Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާޝް ލައިޕްޒީގާ ހަވާލުވުން

އަންނަ ސީޒަނުގައި ލައިޕްޒީގުގެ ކޯޗަކަށް އެމެރިކާގެ މާޝް

29 އެޕްރީލު 2021 | ބުރާސްފަތި 11:11

މާޝް ވަނީ ލައިޕްޒީގާއެކު ދެ އަހަރުގެ އެއްބަސްވުމެއް ހަދާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 29 އެޕްރީލު 2021 | ބުރާސްފަތި 11:11
އާރްބީ ސާލްޒްބާގުގެ ކޯޗު ޖެސޭ މާޝް

އާރްބީ ސާލްޒްބާގުގެ ކޯޗު ޖެސޭ މާޝް

އަންނަ ސީޒަނުން ފެށިގެން ޖަރުމަނުގެ އާރްބީ ލައިޕްޒީގުގެ ކޯޗުގެ މަގާމަށް ރެޑް ބުލްއިން ހިންގާ ދެވަނަ ކްލަބު ކަމަށްވާ އޮސްޓްރިއާގެ އާރްބީ ސާލްޒްބާގުގެ ކޯޗު ޖެސޭ މާޝް ހަމަޖައްސައިފިއެވެ.

ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ލައިޕްޒީގުން ވަނީ އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން މާޝް އެ ޓީމާ ހަވާލުވާނެކަން ރަސްމީކޮށް އިއުލާންކޮށްފައެވެ. އަދި އަންނަ ސީޒަނުގައި ލައިޕްޒީގާއެކު މާޝް ދެ އަހަރުގެ އެއްބަސްވުމެއް ހަދާފައިވާ ކަމަށާއި، އެހެންކަމުން 2023 ވަނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށް މާޝް ލައިޕްޒީގަށް އިރުޝާދުދޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.

އަންނަ ސީޒަނުގައި ލައިޕްޒީގުގެ ކޯޗަކަށް މާޝް ހަމަޖެއްސީ، މި ސީޒަނަށްފަހު ލައިޕްޒީގް ދޫކޮށްލަން އުމުރުން 33 އަހަރުގެ ހޫލިއަން ނާގަލްސްމަން ނިންމުމުންނެވެ. އޭނާ ލައިޕްޒީގް ދޫކޮށްލަން ނިންމީ އަންނަ ސީޒަނުން ފެށިގެން ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކުގެ ކޯޗުގެ މަގާމާ ހަވާލުވުމަށެވެ.

މިހާރު އުމުރުން 47 އަހަރުގެ މާޝް ރަސްމީކޮށް ކޯޗިންގެ މަސައްކަތް ފެށީ 2010 ވަނަ އަހަރު އެމެރިކާގެ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައެވެ. އެއަށްފަހު އޭނާ އެންމެ ފުރަތަމަ އިރުޝާދުދީފައިވަނީ އެމެރިކާގެ މޭޖާ ލީގު ސޮކާ (އެމްއެލްއެސް) ގައި ކުޅެމުން އަންނަ ކެނެޑާގެ ކުލަބެއް ކަމަށްވާ މޮންޓެރެއާލް އިމްޕެކްޓަށެވެ. އަދި ފަހުން ނިއު ޔޯކް ރެޑް ބުލްސްއަށްވެސް އޭނާ ކޯޗުކަން ކޮށްދިންއިރު، ސާލްޒްބާގާ މާޝް ހަވާލުވީ 2019 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.

މާޝްގެ އިރުޝާދުގެ ދަށުން މިހާތަނަށް ސާލްޒްބާގުން 89 މެޗެއް ކުޅެފައިވާއިރު، 59 މެޗުން އެ ޓީމު ވަނީ މޮޅުވެފައެވެ. އަދި މާޝްގެ ކޯޗުކަމުގައި ސާލްޒްބާގުން ވަނީ މިދިޔަ ސީޒަނުގެ އޮސްޓްރިއަން ބުންޑެސްލީގާ އާއި އޮސްޓްރިއަން ކަޕް ކާމިޔާބުކޮށްފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!

23 ޖެނުއަރީ 2017
ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
18 ޖެނުއަރީ 2017

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި
18 ޖެނުއަރީ 2017

ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

18 ޖެނުއަރީ 2017
ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި
17 ޖެނުއަރީ 2017

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް
17 ޖެނުއަރީ 2017

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
14 ޖެނުއަރީ 2017

ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި

14 ޖެނުއަރީ 2017
ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް