Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކައުންސިލް އިންތިހާބުގެ މައްސަލަ

އިންތިޚާބުގެ މައްސަލައިގައި ކޯޓަށް ނުދާން އެމްޑީޕީން ނިންމައިފި

މާލޭގެ ހަ ދާއިރާއެއްގެ ވޯޓު ފޮށިތައް އަލުން ގުނުމަށް އެމްޑީޕީން ވަނީ އީސީގައި އެދިފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 24 އެޕްރީލު 2021 | ހޮނިހިރު 19:47
އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި ރައީސް ސޯލިހު (މ) ރައީސް ނަޝީދު (ކ) އަދި ޕާޓީގެ ޗެއަރޕާސަން ހަސަން ލަތީފް (ވ) ބައިވެރިވެވަޑައިގަންނަވަނީ

އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި ރައީސް ސޯލިހު (މ) ރައީސް ނަޝީދު (ކ) އަދި ޕާޓީގެ ޗެއަރޕާސަން ހަސަން ލަތީފް (ވ) ބައިވެރިވެވަޑައިގަންނަވަނީ

ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާ އާއި ގުޅިގެން އެއްވެސް މައްސަލައެއްގައި ކޯޓަށް ނުދާން އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމައިފިއެވެ.

މާލޭގެ ހަ ދާއިރާއެއްގެ ދެ ކެންޑިޑޭޓުންގެ ފަރަގަށް ވުރެ ބާތިލް ވޯޓު ގިނަ ކަމަށް ބުނެ އެމްޑީޕީން ވަނީ އެ ދާއިރާތަކުގެ ވޯޓު އަލުން ގުނައިދިނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގައި އެދިފައެވެ. އަދި ބައެއް ގޮނޑިތަކުގެ މައްސަލައިގައި ކޯޓަށް ދާން ނިންމާފައިވާ ކަމަށްވެސް އެމްޑީޕީން ކުރިން ބުނެފައިވެއެވެ.

Advertisement - newsAdvertisement

ލޯކަލް ކައުންސިލް އިންތިޚާބާއި ގުޅޭ މައްސަލަތައް ކޯޓަށް ހުށައެޅުމާއިމެދު ގޮތެއް ނިންމުމަށް ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ނިންމާފައިވަނީ އިންތިޚާބާއި ގުޅޭ އެއްވެސް މައްސަލައެއްގައި ކޯޓަށް ނުދިޔަމަށެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި މިގޮތަށް ނިންމާފައިވާއިރު މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދުގެ ދަށުން އުފައްދާފައިވާ ގައުމީ ހިންގާ ކޮމިތީގައި ތިއްބަވަނީ ރައީސާއި ޕާޓީގެ ލީޑަޝިޕާއި ކެބިނެޓް އަދި މަޖިލީހުގެ މެމްބަރުންނެވެ.

އެމްޑީޕީން އިލެކްޝަނަށް ޝަކުވާ ހުށަހެޅި ފޮށިތަކުގެ ތެރޭގައި ހިމެނެނީ، T03 (މެދުހެންވޭރު ދާއިރާ)، T04 (ހެންވޭރު ދެކުނު ދާއިރާ)، T05(ހެންވޭރު ހުޅަނދު ދާއިރާ)، T10 (މައްޗަންގޯޅި އުތުރު ދާއިރާ)، T14 (މާފަންނު އުތުރު ދާއިރާ)، T16 (މާފަންނު ހުޅަނގު ދާއިރާ) އެވެ.

އެ ފޮށިތަކުގެ އިތުރުން، ބާތިލް ވޯޓާއި ގުޅޭ ގޮތުން ދިރާސާތަކެއްކޮށް ޖުމްލަ ހުށަހެޅުމެއް ހުށަހަޅާފައި ވާކަމަށް އެމްޑީޕީން ކުރިން ބުނެފައިވެއެވެ. އެގޮތުން، އިންތިޚާބު ކާމިޔާބުކުރި ކެންޑިޑޭޓާއި އެމްޑީޕީގެ ކެންޑިޑޭޓާ ދެމެދު ހުރި ވޯޓުގެ ފަރަގަށް ވުރެ، ބާތިލު ވޯޓުގެ އަދަދު އިތުރުކަން ފާހަގަކުރެވިފައިވާކަމަށް ވިދާޅުވެފައިވެއެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު މި މަހުގެ 10 ވަނަ ދުވަހު ބާއްވާފައިވާ އިރު، މީގެ ކުރީގެ އިންތިހާބުތަކާއި ހިލާފަށް އެމްޑީޕީއަށް މިފަހަރު ވަނީ ސުޕަރމެޖޯރިޓީ ގެއްލިފައެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
15 ޖެނުއަރީ 2017

ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި

15 ޖެނުއަރީ 2017
ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު