ ހޮސްޕިޓަލަކަށް ދިޔުމަށެވެ. އެހިސާބުން 5 ލީޓަރުގެ 2 ފުޅި އޮކްސިޖަން ގަނެގެން ބައްޕަ ކާރުގެ ފަހަތު ސީޓުގައި ބޭންދުމަށްފަހު އަޝިސް މިސްރާބު ޖެހީ އެޑްމިޓްކުރާނެ ހޮސްޕިޓަލެއް ލިބޭތޯއެވެ.

"އޮކްސިޖަން ސިލިންޑަރު ފަހަތު ސީޓުގައި ބަހައްޓައި ބައްޕަ އޮކްސިޖަން މާސްކު އެޅުވުމަށްފަހު ފުރަތަމަ ދިޔައީ ލާލްބާގް ގައި ހުންނަ ކޮވިޑް ސެންޓަރަށް. ބައްޕަ އެޑްމިޓްކޮށްގެން ފަރުވާ ދެވޭނެ ކަމުގެ އުންމީދުގައި ފުރަންޖެހޭ ހުރިހާ ފޯމްތަކާ ޑޮކިއުމެންޓްތައް ފުރައިގެން ދިޔައީ. އެކަމަކު ސަރުކާރާއި، އަމިއްލަ ހޮސްޕިޓަލްތަކުންވެސް އެޑްމިޓްކުރަން އެއްބަހެނުވި" އަޝިސް ބުންޏެވެ.

އެޕްރީލް މަހުގެ ފުރަތަމަކޮޅު ލަކްނޫގެ ހޮސްޕިޓަލްތަކުގައި ކޮވިޑް ބަލި މީހުން އެޑްމިޓް ކުރުމަށް ޗީފް މެޑިކަލް އޮފިސަރުގެ އޮފީހުން ރެފަރެންސް ލެޓަރ ބޭނުންވެއެވެ. ޕީސީއާރް ޓެސްޓްގެ ނަތީޖާވެސް ބޭނުންވެއެވެ.

މިކަމާ ރައްޔިތުން ކަންބޮޑުވެ ޝަކުވާ ގިނަވުމުން ރިފަރެންސް ލެޓަރ ކޮންމެހެން ބޭނުން ނުވާ ކަމަށް އުއްތަރުޕްރަދޭޝްގެ ސަރަހައްދީ ސަރުކާރުން ނިންމިއެވެ.

"ސަލާންޖަހާ މީހެއްހެން ހޮސްޕިޓަލްތަކާއި ކޮވިޑަށް ފަރުވާދޭ ސެންޓަރުތަކަށް ގޮސް އާދޭސްކުރިން. އޭރު ބައްޕަ ބުނަމުންދޭ ރަނގަޅުވާނެއޭ ގެއަށް ދާން ހިނގާށޭ. އެކަމަކު އަހަންނަށް ފެނޭ ބައްޕައަށް ވަމުން ދިޔަ ގޮތް. ނޭވާލާން އުނދަގޫވާކާން" އަޝިޝް ބުންޏެވެ.

އެއް ހޮސްޕިޓަލުން އަނެއް ހޮސްޕިޓަލަށް ކުރި ދަތުރުގައި ބައްޕަގެ ފުރާނަ ސަލާމަތްކުރުމަށް ދެ ފަހަރު އޮކްސިޖަން ސިލިންޑަރު ރިފިލް ކުރަން ޖެހުނެވެ. ގާތްގަޑަކަށް 36 ގަޑިއިރު އެތަނުން އަނެއް ތަނަށް ދަތުރުކުރުމަށްފަހު ރައްޓެހި ޑޮކްޓަރެއްގެ އެހީތެރިކަމާއެކު އަމިއްލަ ކްލިނިކެއްގައި ބައްޕަ އެޑްމިޓްކުރިއެވެ. އެހެންނަމަވެސް އޭރު މާލަސް ވެއްޖެއެވެ. އެޕްރީލް 16 ވަނަ ދުވަހުގެ ހެނދުނު ބައްޕަ ދުނިޔެ ދޫކޮށް ހިގައްޖެއެވެ.

ބައްޕަ މަރުވިތާ އެއްދުވަސްފަހުން ކޮވިޑް ކޮމާންޑް ސެންޓަރުން ލަކްނޫގެ ހޮސްޕިޓަލުން އެނދު ހުސްވިކަމަށް އަޝިޝްއަށް ފޯނު ކޯލު އައެވެ. އޭރު މާލަސްވެއްޖެއެވެ. އޭގެފަހުން އަޝިޝްއާއި އޭނާގެ އަންހެނުންވެސް ކޮވިޑަށް ޕޮޒިޓިވް ވެގެން އެ ދެމަފިރިން އަންނަނީ ފަރުވާ ހޯދަމުންނެވެ.

އިތުރަށް ކިޔާލަން

17 މެއި 2017

ޕާކިސްތާނަށް އިންޑިއާގެ ޖާސޫސްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒްކުރެވޭ ގޮތެއް ނުވި

17 މެއި 2017
ޕާކިސްތާނަށް އިންޑިއާގެ ޖާސޫސްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒްކުރެވޭ ގޮތެއް ނުވި
13 މެއި 2017

ޖަލަށް ހުކުމްކުރި އިންޑިއާގެ ފަނޑިޔާރަކު ފިލައިފި

13 މެއި 2017
ޖަލަށް ހުކުމްކުރި އިންޑިއާގެ ފަނޑިޔާރަކު ފިލައިފި
10 މެއި 2017

އިންޑިއާގެ ޑޮކްޓަރުންނަށް މާޝަލް އާޓް ދަސްކޮށްދެނީ

10 މެއި 2017
އިންޑިއާގެ ޑޮކްޓަރުންނަށް މާޝަލް އާޓް ދަސްކޮށްދެނީ
02 މެއި 2017

އިންޑިއާގެ ހިންދޫންތަކެއް މުސްލިމުން ދެ ޒުވާނުން މަރާލައިފި

02 މެއި 2017
އިންޑިއާގެ ހިންދޫންތަކެއް މުސްލިމުން ދެ ޒުވާނުން މަރާލައިފި
25 އެޕްރީލު 2017

ބަނޑުހައިހޫނުކަމުގެ ހަޅުތާލުގެ ސަބަބުން މަރްވާން ބަރްގޫތީގެ ސިހްހީ ހާލަތު ދަށަށް

25 އެޕްރީލު 2017
ބަނޑުހައިހޫނުކަމުގެ ހަޅުތާލުގެ ސަބަބުން މަރްވާން ބަރްގޫތީގެ ސިހްހީ ހާލަތު ދަށަށް
10 އެޕްރީލު 2017

ފައްޅިތަކަށް ދިން ހަމަލާއަށް ފަހު މިސްރުގައި ތިން މަސްދުވަހަށް ކުއްލި ހާލަތު

10 އެޕްރީލު 2017
ފައްޅިތަކަށް ދިން ހަމަލާއަށް ފަހު މިސްރުގައި ތިން މަސްދުވަހަށް ކުއްލި ހާލަތު
04 އެޕްރީލު 2017

ކޮލަމްބިއާގައިި ކުއްލި ހާލަތު އިއުލާންކޮށްފި

04 އެޕްރީލު 2017
ކޮލަމްބިއާގައިި ކުއްލި ހާލަތު އިއުލާންކޮށްފި
28 މާރިޗު 2017

ތޫފާނަށްފަހު އޮސްޓްރޭލިއާގައި ކާރިސާގެ ހާލަތު އިއުލާނުކޮށްފި

28 މާރިޗު 2017
ތޫފާނަށްފަހު އޮސްޓްރޭލިއާގައި ކާރިސާގެ ހާލަތު އިއުލާނުކޮށްފި
11 މާރިޗު 2017

އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި

11 މާރިޗު 2017
އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި
26 ޖެނުއަރީ 2017

އިންޑިއާގެ ޖުމްހޫރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރަނީ

26 ޖެނުއަރީ 2017
އިންޑިއާގެ ޖުމްހޫރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު