Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރާއްޖޭގެ ކޮވިޑް-19ގެ ހާލަތު

އެއް އެނދުގައި ދެމީހުންނަށް ފަރުވާދޭން ޖެހުންވެސް ދެން ދުރެއް ނޫން!

28 އެޕްރީލު 2021 | ބުދަ 20:32

ބޮޑުތަނުން އަދަދު މަތިވެފައި ވަނީ ޓެސްޓު ކުރާވަރު އިތުރުވެގެނެއް ނޫން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 28 އެޕްރީލު 2021 | ބުދަ 20:32
މާލޭގެ މަގުމަތި

މާލޭގެ މަގުމަތި

ރާއްޖޭގައި ކޮވިޑް-19ށް ޕޮޒިޓިވްވާ މީހުންގެ އަދަދު 100 އާއި 200ގެ އަދަދުތަކުގައި ހުރުމަށް ފަހު ފާއިތުވި ފަސް ދުވަހު އަދަދުތައް ވަނީ އިންތިހާއަށް މައްޗަށް ޖެހިލާފައެވެ. 300ން މަތީގެ އަދަދުތަކުގައި ދެ ދުވަހު ހުރުމަށް ފަހު އެންމެ ފަހުން 400ން މައްޗަށް މިވަނީ އަރާފައެވެ.

މިއީ އަޅުގަނޑުމެންގެ މިކުޑަ ކުޑަ އާބާދީއާ އަޅާބަލާއިރު ވަރަށް ބޮޑު އަދަދެކެވެ. ކޭހުގެ އަދަދު ބޮޑުތަނުން މަތިވެފައި ވަނީ ޓެސްޓު ކުރާވަރު އިތުރުވެގެނެއް ނޫނެއެވެ. ކޮންމެ ދުވަަހަކުވެސް ޓެސްޓު ކުރަނީ އާދައިގެ މަތިން 3،000 އާއި 4،000 ދެމެދުގެ އަދަދެއްގެ ސާމްޕަލެވެ. މާލެ ސަރަހައްދުން އަދަދު ދަށަށް ނުދާއިރު އަތޮޅުތެރެއިން ވެސް އަދަދު ދަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ.

ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 29،052ށް އަރާފައިވާއިރު 4،396 މީހުން ދަނީ ފަރުވާ ހޯދަމުންނެވެ. ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ މީހުންގެ އަދަދު 122 ގައި އުޅޭއިރު، ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 73ށް އަރާފައެވެ.

މިމަހު އެކަނިވެސް ހަ މީހުން ވަނީ ކޮވިޑަށް ފަރުވާހޯދަމުން ދަނިކޮށް ނިޔާފައެވެ. ނަމްބަރުތަކުން ފެންނަނީ ކުދި ކުދި އަދަދުތަކެއް ނޫނެވެ. ނަންބަރުތައް ފެނުމުން އިންތިހާއަށް ކަންބޮޑުވާންޖެހެއެވެ.

ކޮވިޑް-19 ރާއްޖެއިން ފެނުމާއެކު އެންމެ ކަންބޮޑުވީ ފަރުވާދޭނެ ކެޕޭސިޓީ ރާއްޖޭގައި ނެތުމުންނެވެ. ގިނަ އަދަދެއްގެ ބަޔަކު ޕޮޒިޓިވްވެއްޖެ ނަމަ އެންމެންނަށް ފަރުވާ ދޭނީ ކިހިނެއްތޯ އެއީ ކުރެވުނު އެންމެ ބޮޑު ސުވާލެވެ.

ކެޕޭސިޓީ އިތުރުކުރަން އެތައް ފައިސާއެއް ޚަރަދުކުރިއެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި ކޮވިޑަށް ފަރުވާދޭނެ ފެސިލިޓީތައް ގާއިމުކޮށް ސިއްހީ އެތައް އެހީތެރިންނެއް ތަމްރީނުކުރިއެވެ. ކޮންޓްރޯލް ކުރެވޭ އަދަދަކަށް ޕޮޒިޓިވްވާ ނަމަ ފަރުވާދެވޭނެ އިންތިޒާމުތައް ހަމަޖެއްސުނެއެވެ.

ނަމަވެސް މިހުރިހާ އިންތިޒާމަކާއެކުވެސް ކޭހުގެ އަދަދު ކުއްލިގޮތަކަށް މައްޗަށް އަރައި ފަރުވާދޭންޖެހޭ މީހުން އިތުރުވެއްޖެ ނަމަ އެކަށީގެންވާ ފަރުވާ ނުދެވޭނެ ކަމަށް ސިއްހީ ޚިދުމަތްތެރިންނާއި ކަމާބެހޭ އިދާރާތަކުން ވެސް އަންނަނީ ބުނަމުންނެވެ. ކޮވިޑަށް ފަރުވާދޭންވެސް އަދި އެހެނިހެން ބަލިތަކަށް ފަރުވާދޭންވެސް ތިބީ ހަމަ އެއްބައެކެވެ. އެމީހުންނަށް ހަމަގައިމުވެސް އެންމެންނަށް އެއްފަހަރާ ފަރުވާއެއް ނުދެވޭނެއެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހަކަށް ފަރުވާނުދެވިގެން އުޅެން ޖެހިފައި އަދި ނެތް ނަމަވެސް މިދާގޮތަށް ދަންޏާ އެއީ ދެން މާ ދުރުގައި އޮތް ކަމެއް ނޫނެވެ. އަތޮޅުތެރޭގެ ކޮވިޑް ފެސިލިޓީތަކުގައި ފަރުވާދޭން ޖެހޭ މީހުންގެ އަދަދު އިތުރުވެ ފެސިލިޓީތައް ފުރެންފަށައިފިއެވެ. މާލެ ސަރަހައްދުގެ ފެސިލިޓީތަކުގެ ވާހަކަ ދެއްކުމަށްވުރެ ރަނގަޅުވާނީ ނުދެއްކިއްޔާއެވެ.

އަވައްޓެރި އިންޑިއާގެ ހާލަތަށް ރާއްޖޭގެ ހާލަތު ވެއްޓި އެއް އެނދުގައި ދެމީހުންނަށް ކީއްކުރަން ހަތަރު މީހުންނަށް ވެސް ފަރުވާދޭން ޖެހިދާނެއެވެ. އޮކްސިޖަން ނުލިބިގެން ފަރުވާ ނުދެވޭނެ ހާލަތަށް ދިއުމަކީވެސް މިހާރު ވުން އެކަށޭނެ ކަމެކެވެ.

ކޭހުގެ އަދަދު މައްޗަށް އަރައިގެން ދިއުމުން ދުނިޔޭގެ ބޮޑެތި ބިޔަ ގައުމުތަކަށް ކޮންޓްރޯލް ނުކުރެވޭއިރު މިކުޑަ ކުޑަ ރާއްޖެއަށް ކޮންޓްރޯލްކުރެވޭނެ ކަމުގެ އޮތީ ކޮން ޔަގީންކަމެއް ހެއްޔެވެ. ގައުމުގެ ހާލަތު މިހިސާބަށް ގޮސްފައި ވަނީ ރައްޔިތުންގެ ސަމާލުކަން ކުޑަވުމުންނެވެ. ކަމާގުޅުންހުރި އިދާރާތަކަށް ބަލި ކޮންޓްރޯލްކުރުމަށް އެކަށޭނަ ފިޔަވަޅު ނޭޅޭތީއެވެ. ނަމެއްގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް އުސޫލުތަކެއް އެކުލަވާތީއެވެ. ފިޔަވަޅުތަކެއް އަޅާނެ ކަމަށްބުނެ އެކަން ތަންފީޒު ނުކުރެވޭތީއެވެ. އެކުލަވާލާފައިވާ އުސޫލުތަކަށް ބޯ ނުލެބޭތީއެވެ. ކުރުގޮތަކަށް ބުނާނަމަ ޒިންމާދާރުކަން ނެތީމައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

01 ޑިސެމްބަރު 2023

ހިޔާ ފްލެޓްގެ ފިނިޝިންގ މަސައްކަތަށް ޚަރަދުވި ފައިސާ ދޭނެކަމަށް ވިދާޅުވުމަކީ އަވާމެންދުރެއް؟

01 ޑިސެމްބަރު 2023
ހިޔާ ފްލެޓްގެ ފިނިޝިންގ މަސައްކަތަށް ޚަރަދުވި ފައިސާ ދޭނެކަމަށް ވިދާޅުވުމަކީ އަވާމެންދުރެއް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް