Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދަ ގްރާންޑޭ އާއި ސަސްގެ މެޗު

ޓީމު ދެނެގަތުމުގައި ގޯސްތަކެއް ހެދުނު: މޯހަން

ދަ ގްރާންޑޭ އާއި ސަސްގެ މެޗު ފަށާނީ ހުކުރު ދުވަހުގެރޭ 22:00 ގައި

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 22 އެޕްރީލު 2021 | ބުރާސްފަތި 23:42
ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން)

ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން)

އެންމެ ފަހުން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަތުން ބަލިވި މެޗުގައި، އޭނާއަށް ޓީމު ދެނެގަތުމުގައި ގޯސްތަކެއް ހެދުނު ކަމަށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން އޭރު ލީގު ތާވަލުގެ ފުލުގައި އޮތް ޔޫވީ އަތުން 5-1 ގެ ނަތީޖާއަކުން ސަސް ވަނީ ބަލިވެފައެވެ. އެ މެޗަށްފަހު މޯހަން ވަނީ ސަސްގެ ކުޅުންތެރިންގެ އެޓިޓިއުޑް ބަދަލުނުވެއްޖެނަމަ، މި ސީޒަނުގެ ރެލިގޭޝަނުގައި އެ ޓީމު ކުޅެން ޖެހޭނެ ކަމަށް ބުނެފައެވެ.

ލީގުގައި ހުކުރު ދުވަހުގެރޭ ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާ ދެކޮޅަށް ނުކުތުމުގެ ކުރިން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން މޯހަން ބުނީ ޔޫވީ މެޗުގައި ޓީމު ރޭވުމުގައި އޭނާއަށް ގޯސްތަކެއް ހެދުނު ކަމަށެވެ. އަދި އެ ކަމަށް ވިސްނައިގެން ދެން ހުރި މެޗުތަކުގައި ކުރިއަށްދާނެ ކަމަށް މޯހަން ބުންޏެވެ. މޯހަން ބުނީ އޭނާއަށް ދިމާވި އަނެއް މައްސަލައަކީ މީގެ ކުރިން އޭނާ ގެންގުޅެފައި ހުރި ޓީމުތަކާ އަޅާބަލާއިރު، ޓެކްނިކަލީ ސަސްގެ ހުރިހާ ކުޅުންތެރިން އެ ފެންވަރަށް ދިޔަ ކަމަށް މާ އަވަހަށް ހީކުރެވުން ކަމަށެވެ. އެހެންކަމުން ކުރިއަށް ހުރި މެޗުތަކުގައި އެންމެ ފަހުން ކުޅުނު މެޗުގައި ދިމާވި ކަންކަން ތަކުރާރު ނުވޭތޯ ކުރެވެން ހުރި މަސައްކަތެއް ކުރާނެ ކަމަށްވެސް ބުންޏެވެ.

ދަ ގްރާންޑޭ އޮތް ހާލަތާ ބެހޭ ގޮތުން މޯހަން ބުނީ މި މެޗަށް ސަސްއިން ނުކުންނާނީ ދަ ގްރާންޑޭ މި ވަގުތު އޮތް ފޯމަށް ބަލައިގެން ނޫން ކަމަށާއި، މި މެޗަށް ސަސް ނުކުންނާނީ ދަ ގްރާންޑޭގެ ފޯމު ރަނގަޅުވެފައިވާ ކަމަށް ބަލައި، އެ ކަމަށް ތައްޔާރުވެގެން ކަމަށެވެ.

ސަސްއާ ދެކޮޅަށް ދަ ގްރާންޑޭ ނުކުންނައިރު، ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުންވެސް ދަ ގްރާންޑޭ ވަނީ ބަލިވެފައެވެ. ސަސް މެޗުގެ ކުރިން ދަ ގްރާންޑޭގެ ކޯޗު އިސްމާޢީލް މަހަފޫޒް (އިންމަ) ބުނީ ދެވަނަ ބުރު ފަށައިގެން އެ ޓީމު ތެރޭގައި މައްސަލަތަކެއް ހުރި ކަމަށާއި، އެކަމަކު މި މެޗަށް ނުކުންނައިރު ޓީމުގެ އެތެރޭގައި ޖެހިފައި ހުރި މައްސަލަތައް ހައްލުކޮށްފައިވާ ކަމަށެވެ.

އިންމަ ބުނީ ކުރިން ކުޅުނު މެޗުތަކުގައި ޓީމުގެ ފަރާތުން ފެނިގެންދިޔަ ދަށް ކުޅުން ބަދަލުކުރަން މަސައްކަތްކުރާނެ ކަމަށާއި، ސަސް މެޗުން ތިން ޕޮއިންޓް ހޯދުން އެއީ މި ވަގުތައް ވަރަށް މުހިިންމު ކަމެއް ކަމަށެވެ. އަދި ސަސް މެޗުން މޮޅެއް ބޭނުންވަނީ ދެވަނަ ބުރު މޮޅަކާއެކު ނިންމާލައި، ކޮންފިޑެންސް އާކުރުމަށް ކަމަށްވެސް އިންމަ ބުންޏެވެ.

އިންމަ އިިތުރަށް ބުނީ ޓީމަށް މި ވަގުތު އެ ޓީމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ލަނޑު ޖެހުމުގެ މައްސަލަ ކަމަށާއި، އެހެންނަމެވެސް ކުރިއަށް ހުރި މެޗުތަކުގައި އެކަން ރަނގަޅުކުރާނެ ކަމަށެވެ. އަދި ލީގުގެ ދެވަނަ ބުރުގައި ދަ ގްރާންޑޭއިން ދަށް ނަތީޖާތަކެއް ނެރުނުކަމުގައި ވިޔަސް، އެ ޓީމަށް އެއްވެސް ޕްރެޝަރެއް ނެތް ކަމަށްވެސް ބުންޏެވެ.

ސަސްއާ ދެކޮޅަށް ދަ ގްރާންޑޭ ނުކުންނައިރު، އެ ޓީމު އޮތީ ތާވަލުގެ ހަތަރުވަނައިގައި ކުޅުނު 13 މެޗުން 16 ޕޮއިންޓް ހޯދައިގެންނެވެ. އަދި މި މެޗަށް ނުކުންނައިރު ތާވަލުގެ ފުލަށް ސަސް ވަނީ ވެއްޓިފައެވެ. އެގޮތުން 13 މެޗުން ސަސްއަށް 12 ޕޮއިންޓް ލިބިފައިވާއިރު، ހަތްވަނައަށް ޖެހިލި ޔޫވީއަށް ވަނީ 14 މެޗުން 12 ޕޮއިންޓް ލިބިފައެވެ. އެހެންކަމުން ދަ ގްރާންޑޭ ބަލިކޮށްގެން ކޮށްގެން ތާވަލުގެ ފަސްވަނައަށް އެރުމުގެ ފުރުސަތު ސަސްއަށް އެބައޮތެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ދަ ގްރާންޑޭ އާއި ސަސް ބައްދަލުކުރާ މެޗު ފަށާނީ ހުކުރު ދުވަހުގެރޭ 22:00 ގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު