Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިންތިހާބުގެ ދާއިމީ ނަތީޖާ

އިންތިހާބުގެ ދާއިމީ ނަތީޖާ: އެމްޑީޕީން 400 ގޮނޑިއާއެކު މެޖޯރިޓީ ނަގައިފި

އެމްޑީޕީއަށް ލިބުނީ 43 އިންސައްތަ އަދި ޕީޕީއެމަށް ލިބުނީ 34.9 އިންސައްތަ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 25 އެޕްރީލު 2021 | އާދީއްތަ 03:19
ލޯކަލް ކައުންސިލް އިންތިޚާބު 2020ގެ ތެރެއިން

ލޯކަލް ކައުންސިލް އިންތިޚާބު 2020ގެ ތެރެއިން

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި އެމްޑީޕީން 400 ގޮނޑި ކާމިޔާބުކޮށް މެޖޯރިޓީ ނަގައިފިއެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ރަސްމީ ނަތީޖައްތައް ދައްކާ ގޮތުން އެމްޑީޕީން 400 ގޮނޑި ކާމިޔާބުކޮށްފައިވާ އިރު، އިދިކޮޅު ޕީޕީއެމުން ކާމިޔާބުކުރީ 325 ގޮނޑިއެވެ. އިންސައްތައިން ބަލާނަމަ އެމްޑީޕީއަށް ލިބުނީ 43 އިންސައްތައެވެ. އަދި ޕީޕީއެމަށް ލިބުނީ 34.9 އިންސައްތައެވެ.

Advertisement - newsAdvertisement

އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާންކުރުމަށް ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ކައުންސިލްތަކުގެ 975 ގޮނޑިއަކަށް މީހުން އިންތިހާބުކޮށްފައިވާ ކަމަށެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި 905 މަގާމަކަށް މީހުން އިންތިހާބުކުރެވިފައިވާ ކަމަށެވެ.

ޝަރީފް ވިދާޅުވީ އެމްޑީޕީން މެޖޯރިޓީ ނަގާފައިވީ ނަމަވެސް، އެ ޕާޓީން ވާދަކުރި 894 ކެނޑިޑޭޓުންގެ ތެރެއިން ކާމިޔާބުވީ 400 ކެންޑިޑޭޓުންނަށް ކަމަށެވެ. އަދި އިދިކޮޅު ޕީޕީއެމުން 646 ކެންޑިޑޭޓުން ވާދަކުރި އިރު އެ ޕާޓީން ކާމިޔާބުކޮށްފައިވަނީ 325 ކެންޑިޑޭޓުން ކަމަށެވެ.

3 މޭޔަރުން

ސިޓީ ކައުންސިލްގެ 18 ގޮނޑި

އަތޮޅު ކައުންސިލް ރައީސުންގެ 11 ގޮނޑި

ރަށު ކައުންސިލްތަކުގެ 71 ގޮނޑި

ކައުންސިލް މެމްބަރުންގެ 155 ގޮނޑި

އަންހެނުންނަށް ހާއްސަކޮށްފައިވާ 142 ގޮނޑި

މޭޔަރު (މާލެ ސިޓީ)

ސިޓީ ކައުންސިލްގެ 16 ގޮނޑި

އަތޮޅު ކައުންސިލް ރައީސުންގެ 7 ގޮނޑި

ކައުންސިލްގެ ރައީސުންގެ 51 ގޮނޑި

ކައުންސިލް މެމްބަރުންގެ 121 ގޮނޑި

އަންހެނުންނަށް ހާއްސަކޮށްފައިވާ 129 ގޮނޑި

މީގެ އިތުރުން އިންތިހާބުގައި ވާދަކުރި ކުދި ޕާޓީތަކުގެ ތެރެއިން ޖުމްހޫރީ ޕާޓީން 115 ކެންޑިޑޭޓުން ވާދަކޮށް ކާމިޔާބު ލިބުނީ 23 ކެންޑިޑެޓުންނަށެވެ. މީގެ އިތުރުން އަދާލަތު ޕާޓީން 28 ކެންޑިޑޭޓުން ވާދަކޮށް 11 ކެންޑިޑޭޓުން ކާމިޔާބުކޮށްފައިވާއިރު އެމްޑީއޭއިން 20 ކެންޑިޑޭޓުން ވާދަކޮށް 16 ކެންޑިޑޭޓުން ވަނީ ކާމިޔާބު ހޯދާފައެވެ. އަމިއްލަ ގޮތުން ވާދަކުރި 600 ކެންޑިޑޭޓުންގެ ތެރެއިން އިންތިހާބުވީ 173 ކެންޑިޑޭޓުންނެވެ. 

މި މަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި 3814 ކެންޑިޑޭޓުން ވާދަކޮށްފައިވެއެވެ. މީގެ ތެރެއިން ކައުންސިލްތަކަށް ވާދަކުރީ 982 ކެންޑިޑޭޓުންނެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަޔް ކުރާ ކޮމިޓީގެ އިންތިހާބުގައި 930 ކެ ކެންޑިޑޭޓުން ވާދަކުރިއެވެ. ޖުމްލަ 1912 ކެންޑިޑޭޓުން އިންތިހާބު ކުރަން ނިންމި ނަމަވެސް، މައްސަލަ ޖެހުނު 3 ވޯޓު ފޮއްޓަކާއި ނަތީޖާ އެއްވަރުވެގެން ބައެއް ދާއިރާތަކާއި ރަށްރަށުގައި އަލުން އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

27 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކައުންސިލް އިންތިހާބުގެ ޕްރައިމަރީގާ 200 ކެންޑިޑޭޓުން ވާދަކުރޭ: ޕީޕީއެމް ޔާމިން ފެކްޝަން

ކައުންސިލް އިންތިހާބުގެ ޕްރައިމަރީގާ 200 ކެންޑިޑޭޓުން ވާދަކުރޭ: ޕީޕީއެމް ޔާމިން ފެކްޝަން

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

24 އެޕްރީލު
ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
20242 އަހަރު ކުރިން
ރިޕޯޓު

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު
20233 އަހަރު ކުރިން
ރިޕޯޓު

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''
20215 އަހަރު ކުރިން
ރިޕޯޓު

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު