Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކައުންސިލަރުންގެ މުސާރަ ބޮޑުކުރުން

ޒިންމާތައް ބޮޑުވީމާ މުސާރަ ބޮޑުނުވާންވީ ކީއްވެ؟

ވޯޓުލީ އިރު ކިޔަވައިގެންތޯ ނުބަލަންޏާ މިހާރު އެވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު, ރާއްޖެ އެމްވީ | 28 އެޕްރީލު 2021 | ބުދަ 14:06
ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލިސް

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގައި ކުރި އެންމެ މުހިންމު އެއް ކަމަކީ ރާއްޖޭގައި ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތެވެ. ކުރީ ސަރުކާރުގައި ބާރުތައް ކަނޑުވާލައި ހާލުގައި ޖައްސައި ގުދަން ތަކަކަށް ހަދާފައި އޮތް ކައުންސިލްތަކަށް އަތޮޅާއި ރަށް ހިންގުމުގެ ފުރިހަމަ ބާރުތައް ކައުންސިލްތަކަށް ދިނުމެވެ. ކައުންސިލްތަކުން ތާއަބަދު އިވެމުން އައި ބަޖެޓު ނެތް ކަމުގެ ޝަކުވާ ހައްލުކުރުމަށް ކައުންސިލްތަކުގެ ބަޖެޓު އިތުރުކޮށްދިނުމެވެ.

ކައުންސިލްތަކަށް އަލަށް ލިބިދޭ ބާރުތައް އިންތިހާއަށް ގިނައެވެ. އެއަށް ބާރުތަކެކޭ ކިއުމަށް ވުރެ ބޮޑު ޒިންމާތަކެކޭ ކިއުން އައުލާކަން ބޮޑެވެ. ޔަގީންވާ ކަމަކީ މި ނިމޭ ކައުންސިލް ދައުރުގައި އަދި ފާއިތުވި ތަނުގައި ކައުންސިލްތަކުން ކޮށްފައި ހުރި މަސައްކަތްތަކަށް ވުރެ އެތައް ގުނައެއް އިތުރު މަސައްކަތްތައް މި ކައުންސިލްގެ ބެލުމުގެ ދަށުން ކުރަން ޖެހޭނެ ކަމެވެ. އޭގެތެރެއިން ބައެއް ކަންކަމަށް ނަޒަރު ހިންގާލާނަމެވެ. އަތޮޅު ކައުންސިލްއެއްގެ އިހުތިސާސްގައި ހިމެނޭ ސަރަހައްދުތަކަށް އެކަނި ބަލާލިޔަސް ޒިންމާތައް ބޮޑުވާނެ ވަރު ވިސްނޭނެއެވެ.

ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން އަތޮޅު ކައުންސިލް ނިސްބަތްވާ އިދާރީ ދާއިރާގެ ތެރޭގައި ހިމެނޭ އެންމެހައި ފަޅުރަށްރަށާއި، ފަޅުތައް ސަރުކާރުގެ އެއްވެސް އިދާރާއަކުން ބޭނުންކުރަން ވާނީ ނުވަތަ ތަރައްގީ ކުރަންވާނީ ނުވަތަ އެހެން ފަރާތަކަށް ކުއްޔަށް ނުވަތަ ވަރުވާއަށް ދޫކުރަން ވާނީ އަތޮޅު ކައުންސިލާއި މަޝްވަރާ ކުރުމަށްފަހުގައެވެ. އަދި އެ ރަށްރަށުގެ ގިނަ ކަންކަން ބެލެހެއްޓުން ވެސް ވަނީ ކައުންސިލްތަކުގެ ޒިންމާގެ ތެރޭގައެވެ.

ރަށު ކައުންސިލްތަކަށް މަތިކޮށްފައިވާ ޒިންމާތަކަށް ބަލާއިރު ކޮންމެ ރަށެއްގައި ވެސް އެރަށެއްގެ ތަރައްގީއަށް މަޝްރޫތައް ހިންގުމުގެ ބާރާއި ޒިންމާ މިހާރު އޮތީ ކައުންސިލްތަކަށް ދޫކޮށްފައެވެ. މަޝްރޫތަކުން ލިބޭ ފައިސާ ވެސް ކައުންސިލްގެ ބަޖެޓުތެރެއަށް ވަންނައިރު، ކޮންމެ ކައުންސިލަކުން ހިންގާނެ މަޝްރޫތައް ކަނޑައަޅައި ވަކި އިމެއްގެ ތެރެއިން އެކަންކަމަށް ބަޖެޓެއް ހަދައި ހުށަހެޅުން ވެސް އޮތީ ހަމަ ކައުންސިލްތަކަށެވެ.

ކޮންމެ ރަށު ކައުންސިލަކުން ވެސް ކުރިއަށް ޚިލާފަށް ރައްޔިތުންނަށް ދޭން ޖެހޭ ވަކި އިދާރީ ޚިދުމަތްތަކެއް ގާނޫނުން ކަނޑައަޅާފައިވާއިރު ކައުންސިލެއްގެ މެމްބަރަކަސް ރައީސަކަސް ނާއިބުރައީސަކަސް އަދި ސިޓީ އެއްގެ މޭޔަރަކަސް ޒިންމާތައް ކުޑައެއް ނޫނެވެ.

އޭޕްރިލް މަހުގެ 10 ވަނަ ދުވަހު ކައުންސިލް އިންތިހާބު ބާއްވައި އާ ކައުންސިލަރުން ހޮވާފައިވާއިރު މި ގާނޫނުގެ ދަށުން ލިބިދޭ ބާރުތަކާއެކު ފުރިހަމަ މަސައްކަތްތަކެއް ފެށުމުގެ ޒިންމާ އޮތީ އާ ކައުންސިލަރުންގެ ކޮނޑުގައެވެ. ގާނޫނަކުން އެވަރުގެ ބަދަލުތަކެއް ގެނެސް ބޮޑެތި ޒިންމާތަކެއް އެޅޭ އިރު އެ މަގާމަށް އެކަށޭނެ މުސާރައެއް އެމީހުންނަށް ނުދޭންވީ ކީއްވެގެން ހެއްޔެވެ. އެކަމަކު ކައުންސިލަރުންގެ މުސާރަ ބޮޑު ކުރާ ވާހަކަ ހަމަ ފެށުމާ އެކު މިއޮތީ އެ ބަހުސާ ހިސާބަށް ގޮސްފައެވެ.

ކައުންސިލަރުންނަށް ކަނޑައަޅަން މަޝްވަރާ ކުރާ މުސާރައަށް ކޮންމެސް ވަރަކަށް ބަލާލާނަމެވެ. ދާދި ފަހުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކުރިގޮތުން މޭޔަރުގެ މުސާރައަކީ 40،000ރ އެވެ. ޑެޕިއުޓީ މޭޔަރަކަށް 35،000ރ. ސިޓީ ކައުންސިލް މެމްބަރަކަށް 30،000ރ. ލިބޭ އިރު އަތޮޅު ކައުންސިލް ރައީސަކަށް 28،000ރ.، ރަށު ކައުންސިލްގެ ރައީސަކަށް 23،000ރ. އަދި ޑެޕިއުޓީ އަށް 15،000ރ.، މެމްބަރަކަށް 12،000ރ. ވަނީ ހަމަޖައްސާފައެވެ. މިއީ މިހާރު ދޭ ވަރަށް ވުރެ ބޮޑު މުސާރަތަކެކެވެ. އެކަމަކު މުސާރައިގެ އަދަދަށް ބަލާފައި އެއީ އެކަށީގެންވާ މުސާރައެއްތޯ އަމިއްލަ ނަފްސާ ސުވާލުކޮށްލައްވާށެވެ.

ކޮންމެއަކަސް އެ ބަހުސް ފެށި އެއާ ގުޅިގެން ހުރި ކަންބޮޑުވުންތައް ވެސް ބަންޑުންވާން ފަށައިިފިއެވެ. ކަންބޮޑުވުންތައް ދޮގުކުރެވޭކަށް ވެސް ނެތެވެ. ސޯޝަލް މީޑިއާ ޕޯސްޓަކުން ދުށީމެވެ. އަހަރެންގެ ރަށު ކައުންސިލަރުން އިނގިލި ޖަހާފައި ދަނީ މަހަށެވެ. މިއީވެސް ވަރަށް ގިނަ ރަށްރަށުން ފެނިފައި ހުރި ކަންކަމެވެ. ގިނަ ބަޔަކު އެކަމަކާ ކަންބޮޑުވާ އެކަމަކު ވެސް ކައުންސިލްތަކުން ފެނުނު މަންޒަރެކެވެ. އެކަމަކު އެއީވެސް ދެކޮޅަށް ވާހަކަ ދެއްކިދާނެ ކަމެކެވެ. ކައުންސިލްތަކުގައި ކުރާނެ މަސައްކަތެއް ނަގާނެ ޒިންމާއެއް ނެތުމުން ދެން މަހަށް ދާންވެސް ވަގުތުވާނެ ތާއެވެ. ހުސް އަތާ މޭޒެއްގެ ފަހަތުގައި އިނުމަށް ވުރެ އެގޮތް ރަނގަޅޭވެސް ދެންނެވިދާނެއެވެ. އެކަމަކު ޔަގީންވާ ކަމަކީ އާ ގާނޫނާއެކު މަތިކުރި ޒިންމާތަކަށް ޒިންމާދާރުވާނަމަ ދެން މަހަށް ދާނެ ވަގުތު ނުވާނެ ކަމެވެ. އުންމީދަކީ ވެސް ދެން އެކަން އެގޮތަށް ނުހިނގާނެ ކަމެވެ. އެއް ބަޔަކު ކުރާ ކަމެއްގެ ސަބަބުން އެ ނަމުގައި ތިބި އެންމެނަށް ލިބެން ޖެހޭ ހައްގެއް ނިގުޅައިގަންނާނީ ވެސް ވަކި ކިހިނަކުން ހެއްޔެވެ؟

ދެން އޮތީ މުސާރަ ބޮޑުކުރި އިރު އެއީ ކިޔަވައިގެން ތިބި ބައެއް ވެސް ނޫނޭ ބުނެ ދައްކާ ވާހަކައެވެ. ހަގީގަތެކެވެ. ރާއްޖޭގައި ވަރަށް ވެސް ބޮޑު މައްސަލައެކެވެ. މާސްޓާސް ފެންވަރަށް ކިޔަވައިގެން އައިސް 10،000ރ ގެ މުސާރައެއް ލިބުމަކީ ކަންބޮޑުވެ ހަޅޭއްލަވަން ރަނގަޅު މައްސަލައެކެވެ. އެކަމަކު އެކަމާ ކައުންސިލަރުން ނުކިޔަވާ ތިބުމާ ގުޅުވޭނީ ކިހިނަކުން ހެއްޔެވެ. ރައްޔިތުންގެ ވޯޓަކަށް އަހައި ރައްޔިތުންގެ ތާއީދާއެކު މަގާމަށް އަރާއިރު އެ ކައުންސިލަރު ހުރީ ކިޔަވައިގެންތޯ ނާހައެވެ. މުސާރައަކަށް ވީމަ އެ ސުވާލު ކުރަންވީ ސަބަބެއް ނެތެވެ.

ޓީޗަރުންގެ މުސާރަ ވެސް ބޮޑު ކުރަން ޖެހެއެވެ. ސިވިލް ސާވަންޓުގެ މުސާރަ ވެސް ބޮޑުކުރަން ޖެހެއެވެ. ކޮވިޑް-19ގެ ސަބަބުން މުޅި ދައުލަތުގެ ބަޖެޓު ދަށްވެފައި އޮތް މި ހާލަތުގައި މުސާރަ ބޮޑުކުރަން ބަލާނަމަ ބޮޑު މުސާރަ ހައްގު ނޫން މީހަކު ނެތެވެ. އެކަމަކު ތިމާގެ ހައްގަށް އެދި ހަޅޭއްލަވާއިރު އަނެކާގެ ހައްގު އުނިކުރަން ގޮވަނީ ކީއްކުރަން ހެއްޔެވެ؟ މުސާރައަކީ ކުރާ މަސައްކަތާއި އަދާ ކުރާ ޒިންމާއަށް ދޭ އެއްޗެކެވެ. ޓީޗަރަކަސް ނަރުހަކަސް ކައުންސިލަރަކަސް ޒިންމާ ބޮޑުވާ ވަރަކަށް މުސާރަ ވެސް ބޮޑުވާން ޖެހެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕެހެލާޖް ނިހަލާނީ: އިންޑިއާގެ ސެންސަރުބޯޑުން ވަކިކުރީ ކީއްވެ؟

ޕެހެލާޖް ނިހަލާނީ: އިންޑިއާގެ ސެންސަރުބޯޑުން ވަކިކުރީ ކީއްވެ؟

15 އޯގަސްޓު 2017
ރިލްވާންގެ ވާހަކަ ދެއްކުމުން ފުލުހުން "ހާޑުވަނީ" ކީއްވެ؟

ރިލްވާންގެ ވާހަކަ ދެއްކުމުން ފުލުހުން "ހާޑުވަނީ" ކީއްވެ؟

10 އޯގަސްޓު 2017
އިސްތިގުލާލާއި ވެރިކަން ދޫކޮށްލުމަށް ސީލް ޖަހައި އުޅުނު މީހަކަށް ޑިފެންސް މިނިސްޓަރުކަން ދިނީ ކީއްވެ؟

އިސްތިގުލާލާއި ވެރިކަން ދޫކޮށްލުމަށް ސީލް ޖަހައި އުޅުނު މީހަކަށް ޑިފެންސް މިނިސްޓަރުކަން ދިނީ ކީއްވެ؟

07 އޯގަސްޓު 2017
މި އިސްތިރީގެ އަގު މިހާ ބޮޑީ ކީއްވެ؟

މި އިސްތިރީގެ އަގު މިހާ ބޮޑީ ކީއްވެ؟

03 އޯގަސްޓު 2017
އަސޭލާގެ ސުވާލު:ރައީސް ޔާމީން ސިހުރު ގަބޫލުނުކުރައްވާނަަމަ، އަހަރެން ލައްވާ އެކަންކުރުވަންވީ ކީއްވެ؟

އަސޭލާގެ ސުވާލު:ރައީސް ޔާމީން ސިހުރު ގަބޫލުނުކުރައްވާނަަމަ، އަހަރެން ލައްވާ އެކަންކުރުވަންވީ ކީއްވެ؟

12 ޖުލައި 2017

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު