Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވަން ސެންޓްރަލް ޕާކް ބިންގާ އެޅުން

މިއަހަރު 5000 ވުރެ ގިނަ ހައުސިން މަޝްރޫއުގެ އަމަލީ މަސައަކަތް ފަށާނަން: އަސްލަމް

މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ހުރިހާ ގިންތިއަކަށް ނިސްބަތް ވާނެހެން

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު | 26 އެޕްރީލު 2021 | ހޯމަ 14:59
"ވަން ސެންޓްރަލް ޕާކް” ހައުސިން ޔުނިޓްތަކުގެ ބިންގައު އެޅުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އަސްލަމް ވާހަކަފުޅު ދައްކަވަނީ

"ވަން ސެންޓްރަލް ޕާކް” ހައުސިން ޔުނިޓްތަކުގެ ބިންގައު އެޅުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އަސްލަމް ވާހަކަފުޅު ދައްކަވަނީ

މި އަހަރުގެ ތެރޭގައި 5000 އަށްވުރެ ގިނަ ހައުސިން މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ސަރުކާރުން ނިންމާފައި ވާކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

"ވަން ސެންޓްރަލް ޕާކް” ހައުސިން ޔުނިޓްތަކުގެ ބިންގައު އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަސްލަމް ވިދާޅުވީ، މާލޭގައި ބޯހިޔާވަހިކަން ބޭނުންވެފައިވާ 17000 އާއިލާ އެބަ ތިބިކަމަށެވެ. އޭގެ ތެރެއިން 5600 އާއިލާއަކީ ސީދާ މާލެއަށް ނިސްބަތްވާ އާއިލާތައް ކަން އަސްލަމް ފާހަގަކުރެއްވިއެވެ. އެހެންކަމުން މި ފެށުނު ވަން ސެންޓްރަލް ޕާކު މަޝްރޫއަކީ އޭގެ ތެރެއިން ކުޑަ މިންވަރެއް ކަމަށާއި މުސްތަގުބަލުގައި މިފަދަ ގިނަ މަޝްރޫއުތަކެއް ހިންގޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ރާއްޖޭގެ އާބާދީއަކީ އެކި ފަންތިތަކަށް ބެހިފައިވާ އާބާދީއެއް ކަމަށެވެ. އޭގެތެރެއިން ބޯހިޔާވަހިކަން ބޭނުންވާ މީހުން ނިސްބަތްވަނީ އެންމެ ގިންތިއަކަށް ނޫންކަމަށެވެ. އެހެން ކަމުން ސަރުކާރުން މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މިހުރިހާ ގިންތިއަކަށް ނިސްބަތް ވާނެހެން އެކިއެކި ކެޓެގަރީތަކަށް ބަހާލައިގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ވަން ސެންޓްރަލް ޕާކް" ގެ ބިންގާ އަޅުއްވައިދެއްވީ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދާއި ސެންޑަލް މޮރިޝަސް- އަސޯޓެކް ގްރޫޕްގެ މެނޭޖިން ޑިރެކްޓަރު ނީރަޖް ގުލާޓީ އެވެ.

މި އެޕާޓްމަންޓްތައް ހެދުމުގެ އެއްބަސްވުމުގައި އިންޑިއާގެ ސެންޑަލް މޮރިޝަސް ކުންފުންޏާއެކު ދިވެހި ސަރުކާރުން ސޮއިކޮށްފައިވަނީ 19 މާރޗު 2015 ގައެވެ. އެހެން ނަމަވެސް މި މަޝްރޫއުގެ ދަށުން ފްލެޓް އަޅާނެ ދެ ބިން އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ސެންޑަލް މޮރިޝަސްއިން ހަވާލުކޮށްފައިވަނީ ރަޝީދް ކާޕެންޓްރީ އެން ކޮންސްޓްރަކްޝަން (އާރްސީއެންސީ) އާއެވެ.

މިއީ މެދުފަންތީގެ އާމްދަނީއެއް ލިބޭ އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ހިންގާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން 120 ހައުސިން ޔުނިޓް އެޅުމަށް ނިންމާފައިވެއެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު